ޚަބަރު / ވައްކަމާއި ފޭރުން

ކޫއްޑޫ އެއާޕޯޓަށް ދިޔަ ޓޫރިސްޓެއްގެ ލަގެޖުން 20،000 ޔޫރޯ ނެގި ހަތަރު މީހަކު ހައްޔަރުކޮށްފި

ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ޓޫރިސްޓެއްގެ ލަގެޖުން ވަގަށް ނެގި ޔޫރޯ.-- ފޮޓޯ: ޕޮލިސް މީޑިއާ

ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ޓޫރިސްޓެއްގެ ލަގެޖުން 20،000 އަށް ވުރެ ގިނަ ޔޫރޯ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހަތަރު މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓުކޮށްފައި ވަނީ އިއްޔެ ކަމަށެވެ. އަދި އެ ޓޫރިސްޓުގެ ލަގެޖުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށް ބުންޏެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ދިވެހި ހަތަރު ފިރިހެނުންނެވެ. އެއީ 31 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކާއި 38 އަހަރުގެ މީހެއްގެ އިތުރުން 37 އަހަރުގެ މީހެކެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން 10،000 ޔޫރޯ މިހާތަނަށް ހޯދިފައިވާ ކަމަށާއި އެ ފައިސާ މިހާރު އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.

ވައްކަމުގެ އިތުރުން މަކާރާ ހީލަތުން، އެކި ގޮތްގޮތުން މީހުން އަތުން މުދަލާއި ފައިސާ ހޯދާ މައްސަލަތައް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެފަދަ ކަންކަމަށް ސަމާލުވުމަށް ފުލުހުން އަންނަނީ އިލްތިމާސްކުރަމުންނެވެ.

21 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 13%
icon angry icon angry 87%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާސިމް

17 August 2021

20000 ޔޫރޯ ހިފައިގެން ދަތުރު ކުރެވޭނެތޯ އެއީ ވެސް ސުވާލެއް؟

The name is already taken The name is available. Register?

ޔެސް

18 August 2021

ޑިކްލެއާ ކޮށްގެން ގެންދެވޭ

The name is already taken The name is available. Register?

ބުއްޅަބެ

17 August 2021

20،000.00ޔޫރޯ ގެ ވައްކަންކުރި ގއ. މާމެންދޫ ޝުއައިބް (ކޫއްޑޫ އެއަރ ޕޯރޓްގެ (އައިލެންޑް އޭވިއޭޝަންގެ) މޯލްޑިވިއަން ގެ މެނޭޖަރ މިހާރު ދޫކޮށްފި.. ޝުއައިބު އަކީ ކުރީގެ ޕީޖީ މުހުތާޒުގެ އާއިލާ ބޭފުޅެއް..

The name is already taken The name is available. Register?

ކޮބާ ކޮބާ

17 August 2021

ތިމާގެ ފޮށިން އެވަރުގެ ބޮޑު އަދަދެއްގެ ފައިސާ ވަގަޢް ނަގައި ފިއްޔާ، އަތް ފަޔަށް އަރާފަ ހުންނަ ތުރުތުރާ ވާގީގެ އިތުރުން، އަނގަ ކޮޅަށް ވެފަ ހުންނަ ގޮތުގެ ފޮޓޯ އެއް ނަގާފަ ދެން ބަލާލަ ބަލަ...

The name is already taken The name is available. Register?

މަނީލޯންޑަރިން

16 August 2021

ރާއްޖޭގެ ޤާނޫނުގަ އޮވޭ 10 ހާސް ޑޮލަރަށް ވުރެ ގިނައިން ނަގުދު ފައިސާ އަތުގައި ހުރިއްޔާ ކަސްޓަމްސްއަށް އަންގަން ޖެހޭއޭ. ތި ފަތުވެރިޔާ އަނެއްކާ ގަވާއިދުން ހޯދި ލާރިތަކެއްތަ ތިޔައީ؟

The name is already taken The name is available. Register?

އޯގާތެރިކަން

16 August 2021

އޯގާތެރި ވެރިކަން.ކެކެކެކެކެކެ

The name is already taken The name is available. Register?

ހުސްނުހީނާ

16 August 2021

ޕޮލިހުން ތިކުރާ ހިތްވަރަށް އައްސަރިބަހާއި ސާބަސް! ް

The name is already taken The name is available. Register?

އަލީލީ

16 August 2021

ސުޓީލިންގ ޕެރަޑައިސް

The name is already taken The name is available. Register?

ފޫޙި

16 August 2021

އަތް ބުރިކޮށްލަބަލަ.އޭރުން ތިޔަކަން ނިމޭނީ

The name is already taken The name is available. Register?

ސައްތާރު83

16 August 2021

"ފޫހި" ތި ކޮމެންޓުކުރީ ހާދަ ދަށުފަންތީގެ ލާއިންސާނީ ވިސްނުމަކުންނޭ. މީހާގެ ތައުލީމީ އަދި ސިކުނދީގެ ކުޑަކަން ދޭހަވަނީ ތިފަދަ ކޮމެންޓުން. އަތްކެނޑުމަކީ ކުރަން ހެޔޮވާވަރުކަމެއްނޫން. ވައްކަން ކުރާމީހާއައް ހުކުން ކުރަން ޖެހޭނީ މިޒަމާނުގެ ގާނޫނުބުނާގުތަށް.

The name is already taken The name is available. Register?

