ޚަބަރު / ރައްޔިތުންގެ މަޖިލިސް

އެމްޑީޕީގައި ދެ ފެކްޝަން އޮތް ކަމުގެ އިޝާރާތެއް؟

އެރައީސްގެ އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ނަޝީދު ވިދާޅުވަަނީ ދެފަޅީގެ ތަފާތު ތުނިވެއްޖެ ކަމަށް --ފޮޓޯ: ނިޝާން އަލީ/މިހާރު

ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގަައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަފާތެރި މެމްބަރުންނާއި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުންގެ އަދަދުގެ ފަރަގު ކުޑަވުމުން ނަޝީދު ނުސީދާ ގޮތެއްގައި އެކަން މިއަދު ފާހަގަކުރައްވައިފި އެވެ.

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ މިއަދު ބޭއްވިއިރު، ނެގި އެންމެ ހިޔާލު ތަފާތުވުން ބޮޑު ވޯޓަކީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކުރާ ސިއްހީ ނުއްރަކަލުގެ ކުއްލި ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ދީ، އޭގެ ފަހުން މަޖިލީހަށް އެ މައްސަލަ ހުށަހަޅައި ރުހުން ހޯދާ ގޮތަށް ގާނޫނު އިސްލާހު ކުރަން ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި ބިލުގެ ވޯޓެވެ. އެއީ ގާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގައި ވެސް އަމަލުކުރާ އުސޫލެވެ.

ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ ގޮތުން ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކުރައްވާނީ ހެލްތު މިނިސްޓަރެވެ. އެ ހާލަތު އިއުލާން ކުރެއްވުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ރުހުމެއް ވެސް މިހާރު ބޭނުމެއް ނުވެ އެވެ. ނަމަވެސް މިއީ ނަޝީދުގެ އަރިސް މެމްބަރުން ގަޔާވާ ކަމެއް ނޫނެވެ. ސީދާ ދެކޮޅެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ ބިލު ދިރާސާކޮށް، ހުށަހެޅި ރިޕޯޓަށް ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު މިއަދު ހުށަހެޅުއްވީ ބިލުގެ މުޅި މަގުސަދާ ހިލާފު އިސްލާހެކެވެ. އެއީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު ވެސް އިއުލާނު ކުރެއްވޭނީ ރައީސުލް ޖުމްހޫރިއްޔާ އަށް ކަމަށާއި އެ ގޮތަށް އިއުލާނު ކުރެއްވުމަށް ފަހު މަޖިލީހަށް ހުށަހަޅަން ޖެހޭ ގޮތަށް ބިލުގައި އޮތް ބައި އުނުކިރުމަށެެވެ.

ޝާހިދު ހުށަހަޅުއްވައި، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ތާއީދު ކުރެއްވި އިސްލާހާ އެއްކޮޅަށް 37 ވޯޓު ލިބުނެވެ. އެއީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ދީ، މަޖިލީހުގެ ރުހުން އެކަމަށް ހޯދުމަށް ގާނޫނަށް ހުށަހެޅި އިސްލާހު އުވައިލުމެވެ. އެކަމަށް ތާއީދު ކުރައްވައި 37 މެމްބަރަކު ވޯޓު ދެއްވިއިރު، ދެކޮޅަށް ވޯޓު ދެއްވީ 31 މެމްބަރެކެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވައި ތިއްބެވީ ދެ މެމްބަރެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މި ވޯޓުން ހަނިގޮތަކަށް ކާމިޔާބު ހޯއްދެވުމުން ދައްކާ ނަތީޖާއަކީ އެއް ބައެއްގެ ވިސްނުމުގައި ނަޝީދުގެ އަރިސް ބޭފުޅުން ވެސް މަޖިލީހުގައި ބާރުގަދަ ކުރަމުންދާ ކަމެވެ.

