ޚަބަރު / އެންޓި ކޮރަޕްޝަން ކޮމިޝަން

އޭސީސީގެ ރައްދު: "ނާޖާއިޒު މަންފާ ހޯދައިދިން ކަމުގެ ހެކި ހުރި"

އޭސީސީގެ މެމްބަރުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ވެންޓިލޭޓަރުތައް ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި މައްސަލައިގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ އިސް ބޭފުޅުންތަކެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވެ، ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިން ކަމަށް އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށް ތަހުގީގަށް ސާބިތުވާތީ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިރޭ ބުނެފި އެވެ.

އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި މިހެން ބުނީ، މި މައްސަލައިގައި ދައުވާ ނުކުރަން ނިންމީ ކޯޓުގައި ޖިނާއީ ދައުވާ ސާބިތު ކުރެވޭވަރުގެ ހެކި ނެތުމުން ކަަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެފައި ވަނިކޮށެވެ. އޭނާ ވިދާޅުވެފައި ވަނީ ތަފާތު 12 ތުހުމަތެއް އޭސީސީގެ ތަހުގީގުން ފާހަގަކޮށްފައިވާއިރު، އޭގައި ހުރީ މުޅިން ވެސް އިދާރީ ގޯސްތައް ކަމަށެވެ. ޖިނާއީ ކުށެއް ސާބިތު ކުރެވޭ ވަރާ ގާތަށް ވެސް ހެކި ނެތް ކަމަށް ވިދާޅުވި އެވެ.

އެކަމަކު، ފާޑުކިއުން އަމާޒުވެފައިވާ ތަހުގީގު ދިފާއުކުރަމުން އޭސީސީން ބުނީ ތުހުމަތު ކޮށްފައިވާ މީހުން މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް އެކަށީގެންވާ ހެކި ތަހުގީގުން ލިބުނު ކަމަށެވެ. އެހެންވިޔަސް މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުމުގައި ހުރި ކަންކަން މުރާޖައާ ކުރަމުން އަންނަ ކަމަށް އޭސީސީން ބުންޏެވެ.

ވެންޓިލޭޓަރުތައް ގެނައުމަށް ހަވާލުކުރި ދުބާއީގެ ކުންފުންޏަށް އެއްބަސްވުމުގެ އަގުގެ 90 ޕަސެންޓަށްވާ 30 މިލިއަން ރުފިޔާ ދޫކުރި މައްސަލައިގައި ވެސް ދައުވާކުރެވެން ނެތް ކަމަށް ވިދާޅުވެ، ހެލްތު މިނިސްޓްރީން އަމަލު ކޮށްފައިވާ ގޮތް ޕީޖީ މިއަދު ދިފާއު ކުރައްވާފައިވާތީ އޭސީސީން ވަނީ އެކަމުގައި ތަހުގީގުން ފާހަގަވި ކަންކަން ނޫސް ބަޔާނުގައި ސާފުކޮށްދީފަ އެވެ.

ޑިއުޑެލިޖެންސް ނުހެދުމާއި އެޑްވާންސް ޕޭމަންޓް އަދި ޕަފޯމަންސް ގެރެންޓީ ނުނަގައި މާލިއްޔަތު ގަވާއިދާ ޚިލާފަށް އެގްޒެކިއުޓާސް އަށް ފައިސާ ދޫކުރި މައްސަލަ އޭސީސީގެ ތަހުގީގުގައި ފާހަގަ ކޮށްފައިވާތީ ޝަމީމް މިއަދު ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ކަންތައް ކުރާނެ ގޮތްތައް މާލިއްޔަތު ގަވާއިދުގެ 10.03 ވަނަ މާއްދާ އާއި އެ ނޫން ވެސް މާއްދާތަކުގައި ވެސް އެބަހުރި ކަަމަށެވެ. ވަކި ހާލަތްތަކެއްގައި ޕާފޯމަންސް ގެރެންޓީ ނުނަގައި ކުރިއަށް ދިއުން ފަދަ ކަންކަން ގަވާއިދުން ހުއްދަކުރާ ކަމަށާއި އެ ހުއްދަ ފިނޭންސް މިނިސްޓަރު ދެއްވާފައި އޮތް ކަމަށް ޕީޖީ ވިދާޅުވި އެވެ. އަދި ވެންޓިލޭޓަރު ހޯދުމުގެ ކަންކަން ދިޔައިރު މާލިއްޔަތު ގަވާއިދުގެ އެ މާއްދާއަށް އަމަލުކުރަމުން ދިޔަކަން އޭސީސީ އަށް ވެސް ސާފުކަން ތަހުގީގު ރިޕޯޓުގައި އޮތް ކަމަށް ޝަމީމް ވިދާޅުވި އެވެ.

