ޚަބަރު / ދަނގެތީގައި މީހަކު މަރާލުން

މަހްމޫދު މަރައިލީ ސާލިމް އެކަނި ކަމަށް އާއިލާ އިން ގަބޫލެއް ނުކުރޭ

މަހުމޫދު މަރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ސާލިމް ފުލުހުންގެ ބެލުމުގެ ދަށުގައި ދަނގެތީ ޕޮލިސް ސްޓޭޝަނަށް ގެންދަނީ -- ފޮޓޯ: ނިޝާން އަލީ /މިހާރު

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު މަރައިލީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޝާ އަލޮމް މިއާ (ސާލިމް) އެކަނި ކަމަށް ގަބޫލުކުރަން ދަތި ކަމަށް އޭނާގެ އާއިލާ އިން މިއަދު ބުނެފި އެވެ.

މި މަހުގެ 13 ވަނަ ދުވަހުގެ ރޭ މަހުމޫދު މަރައިލި މައްސަލައާ ގުޅިގެން ފުލުހުން ރޭ ވަނީ ފުރަތަމަ ފަހަރަށް މީޑިއާއާ މައުލޫމާތު ހިއްސާކޮށްފަ އެވެ. ފުލުހުންގެ އިދާރާ އިން ނެރުނު ނޫސްބަޔާނުގައި ބުނީ ސާލިމް ފިޔަވައި އެ މައްސަލައާ ގުޅުމެއް ހުރި އިތުރު މީހަކު އަދި މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައި ނެތް ކަމަށެވެ. އެކަމަކު މައްސަލައިގެ ތަހުގީގު އަދި ނުނިމެ އެވެ.

މަހުމޫދުގެ އާއިލާގެ ފަރާތުން ފުލުހުންނާ ވެސް މުއާމަލާތު ކުރާ އޭނާގެ އަންހެނުންގެ އެއްބަނޑު އެއްބަފާ ބޭބެ، އަބްދުލްއަޒީޒް އުމަރު (އަޒީ) "މިހާރު"އަށް ބުނީ މަހުމޫދު މަރާލައި ވަޅަށް އެއްލައިލީ ހަމައެކަނި ސާލިމް ކަމަށް އާއިލާގެ އެއްވެސް މީހަކު ގަބޫލު ނުކުރާ ކަމަށެވެ.

"އާއިލާ އިން އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރޭ ސާލިމްމިއާ އަށް އެކަނި މިކަން ކުރެވިދާނެ ކަމަކަށް. ރަށުގެ މީހަކު ވެސް ދާއިރާގެ ފަސް ރަށުން ރަށެއްގެ މީހަކު ވެސް ގަބޫލެއް ނުކުރޭ،" އަޒީ ބުންޏެވެ.

ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު.

މަހުމޫދުގެ ހަށިގަނޑު ފެނުނު ވަޅު ހުންނަނީ ސާލިމް ދިރިއުޅޭ ގެއާ ގާތްގަނޑަކަށް 100 އެއްހާ ފޫޓު ދުރުގަ އެވެ.

އަޒީ ބުނިގޮތުގައި، އެންމެ މީހަކަށް މައްޔިތެއްގެ ހަށިގަނޑު ގެއިން ނެރެގެން ދުރުގައި ހުރި ގޯއްޗަކަށް ގެންދެވޭނެ ކަމަށް ގަބޫލު ކުރަން ދައްޗެވެ.

އަޒީ ބުނީ އޭނާ އަކީ ވެސް މީގެ ކުރިން އާއިލާގެ މީހުން ނިޔާވުމުން ހަށިގަނޑު އުފުލަން ފުރުސަތު ލިބިފައިވާ މީހެއް ކަމަށް ވާއިރު، މައްޔިތެއްގެ ބަރުދަނަށް ބަލައި އެއީ އެކަކަށް ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

އޭނާ ބުނީ، މަހުމޫދުގެ އާއިލާ އިން އެދެނީ ފުރިހަމަ ތަހުގީގެއްކޮށް، އިންސާފުވެރި ޝަރީއަތެއް ހިންގުމަށް ކަމަށެވެ.