އިބުރާ

16 August 2021

ސައްތާރު83، ތި އުޅެނީ ކޮން ދުނިއެއެއްގައި ތޯ؟ ބަލަގަ ބާވައިލެއްވި ފޮތުގައި އޮތް ހުކުމް ތަންފީޒު ނުކުރެވޭހައި ދުވަހަކު ޖެހޭނީ ވަގުން ފަހަތުން ދުވަން. ހައްދު ޤާއިމު ނުކުރެވޭހައި ހިނދަކު މިގައުމަކަށް އަދި އެހެން ބަޔަކަށް ވެސް ހަމަޖެހުމެއް ނެތް.

The name is already taken The name is available. Register?

ވިންވިން

16 August 2021

އަތް ކަނޑަންޔާ ދިވެހި ރާއްޖޭގަ ތިބޭނީ ހުސް އަތްބުރި މީހުން.

The name is already taken The name is available. Register?

ފަޔާ

16 August 2021

އިބުރާ، އަތް ކެނޑުމަށް ވަކި ޝަރުތުތަކެއް ކަނޑައެޅިފައިވޭ، ގުރޭޑު 7 އަށް ދިޔަނަމަ އެނގުނީސް، ބާވައިލެއްވި ފޮތުގައިވާ ކަންތައް ބޭނުންހައި ގޮތަކަށް ބަދަލުނުކުރެވޭނެ

The name is already taken The name is available. Register?

ސައްތާރު83

16 August 2021

އިބުރާ، ބަލަގަ އަހަރެން މިއުޅެނީ މި ދުނިޔޭގަ. ދެހާސް އަކާވީހުގަ. އިބުރާ ތިޔަ އުޅެނީ ކޮން ގަރުނަކުތޯ؟ ބާއްވާލެއްވިފޮތޭ ކިޔާގެން ބިރުދައްކާ ލާއިންސާނީ ކަންކަން މިގައުމުގަ ނުފަތުރާ. ހައްދުފަނަ އަޅާދިޔަސް ތަންކޮޅެއް ބޮޑުވަރު. މި ދުނިޔޭގެ ބޮޑުބައި ތިޔަ ހުކުމެއް ގަބޫލެއް ނުކުރޭ. މިގަރުނަށް އާދެބަލަ. ކިޔާވައިގެން ސިކުނޑި ހުޅުވޭތޯބަލާބަލަ.

The name is already taken The name is available. Register?

މުޙައްމަދު އަމީން

17 August 2021

ކިޔަވައިގެން ސިކުޑިހުޅުވިފައިނަމަ އަނެކާގެ ތަޢުލީމޭ، ސިކުނޑިއޭ ނުކިޔާނެ. މިރާއްޖެއަކީ ވަރަށް ފިނޑިބައެއް އުޅޭ މާތަހުޒީބޭ ކިޔައިގެން ފާޅުގައި ވައްކަމަށް ގޮވާމީހުން އުޅޭ ތަނެއް ކަމަށް މިފެންނަނީ.

The name is already taken The name is available. Register?

އިބްރ

17 August 2021

ވައްކަން ކުރާމީހުންނަށް ލާދީނީ މީހުންގެ ހުކުމަކީ އިސްލާމްދީނުގައިވާ ހުކުމް ތަންފީޒުނުކޮށް ދައުލަތުން އެއިންމީހަކަށް މަހަކު 12000ރ ޚަރަދުކޮށް އެމީހުން ޖަލުގައި އޮފީސް ހަދައިގެން ޖަރީމާ ހިންގަން ތާއަބަދަށް ފުރުސަތުދިނުން.

The name is already taken The name is available. Register?

ނާސިރުއެމްސީޖީ

17 August 2021

މުހައްމަދު އަމީނޫ، ސިކުނޑި ކުޑައީއާ ބުނާނީ ކުޑައޭ. ބޮޑު ރިޕޯޓެއްލިޔެފަ މާދުރު ދުރުން އުޅޭނީ ޕީއެޗްޑީ ހަދާ ދުވަސްވަރު. ތަޖުރިބާ ލިބުނީމަ ތިލަކޮށް ބުނަންޖެހޭ. ނުކިޔަވާ، ސިކުނޑި ބައްދާފަ. އެގޮތްތައް އެންކަރެޖު ނުކުރޭ. ނުނިދާ

The name is already taken The name is available. Register?

ހިތަދޫ ހުސެން

16 August 2021

#އިނޑިޔާއައުޓް #ޗައިނާއައުޓް... ނުވިތާކަށް އަންނަށް ފަތުރުވެރިންގެ މުދާވެސް ވަގަށް ނަގަނީ ޒިންމާދާރު ވަޒީފާގަ ތިބެ، އިގްތިސާދީ ލޭނާރުގަ ކަޓަރެއްނު ތި އަޅަނީ ތިބެ.

The name is already taken The name is available. Register?

ހިތަދޫއައުޓް

17 August 2021

އެ ވެސް ބަޔަކު ދަސްކޮށްދިނީ ކަމެއް

The name is already taken The name is available. Register?

އެމެރިކާ

16 August 2021

އެއީ އަނެއް ދިވެހި ރައްޖެ މީހުން.

The name is already taken The name is available. Register?

ގާލްފުރެންޑުގެ ފޯނު

16 August 2021

ބޮޑަށް ވައްތަރީ ބެގް ބޮރޯ ސްޓީލް ފަލްސަފާގެ ދަށުންހެން!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454