ޚަބަރު / ރައީސް މުހައްމަދު ނަޝީދު

އުތުރު ތިލަފަޅާ ބެހޭ ގޮތުން ކުރީގެ ސަރުކާރުން އިންޑިއާއާ ކުރި މަޝްވަރާގެ ތަފްސީލު އެބަހުރި: ނަޝީދު

އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމަނިއަން ޖައިޝަންކަރު ރާއްޖެައަށް ވަޑައިގަތުމުން، ޔޫތް މިނިސްޓްރީއިން އެކުވެނި ޓްރެކް ދަނޑުގައި ބޭއްވި ރަސްމިއްޔާތުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވަޑައިގަންނަވަނީ. އެމަނިކުފާނު ވިދާޅުވީ އިންޑިއާއާއި އެކު ކުރީގެ ސަރުކާރުން ކުރި މަޝްވަރާތަކުގެ ލިޔެކިއުންތައް އެބަހުރި ކަމަށް. ފޮޓޯ:ނިޝާން އަލީ/މިހާރު

22 ފެބުރުއަރީ 2021 - 12:00

24 comments
angry icon 70%

އުތުރު ތިލަފަޅުގައި ސިފައިންނަށް ހާއްސަ ބަނދަރެއް ތަރައްގީކުރުމާ ބެހޭ ގޮތުން ކުރީގެ ސަރުކާރުން އިންޑިއާއާ އެކު ކޮށްފައިވާ މަޝްވަރާތަކުގެ ތަފްސީލް ލިޔެކިއުންތައް އެބަހުރި ކަމަށާއި އެ ތަފްސީލުތައް މެމްބަރުންނަށް ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އުތުރު ތިލަފަޅުގައި ބަނދަރެއް ހަދަން ރާއްޖެ އާއި އިންޑިއާއިން ސޮއިކުރި އެއްބަސްވުމުގެ ތަފްސީލު ހާމަކުރަން ގޮވާލައި ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަަރު އަހުމަަދު ޝިޔާމް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) ވިދާޅުވީ އެ އެއްބަސްވުން ވުޖޫދުކުރަން ކުރީގެ ސަރުކާރުން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް ކުރެއްވީ އޭރުގެ ޑިފެންސް މިނިސްޓަރު އަދި މިހާރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކަމަށް ވިދާޅުވެ، އޭނާއަށް ހަލީމް ޝުކުރު އަދާކުރެއްވި އެވެ.

ހަލީމް އެހެން ވިދާޅުވުމުން ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ނިޒާމާ ބެހޭ ނުކުތާއެއް ކަމަށް ވިދާޅުވެ، ފުރުސަތެއް ހޯއްދަވައިގެން ވިދާޅުވީ އެއީ އިތުރުފުޅެއް ކަމަށެވެ. އެކަމަކު އޭނާއަށް ވިސްނިވަޑައިގެންފައި އޮތީ ހަލީމް ވިދާޅުވީ އިންޑިއާއާ އެކު ވީ އެއްބަސްވުމެއްގައި އާދަމް ޝަރީފް ސޮއިކުރެއްވި ވާހަކަ ކަމަށެވެ. އޭނާ ދޮގުކުރެއްވީ އެހެންވެ އެ ވާހަކަ އެވެ.

އެ ހިސާބުން އެ ވާހަކައިގެ ތެރެއަށް ވެދެވަޑައިގެން ނަޝީދު ވިދާޅުވީ އެއްބަސްވުމެއްގައި ސިއްރުކުރެއްވި ވާހަކަ ހަލީމް ވިދާޅުނުވާ ކަމަށާއި ނަމަވެސް މަޝްވަރާތަކުގެ ޔައުމިއްޔާތަކާއި އެމްއޯޔޫތައް އެބަހުރި ކަމަށެވެ.

"އެހެން ނަމަވެސް މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންސް އާއި ފްރޭމްވޯމް އެއްބަސްވުންތަކާއި އަދި ކިތަންމެ ޖަލްސާއެއްގެ މީޓިންގްތަކުގެ، ބައްދަލުވުންތަކުގެ ޔައުމިއްޔާ، މި މަޖިލީހުގައި ސާފުކޮށް، ހުރިހާ ބޭފުޅުން ސޮއިކުރައްވާފައި އެބަހުރި،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އެ ލިޔެކިއުންތައް ބިލެއްދޫ ދާއިރާގެ މެމްބަރަށް ދެއްކެވި ކަމަށާއި ޝިޔާމަށް ވެސް އެ ލިޔެކިއުންތައް ދެއްވާނެ ކަމަށެވެ.

