ޚަބަރު / މެމްބަރު އާދަމް ޝަރީފް (މަޑުއްވަރި)

ކުރީ ސަރުކާރުން ބޭރު ބަޔަކު ލައްވާ އުތުރު ތިލަފަޅު ތަރައްގީނުކުރީ ގައުމުގެ ސަލާމަތަށް ނުރައްކާވެދާނެތީ: އާދަމް ޝަރީފް

އާދަމް ޝަރީފް ޑިފެންސް މިނިސްޓަރަކަށް ހުންނެވި އިރު އޭރުގެ ޗީފް އޮފް ޑިފެންސްފޯސް އަހްމަދު ޝިޔާމާ އެކު ސިފައިންގެ ރަސްމިއްޔާތެއްގައި --ފޮޓޯ: ނިޝާން އަލީ/މިހާރު

ސިފައިންގެ ކޯސްޓް ގާޑު ބަނދަރުކޮށް މަރާމާތުކުރާ ތަނެއްގެ ގޮތުގައި އުތުރު ތިލަފަޅު ބޭރު ބަޔަކު ލައްވާ ތަރައްގީކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅު ނުވީ އޭގެ ސަބަބުން "ގައުމުގެ ސަލާމަތަށް ނުރައްކާ ވެދާނެތީ" ކަމަށް، އޭރުގެ ޑިފެންސް މިނިސްޓަރު އަދި މިހާރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

އުތުރު ތިލަފަޅު ނުވަތަ ޔޫޓީއެފްގެ މައްސަލަ ގައުމީ ކަމެއްގެ ގޮތުގައި ބަލައި ރައްޔިތުންގެ މަޖިލިހުގެ މިއަދު ޖަލްސާއަށް އިދިކޮޅު މެމްބަރު ނައިފަރު ދާއިރާގެ އަހުމަދު ޝިޔާމް ހުށައެޅުއްވި ކުއްލި މައްސަލާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އެގޮތަށް ޔާމީން ނިންމެވީ ވެސް ސަބަބުތަކެއް ހުރެގެން ކަމަށެވެ. އޭނާ ވިދާޅުވި އެއް ކަމަކީ ލޮކޭޝަންގެ ގޮތުން އެ ތަން މުހިންމުވުމުން ގިނަ ގައުމުތަކަކުން އެތަން ތަރައްގީކުރަން ސަރުކާރުގައި އެދެމުން ދިއުމެވެ.

އެހެންވެ ޔާމީން ގަބޫލުފުޅު ކުރެއްވީ، އާދަމް ޝަަރީފް ވިދާޅުވި ގޮތުގައި، ވަކި "ބައެއް މެދުވެރިކޮށް އެ މަސައްކަތް ކުރައްވައިފި ކަމަށް ވާ ނަމަ، މަސްލަހަތު ފުށުއަރައި އަދި ގައުމުގެ ސަލާމަތަށް ނުރައްކާ ވެދާނެ" ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެތަން ތަރައްގީކޮށްދޭން އިންޑިއާއިން އަމިއްލައަށް އިސްނަގައިގެން ވަރަށް ބޮޑަށް ވާހަކަ ދެއްކި އެވެ. ނަމަވެސް އެތަން ތަރައްގީކުރުމުގެ އެއްބަސްވުމެއްގައި ކުރީ ސަރުކާރުން ސޮއިކޮށްފައި ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

ޝަރީފް އެގޮތަށް ވިދާޅުވި ނަމަވެސް ޔޫޓީއެފް ތަރައްގީކުރަން އެންމެ ފުރަތަމަ ހުށައެޅީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި އޭރުގެ ޑިފެންސް މިނިސްޓަރު އަދި މިހާރު ދަގެނތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.

ޝިޔާމް މިއަދު ކުއްލި މައްސަލައެއް ހުށައެޅުއްވީ އުތުރު ތިލަފަޅު ތަރައްގީކުރަން އިއްޔެ އިންޑިއާއާ އެކު ސަރުކާރުން ސޮއިކުރި އެއްބަސްވުމުގެ ތަފްސީލު ހާމަކުރަން ގޮވާލައްވަ އެވެ.

އެ މައްސަލައިގެ ބަހުސްގައި އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވީ އުތުރު ފިލަވަޅުގައި ކޯސްޓް ގާޑުގެ ޑޮކްޔާޑެއް ތަރައްގީކުރުމުގެ މަޝްވަރާތައް ޔާމީންގެ ވެރިކަމުގައި އިންޑިއާއާ އެކު ކުރިއަށް ގެންދިޔަ ކަމަށެވެ. ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް ހަލީމް) ވަނީ އެ އެއްބަސްވުން ވުޖޫދުކުރަން އާދަމް ޝަރީފް ކޮށްދެއްވި މަސައްކަތަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.