އެ މާއްދާ އިން ދައުލަތުގެ އޮފީހާއި މުއައްސަސާތަކުން ތަކެތި ގަތުމާއި ޚިދުމަތް ހޯދުމާއި މަސައްކަތްތައް ކުރުވުމުގައި، އެ ގަވާއިދަށް އަމަލުކުރުން ލާޒިމުނުވާ ހާލަތްތައް ބަޔާންކޮށްފައިވެ އެވެ. އެގޮތުން 10.03ގެ (ހ) ގައި ގައުމީ ސަލާމަތާ ގުޅުން ހުރި ކަން ކަމަށާއި ދައުލަތުގެ މުހިއްމު މަސްލަހަތެއް ހިފެހެއްޓުމަށާއި، ދައުލަތަށް ނުވަތަ ރައްޔިތުންނަށް ދުރު ރާސްތާގައި ލިބިދާނެ ގެއްލުމެއް ކުޑަކުރުމަށްޓަކައި، ނުވަތަ ދުރު ރާސްތާގައި ލިބިދާނެ ފައިދާއެއް އިތުރުކުރުމަށްޓަކައި، އެ ފަހަރަކު ބޭނުންވާ މިންވަރަށް ފިނޭންސް މިނިސްޓަރު އަންގާ ގޮތެއްގެ މަތިން ދައުލަތުގެ ފައިސާ ޚަރަދު ކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

އެހެންކަމުން، 10.03 އަށް އަމަލުކުރަން ފެށުމުން ދެން ހުރި މާއްދާތަކަށް އަމަލުކުރަން ލާޒިމްވާ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

ޕީޖީގެ މި ވާހަކަތަކަށް ރައްދު ދެމުން އޭސީސީން ބުނީ ހެލްތު މިނިސްޓްރީ އަށް ވެންޓިލޭޓަރުތައް ހޯދުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ދީފައިވާ ހުއްދަތަކަކީ ވަކިވަކި ކަންކަމާ ގުޅިގެން ދީފައިވާ ހުއްދަތަކެއް ކަމަށެވެ. އެއިން އެއްވެސް ހުއްދައަކީ މުޅި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އަމަލުކުރުން ލާޒިމް ނުވާ ގޮތަށް ދީފައިވާ ހުއްދަތަކެއް ނޫން ކަމަށް ބުނެފައިވެ އެވެ.

އޭސީސީން ފާހަގަކޮށްފައިވާ ގޮތުގައި ކޮވިޑުގެ ފަރުވާ އަށް ހޯދަން ޖެހޭ މެޝިނަރީޒް އާއި އިކުއިޕްމެންޓްސްގެ އަގު 2.5 މިލިއަން ރުފިޔާ އަށް ވުރެން ބޮޑުވާތީ އެ ތަކެތި ހޯދެން އޮތީ ޓެންޑަ ބޯޑަށް ހުށަހަޅައިގެން ކަމަށް ވާތީ ފިނޭންސް މިނިސްޓަރު ހުއްދަ ދެއްވީ ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީން މެދުވެރިކޮށް، އެ ކަން ކުރިއަށް ގެންދާށެވެ. މިގޮތަށް ކުރިއަށް ގެންދިއުމުގެ ޚާއްސަ ހުއްދައަކަށް އެދުމުން ފެބުރުއަރީ 13 ގައި އެއް މަސް ދުވަހުގެ ހުއްދައެއް ދިނުމަށް ފަހު، އެ މުއްދަތު އިތުރުކުރަން ހެލްތު މިނިސްޓްރީން އެދުމުން އަނެއްކާވެސް އެއް މަސް އިތުރުކޮށްދީފައިވެ އެވެ.

