ފަސްޓް ލޭޑީ ފަޒްނާ: އެކަމަނާއަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް އެކަމަނާގެ ވަކީލުން ބުނޭ -- ފޮޓޯ/މިހާރު
24 އޮކްޓޯބަރ 2020 - 12:46
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހުމަދާ ގުޅުވައިގެން ދޮޮގު ވާހަކަތަކެއް މީޑިއާއެއްގައި ޝާއިއުކުރި ކަމަށް ބުނެ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެ ކަމަނާގެ ވަކީލުން އިންޒާރު ދީފި އެވެ.
ފަޒްނާގެ ފަރާތުން، ދަ ލިޓިޖަންޓްސް ލޯ ފާމުން ރޭ ނެރުނު ބަޔާނެއްގައި ބުނީ މޯލްޑިވްސް ނިއުސް ނެޓްވޯކް ކިޔާ އޮންލައިން ނޫހެއްގައި، ލޮނުޒިޔާރަތްކޮޅުގައި މާލޭ ސިޓީ ކައުންސިލުން ހަދަމުން އަންނަ ޕާކަށް ގަސް ވިއްކަނީ ފަޒްނާގެ ކުންފުންޏަކުން ކަމަށް ބުނެފައިވާ ކަމަށެވެ. އެކަމަކު އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށް އެ ބަޔާނުގައިވެ އެވެ. އެހެންވެ، އެކަމާ ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ވަނީ ފަޒްނާގެ ނަމުގައި އެފަދަ ކުންފުންޏެއް އޮތް ނަމަ އެ ކުންފުންޏެއް ހާމަ ކުރުމަކީ ޚަބަރު ޝާއިއުކުރި ނޫހުގެ އެޑިޓަރުގެ މަސްއޫލިއްޔަތެއް ކަމަށާއި އެފަދަ އެއްވެސް ކަމެއް ކުރުމެއް ނެތި ހަމައެކަނި ހިތު ލަފައަށް އެއްޗެއް ޝާއިއުކުރުމުން އެޑިޓަރާއި ނޫހުގެ ފެންވަރު އެނގިގެންދާ ކަމަށެވެ. އަދި އެކަމަނާގެ ނަމުގައި އޮތް ކުންފުންޏެއްގެ ނަން ހާމަކޮށްދޭން އެ ބަޔާނުގައި އެދިފައިވެ އެވެ.
މީގެ އިތުރުން ފަޒްނާގެ ފައިސާތަކެއް މޮރިޝަސް އަށް ބަދަލުކުރި ކަމަށް އެ ލިިޔުމުގައި ބުނެފައިވާ ކަމަށާއި އެކަމަކު އެއީ ކޮން ފައިސާއެއް ކަމެއް އަދި އެއީ ކޮން ވިޔަފާރިއެއް ކަމެއް ބުނެދީފައި ނެތް ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެ ހުރިހާ ތުހުމަތުތަކަށް ފަޒްނާ އިންކާރު ކުރައްވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ލޮނުޒިޔާރަތް ޕާކާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް ތަހުގީގުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ މާލޭގެ މޭޔަރު ޝިފާ މުހައްމަދަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވައިފަ އެވެ. އެ ކޮމިޝަނުން ބުނެފައިވަނީ ލޮނުޒިޔާރަތްކޮޅުގައި ދެ ފާހަނާ ބަރި އާއި ތިން ހަޓާއި ތިން އެންޓްރަންސް ކެނޮފީ އާއި ލައިފްގާޑް ޓަވަރެއް މަރާމާތުކުރުމާއި ގާޑަން ބްރިޖެއް ހަދައި އިންސްޓޯލްކުރުމުގެ މަސައްކަތުގެ ތެރެއިން ދެ ފާހަނާބަރި އަމިން ކޮންސްޓްރަކްޝަން އިން ނިންމާފައިވަނީ ލިޔެކިޔުމެއްނެތި ދެފުށް ފެންނަ އުސޫލަކުން ނޫން ކަމަށެވެ. މިއީ އިއުލާނު ކޮށްގެން، ވާދަވެރި ބީލަމެއްގެ ތެރެއިން ހަވާލުކުރެވެން އޮތް މަސައްކަތެއް ކަމަށް ވެސް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
25 October 2020
ބުނަން އޮތީ ތޮބީއަތް ޝައުގުވެރިކަން ޕާޓްނަރޝިޕް ހަދައިގެންވެސް ވިޔަފާރި ކުރުމުގެ ޝައުގުވެރިކަން ތިޔަ ވިދާޅުވާ ކަމަނާގެ މާޒީގެ ޓްރެކް ރެކޯޑުންވެސް ފެނިފަކާނުވާނެ ތިޔަވިޔަފާރީގެ ޝައުގު ހުރެނަފާ ހޯއްދެވުން ޕްރެކްޓިސް ކުރެއްވުމުގެ ޝައުގު ހުންނެވިނަމަ މިރާއްޖޭގައި އެކަމަނާގެ ބްލަޑްލައިން އިން ތިޔަކަން އެކަނިވެސް ތިޔަކަން(ޔައުނީ ވިޔަފާރި)ބަޔަކު އަންތަރީސް ވާވަރަށްވެސް ކުރުމުގެ ނިއުމަތާއި ފުރުސަތާއި ގާބިްލްކަން އެކަމަނާގެ ހުންނާނެ. 100% ތިޔަ އީ ދޮގު.