"އަޅުގަނޑު ހަގީގަތުގައި ޕޯޓަލްއަށް އެ ހުރިހާ ޑޮކިއުމަަންޓެއް ލައިދޭނަން،" ނަޝީދު ވިދާޅުވި އެވެ.

އުތުރު ތިލަފަޅުގައި ބަނދަރެއް ތަރައްގީކުރުމަަށް ރާއްޖޭން އިންޑިއާއާ އެކު ސޮއިކުރި އެއްބަސްވުމާއި އެ ގައުމާ އެކުގައި ވެފައިވާ ލޯނު އެއްބަސްވުންތަކުގެ ތަފްސީލު މަޖިލީހަށް ދޭން ގޮވައިލައްވައި ކުއްލި މައްސަލައެއް މިއަދު ހުށަހެޅި އިރު، އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމާ މެދު އިދިކޮޅުން އަބަދުވެސް ގެންދަނީ ސުވާލު އުފައްދަމުންނެވެ. އެކަމުގައި ރާއްޖޭގެ ގައުމީ މަސްލަހަތަށް ގެއްލުންވާ ގޮތަށް ސަރުކާރުން އަމަލުކުރާ ކަމަށް އިދިކޮޅުން ކުރިއްސުރެ ދަނީ ތުހުމަތުތައް ކުރަމުންނެވެ.

24 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 26%
icon sad icon sad 0%
icon angry icon angry 70%
icon wow icon wow 0%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރައްޔިތުސޮރު

23 February 2021

ނަޝީދު އިންޑިޔާގެ ތިހާދަށުވީ ގޮތުގެ އެއްބަސްވުމުގެ ތަފްސީލް ދަށްކަވާނީ ކޮންއިރަކުންތޯ؟

The name is already taken The name is available. Register?

ައަރަތެއް.

23 February 2021

ޔާމީން ސަރުކާރުން ކޮށްފައޮތް ކަމެއްވިއްޔާ ހާމަ ކުރެވޭނެ. މި ސަރުކާރުން ކޮށްފައޮތް ކަމެއްވިއްޔާ ގައުމީ ސަލާމަތަށް ނުރައްކާވެގެން ހާމައެއް ނުކުރެވޭނެ. އެހެންވީމާ މިއުޅެނީ ސަރުކާރުގެ ސަލާމަތަށް ނުރައްކާވެގެން ތާ ދޯ؟؟

The name is already taken The name is available. Register?

120687

23 February 2021

ކަލޭމެން ކުރާ ކަންކަން އެކަނި ދޮއްތަ ގައުމީ ބޮޑު ސިއްރައް ވަނީ. ހައްހައްހާ

The name is already taken The name is available. Register?

ނިޒާމު

23 February 2021

ކޮންކުރިއެއް ފަހެއް އަޅެ ތިޔަމަކުލިސްގައި ތިބީ ރައްޔިތުން ހޮވާފަތިބި އިންސަނުންނޭ ކެހެރިނުފަޅާ ޖަނަވާރުންނެއްނޫނޭ ކަލެމެން ބަލަން ޖެހޭނީ ރައްޔިތުމއްނަށް ގައުމަށް ފައިދާހުރިގޮތެކޭ...ޔާމިން ދެކެ އަންނި އަންނަ ރުޅީގައި މުޖެހޭދޯ ގައުމު ވިއްކާލަންދެން... ސަލާމަތީ ބާރުތަކުންވެސް ވަލަން ތިބެކައް ވާނުވާ ބަލާ އެކަންތައްތައް ހުއްޓުވެންޖެހޭނެދޯ.....ތިހިރަކަހަލަ ކަންކަން ފަހަކުން ނުކުރެވެނެ ދެއްތޯ.. ..

The name is already taken The name is available. Register?

ހަސަން.