އަދި ސިންގަލް ސޯސް ޕްރޮކިއުމެންޓްގެ އުސޫލުން ތަކެތި ހޯދަން ހަވާލުކުރުމުގެ ހުއްދައަކަށް އެދުމުން އެ ހުއްދަ ވެސް އެޕްރީލް، 1 ގައި ފިނޭންން މިނިސްޓްރީން ދިން ކަމަށް އޭސީސީން ބުންޏެވެ.

"މި ހުއްދައަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10 ވަނަ ބާބުގެ ޖަދުވަލު 1 ގެ 4 ގެ ދަށުން 2.5 މިލިއަން ރުފިޔާއަށް ވުރެ އަގުބޮޑު ޕްރޮކިއުމެންޓްގެ ކަންކަން ނެޝަނަލް ޓެންޑަ ބޯޑަށް ހުށަހަޅައިގެން ކުރިއަށްގެންދިއުމަށް އޮންނަ އުސޫލަށް އަމަލުކުރުމުގެ ބަދަލުގައި 75 ވެންޓިލޭޓަރު ހޯދުމާގުޅޭ މަސައްކަތް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް މިނިސްޓްރީ އޮފް ހެލްތުގެ ބިޑު ކޮމިޓީއަށް ހުށަހަޅައިގެން ގޮތެއް ނިންމުމަށް ދީފައިވާ ހުއްދައެއްކަން ފާހަގަކުރެވެ އެވެ،" އޭސީސީން ބުންޏެވެ.

"75 ވެންޓިލޭޓަރު ސަޕްލައިކުރުމުގެ މަސައްކަތް ހަވާލުކުރުމަށް 1 އޭޕްރިލް 2020 ގައި މިނިސްޓްރީ އޮފް ހެލްތުގެ ބިޑު ކޮމިޓީން ނިންމުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.34 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަލަން ޖެހޭކަމަށް އެ މާއްދާގައި ބަޔާންކުރާ، ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭނެ ހުނަރާއި ގާބިލުކަމާއި ފެންވަރާއި ވަސީލަތްތައް ހުރިތޯ ވަޒަންކުރުމުގެ ގޮތުން ބަލަންޖެހޭ ކަންކަން ބަލާފައި ނުވާ ކަން ފާހަގަކުރެވެ އެވެ."

އޭސީސީން ބުނިގޮތުގައި، 75 ވެންޓިލޭޓަރު ސަޕްލައިކުރުމާ ގުޅޭ އެއްބަސްވުމުގެ ޑްރާފްޓް އެޕްރީލް، 2 ގައި ހެލްތު މިނިސްޓްރީން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، ހަމަ އެ ދުވަހު އެ އޮފީހުން ލަފާ ދީފައިވާ ކަމަށެވެ. އެ ލަފާގައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އެޑްވާންސް ޕޭމަންޓް ގެރެންޓީ އާއި ޕަފޯމެންސް ގެރެންޓީ ނުނަގައި އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްގެންދެވޭނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.03 ވަނަ މާއްދާގެ ދަށުން ފިނޭންސް މިނިސްޓަރު އަންގާ ގޮތެއްގެ މަތިން ކަމަށް ބަޔާންކޮށްފައިވާ ކަމަށް އޭސީސީން ބުންޏެވެ.

"ނަމަވެސް، 16 އޭޕްރިލް 2020 ގައި މިނިސްޓްރީ އޮފް ހެލްތުން ބެކް ޑޭޓްކޮށް އެއްބަސްވުމުގައި ސޮއިކުރިއިރު އަދި އޭގެ ފަހުން ވެސް އެކަމާ ގުޅޭގޮތުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.03 ގެ ދަށުން މިނިސްޓަ އޮފް ފިނޭންސްގެ ހުއްދައެއް ހޯދާފައި ނުވާކަން ތަހުގީގަށް ހޯދާފައިވާ ހޯދުންތަކުން އެނގެ އެވެ،" އޭސީސީގެ ބަޔާނުގައިވެ އެވެ.

