އިދިކޮޅު ފަރާތްތަކުގެ އެއްވުމެއްގެ ތެރޭގައި ފުލުހުން ހަރަކާތްތެރިވަނީ: އިއްޔެގެ އެއްވުމުގެ ތެރެއިން ހައްޔަރުކުރި އެންމެން މިއަދު ވަނީ ދޫކޮށްލާފައި --- ފޮޓޯ/މިހާރު
08 ޖެނުއަރީ 2021 - 17:58
އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން އިއްޔެ މާލޭގައި ބޭއްވި އިހްތިޖާޖްގެ ތެރެއިން ހައްޔަރުކުރި އެންމެން މިއަދު ދޫކޮށްލައިފި އެވެ.
އިއްޔެ އިދިކޮޅު ފަރާތްތަކުން ކްރިމިނަލް ކޯޓު ކައިރީގައި އިހްތިޖާޖް ކުރިއަށް ގެންދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ކުރިއަށް ދިޔަ ވަގުތުގަ އެވެ. އެ އިހްތިޖާޖްގެ ތެރެއިން ފަސް މީހަކު އިއްޔެ ހައްޔަރުކުރި އެވެ.
ފުލުހުން ބުނީ އެ މީހުން މިއަދު ކޯޓަށް ނުގެންގޮސް، ދޫކޮށްލީ ބަންދުގައި ބައިތިއްބަންޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ. ނަމަވެސް އެ މައްސަލާގެ ތަހުގީގު ކުރިއަށް ދާ ކަމަށް ފުލުހުން ބުންޏެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީންގެ މައްޗަށް ކުރާ އިތުރު ދެ ދައުވާއެއްގެ ޝަރީއަތް އިއްޔެ ކުރިއަށް ދިޔައިރު، އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ ހުކުމް އަންނަ ހަަފުތާގައި ހައި ކޯޓުން އިއްވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާރީ
08 January 2021
ޔާމީނަކީ ދިގުމުށްދަތަކަށް ޖަލުގަ ބަހަށްޓަށް ޖެހޭ ގައިދީއެއް. ރަށްއިތުން ކުރިމަތީ ދެށްކިވާހަކަ ތަކުންނާއި ޖަމީލުމެން ފަދަ ބޭފުޅުން ދެކި ވާހަކަ ތަކުން އިތުރު ތަހުގީގެއް ބޭނުމެއް ނުވޭ
ީހށނ
08 January 2021
ކުށްކުރާމީހުންގެ ހިމާޔަތުގަ އަޑުއުފުލުމަކީ ކުށްކުރަން ދެވޭ ހިތްވަރެއް! ގައުމުގަ އިސްލާހު ކުރްން ޖެހޭ ބައިވަރު ކަންތައް އެބަހުރި. އެކަންތައް އިސްލާހު ކުރެވޭތޯ އުޅޭނަމަ ރަގަޅު.
ސަންޕަ ހަސަންފުޅު
08 January 2021
ތީ އެއްގޮތަކަށްވެސް ދޫކުރާވަރުބައެއްނޫން. އެކަމަކު މުސްކުޅިން ދޫކޮށްލިޔަސް މައްސަލައެއްނެތް.