އެއްވެސް ގުޅުމެއް ނެތި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދައްކާ ޗާާޓެއް: ހެލްތު މިނިސްޓްރީގެ ޑޭޝްބޯޑް ވެބްސައިޓް
އެއްވެސް ގުޅުމެއް ނެތި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެއްވަނަ އެލާޓަށް ވުރެ ވެސް ދަށްވެއްޖެ އެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ ގުޅޭ އެކި ތަފާސްހިސާބުތައް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންނަނީ ހިއްސާކުރަމުންނެވެ. ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވާލަކު އެއްފަހަރު އާންމު ކުރި ނަމަވެސް އެކިހަލަ ޓްރެންޑުތައް އެޗްޕީއޭ އިން އާންމުކުރަނީ ހަފްތާއަކު އެއް ފަހަރެވެ.
އެ އިދާރާ އިން އާންމުކުރި ހިސާބުތަކުން ފެންނަ ގޮތުގައި މިދިޔަ މަހުގެ 11-17 އާ ހަމައަށް އަދި 18-24 އާ ހަމައަށް އެއްވެސް ގުޅުމެއް ނެތި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ހަފްތާއަކު 19 މީހުންނެވެ. އެ އަދަދު 20 އަށް ވުރެ ދަށްވުމުން އެއްވަނަ އެލާޓް ލެވެލް އަށް ވުރެ ދަށްވީ އެެވެ.
އޭގެ ކުރީ ހަފްތާގައި އެއްވެސް ގުޅުމެއް ނެތި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހުރީ 22 ގަ އެވެ. މިއީ ކޮމިއުނިޓީ ސްޕްރެޑް ހުރި މިންވަރު ބަލަން ބޭނުންކުރާ އެއް ޓްރެންޑެވެ.
ފްލޫ ކްލިނިކުން ޕޮޒިޓިވިޓީ ރޭޓަކީ ވެސް ކޮމިއުނިޓީ ސްޕްރެޑް ހުރި މިންވަރު ބަލަން ބޭނުންކުރާ ހިސާބެކެވެ. ނަމަވެސް މި އަދަދު އަންނަނީ އިތުރުވަމުންނެވެ. މިދިޔަ މަހުގެ 18-24 އާ ދެމެދު އެ އަދަދު ވަނީ 11 ޕަސެންޓަށް އަރައިފަ އެވެ. އޭގެ ކުރީ ހަފްތާގައި އެ އަދަދު ހުރީ ނުވަ ޕަސެންޓުގަ އެވެ. މި ރޭޓު 10 ޕަސެންޓަށް ވުރެ މަތި ވެފައި ވާތީ ފްލޫ ކްލިނިކް ޕޮޒިޓިވިޓީ ރޭޓު ވަނީ ދެވަނަ އެލާޓަށް މިދިޔަ ހަފްތާގައި އަރައިފަ އެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އާންމުކޮށް މިހާރު ހުންނަނީ ދުވާލަކު 50 ކޭހަށް ވުރެ މަދުންނެވެ. މި ބަލި ފެތުރޭ ވަރު ކޮންޓްރޯލްވެފައި ވި ނަމަވެސް އަދިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ފަރުވާކުޑަ ނުވާން އެޗްޕީއޭ އިން އަންނަނީ އިލްތިމާސްކުރަމުންނެވެ.
މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 13،106 އަށް އަރާފައިވާ އިރު މިހާރު ފަރުވާ ހޯދަމުން އަންނަނީ 905 މީހުންނެވެ. ކޮވިޑް ޖެހިގެން މަރުވެފައި ވަނީ 47 މީހުންނެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
އުދުހޭ
05 December 2020
ދިވެހިރާއްޖޭގާ ކޮވިޑްޖެހެނީ އެއީ ސަރުކާރުގެ އިސް މީހެއްތޯ ނުވަތަ މަޖިލިސް މެންބަރެއްތޯ ބަލަފާ. އެހެންވީމާ މިއޮތީ ވެކްސިން ފެނިފަ. ހުރިހާ ރައްޔިތުން މެންބަރުންނަށް ހަދަންވީ.
އުދުހޭ
05 December 2020
ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފަސްޖެހެނީ ސަރުކާރުން. އެމީހުންވިއްޔާ އެއޮއްގެން ދުވެނަގަނީ.
Ahmed
05 December 2020
ކޮވިޑް: ކުރިން ބަލިމަޑުކަމެއް. މިހާރު ވިޔަފާރި އެއް.
ފިނިހަކަ ޕީއޭ
04 December 2020
ވެކްސިން ޖަހަންދެން ކަލޭމެން މީތި ހިފަހައްޓާނެކަން ޔަގީން
ފިނިކޮޓަރި
04 December 2020
މިހާރު ފުލޫ ކުލިނިކުތަކަށް މީހުންދަނީ ވަރަށްބޮޑަށް ހުންއައީމަ، ހަމަ ކެއްސާލާއިރަށް ރޯގާ ޖެހޭއިރަށް މީހުން ނުދޭ. އެހެންވީމާ ހިސާބު ހަދާނަމަ ދާމީހުންގެ ނިސްބަތުން ޕޮސިޓިވްވާ މީހުން ގިނަކަމަށް ދައްކާނެ. އެއީ ހަގީގީ ޕަސެންޓްކަމަށް މިހާރު ނުނިންމޭނެ.
ނެތޭ ތިއެއް މިތާކު.
04 December 2020
ގުޅުން އޮތަސް ނެތަސް ކޮވިޑްތީ އެޗްޕީއޭ ބޭނުން ގޮތަށް މޮޑޭ ފުށްގަނޑަކަށް ވެއްޖެ،، އެބައި މީހުން ކޮވިޑާ ވާހަކަ ދެއްކީމަ ކޮވިޑް ބުނީ 4 ވަނަ ދުވަހުގެ ކުރީން ކަރަންޓީނުވި މީހުންގެ ގައިން ތިމަންނާމެން ނުދާނަމޭ، 4 ވަނަ ދުވަހުގެ ފަހުން ގައިގެ ތެރޭގައި ތިމަންނާމެން ތިބޭނީ ގިނަވެގެން 10 ދުވަހުގެ މުއްދަތަކަށް ކަމަށް. މިއީ ވާ ބައިގަނޑެއް.
ކހޖޖ
04 December 2020
އަސްލުވެސް ކަރަންޓީނު 10 ދުވަހުން ނިމޭނެ ކަމަށް އުންމީދު ކޮށްގެން ތިއްބަ އެ ބުނީ 4 ގެ ފަހުން ދަތުރު ކުރާ މީހުންނަށޯ އެހެންވާނީ. ބޭނުމެއް ނޫން 10 ދުވަސް ހަމަ ވީމަ ކަރަންޓީން ވެގެން ހުންނާކަށް. އެކަމަކު ގެއިން ނިކުތަސް ޖޫރިމަނާ ކުރާނީ ވެސް އަހަރެމެން ނިކަމެތިން. ދިވެހިން ދިވެހިންގެ ބިމުގަ ބިކަ ކޮށްފި އެޗްޕީއޭ.
މަތީނު1
04 December 2020
ކޮންމެ ކަމަކަށްވެސް ކަޓްއޯފް ތާރީޚެއް އޮންނާނެ ދޯ. ހިސާބަށްވުރެ ޖާހިލުވީމަ ތިހެންވާނީ.