ބޭންކް ގެރެންޓީއެއް ނެތި އެގްޒެކިއުޓާސް އަށް ފައިސާ ދޫކުރުމުގައި ޕީޖީ އޮފީހަށް ގޯހެއް ނުފެނުނުއިރު، އެގޮތަށް ފައިސާ ދޫކުރަން ހެލްތު މިނިސްޓްރީއަށް އަންގާފައި ނޯންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވަނީ ވިދާޅުވެފަ އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި ކޮވިޑުގެ ބަލިމަޑުކަމުގެ ހާލަތުގައި ރައްޔިތުންގެ ފުރާނަ ސަލާމަތްކުރަން ވަސީލަތްތައް ވީހާވެސް ކުރުމަގަކުން ހޯދަން ޖެހިފައި އޮތަސް މާލިއްޔަތު ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ކުރަން ހެލްތު މިނިސްޓްރީ އަށް ހުއްދަ ދެއްވާފައި ނޯންނާނެ އެވެ. ހާލަތަށް ރިއާޔަތްކުރުމާ އެކު ގަވާއިދުން އޭނާ އަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުތަކުގެ ދަށުން ހެލްތު މިނިސްޓްރީ އަށް ހުއްދަ ދިނީ ބޭންކް ގެރެންޓީއެއް ނަގައިގެން ދުބާއީގެ ކުންފުންޏަށް އެޑްވާންސް ފައިސާ ދޫކުރަން ކަމަށް ވިދާޅުވި އެވެ.

"މީގެ ތެރޭގައި މާލިއްޔަތު ގަވައިދުގެ 10.67 ރ. ގައި ބަޔާންކޮށްފައިވާ ޕޭމަންޓް ގެރެންޓީ ނުނަގައި އޮތުމަކީ ދީފައިވާ ހުއްދައެއް ނޫން. އަދި މިއީ އެ ފަރާތާއެކު ވެފައިވާ އެގްރީމަންޓުގައި ވެސް ހިމެނޭ ކަމެއް. އެހެންކަމުން ޕޭމަންޓް ގެރެންޓީ ނެގުމާ މެދު މިނިސްޓްރީ އޮފް ފިނޭންސް އެގްޒެމްޕްޝަނެއް ދީފައި ނުވާތީ، އެ ހޯދަން ޖެހޭނެ. އަދި މިހާތަނަށް ހޯދާފައިނުވާ ނަމަ، މިހާރު ވެސް ހޯދަން ޖެހޭނެކަން ފާހަގަކުރަން." އަމީރު ކޮމިޓީގައި ވިދާޅުވެފައިވެ އެވެ.

17 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 32%
icon sad icon sad 5%
icon angry icon angry 63%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑރލޯޔަރ

21 October 2020

ކަމަނާމެންނޭ. ދައުވާ ކުރެވިދާނެ. ވަގުތުތަކެއް ބޭކާރުވާނީ. ޖިނާއީ ކަމެއް ސާބިތުވާކަށް ތީގައި ނެތް.

The name is already taken The name is available. Register?

އާދަމް ޝަރީފް

21 October 2020

މައްސަލަތަކެއް އެބަހުރި. ކުރިޔަށް އޮތްޓަގައި އެ ކަންކަން ރަގަޅުކުރުމަށް ގަވާއިދުތަކަށް އިސްލާހުތަކެއް ގެންނަން ޖެހޭކަމަށް ފެނޭ. ނަމަވެސް ޕީ.ޖީ ވިދާޅުވިގޮތަށް ކުއްލިހާލަތުގައި ގާނޫނުގައި ލިބިދީފައިވާ އިޚްތިޔާރެއްގެ ދަށުން ކުރިކަމަކަށްވުމާއެކު ޖިނާޢީ ކުށެއް ސާބިތުވާނެތޯ ސުވާލު އުފެދޭ.

The name is already taken The name is available. Register?

