ފޮރިން ސެކްރެޓަރީ އަބްދުލް ޣަފޫރު މުހައްމަދާއި އިންޑިއާގެ ފޮރިން ސެކްރެެޓަރީ ހަރުޝްވަރުދާން ޝްރިންގްލާ އާ ބައްދަލުކުރައްވަނީ. ގިނަ ދާއިރާތަކެއްގައި ދެގައުމުގެ ގުޅުން ބަަދަހިކުރަން މަަޝްވަރާކުރެއްވި. ފޮޓޯ: ފޮރިން މިނިސްޓްރީ
09 ނޮވެމްބަރ 2020 - 13:16
ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުރާ ދަތުރުފަތުރާއި ވިޔަފާރީގެ ފުރުސަތުތައް އިތުރު ކުރަން ދެ ގައުމުން މިއަދު މަޝްވަރާ ކޮށްފި އެވެ.
މި މަޝްވަރާތައް ބޭއްވީ އިއްޔެ ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރުޝްވަރުދާން ޝްރިންގްލާ އާއި ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު ބޭއްވެވި ދެ ގައުމުގެ ރަސްމީ ވާހަކަތަކުގަ އެވެ.
ޣަފޫރާއި ޝްރިންގްލާ، ފޮރިން މިނިސްޓްރީގައި ބޭއްވެވި ބައްދަލުވުމުގައި، ގިނަ ދާއިރާތަކަކުން ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާއި އެއްބާރުލުން ދިނުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި އިގުތިސާދީ، ސިއްހީ، ޓޫރިޒަމް އަދި ކޮންސިއުލާ ދާއިރާ ހިމެނެ އެވެ.
އިގުތިސާދީ ދާއިރާއާ ގުޅޭ ގޮތުން ކުރެއްވި އެއް މަޝްވަރާ އަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމެވެ.
ފޮރިން ސެކްރެޓަރީ އަބްދުލް ޣަފޫރު މުހައްމަދާއި އިންޑިއާގެ ފޮރިން ސެކްރެެޓަރީ ހަރުޝްވަރުދާން ޝްރިންގްލާ އާ ބައްދަލުކުރައްވަނީ. ގިނަ ދާއިރާތަކެއްގައި ދެގައުމުގެ ގުޅުން ބަަދަހިކުރަން މަަޝްވަރާކުރެއްވި. ފޮޓޯ: ފޮރިން މިނިސްޓްރީ
އިންސާނީ ވަސީ؛ލަތްތައް ތަރައްގީ ކުރުމާއި ކޮންސިއުލާ ޚިދުމަތްތައް މިހާރަށް ވުރެ ހަރުދަނާ ކުރުުމަށް ވެސް ދެ ގައުމުގެ ފޮރިން ސެކްރެޓަރީން މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ރާއްޖެ އަށް އިންޑިއާ އިން ދޭ އެހީތެރިކަމާއި ބަހައްޓާ ގާތް ކަމަށްޓަކައި، މިއަދުގެ ބައްދަލުވުމުގައި ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޣަފޫރު ޝުކުރު އަދާކުރެއްވި އެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އިންޑިއާގެ ފޮރިން ސެކްރެޓަރީ ޝްރިންގްލާ މާދަމާގެ ނިޔަލަށް ރާއްޖޭގައި މަޑުކުރައްވާނެ އެވެ. އެއީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރުގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށް ވެސް ބުންޏެވެ.
މިއީ މިިދިޔަ ޖެނުއަރީ މަހު މަގާމާ ހަވާލުވެ ވަޑައިގަތް ޝްރިންގްލާ ރާއްޖެ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަރުމެން
10 November 2020
ރާއްޖެ ހަލާކުކޮއްލުމުގެ އެމްމެ އިސް ބައިވެރިޔަކީ އަދާލަތު ޕާޓީ.
ވަތަން އިސްކުރަންޖެހޭ
10 November 2020
ރާއްޖޭގެ މުހިމްމު ތަންތަން އިންޑިޔާއިން ފޭރިގަންނަން ރެޑީވަނީ.
މަންޑޭލާ
10 November 2020
ސިރީލަންކާ އިންޑިޔާގެ މަޅިން ސަލާމައްްވެ މިނިވަން ވިޔަފާރިއަކާ ދިމާލައް މިސްރާބު ޖަހާފަ އެއޮތީ. ރާއްޖެ ބައެއްގެ އަޅުވެތިވެގެން މިއުޅެނީ. ކީކޭބުނާނީ
ޝޮކްތެރަޕީ
10 November 2020
ހަގީގަތަކީ ރާއްޖޭގެ ކުރިއެރުން މަރާލުން. މިނިވަންކަމާ އެކީ ޤައުމެއްގެ ގޮތުގަ ކުރިއައްދެވޭގޮތް ހުއްޓުވުން.
ހުބު
09 November 2020
#އިންޑިޔާ އައުޓް
ގޯސް
09 November 2020
ތިޔަ ެިންޑޮޔާއަކާއަޅަެިގަނެގެން އަހަރެމެން މި ހާލުގައި ެައަބަދު ތިބެންޖެހޭނީ. ޢިންޑިޔާ އަދި އެމްޑީޕީ ނޫންގޮތެއް.
ކަޑަބައި
09 November 2020
ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުރާ ދަތުރުފަތުރާއި ވިޔަފާރީގެ ފުރުސަތުތައް އިތުރު ކުރަން ދެ ގައުމުން މިއަދު މަޝްވަރާ ކޮށްފި ކަމަށް ވިދާޅުވާއިރު އަޅުގަޑު ހިތަށްއަރަނީ މިހާރު ކޮޗިންފެރީގެ ކިތައް ދަތުރު ކުރެވިއްޖެތޯވެސް ބަލާލެވުނުނަމަ ހަބަރު އިތުރަށް ފުރިހަމަވާނެހެންނެވެ.