ދަނގެތީގެ އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ހަވާލުކޮށްފައި ހުރި ސާލިމް ހައްޔަރު ކުރީ މަހުމޫދު މަރާލާފައި އޮއްވައި ފެނުނުތާ ދެ ދުވަސް ފަހުން، ފުލުހުން ކޯޓު އަމުރެއް ހިފައިގެން އޭނާ ދިރިއުޅުނު ދަނގެތީ ނެދުންގެ އަށް ގޮހެވެ. އޭގެ އަނެއް ދުވަހު ސާލިމް ނެދުންގެ އަށް ގެންދިއުމުން ވަނީ އޭނާ އަމަލު ކުރި ގޮތް ފުލުހުންނަށް ކިޔައިދީފަ އެވެ. ސާލިމް ހައްޔަރު ކޮށްގެން ދަނގެތިން މަހިބަދު އަށް ގެންދިޔަ ފަހުން ވެސް އޭނާ އަނބުރާ ދަނގެއްޗަށް ގެންގޮސް ތަހުގީގުގެ ބޭނުމަށް ނެދުންގެ އަށް ގެންގޮސްފައި ވެ އެވެ.

މަޑުމައިތިރި ބަސް މަދު މީހެއް ކަމަށް ދަނގެތީ މީހުން ސިފަކުރާ ސާލިމް ފިޔަވައި އިތުރު އެއްވެސް މީހަކު ހިމެނޭ ކަމުގެ ހެއްކެއް މިހާތަނަށް ލިބިފައި ނުވާއިރު، ސާލިމްއާ ގުޅުވައިލެވޭ މުހިންމު ހެކިތަކެއް ފުލުހުން ވަނީ ހޯދައިފަ އެވެ. އޭގެ ތެރޭގައި ނެދުންގޭގައި ވަޅުލާފައިވާ މަހުމޫދުގެ ފޯނާއި އައިޑީ ކާޑުގެ އިތުރުން އެހެން ހެކިތައް ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ސާލިމްއާ މެދު ޝައްކު އުފެދުނީ މަހުމޫދު ގެއްލުނު ރޭ 9:00 ގެ ފަހުން ނެދުންގޭ ތެރެއިން އަޑެއް އިވިގެން، ގޭގެ ފާރުމަތިން މީހަކު ބެލިއިރު، އެ ގޭގެ ތެރެއިން އެ މީހާ އަށް ފެނުނު ޝައްކު އުފެދޭ މަންޒަރެއް ފުލުހުންނަށް ރިޕޯޓު ކުރުމުންނެވެ. މަންޒަރު ދުށް މީހާ އަށް ފެނުނީ ސާލިމް އެ ގޭގެ ތެރޭގައި އެއްޗެއްގައި ހިފައި ފަހަތަށް ދަމަމުން ދިޔަ މަންޒަރެވެ. އަނދިރިކަމުން ކަށަވަރު ނުވިޔަސް، އެއީ މީހެއްގެ ދެފައިގައި ހިފައިގެން ދިޔުން ފަދަ ގޮތަކަށް އެ މީހާ އަށް ސިފަވިކަން އެނގިފައިވެ އެވެ.

މަހުމޫދުގެ އާއިލާ މީހަކު ކުރިން ކިޔައިދިން ގޮތުގައި އޭނާގެ ހަށިގަނޑު އެއްލައިލި ވަޅު ހުރީ އޭނާ އުޅެ ބޮޑުވި ގޯތީގަ އެވެ. އެއީ މަހުމޫދުގެ ކައިވެނީގެ ވަލީމާ ވެސް ބޭއްވި ތަނެވެ. އެ ގޯތީގައި ހުރި ގެ ތަޅާލާފައި ހުރީ އެ ތަނުގައި ދެ ބުރިއަށް ގެއެއް އެޅުމަށެވެ. އެ ވަޅު ރޭނީ ވެސް މަހުމޫދު އެ މަސައްކަތް ހަވާލު ކޮށްގެންނެވެ. އެއީ އެތަނުގައި ހުރި ގަސްތަކަށް ފެން ދިނުމަށާއި ފަހުން ކޮންސްޓްރަކްޝަން މަސައްކަތަށް ވެސް ބޭނުން ކުރުމަށެވެ.