ރައީސްގެ އަރިސް މެމްބަރުންގެ ތާއީދު އޮތް އިސްލާހު ފާސްކުރުމާއެކު، ރިޔާސަތުން ނަޝީދު ވެސް ވިދާޅުވީ "މި ތުނިވެފައިވާ ވަރު" މިހާރު އެނގޭނެ ކަމަށެވެ.

"މި މަޖިލީހުގެ ވޯޓު ގުނާ ބޭފުޅުންނަށް މިކަން މިހާރު ތުނިވެފައި އޮތް މިންވަރު އަޅުގަނޑުހިތުން އެނގިވަޑައިގަންނަވާތީހެން ތިޔަ ތިއްބަވަނީ ވަރަށް މަޑުމަޑުން،" އެ މަނިކުފާނު ވިދާޅުވި އެވެ. މިއީ، އެމްޑީޕީގެ ތެރޭގައި ބައިބައިވުން އުފެދި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަދަދުދޭ ބަޔަކާއި ނަޝީދުގެ އަރިސް ބޭފުޅުންތަކެއް ތިއްބަވާ ވާހަކަ މިހާ ތިލަކޮށް، ނަޝީދުގެ ފަރާތްޕުޅުން އައި ފުރަތަމަ ފަހަރެވެ.

ނަޝީދު އެ އިޝާރާތް ކުރެއްވީ ބެލެވޭ ގޮތުގައި އެ މަނިކުފާނު އެދިވަޑައިގަންނަވާ ގޮތަށް މަޖިލީހުގައި ވޯޓު ދެއްވާ މެމްބަރުންނާއި ނުދެއްވާ މެމްބަރުންގެ ދެމެދުގައި އޮތް ފަރަގު ކުޑަވާތީ އެ ކަމަށެވެ. މީގެ ކުރިން ނެގި ބައެއް ވޯޓުތަކުގައި ބޮޑު ތަފާތަކުން ކުރީގައި އުޅުއްވީ ސަރުކާރުން އެދޭ ގޮތަށް ވޯޓު ދެއްވާ މެމްބަރުންނެވެ.

އޭގެ އެއް ވޯޓަކީ ކޮވިޑްގެ ބަލިމަޑުކަމާ ހެދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ލަސްކުރުމަށްޓަކައި ގާނޫނުއަސާސީ އަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅުމުން ނެގި ވޯޓެވެ. އެ ފަހަރު ނަޝީދުގެ ސްޓޭންްޑަކީ ގާނޫނުއަސާސީއަށް ބަދަލު ނުގެނައުމެވެ. އެ ފަހަރު އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ނެގި ވޯޓުގައި ސަރުކާރާ އެއްކޮޅަށް 42 ވޯޓު ލިބުނެވެ. އެއީ އެކަމަކު 55 މެމްބަރުންގެ ތެރެއިންނެވެ. މަޖިލީހުގައި އެމްޑީޕީގެ 65 މެމްބަރުން ތިއްބަވަ އެވެ. އެ ފަހަރު ނަޝީދާ އެއްކޮޅަށް ސާފުކޮށް ވޯޓު ދެއްވީ އެންމެ ނުވަ މެމްބަރުންނެވެ.

މި މަޖިލީހުގެ ވޯޓު ގުނާ ބޭފުޅުންނަށް މިކަން މިހާރު ތުނިވެފައި އޮތް މިންވަރު އަޅުގަނޑުހިތުން އެނގިވަޑައިގަންނަވާތީހެން ތިޔަ ތިއްބަވަނީ ވަރަށް މަޑުމަޑުން،"--- ނަޝީދު

ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން، އާންމު ސިއްހަތުގެ ގާނޫނުގެ ބަހުސްގައި މިއަދު ވިދާޅުވީ، ބިލުގައިވާ ކަމެއް ނަފީކުރާ އިސްްލާހެއް ހުށަނޭޅޭނެ ކަމަށެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު އެގޮތަށް ވަކާލާތު ކުރެއްވި އެވެ. އެކަމަކު، ވޯޓުގެ ގަޑީގައި ޝާހިދު އެ އިސްލާހު ހުށަހަޅުއްވަން ރިޔާސަތުން ފުރުސަތު ދެއްވި އެވެ. އެގޮތުން އޭނާ އިސްލާހު ހުށަހަޅުއްވައި ނިންމަވައިލެއްވުމުން އެ އިސްލާހަށް ތާއީދު ކުރެއްވުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ތެދުވެވަޑައިގެން ހުންނަވަނިކޮށް ވެސް އަފީފު އެ ވާހަކަ ދެއްކެވި އެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ވޯޓުގެ ގަޑީގައި ނިޒާމާ ބެހޭ ނުކުތާއެއް ނުނެގޭނެ އެވެ. ނަމަވެސް އަފީފަށް ފުރުސަތު ދެއްވަމުން ނަޝީދު ވިދާޅުވީ އެއީ މަޖިލީހުގެ އެންމެ ދޮށީ މެމްބަރުންގެ ތެރެއިން މެމްބަރަކަށް ވާތީ ދެއްވި ހާއްސަ ފުރުސަތެއް ކަމަށެވެ.

28 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 0%
icon angry icon angry 82%
icon wow icon wow 5%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރެންގުލާރ ޔޫސުފު ފުޅު

01 May 2021

ތިޔައެމްޑީޕީ މިހާރަކު ރައްޔަތުން ބަލާނުގަނޭ ހުސްދޮގުހަދަނީ ކަމެެއްކޮއްނުދެވޭ ދައުރުނިމެނީ ރައީސްގެ ނެތްކޮލިޓީޔެއް އިންޑިޔާ އަޅުވެތިވެ އަދީބުއާ ޑީލްހަދާ އޭނަގޭގަ ބަހައްޓާފަ މުޅިވައްކަމުން ބަންދުގަ ރައީސް ޔާމީން މިވަރު ބޮޑުޖޯކަރު ސަރުކާރެއް ނުދެކެން ދުވަހަކުވެސް

The name is already taken The name is available. Register?

ހިހޫ

30 April 2021

ހެޔޮ ކިތަންމެ ފެކްޝަނެއް ހެދުނަސް. ފެކްޝަން އުފެދެންޏާ ހެދޭނީ ކުރިން އެހެން ބަޔަކަށް އެހެން ހެދީތީ ނޫނީ އަމިއްލަ ޕާޓީގެ އެކި ދިމާލުގަ ތިބޭ މީހުންގެ ދަހިވެތިކަމުން ނުވަތަ ކޮރަޕްޓްކަމުން.

The name is already taken The name is available. Register?

ޢިބޫ

30 April 2021

ހިތަށްއަރާ މީރައްޔިތުން ހޮވި ރައީސެއްބާއޭ؟ ނޫނީ ބުރޯއެއް ހޮވި ރައީސެއްބާއޭ؟ ފާޑެއްގެ ބުރޯ އެއްގެ ދަށުވެފަ މިވަރުގެ ރައީސަކު މިގައުމަކަށް ދުވަހަކުވެސް ނާދޭ. ޔާމީން ވެސް ވަކިހިސާބަކުން ބުރޯ ސައިޒުކުރި. ގައުމެއްގެ ވެރިކަން ކުރެވޭނީ ވަރަށް ހިއްވަރު ގަދަކޮއްގެން.

The name is already taken The name is available. Register?

ދާވެނި

30 April 2021

ދެ ފެކްޝަން ވެ ނިމިއްޖެއެވެ. ނަތީޖާ ހިތިވެއްޖެއެވެ. އެއްޗެއް ބޯނި ފޮރި އެއެއްޗެއްގައި އަޅައިފި އެވެ. ބާރު ގަދަ މައިޕާރޓީ ޅޮހަށްވެ ނިމިއްޖެއެވެ.

The name is already taken The name is available. Register?

