ޚިޔާލު

އާސަންދަަ ކަނޑާލުން ބަދަލު ހިފުމަކަށް ނުވޭތަ؟

އާސަންދަ ކުންފުނީގެ ފަރާތުން މިދިޔަ މާޗްމަހު ވެކްސިން ޖަހައިދެނީ: އަމިއްލަ ތަންތަނުން ދެން އާސަންދަ ނުލިބޭނެ ---މިހާރު ފޮޓޯ

ސިއްހީ ޚިދުމަތް ދޭ އަމިއްލަ ތަންތަނުން އާސަންދަގެ ޚިދުމަތް ކުއްލި ގޮތަކަށް ރޭ ކަނޑާލުމަކީ ކޮންމެ ގޮތަކަށް ބެލި ކަމުގައި ވިޔަސް ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ޚާއްސަކޮށް ކުއްލި ގޮތަކަށް އަވަސް އަރުވާލައިގެން މިފަދަ ބޮޑު ނިންމުމެއް ނިންމައި ރޭގަނޑު 11:30 ވާން އުޅެނިކޮށް ސާކިއުލާއެއް އަމިއްލަ ތަންތަނަށް އީމެއިލް ކުރުމުން އެނގުނީ ސަރުކާރަށް ކަމެއް ހަޖަމް ނުވި ކަމެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބޮޑު އަޣުލަބިއްޔަތެއް ތިން ސިޓީ ކައުންސިލުން ކާމިޔާބުކޮށް އަދި އެހެނިހެން އެތައް ދާއިރާތަކެއް ނަތީޖާ އިދިކޮޅު މީހުންނަށް ބުރަވާކަން ކަށަވަރުވުމާ އެކު، އާސަންދަ ކުންފުނީގެ ކުއްލި ނިންމުން އައުމަކީ އިއްތިފާގެއް ކަމަށް ބުނާ ނަމަ މިއީ ވަރަށް ހެއްވާ ކަމެކެވެ. ތާކުންތާކު ނުޖެހޭ ވާހަކައެކެވެ.

އަމިއްލަ ތަންތަނުން އާސަންދަ ކަނޑާލަން ނިންމީ އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމު ހިންގާ ބޯޑުން ކަމަށް ބުނާއިރު، އެ ބޯޑުގެ ނިންމުން އަންނަން ޖެހެނީ، ލޯކަލް އިންތިޚާބުން ސަރުކާރަށް ނާކާމިޔާބުވާކަން އެނގެން ފެށި ހިސާބުން ހެއްޔެވެ؟ އަމިއްލަ ތަންތަނުން އާސަންދަ ކަނޑާލުމަށްޓަކައި ކޮންމެހެން އިންތިޚާބުގެ ނަތީޖާ އިއުލާން ކުރަމުން ދިޔަ ދަނޑިވަޅާ ދިމާކޮށް ބޯޑުގެ ބައްދަލުވުން ބާއްވައި މިފަދަ ބޮޑު ނިންމުމެއް ނިންމަން ޖެހޭ ހެއްޔެވެ؟ ނުވަތަ ބޯޑުން ކުރިން ނިންމާފައި އޮތް ނިންމުމެއް ނަމަ އެ ނިންމުން ތަންފީޒު ކުރަން ޖެހެނީ ހަމަ ރޭގަނޑު އެންމެން ނިދަން އޮށޯންނަ ގަޑީގައި ހެއްޔެވެ؟ ނުވަތަ ބަންދު ދުވަހެއްގެ ދަންވަރު ހެއްޔެވެ؟ މިއީ ކުރީ ބައިގައި އާންމުންނަށް އަދި ސިއްހީ ޚިދުމަތް ދޭ އަމިއްލަ ތަންތަނާ މަޝްވަރާކޮށް، ވަކި އުސޫލެއްގެ ތެރެއިން ނިންމަން ޖެހޭ ކަމަކަށް ނުވޭ ހެއްޔެވެ؟

