ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވަނީ: އެމްޑީޕީގެ ކުރިއެރުމަކީ ހިޔާލުތަފާތުވުންތައް ހައްލުކޮށް މަޝްވަރާތަކުން ކުރިއަށް ނެރޭ ހައްލު ކަމަށް ވިދާޅުވި. -- ފޮޓޯ/މިހާރު
07 ސެޕްޓެމްބަރ 2021 - 16:17
ވެރިކަންކުރާ މައި ޕާޓީ, އެމްޑީޕީގެ އެތެރޭގައި ސިޔާސީ ހިޔާލު ތަފާތުވުން ހުއްޓަސް ޕާޓީގެ އަސާސްތަކާއި ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް އެ ޕާޓީން ކުރާ މަސައްކަތުގެ މުޅި މަންޒަރު ކިލަނބު ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ށ. އަތޮޅާއި ރ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ފުނަދޫގައި ތިބި އެމްޑީޕީގެ އިސް މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ޕާޓީގެ ތެރޭގައި ހުރި ހިޔާލުތަފާތުވުންތަކަކީ ހައްލު ނުކުރެވޭނެ ކަންކަން ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. ކަންކަން ހައްލުވަނީ އެކި ހިޔާލުތަކުގެ ތެރެއިން ގޮތްތަކެއް ހޯދިގެން ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
"ސިޔާސީ ޕާޓީގެ ތެރޭގައި ކޮންމެވެސް ވަރަކަށް ހިޔާލުތަފާތުވުން ކޮންމެވެސް ވަރަކަށް އަޔަސް މުޅި މަންޒަރު ކިލަނބު ވެގެން، ހަރާބު ވެގެންދާ ކަހަލަ ކަމެއް ނުކުރާނަން. އެ ޔަގީންކަން އަރުވަން," ރައީސް ވިދާޅުވި އެވެ.
ރައީސް އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވަނީ: ޕާޓީގެ އެތެރޭގައި ހުރި ހިޔާލުތަފާތުވުންތައް ނައްތާލެވޭނެ ކަމަށް ވިދާޅުވި. -- ފޮޓޯ/މިހާރު
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕިއާ ވާދަކުރެވޭ ވަރުގެ ސިޔާސީ ޕާޓީއެއް ރާއްޖޭގައި އަދި ނެތެވެ. އެތައް ގޮންޖެހުންތަކާއި އުނދަގޫތަކަކަށް ފަހު އެމްޑީޕީ އަށް މިހާރު އޮތް މަގާމަށް އާދެވުނީ ހިޔާލުތަފާތުވުންތަކަށް ޖާގަ ދީ މަޝްވަރާކޮށްގެން ކަމަށް ވިދާޅުވި އެވެ.
ޕާޓީގެ އެތެރޭގެ ހިިޔާލުތަފާތުވުންތަކުގެ ވާހަކަ އާއްމު މެމްބަރުންނާ ރައީސް މި ދެއްކެވީ އެކި މައްސަލަތަކުގައި ޕާޓީގެ ތެރޭގައި މަސްލަހަތު ގޯސްވެ, ރައްޔިތުންގެ މަޖިލިހުގެ ތެރޭގައި ވެސް އެ ޕާޓީގެ ދެ ފެކްޝަނެއް އުފެދިފައި ވަނިކޮށެވެ. މި ހިސާބަށް ޕާޓީގެ އެތެރޭގެ ކަންކަން ގޮސްފައިވާތީ ދެ ރައީސުންނާ މަޝްވަރާކޮށް ސުލްހަކުރުމުގެ މަސައްކަތް ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ފައްޓަވައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކު، އެ ކަމާ މެދު މަޝްވަރާތަކެއް ކުރިއަށް ގެންދެވި ކަމަށް ހަސަން ވަނީ ވިދާޅުވެފަ އެވެ.
