ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް: ކޮވިޑް-19 އާ ގުޅިގެން އަލުން ފިޔަވަޅުތައް އަޅަން ގޮވާލެއްވި---ފޮޓޯ: ނިޝާން އަލީ/މިހާރު
02 އެޕްރީލް 2021 - 18:55
ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އަނެއްކާވެސް މައްޗަށް ދަނީ ކަންބޮޑުވާން ޖެހޭ ދަރަޖަ އަށް ކަމަށް ވިދާޅުވެ، ލަސްނުވަނީސް ހަރުކަށި ފިޔަވަޅުތައް އަޅަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު މިއަދު ގޮވާލައްވައިފި އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވިއިރު، ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދަށް ޚާއްސަކުރި ބައެއް ފިޔަވަޅުތަކަށް އެޗްޕީއޭ އިން އިއްޔެ ވަނީ ލުއިތަކެއް ދީފަ އެވެ. އޭގެ ތެރޭގައި ކޮންމެ ރެއެއްގެ 11 އިން ފަތިސް ވަންދެން އިއުލާން ކޮށްފައި އޮންނަ ކާފިއު އުވައިލުމާއި ކެފޭ/ރެސްޓޯރަންޓުތައް އާންމު އުސޫލުން ހުޅުވައިލުމާއި ސިނަމާތަކާއި ތިއޭޓަރުތަކާއި ދުވާ ޓްރެކާއި ޑޭކެއާ ސެންޓަރުތައް ޖިމް ކްލާސްތައް ހުޅުވުން ހިމެނެ އެވެ. މީގެ އިތުރުން ހުރިހާ ގްރޭޑްތަކެއްގެ ކުދިން ސްކޫލަށް ހާޒިރުވެގެން ކިޔެވުމާއި ގައިދުރުކަމެއް ނެތި މިސްކިތްތަކުގައި ނަމާދުކުރުން ވެސް މިހާރު ވަނީ ހުއްދަ ކޮށްފަ އެވެ.
ނަމަވެސް ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު ދަނީ ކުރިއަށް ވުރެ ބޮޑަށް އިތުރުވަމުންނެވެ. އެގޮތުން މިދިޔަ ބުދަ ދުވަހުގެ ހަވީރު 6 އިން އިއްޔެގެ ހަވީރު 6 އަށް އެކަނިވެސް 300 މީހުން ކޮވިޑަށް ޕޮޒިޓިވްވި އެވެ. މިއީ ރެކޯޑް އަދަދެކެވެ. މިދިޔަ ބުދަ ދުވަހު ވެސް ކޮވިޑް ކޭސްތައް ހުރީ 250 އިން މަތީގަ އެވެ.
މާލެ ސަރަހައްދަށް ވުރެ ބޮޑަށް ކޮވިޑް ކޭސްތައް މިހާރު ގިނަވަމުން ދަނީ އެހެން ރަށްރަށުގަ އެވެ.
އެޗްޕީއޭ ޓެގް ކުރައްވައި، މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އެކަންކަން ސަމާލު ކަމަށް ގެންނަވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކޮވިޑް ކޭސްތައް އިތުރު ވަނީ ކަންބޮޑުވާ މިންވަރަކަށެެވެ. އަދި މާ ލަސްވުމުގެ ކުރިން ހަރުކަށި ފިޔަވަޅުތައް އެޅުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.
މައުމޫން ވަނީ މީގެ ކުރިން ވެސް އެކި ފަހަރުމަތިން އެ ކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަވައިފަ އެވެ. ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ލުއިކުރާ ކޮންމެ ފަހަރަކު ކަހަލަ ގޮތަކަށް މައުމޫންގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ހާމަކުރައްވަ އެވެ.
- ސިނަމާތަކާއި ތިއޭޓަރުތައް ހުޅުވައިލުން.
- ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން ހުޅުވައިލުން.
- ދުވާ ޓްރެކްތައް ހުޅުވައިލުން.
- ޔުނިވާސިޓީތަކާއި ކޮލެޖްތައް ހުޅުވައިލުން.