59 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 62%
icon angry icon angry 29%
icon wow icon wow 10%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިންވެސްޓިގޭޓަރ

31 October 2021

ބަނގުލަދޭސް މީހާއަށް އެކަނި މީހަކު މަރާލަން ކެރުނު ކަމަށް ވަންޏާ އޭނަ އެކުރި ކުށް ފޮރުވަން ދެންހުރި ހުރިހާ ކަމެއްވެސް އޭނާ ކުރާނެ. އޭނަގެ ކިބައިގައި އެވަގުތު ހުންނާނީ ކުރެވޭ ނޫނީ ނުކުރެވޭ ކަހަލަ ކަމެއް ވަކިނުވާ ހާލަތެއްގައި. މިކަހަލަ ކިތައް ކަންތައް ހިގާފައި ވޭތޯ ބަލާބަލަ. މުޖުރިމުން ކޮއްފައި ހުންނަ ކަންތައްތައް ފޮރުވުމަށް އެމީހުން ކުރިކަންތައްތައް ފަހުން ހޭބުއްދި އައުމުން ހުދު އެމީހުން ވެސް ހައިރާންވެ ކުށްކުރިކަމަށް ވެސް އެއްބަސް ވެފަ ހުރީ

The name is already taken The name is available. Register?

އޮރެންޖް

26 October 2021

ތިކަމުގައި ކުށްވެރިއަކީ ސާލިމްކަމަށް ގަބޫލުކުރަން ދަތި. ހާއްސަކޮށް ފުލުުހުން ތިކަން އެހެން މީހުން ހޯދުން ހުއްޓާލުމުން. ބަންގްލަދޭޝް މީހެއްގެ ބޮލުގަ އަޅުވާފަ، ތިޔަކަން ސާބިތު ނުވަނީސް ތަހުގީގު ހުއްޓާނުލުމަށް ރައީސްގެ އަރިހުން އެދެން.

The name is already taken The name is available. Register?

ފެއިލް

26 October 2021

ފުލުހުން ބޮލައް ލުއިކޮއްލީތަ

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

26 October 2021

ހަނދު ރުނބަށް ލީ ރަށުގެ ބޭފުޅުން ދޯ.

The name is already taken The name is available. Register?

ވަހުތާން

26 October 2021

ކަންކަން ހިނގަނީ އެބަޔަކު ގަބޫލުކުރާ ގޮތަކަށް ނޫން! ތިކަން ހިނގަން މެދުވެރިވި ކަމެއް އޮންނާނެ! އެކަން ހާމަކޮށްބަލަ؟ ދަނގެތީ މީހުން ގަބޫލުކުރާ ހަމައަކުން ނޫން ހުރިހާކަމެއް ވާނީ! ހުރިހާ ކަމެއް އެނގޭ ބަޔަކަށް ނުވެބަލަ!

The name is already taken The name is available. Register?

ވ‫ަސީލާ

26 October 2021

‫ބަލަ ކަލޭމެން ނޫނީ ދާއިރާ މީހުން ގަބޫލުކުރާ ގޮތް އެއީ ތަހުގީގުތ? އިހަށް ދުވަހު މާ މާތް މީހުން ތިބި ތަނެކޭ ކިޔާފަ ރަށަށް އަރާތިބި 2 މީހުނަށް ހޭ އަރުވާލީ

The name is already taken The name is available. Register?

ޒެޑް މޯލްދިވްސް

26 October 2021

ބަނގުލަދޭޝްމީހުން ބޭރުގައުމުތަކުގައި ގަބޫލުނުކުރަނީ އެމީހުން ގައުމުން ބޭރުވަނީ ނުކިޔަވައިތިބެ ކަމުގައިވާތީއާއި ތޯހިރުކަން ކުޑަކަމުން. ބަންގާޅުން ބަޔަކު ގެންނަނަމަ އެންމެ ދައްވެގެން ގުރޭދް 10ގެ ފާސް އޮންނަންޖެހޭގޮތައްހަދާ! މިރާއްޖޭގެ މަޖުލިހަކީ ވަކަރުގެއެއްފަދަ ތަނެއް ނެރޭނަތީޖާއެއްނުފެނޭ

The name is already taken The name is available. Register?

