ޚަބަރު / ކްރިމިނަލް ކޯޓް

ޖާނުންފިދާވުމުގެ ހަމަލާއެއް ދޭން އުޅުނު ކަމަށް ބުނެ ދެ މީހަކަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް ހުކުމްކޮށްފި

އިސްހާގުގެ މައްޗަށް ކުރީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ. އަފީފަށް ކުރީ ޖާނުން ފިދާވެގެން ހަމަލާއެއް ދޭން އުޅުނު ކަމަށް ބުނެ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ.

ކްރިމިނަލް ކޯޓުގައި ކުރިން ބޭއްވި ޝަރީއަތަކަށް އިސްހާގާއި އަފީފު ވައްދަނީ.

17 ޖެނުއަރީ 2021 - 18:33

9 comments
angry icon 50%

ޖާނުން ފިދާވެގެން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ރ. މަޑުއްވަރީ ވިލުދޮޅި، އިސްހާގު އަލީ އާއި ޏ. ފުވައްމުލަކު އަލުވިމާގޭ، ހުސައިން އަފީފުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރީ އޮގަސްޓް، 2017 ގައި ޖާނުން ފިދާވުމުގެ ހަމަލާއެއް ދޭން އުޅުނު ކަމަށް ބުނެ އެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ އިސްހާގުގެ މައްޗަށް ކުރިއިރު، ކުރިން އެމްއެންޑީއެފުގައި މަސައްކަތްކުރި އަފީފަށް ކުރީ ޖާނުން ފިދާވެގެން ހަމަލާއެއް ދޭން އުޅުނު ކަމަށް ބުނެ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އެވެ. އެކަމަކު، ހަމަލާދޭން އުޅުނު ތަނެއް ދައުލަތަށް ބުނެއެއް ނުދެވެ އެވެ.

އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރި ކަން ކްރިމިނަލް ކޯޓުން ކަށަވަރުކޮށް ދިނެވެ.

އަފީފުގެ މައްސަލައިގައި ކުރި ހުކުމުގައި ވަނީ ޖާނުން ފިދާވެގެން ހަމަލާދޭން އުޅުނު ކަމަށް ބުނާއިރު، އެފަދަ އަމަލެއް ތަންފީޒު ކުރަން ފެށިކަން ނުވަތަ ފުރިހަމަ ކޮށްފައި ވަނީ ކުށުގެ އުންސުރުތަކުގެ ތެރެއިން ކޮން އުންސުރެއް ކަން ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށެވެ.

ހުކުމުގައިވާ ގޮތުން، ހެކިތަކުން އެނގެނީ އޭނާއާ ދީނީ ހަރުކަށި ފިކުރުގެ މީހުންނާ ގުޅުން އޮތް ކަމަށް ފުލުހުންނަށް ފާހަގަވުމާއި އިސްހާގާއި އަފީފާ ދެމެދު ފައިސާގެ މުއާމަލާތްތަކެއް ކޮށްފައިވުމުގެ އިތުރަށް އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން ހުރި ވީޑިއޯ އާއި ފޮޓޯ އޭނާގެ ފޯނުން ފެނުން ކަން ފުލުހުންނަށް ފާހަގަވި ފާހަގަވުން އެކަންޏެވެ. ނަމަވެސް ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ އުންސުރުތަކުގެ ގޮތުގައި ޓެރަރިޒަމްގެ ގާނޫނުގައި ބަޔާންކުރާ ކަމެއް އޭނާ ކުރިކަމުގެ މައްޗަށް ހެއްކެއް ނެތް ކަމަށް އެ ހުކުމުގައިވެ އެވެ. އިސްހާގުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރި ހުކުމުގެ ތަފްސީލެއް ލިބޭ ގޮތެއް ނުވި އެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ފަހު އެ މީހުން ބަންދުން ދޫކޮށްލާފައި ވަނިކޮށް 2019 ވަނަ އަހަރު ހައި ކޯޓުން ނެރުނު އަމުރެއްގެ ދަށުން މިއަދާ ހަމައަށް އެ ދެ މީހުން ތިބީ ބަންދުގަ އެވެ.

9 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 21%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމަދުބޭ

18 January 2021

ކުއްސާބިތުވާނީ ޖާނުން ފިދާވެގެން އެތަށްބަޔެއްގެ ފުރާނަ ދިއުމުން، މިއަދު ހެދިފައިވާ ގާނޫނު އަސާސީން ކުއްވެރިވާނީ ކަމެއް ނުކުރާ މައުސޫމް މީހުން ގާނޫނުން ހިމާޔަތް ލިބޭނީ ކުއްވެރިން، ގަނޫނު އަސާސީ މޮޅުކަމުން އަދި ބޮޑުކަމުން ކުއްވެރިން ކުއްވެރިކުރަން މުޅިދައުލަތުގެ މުއައްސަސާތަށްވަނީ ފެއިލްވެފައި މިކަމުގެ ފުރަގަހުގައި ހުރީ މިއުޅޭ ޑިމޮކްރަސީގެ ބޯޑުއަޅުވައިގެން އުޅޭ މޮޅުމީހައި

The name is already taken The name is available. Register?

