ޚަބަރު / ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ

ނަޝީދަށް ހަމަލައެއް ދޭން އުޅޭ ކަމުގެ މައުލޫމާތުގެ ތަފުސީލް މިނިސްޓަރު މާރިޔާ އަށް ދިނިން: އިލްޔާސް

(ކ-ވ) މެމްބަރު އިލްޔާސް ލަބީބު، ރައީސް ނަޝީދު އަދި މިނިސްޓަރު މާރިޔާ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބަޔަކު ހަމަލައެއް ދޭން އުޅޭ ކަމުގެ މައުލޫމާތު އާންމު މީހެއްގެ ފަރާތުން ލިވިވަޑައިގަތުމާ އެކު، އެ މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް ދެއްވި ކަމަށް ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އަށް އެ މައުލޫމާތު އެނގިވަޑައިގަންނަވާ ކަމަށް ދެއްކެވޭ ވާހަކަތަކާ ގުޅިގެން ނެރުއްވި ބަޔާނެއްގައި އިލްޔާސް ލަބީބު ވިދާޅުވީ، ބަޔަކު މީހުން ނަޝީދު އަވަހާރަކޮށްލަން ރާވާކަމުގެ މައުލޫމާތު ލިބިވަޑައިގަތުމާއެކު، ވަގުތުން ނަޝީދަށް އެ މައުލޫމާތު ހިއްސާ ކުރެއްވި ކަމަށެވެ. އަދި މިނިސްޓަރު މާރިޔާ އަށް ގުޅުއްވައި، އެނގިވަޑައިގެންފައިވާ ތަފުސީލު ދެއްވީ ނަޝީދުގެ އިރުޝާދާއެކު ކަމަށް އިލްޔާސް ލަބީބު ވިދާޅުވި އެވެ.

"ރައީސް ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ގާނޫނީ ޒިންމާ އަދާކުރަންޖެހޭ ފަރާތަކީ ޑިފެންސް މިނިސްޓްރީ ކަމަށް ވާތީ، އަޅުގަނޑު އެ މައުލޫމާތު އެ މުއައްސަސާއާ ހިއްސާ ކުރުމުން، އެ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސާވިސް އަށް ނުވަތަ ކޮމިޝަނާ އޮފް ޕޮލިސް އަށް ހިއްސާ ކުރުމަށް އަޅުގަނޑަށް އެ ފަރާތުން އެއްވެސް ހާލަތެއްގައި އަންގާފައެއް ނުވެ އެވެ،" ނަޝީދުއާ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިލްޔާސް ލަބީބު ވިދާޅުވި އެވެ.

މިނިސްޓަރު މާރިޔާ "ރާއްޖެއެމްވީ" ގައި ވިދާޅުވީ، ނަޝީދަށް ހަމަލަދޭން އުޅޭ ކަމުގެ މައުލޫމާތު މެމްބަރެއްގެ ފަރާތުން އެނގިވަޑައިގަތުމުން ނަޝީދުގެ ސެކިއުރިޓީ ވަރުގަދަ ކުރަން އެމްއެންޑީއެފަށް އަންގަވާނެ ކަމަށް، އެ މެމްބަރަށް ދަންނަވާފައިވާނެ ކަމަށެވެ. އަދި އެ މައުލޫމާތު ފުލުހުންނަށް ދިނުމަށް ވެސް މެމްބަރުގެ ކިބައިން އެދިވަޑައިގެންނެވި ކަމަށް މާރިޔާ ވިދާޅުވެ އެވެ.

އިލްޔާސް ލަބީބު ވިދާޅުވިގޮތުގައި، މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް ދިން ޓެރަރިސްޓް ހަމަލައިގެ ތަހުގީގަށް އޭނާގެ ފަރާތުން ދޭން ޖެހޭ އެއްބާރުލުން ގެންދަވަނީ ދެއްވަމުންނެވެ.

ބަޔާނުގައިވާ ގޮތުން އިލްޔާސް ލަބީބުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ނަޝީދު އަވަހާރަ ކޮށްލަން ހަމަލަދިން މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނިކޮށް، އެކަމާ ގުޅިގެން ދައުލަތުގެ އިދާރާތަކަށް ލިބިފައިވާ މައުލޫމާތު، ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން އާންމު ކުރައްވައި، އެ ވާހަކަތައް މީޑިއާގެ ބަހުސަކަށް ހެއްދެވުމެވެ. އެހެންވެ، އެއީ ޒިންމާދާރުކޮށް ކުރައްވާ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިލްޔާސް ލަބީބު ވިދާޅުވި އެވެ.

ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވާކަމުގެ މައުލޫމާތު މެމްބަރެއްގެ ފަރާތުން އެނގިވަޑައިގެންނެވިއިރު ވެސް މިނިސްޓަރު "ރާއްޖެއެމްވީ" ގައި ވިދާޅުވެފައިވާ ގޮތުގައި ނަޝީދުގެ ސެކިއުރީ އޮތީ "ކްރިޓިކަލް ރިސްލް ލެވެލް" އަށް މަތިކޮށްފަ އެވެ. އޭނާ ވިދާޅުވީ، ނަޝީދުގެ "ހައި ރިސްކް" އިން "ކްރިޓިކަލް ރިސްކް" އަށް ބަދަލުކުރީ މީގެ ދެ މަހެއްހާ ދުވަސް ކުރިން ކަމަށެވެ.

