ޚަބަރު / ކޮވިޑް-19

ކޮވިޑް-19: އަދަދުތައް ދަށް ނުކުރެވޭ ނަމަ އޮތީ ދަތި ދުވަސްތަކެއް: މަބްރޫކް

ޑރ. މުހައްމަދު އަލީ ވިދާޅުވީ، ރާއްޖެ އަށް މިހާރު އުޅެނީ އާ ސާޖެއް އައިސްގެން ކަމަށް. އެހެންވެ، ކޮވިޑްގައި ނާޒުކް ހާލަތަކަށް ދާ މީހުން ވެސް ވަނީ އިތުރު ވެފައި ކަމަށް އޭނާ ވިދާޅުވި.

އެޗްއީއޯސީން ރޭ ބޭއްވި މީޑިއާ ބްރީފިންގައި މަބްރޫކް އަދި ޑރ. މުހައްމަދު އަލީ ބައިވެރިވެވަޑައިގަންނަވަނީ. މަބްރޫކް ވިދާޅުވީ އަދަދުތައް ދަށް ނުކުރެވޭ ނަމަ ދަތި ދުވަސްތަކެއް ކުރިމަތިވެދާ ނެކަމަށް.

ރާއްްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އާދަޔާ ހިލާފަށް މައްޗަށް ގޮސް، އަދަދު 600 އަށް މިހާރު އަރާފައިވާއިރު، އެ އަދަދު ދަށް ނުކުރެވޭ ނަމަ އުނދަގޫ ދުވަސްތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ސަރުކާރުން ރޭ ދީފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީީ) އިން ބޭއްވި މީޑިއާ ބްރީފިންގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ހޮސްޕިޓަލްތައް މިހާރު ވެސް ދަނީ ފުރެމުން ކަމަށާއި ކޮވިޑްގައި އެންމެ ހާލުބޮޑުވާ މީހުންނަށް ފަރުވާދޭ، ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް 11 މިހާރު ވެސް އެ ހާލަތަށް ގޮސްފައިވާ ކަމަށެވެ.

ކޮވިޑް ކޭސްތައް ދަށް ކުރެވޭތޯ މިހާރު އަޅަމުން އަންނަ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ފަށާނެ ކަމަށް ލަފާކުރެވެނީ ދެ ހަފުތާއެއްހާ ދުވަހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އަދަދުތައް މިހިރީ ހަމަ ވަރަށް މަތީގައި. އިތުރަށް އަޅުގަނޑުމެން މި ނަމްބަރުތައް ދަށަށް ނުގެންދެވިއްޖެ ނަމަ އަޅުގަނޑުމެންނަށް އުނދަގޫ ދުވަސްތަކެއް ކުރިމަތިވެގެން ހިނގައިދާނެ. އެހެންވީމާ އެކަމަށް އަޅުގަނޑުމެން ތައްޔާރުވާން ޖެހޭ،" ގިނަ ދުވަސްތަކަކަށް ފަހު ކޮވިޑްގެ މީޑިއާ ބްރީފިންތަކާ ދުރުގައި ހުންނެވުމަށް ފަހު، އެޗްއީއޯސީގެ ބްރީފިންތަކަށް އަލުން ނުކުންނަވަން ފެއްޓެވި މަބްރޫކް ވިދާޅުވި އެވެެ.

ރޭގެ މީޑިއާ ބްރީފިންގައި މަބްރޫކް ވާހަކަ ދައްކަވަނީ.

އޭނާ މިހެން ވިދާޅުވިއިރު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ވަނީ މީގެ ކުރިން ދުވަހަކު ވެސް މައްޗަށް ނުދާ ވަރަށް މައްޗަށް ގޮސްފަ އެވެ. އެގޮތުން އިއްޔެ އާއި މިއަދު ވެސް އެބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ހުރީ 500 އަށް ވުރެ މަތީގަ އެވެ.

ހެެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި މައުލޫމާތުގައިވާ ގޮތުން މިދިޔަ ހޯމަ ދުވަހުގެ ހަވީރު 6:00 އިން އިއްޔެގެ ހަވީރު 6:00 އަށް 4،552 މީހަކު ކޮވިޑަށް ޓެސްޓްކުރި އިރު އޭގެ ތެރެއިން 601 މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އެއާއެކު ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 6،508 އެވެ. އެ ބަލީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާ މީހުންގެ އަދަދަކީ 181 އެވެ.

އެހެންވީމާ އަދަދުތައް މިހިރީ ހަމަ ވަރަށް މަތީގައި. އިތުރަށް އަޅުގަނޑުމެން މި ނަމްބަރުތައް ދަށަށް ނުގެންދެވިއްޖެ ނަމަ އަޅުގަނޑުމެންނަށް އުނދަގޫ ދުވަސްތަކެއް ކުރިމަތިވެގެން ހިނގައިދާނެ. އެހެންވީމާ އެކަމަށް އަޅުގަނޑުމެން ތައްޔާރުވާން ޖެހޭ،"---މަބްރޫކް

މިދިޔަ ދެ ދުވަހުގެ އަދަދުތަކަށް ބަލާއިރު، މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް ދަނީ މަތިވަމުންނެވެ. އެންމެ ފަހުން މިދިޔަ ހޯމަ ދުވަހުގެ ހަވީރު 6:00 އިން އިއްޔެގެ ހަވީރު 6:00 އަށް މާލެ ސަރަހައްދުން ވަނީ 440 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. މިއީ ވެސް ރެކޯޑެކެވެ.

ހާލު ބޮޑުވާ މީހުން އިތުރުވެއްޖެ، ޖާގަ ދަނީ ފުލްވަމުން

ރޭގެ ބްރީފިންގައި އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އަލީ ވިދާޅުވީ، ރާއްޖެ އަށް މިހާރު މިއުޅެނީ ކޮވިޑްގެ އާ ސާޖެއް އައިސްގެން ކަމަށާއި އެހެންވެ އެ ބަލީގައި ނާޒުކް ހާލަތަކަށް ދާ މީހުންގެ އަދަދު ވެސް އިތުރުވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި އެޑްމިޓް ކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު މީގެ ކުރިއާ އަޅާ ބަލާއިރު ނިސްބަތުން މަދު ވެފައި ވަނީ އެޑްމިޓް ކުރުމުގައި ބަލާ ކްރައިޓީރިއާ ބަދަލުކޮށްފައި ވާތީ އެވެ.

ކުރިން މީހުން އެޑްމިޓް ކުރުމުގައި ބަލާ އެއް ކަމަކީ ހެލިފެލިވެ އުޅެން އުނދަގޫ، ބަލި ހާލަތެއްގައިވާ މީހެއް ނަމަ މެދުމިންވަރަކަށް އަލާމާތް ހުރުމެވެ. އޭރުގައި އެ ހާލަތުގެ މީހުން ދިގު މުއްދަތަކަށް އެޑްމިޓް ކުރި ނަމަވެސް މިހާރު އެގޮތަށް އެޑްމިޓް ނުކުރާ ކަަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.

"އެހެންވީމާ ފުރަތަމަ ކަމަކަށް އެޑްމިޝަން އެމައުންޓް ދަށެކޭ ނުބުނެވޭނެ. މި ވަރަށް ކްރައިޓީރިއާ ދަށްކޮށްފައި އޮތް އިރުގައި ވެސް މި ވަނީ ވަރަށް އިތުރުވެފައި،" އޭނާ ވިދާޅުވި އެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ހަދާފައިވާ އައިސީޔޫގައި މިހާރު ވެސް ކޮވިޑް ބަލީގެ ނުވަ މީހަކު އެޑްމިޓްކޮށްފައިވާއިރު، އޭގެ ތެރެއިން ހަ މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. ވެންޓިލޭޓަރަަށް ނުލާ އޮތް ތިން މީހުންގެ ތެރެެއިން އެކަކީ ޑޮކްޓަރު ވިދާޅުވިގޮތުގައި މާބަނޑު މީހެކެވެ.

