ޚަބަރު / ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ

ބޮން ހަރުކުރި ކަމަށް ބުނާ ހައިޝަމަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވައިފި

މިއަދު ދައުވާ ކުރަން ފޮނުވި އަލީ ހައިޝަމް: ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ އަކީ ހަމަލާ ދިނުމަށް ބޮން ސައިކަލުގައި ހަރުކުރި މީހާ -- ފޮޓޯ: ފުލުހުން

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ އަލީ ހައިޝަމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މިދިޔަ މޭ ހަ ވަނަ ދުވަހުގެ ރޭ ނަޝީދު ކާރުކޮޅަށް އަރުއްވަނިކޮށް، ސައިކަލެއްގައި ހަރުކޮށްފައިވާ ބޮމެއް އައިއީޑިއެއް ގޮވާލި މައްސަލައިގެ ތުހުމަތުގައި ނ. މަނަދޫ، ނޫރީގޭ އަލީ ހައިޝަމާއެކު 10 މީހަކު ހައްޔަރުކޮށްފައިވެ އެވެ.

އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ކުރިން ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު، އިތުރު މީހެއްގެ މައްޗަށް ދައުވާ ކުރަން މިއަދު ވެސް ފޮނުވާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފަ އެވެ.

ޝަމީމް "މިހާރު" އަށް ވިދާޅުވިގޮތުގައި ދައުވާ ކޮށްދިނުމަށް އެދި ފުލުހުން އެންމެ ފަހުން ޕީޖީ އޮފީހަށް ފޮނުވީ ހައިޝަމްގެ މައްޗަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނެފައި ވަނީ ހައިޝަމަކީ ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު އެކަކު ކަމަށާއި އޭނާ ކުރި ކަމަކީ ސައިކަލުގައި ބޮން ހަރުކުރުން ކަމަށެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ހައިޝަމާއި އޭނާގެ ގުރޫޕްގެ މީހުން ބޮން ހަރުކުރީ ހުޅުމާލޭގައި މީހުން ދިރިއުޅޭ ފްލެޓެއްގެ ބޭރުގައި ސައިކަލު ބަހައްޓައިގެންނެވެ.

ނަޝީދު އަވަހާރަ ކޮށްލަން ބޮން ގޮއްވި މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ކުރިން ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ މައްޗަށެވެ.

މި މައްސަލައިގެ ތުހުމަތުގައި އަދިވެސް ތަހުގީގު ކުރިއަށް ގެންދަނީ މ. އުދެހިގޭ އިސްހާގާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީ އާއި އއ. މާޅޮހު އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކާއި ހަމަލަ ދިނުމަށް އިރުޝާދު ދިން ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމްގެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައި ވެ އެވެ.

ހައިޝަމްގެ އިތުރުން، ހަމަލަ ދިނުމަށް ރާވައި ހިންގުމުގައި އިސްދައުރެއް އަދާކޮށްފައިވަނީ ތަސްލީމާއި އިސްހާގް ކަމަށް ފުލުހުން ބުނެފައި ވެ އެވެ.

11 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 57%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

Coronavirus

30 July 2021

މިގޮތަށް އުޅޭ ހުރިހާ މީހުން ތާލިބާނުންނާ ހަވާލުކުރަން ފެނޭ، އެއިރުން ތާލިބާނުން މިމީހުން ބަލަހައްޓާނެ، އެއިރުން މިގައުމަށް މާފައިދާ ކުރާނެ. މިމީހުންނަކީ ގައުމަށް އެއްވެސް ވަރަކަށް ބޭނުން ބަޔެއް ނޫން

The name is already taken The name is available. Register?

ނައްޓު

30 July 2021

މަކިޔެވި ހަދީސެއްގައި އޮތީ މީނަ މިހުރިކަހަލަ ސިފައިގައި އުޅޭ ބަޔަކު ޝައިޠާނާއަށްވުރެ ބޮޑަށް މި އުއްމަތަށް ގެއްލުން ދޭނެޔޭ. އެހަދީސު އޮތީ އައްނަސާއީގައި. މިއަދު ދުނިޔޭގެ އެކި ހިސާބުތަކުން މިސިފަހުންނަ ޝައިޠާނުން ފެންނަވަރު މަދެއް ނޫން. ދީނަށް ނަސްރު ދިނުމުގެ ނަމުގައި ދީންބަލިކަށިކުރަނީ. ދެން ލައިގެން މިހިރީ ކޮން ޖަންގައްޔަކުން އުފެއްދި ބިދުޢައެއް. މިމީހުން ހުއްޓުވާ. އެންމެ ބޮޑު ނުރައްކާ.