ބަގުޑި

30 April 2021

ފެކްޝަން ހަދައިގެން އުޅެނީ ނޫސްތަކުން. މ.ޑ.ޕ ގެ މެމްބަރުންނަކީ އެމީހުންގެ އަމިއްލަ ވިސްނުމަށް ވޯޓު ދޭ ބަޔެއް. މިބިލަކީ އާމު ރަށްޔިތުންވެސް އެހާ ގަޔާވާ ބަދަލެއް ނޫން. ވޯޓުން އެފެންނަނީ އެތަފާތު. މިއީކީ މޑޕ ބައިބައި ވެފަ އޮތްކަމުގެ ހެއްކެއް ނޫން.

The name is already taken The name is available. Register?

ދެރަދޯ

30 April 2021

ދެރަވީ؟

The name is already taken The name is available. Register?

Happy 786

30 April 2021

ޢޑޕ ލީޑރޝިޕްއަށް ވެދުންސަލާމް.... ޕާޓީގެ 2 ލީޑަރުން ތަޅާފޮޅާތީ މުޅީމިޕާޓީގެ މަގުބޫލުކަން ގެއްލިގެންއބަދޭ... މެންބަރުން މާޔޫސްވެ އެތަކެއް މެންބަރުންނެއް ޕާޓީ ދޫކޮށްފައެބަދޭ! މިގޮތަށް ދާކަމަށްވާނަމަ 2023 އަތެންނުވާނެ ވަރަށް ސާފުކޮށް މިބުނަނީ އަތެންނުވާނެ! ÷ޕލސ އެކްޓް ބިފޯއިޓްސްޓޫލޭޓް... ޥެދުން

The name is already taken The name is available. Register?

ތެދު.

30 April 2021

ދެ ފެކްްޝަނެއްގެ ސިފަ ޖެހިދާނެ ފަދަ ގޮތަކަށް މަންޒަރު އެނބުރެނީ އެކިއެކި ފަރާތްތަކުން ސިޔާސީ ގޮތުން ކުރިއަށްދާން ބޭނުންވާން ކުރާ މަސައްކަތުގެ ސަބަބުން. އަނެއްހެން މައްސަލަ އެއް ވެސް ނޫން. ނަމަވެސް ބުނަން އޮތްހާވެސް ވާހަކައަކީ ފެކްޝަނަކީ ހަގީގަތެއް ނަމަ އަންނި އިބޫ އަކީ އެއް ފެކްޝަނެއް. މިއީ ވަރަށް ވާހަކަ. ދުރު ވިސްނޭ ސިޔާސީ މީހެއް ނަމަ މިކަން އެނގޭނެ.

The name is already taken The name is available. Register?

ލައިލާ އަލީ

30 April 2021

ތުނިވެގެން ފަޅައިގެންވެސް ގޮއްސަވަނީ އެކޮއި. އެކަން ނޭންގިގެން އުޅެނީ ހަމަ އެކަނި ތިބޭޅާ އަށް. މުޅި މި ޤައުމަށް އެނގޭ. ތިބޭޅާގެ "ރަން ޒަމާން" ނިމިއްޖެ. ދެންވެސް ހަޔާތުގެ ބާކީބައި މިސްކިތުގައި ހޭދަކުރުމަށް ނިޔަތް ގަތިއްޔާ ރަނގަޅުވާނެ.

The name is already taken The name is available. Register?

މޯޑ

30 April 2021

ނަސީދު އަކީ ވަރަށް އަމިންލަ އެދުން ބޮނޑް މީހެއްކަން މިހާރު ވަރަށް ބޮޑަށް ހާމަ ވެއްޖެ. ނަސީދު ބޭނުންވަނި ރައީސްގެ ބާރުތައްވެސް ނަސީދު ނަގާގެން މަޖިލީހުގަ އިންނަށް. މީ ވަރަށް ނުބައި ރޭވުމަކުން ކުރާކަމެއް

The name is already taken The name is available. Register?

ފިގުހާ

30 April 2021

ޜޮޒޭނާ ވެސް އަތަށް ގޮވާފަ ހުރީ. ކައުންސިލް ގޮނޑި ގޭމް އިން ފޭއިލްވެފަ ތިހުރީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454