"އެހެންވީމާ އެެއީ މިހާތަނަށް އަދި އަޅުގަނޑުމެނަށް ފެނިފައި ނުވާ ވަރަށް ހާލަތު ސީރިއަސް ވެފައިވާ މީހެއް،" އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވީ ކޮވިޑްގައި ހާލު ބޮޑުވެ، ވެންޓިލޭޓަރަށްލާ މީހުން ވެންޓިލޭޓަރުގައި ބާއްވަން ޖެހޭނީ ކިހާ ދުވަހަކަށް ކަން ލަފާކުރަން ނޭނގޭ ކަމަށާއި ކުރީގެ ތަޖުރިބާ އިން އެނގިފައި ވަނީ ވަރަށް ގިނަ ދުވަހު ބާއްވަން ޖެހޭކަން ކަމަށެވެ.

"ގިނަ ބަލި މީހުންތަކެއް މިހާ ހަމައަށް ގޮސްފި ކަމުގައި ވާ ނަމަ އަޅުގަނޑުމެންގެ ކެޕޭސިޓީ އެކްސީޑްވެގެން ހިނގައިދާނެ،" ކަންބޮޑުވުމާއެކު، ޑރ. މުހައްމަދު އަލީ

ޑރ. މުހައްމަދު އަލީ ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ހަދާފައިވާ އައިސީޔޫގައި މިހާރު ވެސް ކޮވިޑް ބަލީގެ ނުވަ މީހަކު އެޑްމިޓްކޮށްފައިވާއިރު، އޭގެ ތެރެއިން ހަ މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. ވެންޓިލޭޓަރަަށް ނުލާ އޮތް ތިން މީހުންގެ ތެރެެއިން އެކަކީ ޑޮކްޓަރު ވިދާޅުވިގޮތުގައި މާބަނޑު މީހެކެވެ.

އޭނާ ވިދާޅުވިގޮތުގައި، އެހެން ބަލިތަކާ ގުޅިގެން ވެންޓިލޭޓަރަށްލާ މީހުން ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ވެންޓިލޭޓަރުން ނެގި ނަމަވެސް ކޮވިޑްގެ ނިއުމޯނިއާ އެއާ ތަފާތެވެ.

ކޮވިޑް ބައްޔާ ގުޅިގެން ވެންޓިލޭޓަރަށްލާ މީހުން ބަލަހައްޓަން އެހެން ބަލިތަކުގެ މީހުންނަށް ވުރެ ތިން ގުނަ ހަތަރު ގުނަ އިތުރަށް ނަރުހުން ބޭނުންވާ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ. ގިނަ އަދަދެއްގެ ބަލި މީހުން އެގޮތަށް ބަލަަހައްޓަން ޖެހިއްޖެ ނަމަ ވަސީލަތްތަތައް ހުސްވާނެ ކަމަށާއި އިންޑިއާ އިން އެ ފެނުނީ އޭގެ މިސާލެއް ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި އާ ފިޔަވަޅުތަކެއް މިއަދުން ފެށިގެން އަޅާނެ އެވެ. އެގޮތުން މިހާރު އިލާނުކޮށްފައިވާ ފިޔަވަޅުތަކުގެ އިތުރުން ވެސް ފިޔަވަޅުތައް ތައާރަފު ކުރުމާ މެދު މަޝްވަރާތައް އަންނަނީ ކުރަމުންނެވެ.

