ޚިޔާލު / ކޮލަމް

ފަސް މިނެޓް: މޮނިކޮން ޓެގް އުމަރުގެ ކަރަށް

ހޯމް މިނިސްޓަރު އުމަރު "މިހާރު"އާ ވާހަކަ ދައްކަވަނީ: މޮނިކޮން އަމުރުގެ ދަށުން މީހުންގެ ފައިގައި ޓެގް އެޅުވުމުގެ މައްސަލައިގައި ފާޑުކިޔުންތައް ދަނީ އަމާޒުވަމުން --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

މޮނިޓަކޮށް ކޮންޓްރޯލް ކުރުމުގެ (މޮނިކޮން) ނިޒާމަކީ، ބޮޑެތި ކުށްތަކަށް ތުހުމަތުކުރެވޭ މީހުންގެ ހަރަކާތްތައް ހުންނަ ގޮތް، ވަކި ކަހަލަ އާލާތެއް (ޓެގް) ބޭނުންކޮށްގެން ބަލައި ދެނެގަތުމުގެ ނިޒާމެކެވެ. އެއީ އެ މީހުން، ތަހުގީގަށް ހައްޔަރުކުރެވޭ ވަރަށް ހެކި ނެތުމުން ނުވަތަ ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައި ބައިތިއްބަން ނުފެންނަ ކަމަށް ކޯޓުން ކަނޑައަޅާ މީހުންގެ ހަރަކާތްތައް ހުންނަ ގޮތް ދެނެގަތުމަށް ކުރާ ކަމެކެވެ. ގާނޫނު އޮތް ގޮތުން، މީހެއްގެ ގައިގައި އެފަދަ ޓެގެއް އެޅުވޭނީ, ހޯމް މިނިސްޓަރުގެ އެދުމަކަށް ހައި ކޯޓުން ނެރޭ އަމުރަކަށެވެ. މި އުސޫލުން، މިހާތަނަށް ހައި ކޯޓުން ވަނީ 17 މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެފަ އެވެ. އެ 17 މީހުންގެ ފައިގައި ޓެގް އަޅުވައި، ފުލުހުން ދަނީ މޮނިޓަ ކުރަމުންނެވެ.

މޮނިކޮން އަމުރު ރައްދުވާ މީހުން ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ނުވަތަ ވަކި ސަރަހައްދުތަކަކަށް ދިއުން މަނާކުރެވެ އެވެ. ފުލުހުން އަންގައިފި ނަމަ، އަމުރު ރައްދުވާ މީހާ ދިރިއުޅޭ ތަނުގައި އުޅޭ އެހެން މީހުންގެ ނުވަތަ އުޅޭނެ މީހުންގެ މަޢުލޫމާތު ފުލުހުންނަށް ދޭން ޖެހެ އެވެ. މިނިސްޓަރުގެ ހުއްދަ ނެތި މާލޭން ބޭރަކަށް ނުދެވެ އެވެ. އެ މީހެއްގެ މާލީ އަދި މުވާސަލާތީ މުއާމަލާތްތަކާއި މުދާ ކޮންޓްރޯލް ކުރުމުގެ ބާރު ފުލުހުންނަށް ލިބެ އެވެ. އެ މީހުންގެ ހަށިގަނޑުގައި ނުވަތަ ދިރިއުޅޭ ތަނުގައި ޓެގް ހަރު ކުރެވިދާނެ އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު އޮތް ގޮތުން، ވަކި ކަހަލަ ކުށްތަކެއް ކުރަން އުޅޭ ކަމަށް ތުހުމަތުކުރެވޭ މީހެއްގެ މައްޗަށް ވެސް އަދި އެ ގާނޫނުގެ ދަށުން އެ މީހެއްގެ މައްޗަށް ތަހުގީގެއް ނުވަތަ ޝަރީއަތެއް ހިންގަމުންދާ މީހެއްގެ މައްޗަށް ވެސް އަމުރެއް ނެރެވިދާނެ އެވެ. ހޯމް މިނިސްޓަރު ހައި ކޯޓުގައި އެދިވަޑައިގަތަސް، އެ މީހަކަށް ތުހުމަތުކުރާ ކަމެއްގެ މައްޗަށް ބިނާކޮށްފައިވާ އިންޓެލިޖެންސް ރިޕޯޓެއް އަދި ތުހުމަތުކުރެވޭ މީހާގެ ޖިނާއީ ކުށުގެ ރެކޯޑެއް ގާނޫނު ތަންފީޒުކުރާ އެއްވެސް އިދާރާއެއްގައި ނެތިއްޔާ މޮނިކޮން އަމުރެއް ނުނެރެވޭނެ އެވެ.