އަހަންމާބެ
25 October 2020
ފިޔަވަޅު އެޅިދާނެ، ޙަޤީޤަތް ބަދަލުވެސް ކޮށްލެވިދާނެ، ކެޔޮކޭވަރު އެނގޭނީ ބިތު ފަންގި ނެގީމަ، އެދުވަސް ދައްކަވާތޯ ދުޢާކުރުން ނޫންގޮތެއްނެތް، އެކަންވާނީ ﷲ އިރާދަކުރެއްވި ދުވަހަކުން،
ޢިބޫ
25 October 2020
ކޮބާ ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާގެ އަބުރު؟ ކޮބާ ކުރީގެ ހެލްތު މިނިސްޓަރު އަމީންގެ އަބުރު؟ ކޮބާ އެހެން ޕާޓީ ވަޒީރުންގެ އަބުރު؟ ކޮންމެ ދުވަހަކު ކަމަނާ ޕާޓީ މެންބަރުން އެމީހުންގެ އަބުރު ކޮށާ ކުދިކުރާ މަންޒަރު ހަމަ ނުފެންނަނީތޯ؟ ކިޮންމެ މީހަކަށްވެސް ކަމަކަށް މި ވަނީ ތިމާއާ ޖެހުނީމަ. އެހެން މީހެއްގެ ހައްގަކަށް އަރައިގަތަސް އެއީ މައްސަލައެއް ނޫން. ކަމެއް ރަނގަޅު ކުރަން ބޭނުން ނަމަ ފުރަތަމަ ތި ޕާޓީގައި ތިބި ގޮތެއް ފޮތެއް ނެތް މީހުން އިސްލާހުކޮށްބަލަ. ގައުމު އޮޔާދަނީ.
މިވެސް މީހެއް
25 October 2020
އެމީހެއްގެ އަބުރު ރައްކާކުރާނީ އެމީހަކު ނޫންތޯ؟ އެމީހެއްގެ ޙައްުގު ހޯދަން މަސައްކަތް ކުރާނީ އެމީހަކު ނޫންތޯ؟ ވަރަށް ވެދުން.
ޢިބޫ
25 October 2020
ދޭހަ ނުވިދޯ؟ ކޮބައިތޯ ސަރުކާރެއް އޮތުމުގެ ބޭނުމަކީ މުޖުތަމައުގައި ހުރި ގޯސް ކަންކަން ނައްތާލަން މަސައްކަތް ނުކުރެވޭނަމަ؟ މަޖިލީސް ރައީސްއަކީ ތިމާމެންގެ މީހެއް ވީމަ މުޅި ގައުމު އޭނާ ހިތަކަށް ދީގެން ބޭނުން ގޮތެއް ހަދަން ދީގެން ބަލަން ތިބީމަ އޭގެ ހިތިކަން މި ފެންނަނީ. ގޯހެއް ރަނގަޅު ކުރަން ބޭނުންނަމަ އެ އުފުރާލަން ޖެހޭނީ އޭގެ މުލުން. މި ގައުމުގައި މީހުންގެ އަބުރާ ކަތިލުން ނޯމަލައިޒް ކުރީ ކެނެރީގެ ނަޝީދުއާއި އޭނާގެ ބައިވެރިން. ރަނގަޅު ކުރަން ބޭނުންނަމަ އެތަނުންފަށާ.
ޢީބޫ
25 October 2020
އިނގިރޭސި ހަރުބަހެއްގައި އޮވޭ "އިންޖަސްޓިސް އެނީވެއާ އިޒް އަ ތްރެޓް ޓު ޖަސްޓިސް އެވެރީވެއާ". ވަރަށް ވެދުން.
އަނގަ ގަދަމިތުރު
25 October 2020
ފައިސާ ދީގެން އެސައިންމެންޓު ހެދުމަށްވުރެ މާޏުބައިކަމެއް ތިޔަ ކުރައްވަނީ އެހެންވީމާ ތިޔަ ޖަރީމާ ހުއްޓަލުމަށް ގޮވާލަން
ދުން ތަރި
25 October 2020
ކަދުރުވަގަށްފަހު ގަސް ވަގުބާ؟ މީ ދެން ކިހާ ބޮޑުވެއްޖެ ކަމެއްތަ؟ ވެރިކަން ލިބުނީމާ ކޮންމެ ބަޔަކުވެސް ބަލަނީ ޤައުމު ދަވާލެވޭތޯ
ޙަލީމު
25 October 2020
މެޑަމް ފާތުން މާބޮޑަށް ވެސް ހަޖަމު ކުރާ ކަން މިއެނގެނީ. ޔާމީންގެ ވެރި ކަމުގައި ފާތުންނަށް ވަގަށް ގޮވައި ނު ކިޔާ ހުތުރު އެއްޗެއް ނެތް ާާާާާާާާާ
ގަސްފަޒޫ
25 October 2020
ތިޔައީ ކަނޑައެޅިގެން ދޮގެއް
ޒީރޯ ފޮޑި
25 October 2020
ހަމަ މީހަކު އެއްޗެކޭ ބުނާ އިރަށް ރުޅި ގަދަވެ ދައުވާ ކުރާނެ ކަމަށް ބިރު ދެއްކުމަކީ ވަރަށް ހަޑި ކަމެއް
މަސްނާ
25 October 2020
ތިމާ އަތުން ތޫނު ކުރި އެތި ތިމާގެ ލޮލަށް ހެރެނީ، ކަދުރު ލޭޑީ އަށް ވުރެ މާ ހުތުރު މި ލޭޑީ.
އަބްދުއްالله
25 October 2020
ބަލާލީމަ ހިޔެއް ނުވޭ ފަޝްޓު ވުމަން އެކަހަލަ ކަމެއް ކުރާނެހެން. ގިނަ ފަހަރަށް ކުށް ކުރާ މީހުން އެގޭނެ ބަލާލީމަ.