51 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލޮލާލޯ

05 May 2021

ލޮލާ ލޯ ދިމާވާ ގައުމާ މިގައުމާ އެހާ ބޮޑަށް ގުޅިފަ އޮތީ. އެ ގުޅުން އެއްވެސް ވަރަކަށް ކުޑަދުވަސްކޮޅަކަށްވެސް ކަނޑާލެވޭކަށް ނެތް. އެ ގައުމަށް ވާ ގޮތެއް މިގައުމަށްވެސް ވާނެ. ޗައިނާ ކަހަލަ ގައުމަކާއެކު މިގައުމު އޮތްނަމަ އެގައުމުގަ ބަލި ކޮންޓްރޯލްކުރާ ސްޓައިލަށް އެ ފެންވަރަށް މިތަނުގަވެސް ކޮށްދޭނެ އުތުރާ ދެކުނުގެ ފަޅުތައް ނުދިނަސް. އެކަމު ރައްޔިތުން ހޮވީ ވަކި ބައެއް. އެކަމާއެކު ވަކި ގައުމެއްގެ އަޅުވެތިކަމުގަ މިތިބީ. ދެން އޮންނާނީ ކެތްކޮށްލުން.

The name is already taken The name is available. Register?

ހުޔާ

05 May 2021

އަދިވެސް އިންޑިއާ ޓީމު ގެނެސް ކުޅިވަރު ކުޅެވޭތޯ ބަލާ!

The name is already taken The name is available. Register?

ހިމާރުލްގައުމު

05 May 2021

ކަލޭމެންގެ ތާއީދު އޮތްވަރު ބަލަން އިންތިހާބު ބޭއްވިއިރު މިތާ ނެތް ކޮވިޑެއް. ކަލޭމެންގެ ރައީސްއާ ބޮޑުވަޒީރު ރީނދޫ ޖުއްބާ ލައިގެން ސަފާރީތަކުގައާ މަސްދޯނިތަކުގަ ލަވަކިޔާ ނެށިއިރު މިތާ ނެތް ކޮވިޑެއް. ނުވިތަނަކަށް އިންޑިއާއިން ބަލި އިމްޕޯޓްކޮށްގެނ ބޮންސުންލީމަ ނުކުމެ ރައްޔިތުން ބޮލަށް ކަނޑާ. އާން ކަލޭމެންގެ ނޯންނާނެ އެއްވެސް ޒިންމާއެއް.

The name is already taken The name is available. Register?

ޝެލަރީ

05 May 2021

މީ މީހަކު ބޮޑުވަޒީރުކަން ބޭނުންވެގެން އަވަސްއަރުވާލާފަ ކައުންސިލް ވޯޓްލާން ރަށްރަށައް މީހުން ފޮނުވީމަ ބުއި ބޮނޑިއެއް ވޯޓްލާން ކޮވިޑް ފްރީޓެގްތައް ބޮޑުވަޒީރު އަތުގަވާނެ ޓެގްތައް ރަށްޔިތުންނައްބާހާބަ ދެންވެސް

The name is already taken The name is available. Register?

ހިމާރުލްގައުމު

05 May 2021

ސައްހާފުމެން މޫނުގަ ހުދުފުށް ޖަހައިގެން ނުކުމެ އަލިފްލައިލާ ވާހަކަ ކިޔައިދިނަސް ކަމަކު ނުދާނެ. ކޮބާ ވެންޓިލޭޓަރުތައް. ކޮބާ ލިބުނ ހިލޭ އެހީތައް. ކޮބާ ފްލޯޓިން ހޮސްޕިޓަލް. ކޮބާ ޖުރުމައިނާގެ ނަމުގަ ރައްޔިތުން ފެލައިގެން ނެގި ބިލިއަން. ނުވަންޏާ އިސްތިއުފާދީފަ ގެއަށް ދާން ސާލިހު ކައިރި ބުނޭ. އިންޑިއަން ވޭރިއަންޓް މިތަނަށް ފަތުރާފަ އަނެއްކާވެސް ރައްޔިތުން ބަންދުކޮށްގެން އެމީހުން ފެލައިގެން ގޮހޮރުވެސް ދަމައިގަންނަން. ލަދުހަޔާތް ކުޑަކަން

The name is already taken The name is available. Register?