ގޭންގުތަކާއި ގުރޫޕްތަކަކީ އެއްވެސް ސަރުކާރެއްގެ އަތް ނުފޯރާ ބަޔަކަށްވާ އިރު، ފުރަތަމަ މޮނިކޮން އަމުރާ އެކު ވެސް ސުވާލުތަކެއް އުފެދުނެވެ. މި ކަންތައް ކިހާ ދުވަހަކަށް ދެމިގެންދާނެ ހެއްޔެވެ؟ ވަކި ބައެއްގެ މައްޗަށް މޮނިކޮން އަމުރެއް ނެރެން ހުށަހަޅައިފިއްޔާ، އެ އަމުރު ނެރެދޭނެ ހެއްޔެވެ؟

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްގެން ގެންދަނީ: ގޭންގު ކުށްތައް ހުއްޓުވުމަށް މޮނިކޮން އަމުރު ނެރެ ބައެއް މީހުންގެ ފައިގައި ވަނީ ޓެގް އަޅުވާފައި. ފޮޓޯ ޕޮލިސް މީޑިއާ

އެ ސުވާލުތަކުގެ ޖަވާބު މިހާރު މި ދަނީ ލިބެމުންނެވެ. މޮނިކޮން އަމުރު ނެރެން ފެށިތާ ހަތަރު މަސް ވީ އިރު، އެ އަމުރު ނެރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް މިވަނީ ބޮލާލައި ޖަހައިފަ އެވެ. ގާނޫނުގައި ކޮންމެ ގޮތަކަށް އޮތަސް، ކޯޓުންނާއި ސަރުކާރުން އަމަލުކުރާ ތަން މިހާރު ފެންނަނީ އެހެން ގޮތަކަށެވެ. މޮނިކޮން އަމުރަކަށް އެދި ހޯމް މިނިސްޓަރު ފޮނުއްވާ ހުށަހެޅުން ހައި ކޯޓަށް ލިބޭތާ 24 ގަޑިއިރުގެ ތެރޭގައި، އަޑުއެހުމެއް ބާއްވައި، އެ އަމުރު ނެރުމާ މެދު ގޮތެއް ނިންމުން ކޯޓުގެ މައްޗަށް ގާނޫނު ލާޒިކުރެ އެވެ.

ނަމަވެސް މި މަހު ކުރީކޮޅު ހަތް މީހެއްގެ މައްޗަށް މޮނިކޮން އަމުރެއް ނެރެދިނުމަށް އެދި ކޯޓަށް ހުށަހެޅިތާ 24 ގަޑިއިރު ފާއިތުވެގެން ދިޔަ އިރު ވެސް، އަދި މިއަދާ ހަމައަށް ދެ ހަފުތާ އަށް ވުރެ ގިނަ ދުވަސް ވީ އިރު ވެސް ހައި ކޯޓުން އެކަމާ ބެހޭ އަޑުއެހުމެއް ނުބާއްވަ އެވެ. އެންމެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު، ރައީސް ޔާމީން މިވަނީ މޮނިކޮން އަމުރަށް އެދުމުގެ ބާރު ހޯމް މިނިސްޓަރުގެ އަތުން ނަންގަވައި، ހަތަރު މެމްބަރުންގެ ކޮމިޓީއަކާ ހަވާލުކުރައްވައިފި އެވެ. އެހެންކަމުން މޮނިކޮންގެ މިސްރާބު ބަދަލުވެއްޖެ ކަމަށް ގަބޫލުކުރެވޭ ވަރަށް ކަންތައް މި ދަނީ ތިލަވަމުންނެވެ.