The name is already taken The name is available. Register?

ޗަކުރަބަތީ

29 July 2021

ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް އެވޭލާ ޒަމާނުންފެށިގެން ދޭތެރެދޭތެރެއިން އެކިކަންކަމާ ރުޅިއައިސްގެން މީހުން މަރަމުން އައިސްފައިވާކަމީ ހިތާމަހުރިކަމެއް.

The name is already taken The name is available. Register?

0+111

29 July 2021

ކީވެތަ މިމީހުން ޖަލުހެދުމުގަ ފޮޓޯ ނުނަގުވަނީ، ހީވަނި މިމީހުނަކީ މާ ހިނެސެންޓް ބަޔެހެން...

The name is already taken The name is available. Register?

ކައްޓު

30 July 2021

މަށައް ހީވަނީ ޓެރަރިސްޓަކުހެން.

The name is already taken The name is available. Register?

ޖަބްރޯލް ފާތުމަ

29 July 2021

ގައުމީ ހިދުމަތުގެ އުފެއްދުން ތެރި ކަމުގެ ރޮގުން އާއްމު ހިތްވަރު ދިނުމުގެ އިނާ އަރުވަން ވީ

The name is already taken The name is available. Register?

ޖެކް

29 July 2021

މިހާވަރުގަދަ ހަމަލާއެއް ދިނުމަށް އެތައް ދުވަހަކު ބަޔަކު ސައްލާކުރިއިރުވެސް މިގައުމުގެ އިންޓަގެންސް އަރާމުގަ ނިދާފަތައޮތީ؟

The name is already taken The name is available. Register?

އިސްމާއިލް ހާރިސް

29 July 2021

މި މީހުން ބޭނުންވާ ކަމަކީ ކޮބައިތަ؟ ގައުމު %100 ވީމަ، އަހަރުމެންނައް، ނޫނީ އަހަންނައް، ވާ ފައިދާ އަކީ ކޮބައިތަ؟ މަ ކުރާ ކަމެއްގަ ޖަޒާ މިބޭނީ މަށައް އެކަނި. އެހެންމީހަކައް ނޫން. ގައުމުގެ ކައްޓަފުޅިއެއް ކުރާ ކަމަކައް އެހެން މުށިމަހަކައް އަދަބެއް ނުލިބޭނެ. ސުނާމީ އެރިއިރު، ކޯވިޑް ލައިގައިން އިރު، މި ގައުމެކޭ ލަންކާ އެކޭ ތަފާތެއް ނުފެނުނު! އަދިވެސް އެއް ފަހަރު މިމީހުން ބޭނުން ވެގެން މިއުޅެނީ ކޮން ކަމެއްތަ؟؟

The name is already taken The name is available. Register?

ކޮމެންޓޭ1

29 July 2021

ސުނާމީ އެރި އިރުވެސް ކަނޑުގެ ލޮނުގަނޑުން ފޫޓެއް މަތީ އޮތް ކުޑަ ދިވެހިރާއްޖެ ﷲގެ ރަހުމަތުން މަދު ބަޔަކު މަރުވީ ސްރީލަންކާ އަޅާ ބަލާއިރު ކުޑަ ގެއްލުމެއް ލިބުނީ. އެމީހަކު ކުރާ ކަމެއް އެމީހަކަށް ނޫން ދައުލަތުން ޖެހޭ ހެޔޮކަންކަމަށް ހިތްވަރުދީ ނުބައި ކަންކަން ހުއްޓުވަން. އެއީ ދައުލަތުން ކުރަންޖެހޭ ކަމެއް ވަކިވަކި މީހުން ކުރަން ޖެހޭ ކަމެއް ނޫން

The name is already taken The name is available. Register?

ކޮމެނޓޭ2

29 July 2021

ތިބުނަނީ ލަންކާޔާ އަޅާ ބަލާފަ، ރާއްޖޭގައި މީހުން މަދުން މަރުވީ ވަކި ދީނެއް ވީމަ އޭތަ؟ ޢެހެންވީއިރު އިންޑޮނީޝިއާ އައް ވީ ކިހިނެތް!؟ ބުނަންތަ! މޮޔަނުގޮވާ ހުރެވޭތޯ ބަލާ!

The name is already taken The name is available. Register?

އަލީ

29 July 2021

ހަ ކެނަ ދޯ. މިއޮތީ ވާ ދައުލަތެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454