- ޖިމްތަކާއި ކަސްރަތު ކުލާސްތައް ހުޅުވައިލުން.
- ޑޭކެއާގެ ހިދުމަތް ހުޅުވައިލުން.
- ޕްރީ ސްކޫލުތަކާއި ނާސަރީ ކުލާސްތައް ހުޅުވައިލުން.
- މާލޭ ސަރަހައްދުގައި އޮތް ކާފިއު އުވައިލުން.
ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތައް އުވާލި ނަމަވެސް ރަށްރަށަށް ދަތުރުކުރުމުގައި އޮތް އުސޫލާއި ކައިވެނި ޕާޓީތަކާއި ހަފުލާތައް ބޭއްވުމާއި އެއްތަނަކަށް ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުމާއި ކަރަންޓީން ވުމުގައި އޮތް އުސޫލު އަދިވެސް ވަނީ ދަމަހައްޓައިފަ އެވެ.
މީގެ އިތުރުން ޒަރޫރީ ބޭނުންތަކުގައި ދަތުރުކުރުމުގައި 72 ގަޑިއިރުގެ ނެގެޓިވް ޕީސީއާރު ޓެސްޓް އޮތުމާއި ޓޫރިސްޓުން ފިޔަވައި ރާއްޖެ އިން ބޭރުން އަންނަ މީހުން 10 ދުވަހަށް ކަރަންޓީން ވާން އަދިވެސް ޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހށނ
03 April 2021
ބުރަދަނެއް ނެތަސް އާދަކާދައިގެ މަތިން އަދިވެސް އިރުޝާދު ދިނުމުގަ. ދެން ކުރިޔަށް އޮތީ ހަނދާ ބެހޭ ގޮތުން ރައުޔުނެރުން.
ވަހީދު
03 April 2021
އަމިއްލަ ގޭގައި އޮތް ވެރިކަމެއް އެއްލާލީ. އެވެސް އަދި އެންމެ އިނދިކޮޅު މީހުންނަށް ވެދުން ކުރީ.
ބޮކިފުރާޅު އައްޔަ
03 April 2021
ކޮންމެމަހަކު ބަރާބަރަށް ޗެކުއަންނަ ބޭފުޅުން ހާސްވާކަށްނުޖެހޭނެ.
މާން ގ
03 April 2021
ކޮއި ފުޅާ މުޅި ޢުމުރު ހާދަ މަސަކަތް ތަކެއް ބުރަކޮށް ކޮށްގެން ތިބުނާ ޗެކް އަންނަނީ ދަމާ ކަޑައިގެނެއްނުން.
ޒައިކް
03 April 2021
ބުރޯ ހާސްކަނޑާލާ އިންތިޚާބުފަހުގަ އަޅާނެ.. މި އިންތިޚާބީ ސްޓަންޓެއް
އަޙްމަދް..
03 April 2021
މައުމޫނު އެއްޗެއްބުނާއިރަށް ނޫސްތކުން ކެކިގައްނަނީ މައުމޫނު އެދެން ކާކުވެގެން!
އަހީ
03 April 2021
މައުމޫންއަކީ ވަރުގަދަ ބޭފުޅެއް މިގައުމުގަ ކިތަންމެ ނުރުހުނަސް
ރާއީ
03 April 2021
މީނާއަށް ރައްޔިތުންގެ ލާރިން މަހަކަ ލައްކަ ދެލައްކަ ލިބޭތީ އެހެން މީހުން ވީ ދެން އަނަގަޔާ އަތާ ދިމާނުވެ ގޭގެ ބަންދުވެގެން ތިބެން.
އުމަރުބެ
03 April 2021
ޒައީމް ހިތުން މޮޅު ވާހަކައެއް ވިދާޅުވެއްޖެ.