ހިނގާފައުޅޭދިވެއްސެއް

26 October 2021

ދިވެހިންގެ ސައިކަލުތަކުން އެކްސިޑެންޓް ވެގެން މަރުވެފައިވާ ދިވެހިން މަދެއް ނޫން. އަހަރެންގެ ގާތް އެކުވެރިޔަކު މަރުވި. އަހަރެންނަށްވެސް އަނިޔާވި. ސައިކަލުން ޖެއްސި މީހާ އެކަމުވެސް އައުގުރާނަ ގޮވީ މަށަށް. އޭރު އުމުރަކީ އެންމެ 13 އަހަރު. އަދި އެ އުޅެނީ ކުށްކުރީ ސާލިމުކަން ސާބިތުވެސް ނުކޮށް. ދިވެހިންނަށް ކަމެއް ކޮށްދެންޏާ ތިޔަ ދުއްވާ ސައިކަލުތައް ދުއްވުން މަދުކޮށް މަގުމަތި އަމާން ތަނަކަށް ހަދާދީބަލަ.

The name is already taken The name is available. Register?

ލަވާސް ކުއަރެލް

26 October 2021

ގަބޫލު ކުރަން ދަތި ވަނީ ގަބޫލުކޮށްފިއްޔާ ފަތިފުށް ހާމަވެ މުޅި ރާއްޖެއަށް ބޭޒާރު ވެދާނެތީ!

The name is already taken The name is available. Register?

ސަޖްނާ

26 October 2021

މިއީ މުހިއްމު ޕޮއިންޓެއް. މަހުމޫދުގެ އާއިލާގެ އެއްވެސް މީހަކާއި ތިބުނާ ބަންގްލާ މީހާއާއި އެއްވެސް ވަރެއްގެ ގާތްކަމެއް އޮވޭތޯ ބެލުންވެސް މުހިއްމު. މިކަމުގައި ބައިވެރި ނުވިޔަސް މަރާލުމުގެ މޯޓިވްއަކަށް އެކަންވެސް ވެދާނެ.

The name is already taken The name is available. Register?

ފޫޅު އަލިބޭބެ

26 October 2021

އެނގޭ އެއްކަމެއްވެސް ނުއޮންނާނެ އެކަމަކު ހަމަ ނޭނގޭ އެއްކަމެއްވެސް ނުއޮންނާނެ. އެކަަމަކު ޢެނގޭހާވެސް ކަމަކީ ތަންމިނަށް އަނގަހުޅުވައިގެން ހޮޅި އަނގަތަޅަން. އެންމެ ފުރަތަމަ ވެސް އަމިއްލައަށް ގޮތް ނިންމާ ދަމާ ކޫއްތާފަ ގޮސް ބަޔަކު ފުލުހުންނާ ހަވާލުކުރީ. ދެން މިހާރު އޮންނާނެ ކަމަކީ ދުވާލުދާ ހަތަރުދަމު ކޮފީޔާ ސަޔަށް އަރާ އިންވެސްޓިގޭޓިވް ޕްރޮފެސަރުންނަށް ހެދިގެން ލެކްޗަރ ސެޝަން ބޭއްވުން. އެކަމަކު އެންމެ ޑިގުރީ ގިނަ ގައުމު

The name is already taken The name is available. Register?

ޢިބްރާހިމް ރަސީދު ލަންދޫ

26 October 2021

ތިޔަ ރަށުގެ މީހުން ތަހުގީގުކޮށް އަނިޔާކޮށް ދެމީހަކު ފުލުހުންނަށް ހަވާލުކުރި ނޫންތޯ؟ އެހެންވީމާ އެނގިއްޖެ. ތިޔަ ރަށު މީހުންގެ ތަހުގީގު!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454