މިއިން އެއްވެސް ކަމަކަށް ރިއާޔަތް ކުރުމެއް ނެތި، އަދި މަޝްވަރާގެ އެއްވެސް ކަމެއް ނެތި މިފަދަ ބޮޑު ނިންމުމެއް ނިންމުމަކީ މުޅި ގައުމަށް ލިބުނު ބޮޑު ޝޮކަކަށް ނޫނީ ނުވެ އެވެ. އާސަންދަ ކުންފުނީގެ މި ނިންމުން މާނަކޮށްފި ނަމަ، ނެގެނީ އެންމެ މާނައެކެވެ. އެއީ ލޯކަލް އިންތިޚާބުގެ ނަތީޖާ އިދިކޮޅު ފަރާތްތަކަށް ބުރަވަމުން އައި ގޮތް އެނގުމާ އެކު އާންމުންގެ ފަރާތުން ބަދަލެއް ހިފާލީ އެވެ. ރުޅިގަނޑު ބޭލީ އެވެ. އެހެން ނޫނީ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރަމުން ދިޔަ ވަގުތާ ދިމާވާން ޖެހޭ އެއްވެސް ސަބަބެެއް ނެތެވެ.

ސިއްހީ ޚިދުމަތް ދޭ ދައުލަތުގެ ތަންތަނުގައި އިންޕޭޝަންޓް، އައުޓްޕޭޝަންޓް، ލެބޯރެޓަރީ އަދި ސްކޭންގެ ޚިދުމަތް އެއްވެސް އަގަކާ ނުލައި އެކަށީގެންވާ ގޮތަކަށް ފޯރުކޮށްދޭކަން އާސަންދަ ކުންފުންޏަށް އެނގެން ޖެހެނީ ރެއަކު ނޫނެވެ. މީގެ އެތައް ދުވަހުއްސުރެ އެކަން އެ ކުންފުންޏަށް އެނގޭނެ އެވެ. ހައިރާންވާން ޖެހެނީ ކޮންމެހެން ރޭގައި އެކަން އާސަންދަ ކުންފުންޏަށް އެނގުމުންނެވެ.

ދައުލަތުގެ ޚަރަދުގައި ހިލޭ ބޭސްފަރުވާ ކުރުމުގެ ނިޒާމަށް މި ސަރުކާރުގެ އެކި ފަރާތްތަކުން އެކި ފޯރަމްތަކުގައި ފާޑުކިޔާފައިވެ އެވެ. ކެމްޕެއިންގެ ތެރޭގަ އާއި ފަހުން ސަރުކާރަށް އައިސް ވެސް އެ ފާޑުކިޔުން އޮތެވެ. އެކަމަކު މި ނިޒާމު ކުރީގެ ސަރުކާރުތަކުން ދަމަހައްޓާފައިވާތީއާ އެކު، ރައްޔިތުންގެ ތާއީދު ގެއްލިދާނެތީ އެކަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ހުއްޓައެއް ނުލި އެވެ. އޭގެ ބަދަލުގައި ރައީސް ޔާމީންގެ ކެމްޕެއިންގެ ތެރޭގައި އާސަންދަގެ ޚިދުމަތް އިތުރަށް ފުޅާކުރަން "ހުސްނުވާ އާސަންދަ"ގެ ނަމުގައި ވަކި ސްކީމެއް ތައާރަފު ކުރާނެ ކަމުގެ ވައުދުވި އެވެ. ވެރިކަމަށް އައުމާ އެކު ހުސްނުވާ އާސަންދަ ތައާރަފުކޮށް، ދައުލަތުގެ ޚަރަދުގައި ބޭސްފަރުވާ ކުރުމުގެ ނިޒާމު އިތުރަށް ފުޅާކުރި އެވެ. އެތައް ބަޔަކަށް އޭގެ ލުއިފަސޭހަ ލިބިގެންދިޔަ އެވެ.