މުލޭ

21 October 2020

ހެކި ހުރިތަ؟ ނުވަތަ ޝައްކު ވަނީތަ؟

The name is already taken The name is available. Register?

ވޯޓް ދެން ކާލަ

21 October 2020

ހަހަހަހަ. ހަހަހަހަ

The name is already taken The name is available. Register?

ވަޑި މޯޑޭ

21 October 2020

މިއޮތީ ވާކަމެއް ޕީޖީއަށް ވުރެން އޭސީސީ ޖިނާއީ ދައުވާތަކުގައި މާކުރީގަ މިއުޅެނީ ޕީޖީ އެބުނަނީ ރަނގަޅަށް ( ޖިނާއީ ދައުވާ ) ކުރެވޭވަރަށް ހެކިނެތޭ ކޮއިފުޅާ ޖިނާއީ އަދުލުގެ ދައުވާއަކީ ހީއެއްގެ މައްޗަށް ކުރެވޭކަމެއްނޫން އެއަށް ސާބިތުވާވަރުގެ ހެކި ހުންނަން ވާނެ

The name is already taken The name is available. Register?

12345

21 October 2020

ދެން އޮރިޔާންވޭ ރައްޔިތުން ކުރިމަތީގަ. ދެ ޖެހެނީ

The name is already taken The name is available. Register?

12343

21 October 2020

އޭސީސީގެ އެންމެން ވަކިކޮށްފަ އެތަނަށް ލާންވީ ގާބިލު ބޭފުޅުން. މިސާލަކަށް ރަައިސް ނަސީދުއާ އިމްތިޔާޒު ފަހުމީއާ އީވާމެން ކަހަލަ ކަންދަންނަ ކެރޭ ބޭފުޅުން. އަދި ހަމަ ޕީޖީގެ މަގާމަށްވެސް އެބޭފުޅުން ލެއްވީމާ މިގައުމުން ކޮރަޕްޝަން އެއްކޮށް ނެތިގެން ދާނެކަން ހަމަ ޔަގީން..

The name is already taken The name is available. Register?

އަރުވާލި އާދަނުގެ ސިޔާސީ ހާސަރު

21 October 2020

ނާޖާއިޒް ފައިދާގެ ނިޔަތް ހެޔޮނިޔަތްތޯ ބެއްލެވީމުތޯ؟ ހެޔޮނިޔަތުގެ ވާހަކަވެސް އިވިފައި ވާތީ އަހާ ލެވުނީ

The name is already taken The name is available. Register?

ޟުރާރު

21 October 2020

މުޅި މާލިއްޔަތު ސަސްޕެންޑު ވަންޏާ ކޮން ގަވައިދެްއް .. އެ ގަވައިދުގަ ބުނަނީ އެ ފަހަރަކަށް މިނިސްޓަރަށް ފެންނަ ވަރެއްގެ ހުއްދައެކޭ

The name is already taken The name is available. Register?

ސިކުނޑި

20 October 2020

ވެންޓިލޭޓަރު ގަންނަން އެދުނީ ޚާއްސަ އުސޫލުން، އެންމެން އެއްބަސްވެގެން އެންމެނަށް އެނގިގެން! މިހާރު ވެންޓިލޭޓަރު ރާއްޖެ ފޮނުވިޔަ ނުދިނުމަށް ތިންވަނަ ފަރާތެއްގެ ނުފޫޒު އޮތްކަން ގަބޫލު ކުރެވޭ! ޕްރޮސެކިއުޓަރ ޖެނެރަލް ވިދާޅުވީމަ ބޮޑާނުހާކާ ތަހުގީގު އަލުން މުރާޖައާ ކުރަންޖެހޭ! ޢަދި ތަހުގީގު މަރުހަލާގައިވެސް ބައިވެރި ކުރަންޖެހޭ! އެމްޑީޕީގެ ހުރިހާ ދިމާލަކުންވެސް ފެންނަނީ ތަޖުރިބާ މަދު ކަންކަމަށް ލޯނުހުޅުވޭ މީހުން މަގާމުތަކަށް އައްޔަން ކުރާތަން!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454