އެޑަމް
03 April 2021
ޢުމުރުން 40 އަހަރުން ދަށުގެ ޒުވާނުންނަކަށް ޒަޢީމު ގެނައި ތަރައްގީއެއް ނުފެންނާނެ. ޒައީމު ވެރިކަމާ ހަވާލުވިއިރު ރާއްޖެތޭރޭ އެއްވެސް ރަށެއްގަ މިސްކިތެއް ރަށު އޮފީހެއް ކޯޓެއް ނެތް. ހުންނަނީ ދަނޑިފަނުން ހުންނަ މިހާރުގެ ގެއެއްގެ ކުޑަ ކޮޓަރިއެއްވަރު އޮފީހެއް. އެތާ އެއްކޮޅުގަ ކޯޓް ގޭ ފުރާޅުގަ ފަންގި، މަގުމަތީގަ އޮށިފުޅައް. ލިޔެކިޔަން އެނގެނީ މަދު ބަޔަކަށް. މިހާރު ތިފެންނަ ފުރާޅުގަ ޓިނު ޖާހާ މަގު ފާރު ރާނާ ބުރިބުރިއަށް ނަގާފަ ހުރި ގެތަކާ އޮފީސް ބިލްޑިންގުތަކާ މިސްކިތްތަކަކީ ޒަޢީމުގެ ތަރައްގީ. އެންމެ ބޮޑު ތަރައްގީ މުޅި ޤައުމަށް ލިޔެކިޔަން ދަސްކޮށްދިންކަން އަދިވެސް އަދިވެސް ލިޔެ ކޮޅުންނުލާނެ!!!
ރައްޔިތުސޮރު
03 April 2021
ޒަޢީމު ވެރިކަމަށް އެރި ދުވަސްވަރު ސިންގަޕޫރު އޮތީ ކިހިނެއްތޯ ތާރީޚް ބަލާލަބަލަ؟ ދެންވެސް ގިނަ ޤަޢުމުތައް ހުރީ ތިބުނާ ނިކަމެތި ހާލުގަ. އެކަމު ތިރީސްއަހަރު ވެރިކަން ކޮށްފަ ދިޔައިރު މިޤައުމުވަނީ އިޖުތިމާޢީ ފޭރާން ވީދި މުއްސަނދިންނާ ނިކަމެތިންގެ ފަރަޤުބޮޑުވެ ޑުރަގައް ދެވިހިފާ ޒުވާންޖީލު ހަލާކުވެ ގިނަ ބަޔަކު ދިރިއުޅޭނެ ބޯހިޔާވަހިކަމެއްނެތި އެއްވެސް ޕްލޭނެއް ނެތުމުގެ ސަބަބުން މައިންބަފައިންގެ ފަރާތުން ވާރުތަވީ ގޯތިތައްވެސް ފޮތިކުރަންޖެހި ނިކަމެތިވެފަ!
ނަޝީދު.
03 April 2021
މައުމޫނުގެ ޒަމާން ގޮސްސި. ތިކަމާ ދެން ނޫޅޭ!
ރައްޔިތުސޮރު
03 April 2021
މަނިކުފާނުފަދަ އިންޓަރލެކްޗްއަލް ޖަޔަންޓެއް ތިކަހަލަ އާރުނުލާ ވާހަކަ ދެއްކެވީމަ ހައިރާންވޭ. ކޮވިޑްގަ ގްލޯބަލް ޝޮލިއުޝަނެއްނެތް ވެކްސިން ނޫން. ސައިންޓިފިކް މެތަޑޮލޮޖީ (ބޭސްޑް އޮން ޑޭޓާ / އެނަލައިސިސް، އޮބްޒަވޭޝަން) ވިސްނައިފިނަމަ މިބަލީގަ އެކި ޤަޢުމުތަކުގެ މީހުންނަށް އަސަރުކުރާވަރު ތަފާތުކަން ފާހަގަކިރެވޭ. އެހެންވީމަ ބަލީގެ އަސަރު ނިސްބަތުން ބޮޑުނުވާ ޤަޢުމުތަކުގަ ގޯސްވާ ޤަޢުމިތަކުގަ އަޅާ ހަރުކަށި ފިޔަވަޅުތައް އެޅުމުގެ ބޭނުމެއްނެތް.