އެކަމަކު އޭގެ މާ ފަހުން ލިބިވަޑައިގެންނެވި ފުރުސަތުގައި އާދަމް ޝަރީފް ވިދާޅުވީ ޔޫޓީއެފް ތަރައްގީކުރާނީ ބޭރުގެ އެއްވެސް ބަޔަކަށް ނުދީ ރާއްޖެއިން އަމިއްލައަށް ކަމަށް ޔާމީން އޮތީ ނިންމަވާފައި ކަމަށެވެ.

އާދަމް ޝަރީފް އެހެން ވިދާޅުވުމުން ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ރައްދަކަށް ވީ ކުރީގެ ސަރުކާރުތަކުން އެކަމުގައި އިންޑިއާއާ އެކު ސިޓީބިޓީން ބަދަލުކޮށްފައި ހުރި މުއާމަލާތްތައް "މި ވަގުތު ހާމަކުރުން ބޭނުންތެރި" ކަމަށް ވިދާޅުވެ، އޭގެ ބައެއް ސިޓީ ވިދާޅުވުމެވެ. އެގޮތުން ޔާމީން ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންގެ ސިޓީއެއްގެ އިތުރުން ރާއްޖޭގެ ރައީސްކަމުން ނަޝީދު އިސްތިއުފާ ދެއްވުމުން އުފެދުނު ވަހީދު ސަރުކާރުގެ ޑިފެންސް މިނިސްޓަރު ނާޒިމް އޭރު ފޮނުއްވި ސިޓީ ހިމެނެ އެވެ.

އުތުރު ތިލަފަޅު ތަރައްގީކުރަން އެންމެ ފުރަތަމަ އިންޑިއާގެ އެހީއަށް އެދިވަޑައިގަތީ ވަހީދު ސަރުކާރުގައި އެޕްރީލް 25، 2013 ގައި ނާޒިމް ފޮނުއްވި ސިޓީއެއްގަ އެވެ. އެ ސިޓީން ދޭހަވާ ގޮތުގައި ކަމާ ބެހޭ ވަސީލަތްތަކާ އެކު ބާތިން ފެސިލިޓީއެއްގެ ގޮތުގައި އެ ފަޅު ތަރައްގީކުރުމުގެ ތަފުސީލު ޕްރޮޕޯސަލްއެއް އޮތީ އިންޑިއާ ސަރުކާރަށް ހުށައަޅައިފަ އެވެ.

އެ ޕްރޮޕޯސަލް ހަވާލުކުރެއްވީ އިންޑިއާއަށް އެޕްރީލް 2013 ގައި ނާޒިމް ކުރެއްވި ދަތުރެއްގައި އޭރުގެ އިންޑިއާގެ ޑިފެންސް މިނިސްޓަރަށް ކަމަށް ވެސް، ސިޓީން ދޭހަވެ އެވެ.

ނަޝީދު ދެން ހާމަކުރެއްވީ 2015 ގައި ދުންޔާ ސޮއިކުރައްވާ ފޮނުއްވި ސިޓީއެކެވެ. ރާއްޖެ އާއި އިންޑިއާގެ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމަކަށް ފަހު ފޮނުއްވި އެ ސިޓީގައި ވާ ގޮތުން ވެސް ޔޫޓީއެފް ތަރައްގީކުރަން އެދުނީ ރާއްޖެ އިންނެވެ.

30 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނ‫ާޑުވާ

23 February 2021

ކ‫ުރީ ސަރުކާރު ތަކުން ބުރިޖު ނޭޅީ ވެސް ހަމަ ތިހެންވެ ލޮލް...

The name is already taken The name is available. Register?

ަައެސޮރު

23 February 2021

ލާރިކާންވެގެންނޭ ބުނިއްޔާ މާރަގަޅުވާނެ.

The name is already taken The name is available. Register?

ކޮތަރުކޮށި މޫސަ

23 February 2021

އޭ ކޮބާ ތިތާ އުޅެނު އިންޑިއާ އަންހެނެއް! އެމީހާ ކަލޭ ނޮޅާޅާނެ ތިޚަބަރު ލިޔުނީތީ. ކެކެކެ

The name is already taken The name is available. Register?

1234

22 February 2021

ޔާމީން ސަރުކާރުން އެކަމެއް ނުކުރާނެ.. އެމީހުންދޯ ހެލިކޮޕްޓަރުތައް އެގްރިމެންޓް ކެންސަލްވެސް ކުރީ..ނިކަން ކެރެންޔާ ނަޝީދު އެބުނާ ލިޔުންތަކާ މިހާރު ހެދި އެގްރިމެންޓް ރައްޔިތުންނަށް ހާމަކޮށްބަލަ..

The name is already taken The name is available. Register?