ގުލްސަނޫބަރު

18 January 2021

މި ކަަހަލަ މީސްމީހުން ހެޔޮ ނުވާނެ ދޫކޮށްލާފަ ބައިތިއްބަން އެނގިއްޖެ! ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ!

The name is already taken The name is available. Register?

އަރުތަ

17 January 2021

ޖާނުންފިދާވެގެން ހަމަލާއެއް ދޭން އުޅުނު ކަން ސާބިތުނުވިނަމަވެސް، ދީނީ ހަރުކަށި ފިކުރުގެ މީހުންނާ ގުޅުން އޮންނަކަމާ އިސްހާގާއި އަފީފާ ދެމެދު ފައިސާގެ މުއާމަލާތްތަކެއް ކޮށްފައިވާކަމާ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން ހުރި ވީޑިއޯ އާއި ފޮޓޯ އޭނާގެ ފޯނުން ފެނުންކަން ސާބިތުވާތީވެ، ތި ދެމީހުނާ ދޭތެރޭ ބަޔަކު ކަތި ނަޒަރަކުން ދެކުމުގެ ފުރުސަތު އެބައޮތެވެ.

The name is already taken The name is available. Register?

ޢަރުތައަށް

17 January 2021

ޙަގީގަތް ނޭނގި ކޮމެންޓް ނުކޮށްބަލަ! ކޮބާ އެމީހުންގެ ހަޔާތުން ބޭކާރުވި 3އަހަރު. ކޮބާ އެމީހުންގެ ދަރިންނާ އަބިން އުޅުނު ހާލު! ތުބުޅި ދިގުކުރާ ކޮންމެ މީހަކީ އައިއެސްގެ މީހެއްވިއްޔާ މިރާއްޖޭގެ ބޮޑު ޕަސެންޓަކީ އޭގެ މީހުންދޯ!

The name is already taken The name is available. Register?

ވޭނަމް

17 January 2021

ޕީޖީ އަށް ހުރިހާ ބޮޑެތި މައްސަލައެއް ލޫސްމިވަނީ ކީއްވެ ؟؟ ޤާނޫނު ގޯހީތަ ؟ ޕީޖީ ވަކީލުން ކަޑައީތަ ؟ ފަނޑިޔާރުން ގޯހީތަ ؟ ރައްޔެތުންގެ ލާރިން މުސާރަ ނަގައިގެންތިބޭ މަޖިލިސް މެންބަރުން، ޕީޖީ ވަކީލުން އަދި ފަނޑިޔާރުން ގެ ޖަވާބެއް މަ ބޭނުން!

The name is already taken The name is available. Register?

ދިއްދޫމީހާ

17 January 2021

ގޯސްވަނީ ތަހްޤީގް އިދާރާ، ވޭނަމްއާ މަށާ ދެމީހުން ރާވަނީ ޤާނޫނާ ހިލާފްކަމެއް ކުރަން، ބަޔަކު މީހުން ރިޕޯޓް ކުރީމާ މިހައްޔަރު ކުރަނީ، ދެން ތަހްޤީގް ހިންގަނީ، ދެން ވިސްނާލާ ހެކި ހޯދާނެ ގޮތެއް؟؟

The name is already taken The name is available. Register?

ނަޝީދު.

17 January 2021

އެމް.ޑީ.ޕީ ވެރިކަމެއްގަ ތީގެން އެއްކަމެއްވެސް ސާބިތެއް ނުވާނެ. މީ ވަރަށް ވާހަކަ ...

The name is already taken The name is available. Register?

ިދާދު

17 January 2021

ލޮލް..ތީ ދެން ވަރަށް މޮޅު ވާހަކަ އެކޯ ދެން...އެއްވެސް ވާހަކަ އެއް ނޫން...

The name is already taken The name is available. Register?

އަރުތަ

17 January 2021

އެމްޑީޕީގެ ވެރިކަން އޮތީ 2008ން 2012ށް، މިހާރު މި އޮތީ އެމްޑީޕީގެ ވެރިކަމެއް ނޫން، އެމްޑީޕީ ބަޔަކުވެސް ވެރިކަމުގެ ބާރުގެތެރޭގަ އެބަތިބި، އެކަމަކުވެސް...............

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454