އަމިއްލަ ތަންތަނުން އާސަންދަގެ ޚިދުމަތް ކަނޑާލަން ސަރުކާރުން ބޭނުން ނަމަ އެކަން ކުރަންވީ އެވެ. ދައުލަތުގެ ޚަރަދުގައި ބޮޑު ހޭދައެއް ދާ ނަމަ އެކަން ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ތައާރަފު ކުރަންވީ އެވެ. އެކަމަކު މިކަން އާސަންދަ ކުންފުނިން ކުރީ ކުރަން ޖެހޭ ގޮތަކަށް ނޫނެވެ. މި ޚިދުމަތް ހޯދަމުން އައި ރައްޔިތުންނަށް ވެސް އިހުތިރާމެއް ނުކުރި އެވެ. އޭގެ ބަދަލުގައި ފެނުނީ ބަދަލު ހިފުމާއި، ބޭނުން ގޮތެއް ހެދިދާނެ ކަން އެންގި ތަނެވެ.

އަނެއްކޮޅު އަމިއްލަ ތަންތަނުން އާސަންދަގެ ޚިދުމަތް ކަނޑާލިއިރު، ދެން ހުރިހާ ޑިމާންޑެއް އޮތީ ރާއްޖޭގައި ހިންގާ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗަށެވެ. އޭޑީކޭ ހޮސްޕިޓަލް ފިޔަވައި ސިއްހީ ޚިދުމަތް އެންމެ ރަނގަޅަށް އަދި އެންމެ ގިނަ ޚިދުމަތް ލިބެން ހުރީ އައިޖީއެމްއެޗުންނެވެ. އެތަނުން ޚިދުމަތް ހޯދާ މީހުންގެ އަދަދު އިތުރުވެ، ޚިދުމަތް ލިބުމުގައި ހުރި ދަތިތަކުގެ ވާހަކަ ދައްކާތާ އެތައް ދުވަހެކެވެ. އައިޖީއެމްއެޗް ފެންވަރުގެ އިތުރު ހޮސްޕިޓަލަކަށް، އެތަނުގެ ވެރިންނާއި ކުރިން ތިއްބެވި ވެރިން ސަރުކާރަށް ބާރުއަޅަނީ މިހެނެވެ އެވެ. އެކަމަކު އަމިއްލަ ތަންތަނުން ވެސް އާސަންދަ ކަނޑާލުމުން ދެން މުޅި ގައުމު ބަރޯސާވާނީ އައިޖީއެމްއެޗަށެވެ. އޭގެ އުނދަގޫ ވަރަށް ބޮޑަށް ކުރިމަތިވާނެކަން ސަރުކާރަށް އެނގެން ޖެހޭނެ އެވެ. ރަށްރަށުން މާލެ އައިސް އައިޖީއެމްއެޗުން އެޕޮއިންޓްމަންޓެއް ނުލިބިގެން ދިގު ކިއޫގައި ސަލާންޖެހުމުގެ ސަގާގަތް އަށަގަންނުވަންވީ އެވެ. ރައްޔިތުން އިތުރަށް ބިކަވީ އެވެ.

އަމިއްލަ ތަންތަނުން އާސަންދަ ކަނޑާލުމުން، ރާއްޖެ އިން ބޭރަށް ބޭސްފަރުވާ އަށް ބޮޑު އަގު ދީފައި ދާންޖެހޭ މީހުން ވެސް އެ ޚިދުމަތުން މަހުރޫމްވީ އެވެ. އަނެއްކާ އާންމުން ރައްޔިތުން ގަނަތެޅެން ޖެހުނީ އެވެ. ބޭސްފަރުވާ އަށް ބޭރަށް ދިއުމަށްޓަކައި އަނެއްކާ ވެސް ސަލާންޖަހަން ފަށަންވީ އެވެ. ކުރީގެ އާދަ އަނެއްކާ ވެސް އިޔާދަވީ އެވެ. ކުއްލި ގޮތަކަށް، ކުރިން އެންގުމަކާ ނުލައި، ރޭވުމެއް ނެތި މިކަން މިހެން ވެގެން ނުވާނެ އެވެ.