ހަތުމާ

22 February 2021

ބައްލަވާ ދިވެހިރާއްޖޭގައި ހުރި ހަމަ އެކަނި މިލިޓަރީ ހޮސްޕިޓަލް އެތަނުގައި ވެސް މަސައްކަތު މީހުނަށް ވެސް އެތިބެނީ އިންޑިޔާ މީހުން ، އެތަނަށް ވެސް އިންޑިޔާއިން އެހީއެއް ދީފައި މިހާރު ނަރުހުންނަށް ވެސް އިންޑިޔާމިހުން އެތިބީ ބައިތިއްބާފައި ، މިއީ ނުވިސްނާ ކުރާ ކަންކަން ، އިންޑިޔާގެ މިލިޓަރީ ހޮސްޕިޓަލުގައި ވެސް ދިވެހިން ބައިތިއްބަން ވިއެއްނުން. އަމިއްލަ ޤައުމު މީހުންގެ ތައްފާހަށް ވެއްޓޭއިރު ނޭގޭ، ކިތައް ދިވެހިންތޯ މިހާރުވެސް ވަޒީފާ ނެތިފައި އެތިބީ.

The name is already taken The name is available. Register?

ޢަލީ.

22 February 2021

ނަސީދުމެން ތިކަހަލަ ދޮގުސިޓީ ހިފަ އިގެން އަރާ ބާރު ހުރީމަ ބޭނުން އެއްޗެ އް ވިދާލު ވެވިދާނެ ޔާމިނު އަކީ އިންޑިޔާ ދަށަ އް މިތަނުގެ އެއްވެސް ހަރުމުދަލެ އް ވި އްކާލާނެ މީހެ އްނޫން އެއ އާޕޯޓުން ފަހާލީވެސް ކަމުނުދާނެތީ

The name is already taken The name is available. Register?

އަލިތޯފީ

22 February 2021

އާދަނުމެން އަމިއްލަޔަށް ސޯޓް ބާލަނީއެވެ. މިއީ ވަރަށްގިނަ ވާހަކަ ކުރުކޮށް ބުނެލީއެވެ.

The name is already taken The name is available. Register?

ޖޭމްސް21

22 February 2021

މަޖިލީހުގައި ކާނަލް ނާޒިމްވެސް އިންނަވައެއް ނޫންތޯ؟ އޭނާ މި ބަހުސްގައި ބައިވެރިވެ ރައްޔިތުންނަށް ކަން ހިނގާދިޔަގޮތް ސާފުކޮށްދޭން ޖެހެއެވެ.

The name is already taken The name is available. Register?

1234

22 February 2021

ކާނަލް ނާޒިމަކީ އިންޑިޔާ ޕަޕެޓެއް. އޭނާ މިކަން އެންމެ ފުރަތަފަ ފެށީވެސް. ވެރިކަން ދޭނަމޭ ކިޔައިގެން ހުއްޓާ ޔާމީންއާ އަދީބު ގުޅިގެން ނާޒިމްގޭ ބަޑި ހޯދާ ޖަލަށްލީ..

The name is already taken The name is available. Register?

ކިނބޫ

23 February 2021

އިނދޭތަ؟ މަހީކުރީ އޭނަ މިހާރު ދުނިޔޭގަވެސް ނެތްކަމަށް.

The name is already taken The name is available. Register?

ރަސްރުއް

22 February 2021

އަނގަ ފަޅާއިރު ކީއްވެކަން ބުނެދެވިދާނެތަ އަމިއްލަޔަށް ތިޔަކަން ނިންމާނުލެވުނީ!! ނުވާވަރުގެ ކަންތަކާ ބޯގަޅާލިޔަކަސް އަމިއްލަ ނުކުޅެދުންތެރިކަން ގަބޫލް ހަމަ ނުކުރެވެނީތޯއެވެ، ތިވަރުގެ ކަންތައްތަކަކީ ގިނަވެގެން އެކެއް އަހަރު ތެރޭގަ ނިންމާލެވެންޖެހޭ ވަރުގެ ކަންތައްކަން ނޭނޭގެ ހަމަތަސައްރަފުފުދޭ ކޮންމެ މީހަކުވެސް ގަބޫލް ކުރާނެއެވެ.ބެލީ ވައްކަން ކުރެވޭތޯއެވެ، ބާދަގަޑަށް ކިރާފަ ހުންނަ ކުނިބުނި ގެނެސް ތިލަފަޅު ކުނިގޮނޑަކަށް ހަދަން އުޅުނީތޯއެވެ.

The name is already taken The name is available. Register?

އަލްޖިބްރާ

22 February 2021

ފަސްއަހަރު ނިމިގެން ދިޔައިރު އަމިއްލައަށް ތިލަފަޅު ނުހެދީ ކޯންޗެއް ނެތިގެންތަ ؟ އެހެންބަޔަކު އެކަންކުރަން އުޅޭތީ ހަޖަމު ނުވީ ! ކަލޭމެންނަކީ އަބަދުވެސް ތިފާޑަށް އުޅޭ ބައެއް !

The name is already taken The name is available. Register?

ދދދދ

23 February 2021

އެހެން ބަޔަކީ ކޮންބައެއް؟ އިންޑިއާތަ؟ ލަދެއް ނެތިއްޔާ ކޮންމެ އެއްޗެކޭވެސް ކިޔާފާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454