ވާނުވާގައި

05 May 2021

ކޮބައިތޯ އެއްކަލަ ފްލޯޓިންގ ހޮސްޕިޓަލް. ހޮސްޕިޓަލާއެކީގައި އެކަލޭގެވެސް ފިލީތަ! ނޫނީ ހޮސްޕިޓަލް ބަލާ ފޮނުވީތަ!

The name is already taken The name is available. Register?

ރެހެންދި ހަދީޖާ

05 May 2021

ގެނެއްސަ އެބަހުރި ކޮންމެ ރައްޔިތަކަށް ވެންޓިލޭޓަރަކާ ފްލޯޓިން ހޮސްޕިޓަލަކާ ދެކޮންޓެއިނަރުގެ މާސްކާ ތިން ކޮންޓެއިނަރުގެ ވެކްސިން ކޮންމެ ވައްތަރަކުން. ހަމަ ވަކިވަކިން ކޮންމެ ރައްޔިތަކަށް. އެކަމަކު އެއީ ޖާދުގެ އެއްޗެހި ވީމަ ލޮލަށް ނުފެންނާނެ.

The name is already taken The name is available. Register?

ވާނުވާގަ

05 May 2021

ރެހެންދު ހަދީޖާ ތި ލިސްޓަށް އަދި އިތުރުކޮށްލާ ކޮންމެ އާއިލާ އަކަށް ކުރިން ވެރިކަމުގަ ދީފަ ހުރި ފެމެލީ ޑޮކްޓަރވެސް ... ހެހެހެހެ

The name is already taken The name is available. Register?

ޕާޓީ

05 May 2021

އިންތިޚާބު ބޭއްވުމަށް މިހާރުވެސް ދެފައި އެއްތަނެއްގައި ނުޖެހި ދުވާ ޕާޓީކުދިން ދުވަމުން ދަނީ. ކޮވިޑްވެސް ބާރަށް އެއާ އެކީގައި ދުވަމުން ބަހަމުން ދަނީ. އަދި އަހަރެމެންތަ މިކަމާ ޒިންމާވާންވީ.

The name is already taken The name is available. Register?

ކޮރަލް

05 May 2021

އިންޑިޔާގަ ހާލު ބޮޑުވީމަ އާއްމުން އަދި ހޮސްޕިޓަލުން އޮކްސިޖަން ސިލިންޑަރު ވެސް ބޭނުން ކުރެ އެވެ. އޭ ގެ މައުލޫމާތު ދީބަލާށެވެ.

The name is already taken The name is available. Register?

އެމްސް

05 May 2021

ޢަދަދުތައް ދަށްކުރަން މިޤައުމުގަ އުޅޭ ބަންގްލަދޭޝް މީހުންގެ ޙަރަކާތްތަކަށް ސަމާލުވާން ޖެހޭ، ގައިތެރެއަށް އައިސް ވަދެގަނެވޭއިރުވެސް މިކުރެވެނީ ކީއްކަންވެސް އެމީހުންނަކަށް އިޙްސާސްވެސް ނުވޭ!

The name is already taken The name is available. Register?

ހަޖަމް

05 May 2021

ޓެސްޓް ކިޓް ހުސްވެއްޖެޢޭ ކިޔާފަ ސާމްޕަލް ނެގުން ހުއްޓާލަބަލަ ކޭސްތައް އެއްފަހަރުން މަދުވީ ނިމުނީނު ރައްޔަތު މީހާ ހަނާވިއަކަސް ކަލޭމެންނަކަށް މަސްއަލަައެއް ނޫނެންނު ކަލޭމެން ކަމެއް ބޭނުންވީމަ އެކަމެއްކޮށްފަ ކަމެއްގޯސްވީމަ ރައްޔަތުން ކޮޅަށް ބޯޅަޖެހީމަ ނިމުނީނު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454