ބޮމެއް ގޮއްވާލައިގެން ނަޝީދަށް ދިން ހަމަލާއާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އެމްއެންޑީއެފުން ބޭއްވި މީޑިއާ ބްރީފިން އެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެފައި ވަނީ ނަޝީދަށް ނުރައްކާ އޮތް ކަމުގެ އިންޓެލް އިންޕުޓް ލިބެމުން އަންނަ ކަމަށެވެ. އެކަމާ ގުޅިގެން އެ މަނިކުފާގެ ސެކިއުރިޓީ ކުރިއަށް ވުރެ ވަރުގަދަ ކޮށްފައިވާ ކަމަށްް ވެސް ވިދާޅުވި އެވެ.

ނަމަވެސް ފުލުހުން މިހާތަނަށް ވެސް ބުނަމުން އަންނަނީ ނަޝީދަށް ހަމަލައެއް ދޭން އުޅޭ ކަމުގެ އިންޓެލް މައުލޫމާތެއް ކުރިން ލިބިފައި ނުވާ ކަމަށެވެ.

ހަަމަލާއަށްް ފަހު އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށް ފަހު ނަޝީދު މިހާރު ވަނީ އިތުރު ފަރުވާއަށް ޖަރުމަނަށް ވަަޑައިގެންފަ އެވެ.

51 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 14%
icon angry icon angry 62%
icon wow icon wow 10%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮންބަނބުކެޔޮ

15 May 2021

ހެވާ ކުޅިވަރުގަ އަވަދި ނެތި

The name is already taken The name is available. Register?

ޑޮކްޓާރ. ބަނާނާ

15 May 2021

އެދުރުކަލޭފާނު ތިޔާ ވިދާޅުވާ "ދަންނަކަމަށް" ޝުކުރު ދަންނަވަން! ތިޔާފަދަ ދަންނަބޭކަލުން ގެ އެހީތެރިކަން މިފަދަ ކަންކަމުގައި ވަރަށް ބޭނުންވާ ވާހަކަ ދަނަްނަވަން!

The name is already taken The name is available. Register?

ޑޮކްޓާރ. ބަނާނާ

15 May 2021

މާރިޔާ ދަންނަވަންތޯ ކަނބުލޭގެއަށް އިންޓެލް ލިބުމުންވެސް ދެންހަދަން ވިގޮތެއް ނޭގިހުއްޓާ އަހަރެމެންގެ ވެރިމީހާ މޭކަށި ފޫއަޅާފަ ދިޔައީ. ދައްތާ ދެން އަވަހަށް އިސްތިއުފާ ދެއްވާ ފަ އެހެން ކޮންމެވެސް ގޮތަކަށް ފާޓީ އަށް ހިދުމަށް ކުރައްވާ !

The name is already taken The name is available. Register?

ސަރުދާރު

15 May 2021

މާރިޔާ އިސްތިއުފާ ދެއްވުން އެދެން

The name is already taken The name is available. Register?

އައްޔަ

15 May 2021

މާރިޔާ އަކީ އެމް ޑީ ޕީގެ މަންމަ އެހެންނަމަވެސް މަންމަ އައްވެސް ނުވާވަރުކަންތައް ހުންނާނެ ދޯ! މައްސަލައަކީ އަހުރެމެނައްވެސް އަންގާނުލީމަ!މިކަހަލަ ޒަމާނެއްގަ ދުރާލާ އެނގިފައޮވެ ތިވަރުކަމެއްވީމަ ބުނެވޭނީ ހަމަގަސްދުގަ ފަރުވަކުޑަކޮއްލީއެ!

The name is already taken The name is available. Register?

އަލިކޮ

15 May 2021

ދެރައީ އެންމެ ގާތް ކަމައް ބުނާމީހުންނައް އެނގި އަޅާވެސް ނުލީމަ.

The name is already taken The name is available. Register?

ހޯރަބޭ

14 May 2021

އެމްއެންޑީއެފް އިން ނޫސްކޮށްފަރެސް ބާންވާފަ ދެށްކި ވާހަކަ އާއި ރައީސް ނަސީދަށް އަމާޒްކޮށް ބޮންގޮންވާ މަންޒަރު ފެންނަ ވީޑިޔޯ ގެ ދަށްކާ މަންޒަރާއި ދިމާ ނުވެސްވޭ. މާރިޔާ އިސްތިއުފާ. ރައީސް ނަސީދަަށް އަވަސް ސިފާއަކަށް އެދެށް.

The name is already taken The name is available. Register?

އާރީ

14 May 2021

މާރީ އިސްތިއުފާ.

The name is already taken The name is available. Register?

ހިލަބެ

14 May 2021

އަޞްލުވެސް ދެންއިތުރު ގޯހެއްހެދިމުގެކުރިން މަޤާމުން އެކަހެރިކުރަންމަޖުބޫރު އިސްތިއުފާއެއްނުދޭނެ....

The name is already taken The name is available. Register?

ހިލަބެ

14 May 2021

މާރިޔާ އިސްތިފާދޭންޖެހޭ އެފަދަސީރިއަސްމައުލޫމާތެއްލިބި އެކަމާއަޅާނުލުމީ ތިޔަފަދަ ޒިއްމާދާރު މަޤާމަކާ އެކަށީގެންވާކަމެއްނޫން މިއަށްވުރެ ބޮޑުނުރައްކަލެއް ކުރިމަތިވުމުގެކުރިން އަމިއްލަޔަށް އިސްތިއުފާދީ އެއްފަރާތްވާންޖެހޭ މީކީ މާރިޔާވީމަ ބުނާވާހަކައެއްނޫން ދިވެހިރާއްޖޭގެ ދިފާއީ ވަޒީރެއްގެ ހައިސިއްޔަތުން އެކަމާ ކަމަނާކުރެއްވިކަމެއްނެއްކަމުން އެހަމަލާދިނުމުގެ ފުރުޞަތު ލިބިގެންގޮސްއެވަނީ އަވަހަށް އެިސްތިއުފާދެއްވާ.....

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454