22 February 2021

އެހެން ވީމަ އަބަދު ވެސް ކުރީ ސަރުކާރުން ކުރިކަންތައް. މީ ސަރުކާރެއް ނޫނެންނު. ހެހެހެ

The name is already taken The name is available. Register?

މިވަރެއްނެތް

22 February 2021

ކަޅާ ކަޅުން ހުދުކުލަ ނުލިބޭގޮތަށް ދެ ގޯހަކުން ރަނގަޅެއްވެސް ނުވާނެދޯ؟ ކުރީގެ ސަރުކާރުގެ ކަންކަން ހާމަކުރާއިރު އިންޑިޔާއާއި ގުޅުންހުރި ކަންކަން މިސަރުކާރުން ވަންހަނާ ކުރަނީ ކީއްވެ؟ މިސާލު 1. ރާއްޖޭގައި ތިބި އިންޑިޔާ ސިފައިންގެ އަދަދު 2. ވެކްސިިން ގަތް އަދަދު 3. އިންޑިޔާއެކު ވި އެއްބަސްވުންތަކުގެ ތަފްޞީލު 4.އިންޑިޔާއިން ލޯނާއި ކަރަންސީ ސްވޯޕްގެ ތަފްޞީލު. ނަޖިސްމަތީ ތަޅަންޏާ ގަޔަށް އެއިގެ އަސަރުކުރާނީ ގަޔަށްދޯ؟

The name is already taken The name is available. Register?

ދިވެހި1

22 February 2021

ގައުމު ވިއްކާލާއިރު ނޫސްވެރިން ކޮބާ! ވާހަކަ ދެއްކުމާ ސޮއެކުރު މަކީ ތަފާތު ދެކަން. އިންޑިޔާ ބޭނުންވަނީ ރާއްޖެ. ޗައިނާއިން ބޭނުންވީ ވިޔަފާރި ފުޅާކުރާނެ މަގެއް. ޗައިނާމީހުންގެ މަސައްކަތް އެބަ ފެނޭ. އިންޑިޔާގައި އެޕަލް އައްވެސް ނުހިފެހެއްޓޭ ހަމަނުޖެހުން ބޮޑުކަމުން. މީ ވިސްނާ ބަޔަކަށް އިބުރަތެއް. މުސްލިމުން އިހާނަތްތެރި ކޮށް ގާނޫނު ހެދިބައެއް، މުސްލިމުން ނަށް ހެޔޮވާނެތަ.

The name is already taken The name is available. Register?

ސަޕޯޓަރެއް މީ

22 February 2021

ނަޝީދު ހީކުރަނީ އެމްޑީޕީ މީހުންނަކީ ގަމާރުންކަމަ އަބަދަކު އަޅުގަނޑުމެންނެ ނަޝީދު ދައްކާ ވާހަކައެއް ގަބޫލެއް ނުކުރާނެ. މަކަރާ ދޮގުހެދުން މަނިކުފާންގެ ކަޝީގަ ހަރުލާފަ އޮތީ

The name is already taken The name is available. Register?

އެމެރިކާ

22 February 2021

ބަލަ ކުރީގެ ސަރުކަރުން އިންޑިޔާއާ އެކީ ސޮއި ނުކުރޭންނުން. އެމްޑީޕީން ސޮއި ކުރީ.

The name is already taken The name is available. Register?

ހޭބަލި

22 February 2021

ސޮއި ކުރި ވާހަކައެއް މީހަކު ނުބުނެއެވެ. މިކަހަލަ ކަންކަމަކީ އެތައް މަސްވަރާއަކަށްފަހު އެއްބަސްވުމަކާ ހަމައަށް އައިސް ސޮއެ ކުރެވޭ ކަމެކެވެ. ކުރީގެ ސަރުކާރުން ކުރަމުންދިޔަ މަސްވަރާ މި ސަރުކާރުންވެސް ކުރަމުންގޮސް އެއްބަސްވުމުގައި ސޮއި ކުރެވޭ ހަމައަށް އާދެވުނީއެވެ.

The name is already taken The name is available. Register?

ގޮނޑިކޮއްކޮ

22 February 2021

ގޮނޑިކޮއްކޮ ސަރުކާރުގެ ގޮނޑިކޮއްކޮއަކު ދައްކާ ވާހަކަ ގަބޫލުކުރާނީ ކާކު؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454