އެމްޑީޕީގެ އެތެރޭގައި ހިޔާލު ތަފާތުވުން ހުއްޓަސް މެމްބަރުން ބޭނުން ނުވާ މިސްރާބަކަށް ޕާޓީ ނުދާނެ ކަމުގެ ޔަގީންކަން ރައީސް ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވެސް ދެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިނބޫ
07 September 2021
ޚިތާލު ތަފާތުތަ! ހުވާބިއްލާހި ފެށުނީއްސުރެވެސް މަ ގަބޫލު ކުރަނީ އަދި ބުނަމުން ދަނީ ޑްރާމާއޭ. އަސްލަކީ އެއީ. ހެއްލޭ ބަޔަކު ހެއްލޭ. ގައިމު މަށެއް ނުހެއްދޭނެ.
ޝޮކްތެރަޕީ
07 September 2021
ރައްޖެއަކީ އެކުވެރި އެއްބައިވަންތަ ބައެއް ދިރިއުޅެމުންދިޔަ ޤައުމެއް ނަމަވެސް މިހާރު މިފެންނަނީ ދެބައިވުމާ ހިޔާލު ތަފާތުވުންތަ. އެމްޑީޕީ އަކީ ފިތުނަ އުފައްދާ ބައެއް ތިބި ޕާޓީއެއް
މަންޑެލާ
07 September 2021
ދިވެހި ކިޔަވާ ކުދިންގެ ދިވެހި ފޮތްތަކުގަ އިންޑިޔާގެ ސަގާފަތާ އިންޑިޔާ މޮޅުކޮއްފަ ފޮތްތަކުގަ އެހެރީ. މީ ވަރައް ދެރަކަމެއް.
ބުރުވާލިބާގިރުގެ ސިޔާސީ މާވަހަރު
07 September 2021
އަންނިއާ އިބޫއަކީ ފޭލިވެފާތިބި ދެމީހުން. ދެން ލަލަލާ.
ސޮލިއުޝަން
07 September 2021
ބުރޯ، އެކަކުހުރީ ގައުމުގެ ރައީސްކަމުގަ، އަނެކަކު ހުރީ މަޖިލިސް ރައީސްކަމުގަ. ފޭލިވީމީހާ އޮތީ ގޭކުޑަދޮރުން ބޯދިއްކޮށްގެން. ދެން ލަލަލަލަލަލަލާ
ޙަބީބު.
07 September 2021
ޗީޗީ ދަޅަދައްކާ ބައެއް ތަރައްގީޔައް ހަމަ ސުމެއްގެ ބައެއްތީ
ކޮރަލް
07 September 2021
ކުރީގެ ރައީސް ވެރިކަން ނޫން އެހެން ހައްލެއް ބޭނުމެއް ނުވެ އެވެ.
ޗައިނާ
07 September 2021
ކަޑަ ބައެއްތިބި ޕާޓީއެއް
ޖާނޫ
07 September 2021
ހުރިހާ ޕާޓީތަކެއްގެވެސް އެންމެ އިސްފަޑީގާތިބީ ހުސް ކަޑަމީހުން.
ގުއްބުއްދީން ޙިކްމަތްޔާރް
07 September 2021
މުޅިމަންޒަރު ޚަރާބުނުވިޔަސް ބޮޑުމަންޒަރު އޮތީ ޚަރާބުވެފާ. އިބޫއަށް އަދިވާނުވާނުވާ ނޭންގެނީ. އެނގޭނެނަމަ މިހާރު އެނގޭނެ ޚަރާބުވެ އެކޮޅުކޮޅުންޖަހާފައިކަން މަންޒަރު އޮތީ.
ކޮލަމާހުއްޓާ
07 September 2021
ސާބަސް..އުފާވެރި ޚަަބަރެއް. މަނިކްފާނަށްވެސް އަދި މުޅިޕާރޓީގެ އެންމެނާ މިގައުމަށްވެސް އެންމެ ރަނގަޅުގޮތަކީ ވާހަކަ ދައްކައި މަޝްވަރާކޮށް ސުލްޙަވެރިވުން.
ޝޮކްތެރަޕީ
07 September 2021
ކަލޭމެން ހިޔާލު ބަދަލުނުވަނީ އެމްމެ ކަމެއް. ދިވެހި ތެދުވާންޖެހޭ ﷲ ހައްގުގާ.