އަމިއްލަ ތަންތަނުން އާސަންދަ ކަނޑާލީ ވަކި ޕްލޭނެއްގެ ދަށުން ނަމަ މި މައްސަލަ އަށް ވެސް ސަރުކާރުން ވިސްނުނީހެވެ. ކުއްލި ގޮތަކަށް ކުރާކަށް ނުޖެހުނީ އެވެ.

އަމިއްލަ ތަންތަނުން އާސަންދަގެ ޚިދުމަތް ކުއްލި ގޮތަކަށް ކަނޑާލިކަން އާސަންދަ ކުންފުނިން އާންމުކުރީ ވެސް ކުރަން ޖެހޭ އުސޫލަކުން ނޫނެވެ. އާންމުންނަށް އެންގުމެއް ސާކިއުލާއެއް ނެރުމުގެ ބަދަލުގައި، ސިއްހީ ޚިދުމަތް ދޭ ތަންތަނަށް ހަމައެކަނި ސާކިއުލާއެއް މެއިލްކޮށްލީ އެވެ. ރައްޔިތު މީހާ އަށް އެކަން އަންގަން ޖެހުނީ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުންނެވެ. އަމިއްލަ ތަންތަނުން ސިއްހީ ޚިދުމަތް އާސަންދަގެ ތެރެއިން އެތައް ބަޔަކު ހޯދާއިރު، އެ ޚިދުމަތް ކަނޑާލިކަން އެންގުމަކީ އާސަންދަ ކުންފުނީގެ ބޮޑު ޒިންމާއެކެވެ. ޒިންމާ ނުނެގި ތަނުގައި އެތަނުގެ ވެރިން ފޯނަށް ޖަވާބެއް ވެސް ނުދެއްވަ އެވެ. މިއީ ޒިންމާދާރު ބޭފުޅުންގެ އަމަލު ހުރި ގޮތެވެ.

އިންތިޚާބުގެ ނަތީޖާއަކާ ގުޅުވައިގެން ބަދަލުހިފުމުގެ މިފަދަ ބޮޑެތި ކަންކަން ކުރާ ނަމަ ދެން ގައުމަށް ވާނެ ގޮތަކާ މެދު ވިސްނާށެވެ.

60 ކޮމެންޓް, 275 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 5%
icon angry icon angry 89%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަރުގަދަމީހާ

08 May 2017

ތިޔަހެދީ ރަނގަޅަށް އަމިއްލަކުލިނިކުތަކުން އާސަންދެދޭނަމުގަ ރޯކްޓަރަށްދައްކަންވެސް ނަގާ 400 ރުފިޔާ މިހާރުވެސް ހަމަ އެހާކަންހާވަރު ނަގަނީ ވީމާ ތިޔަ އާސަންދަކަނޑާލުމަކުން މާބޮޑު ތަފާތެއް ނެތް އެކަމަކު ބޭސްފިހާރަތަކުން ކަނޑާލުން އެއީ ރަނގަޅުކަމެއްބާ؟؟؟؟؟؟

The name is already taken The name is available. Register?

ފަތުހީ

08 May 2017

ރަމަޝާން މަހުގެ އެލަވަންސް ކަނޑާލަންވެސް ފަސް ނުޖެހޭނެ ، މި ސަރުކާރަކީ ރައްޔިތުން ދެކެ ކުޑަވެސް ހަމްދަރުދީއެއް ނެތް ސަރުކާރެއްކަން އެނގިގެން އެ ދިޔަޔީ

The name is already taken The name is available. Register?

މެސީ

08 May 2017

އާސަންދަ ވެސް ކަނޑާލަންވީ. މުސްކުޅިނަށް ދޭ އެލަވަންސް ވެސް 2000ރ އަށް ކުޑަކުރަންވީ. ކަރަންޓް ވެސް އަގުބޮޑުކުރަންވީ. ކާޑުވެސް އަގުބޮޑު ކުރަންވީ. ޝުކުރު ނުކުރާ ބަޔަކަށް އެއްވެސް ކަމެއް ކޮށްދޭނެކަމެއް ނެތް.

The name is already taken The name is available. Register?

މުހައްމަދު

08 May 2017

މިހާވަރުން ދަންޏާ މުސްކުޅިންނަށްދޭ ލާރިކޮޅުވެސް ކަނޑާލާނެކަން ޔަޤީން!

The name is already taken The name is available. Register?

ވައިސޫރި

08 May 2017

ވަރިހަމަކަނޑާލިޔަސް. ސަދަގާތު ފައުންޑޭޝަންއޮންނާނެ.

The name is already taken The name is available. Register?

ވިލިއަޙްމަދު

07 May 2017

ސަރުކާރާއި ދެކޮޅައް އެމްޑީޕީއައް ގިނަ ވޯޓު ދިނުމަކީވެސް ބަދަލުހިފުމަކައްނުވޭތަ؟؟؟

The name is already taken The name is available. Register?

ޑަކުޓަރު

07 May 2017

މީ އަދި އެއްވަނަ ހަމަލާ ... އަދި ބަލަން ތިބޭތި ރައްޔިތުން ނިކަމެތި ކޮށް ބިކަވެ ބާކީވާ ދަރަޖައަށް ވައްޓާލާތަން. ކަރަންޓް އަގު ، ފެނުގެ އަގު ، ބޯފެން ހަމަޔައް ނުލިބުން ، ސަރުކާރުން ހިދުމަތް ބަލައިގަތުން ، ތެލުގެ އަގު ، ދަތުރު ފަތުރުގެ އަގު ،އާ ޓެކްސް ތައް ނެގުން ، ކަސްޓަމްސް ޑިޔުޓީ ،ސައިކަލް ސްޓިކަރ ނުވަތަ ޕާރކިންގ ޗާޖް ،މިހެންގޮސް މުޅި ދިވެހި ޖީލް ނުދެކޭވަރުގެ ޖެއްސުމާއި، ގޯނާއާއި ،ނިކަމެތިކަން ތަހަންމަލު ކުރަންޖެހޭނެ . ފެށުނު ގަޑި 11:30 މޭ 6-2017. ބަލިޤަބޫލް ނުކޮށް، ހަޖަމް ނުވެ މިފެށީ ބޮޑު ސިލްސިލާ މުސީބާތެއް. މީގެ ނަތީޖާ 2018ގައި ހަނދާން ނައްޓާނުލާރި. ޔާ ﷲ . މި އަނިޔާތަކުން މުޅި ދިވެހިއުންމަތް ސަލާމަތް ކުރައްވާންދޭވެ. އާމީން.

The name is already taken The name is available. Register?

ހަޤީގަތް

07 May 2017

ބޭނުންވަނީ ރައްޔިތުމީހާ މަޖްލިސް މެމްބަރުންގެ ފައިބުޑަށް ވައްޓާލުން....

The name is already taken The name is available. Register?

ސަރަފް

07 May 2017

މުޅި ދިވެހިރާއްޖެ ދަރުވާލާފަ ފިލައިގެން އިގިރޭސިވިލާތުގަ ފިލާ ހުއްޓަކަސް ދެން ތިބި މީހުން ޖެހެއޭ ގައުމްހިންގަން މުޅި އާސަންދަ އޮތީ އެގޮއި މިގޮއި ހަދާފަ އެކަންތައް ހަމަޔަކަށް އަޅުވާފަ އާސަންދަވެސް ދޭނެ ކަލޯ

The name is already taken The name is available. Register?

ކޭޑު

07 May 2017

އާަސަންދަ ކަނޑާލީ ދެލޯފުޅާ ބަދަލުހިފާކަށް ނޫން. ހަމަކޮންމެކަމެއް ސިޔާސީކަމަކަށް ހެދުމަކީ އުފަލެއްބާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454