މޮނިކޮން އަމުރަށް އެދުމަށް، ގާނޫނުގައި ވަކި އިޖުރާއާތުތަކެއް ކަނޑައަޅައި ވަކި މީހަކާ އެ މަސްއޫލިއްޔަތު ހަވާލު ކޮށްފައިވަނިކޮށް، އެއާ ޚިލާފަށް އަމަލު ކުރުމަކީ ގާނޫނާ ޚިލާފުވުން ނޫން ބާވަ އެވެ! މޮނިކޮން އަމުރަކަށް އެދޭތާ ވަކި މުއްދަތެއްގެ ތެރޭގައި އެއާ މެދު ހުކުމެއް އިއްވުން ކޯޓުގެ މައްޗަށް ގާނޫނުން ލާޒިމްކޮށްފައިވާ އިރު، އެ މުއްދަތުގައި އެކަން ނުކުރުމަކީ، ގާނޫނާ ޚިލާފުވުން ނޫން ބާވަ އެވެ!

ދައުލަތުގެ ބަންޑާރަ ނާއިބާއި ލީގަލް އެފެއާޒް މިނިސްޓަރާއި އުއްތަމަ ފަނޑިޔާރު، މި ސުވާލުތަކަށް ޖަވާބު ދެއްވަން ޖެހެ އެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކަށް އަމަލުކުރަން ޖެހެނީ އާދައިގެ ރައްޔިތުން އެކަންޏެއް ނޫނެވެ. ދައުލަތުގެ އެންމެ މަތީ ވެރިޔާ އާއި ޝަރުއީ ކޯޓުތަކާއި ގާނޫނު ހަދާ މަޖިލީހުން ވެސް ގާނޫނުތަކަށް ފުރިހަމަ އަށް އަމަލުކުރަން ޖެހޭނެ އެވެ. ޝަރުއީ ކޯޓެއް ކަމަށް ވިޔަސް، އިސްލާމް ދީނުގެ އަސްލަކާ ޚިލާފު ނުވާ ގޮތުގެ މަތިން އޮތް ގާނޫނަކަށް ވިއްޔާ ފުރިހަމަ އަށް އަމަލުކުރަން ޖެހޭނެ އެވެ.

މޮނިކޮންގެ މައްސަލަ އެންމެ ފަހުން ހޫނުވެގެން ދިޔައީ، ޓެގް އަޅުވާފައި ހުރި މީހަކު ވަކި ސިޔާސީ ޕާޓީއަކަށް މާ މުހިންމު ވެގެންނެވެ. ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވާ ގޮތުން ނަމަ، މިހާރު ޓެގް އަޅުވަމުން ދަނީ ގޭންގުތައް މައިތިރި ކުރުމަށް ސަރުކާރުން ފަށާފައިވާ ސިލްސިލާގެ ތެރެއިންނެވެ. އެހެން ކަމަށްވާ ނަމަ، ވަކި ޕާޓީއަކަށް މުހިންމުވެގެން އެ އުޅޭ މީހަކީ ވެސް ކޮންމެވެސް ގޭންގެއްގެ މީހަކަށް ވަނީތާ އެވެ.

ކޯޓުގައި އެދުމުން ވެސް މޮނިކޮން އަމުރު ނުނެރެދިން ހަތް މީހުންނަކީ ވެސް ކޮންމެވެސް ސިޔާސީ ބޭފުޅެއްގެ ހަރަކާތްތަކަށް މާ މުހިންމު ބައެއް ކަމަށް އަޑުތައް އިވެ އެވެ. އެ ފަދަ އަމުރަކަށް މިނިސްޓަރު އެދިވަޑައިގަތުމުން ވެސް، ގާނޫނުން ލާޒިމްކުރާ މުއްދަތުގައި ކޯޓުގައި އަޑުއެހުމެއް ނުބޭއްވުމުން، އެ ހަތް މީހުންގެ "ބުރަދަން" ވަޒަން ކުރެވެ އެވެ.

މި ކަންތައް މި މަގުން ހިނގައި ދިޔުމުން ގަބޫލުކުރެވުނީ ހޯމް މިނިސްޓަރު ޓެގް އަޅުވަން ބޭނުންވާ މީހުންގެ ތެރޭގައި "ޓެގް އަޅުވައިގެން ނުވާނެ" މީހަކު ނުވަތަ ބަޔަކު އެބަ ތިބި ކަމެވެ. ވަކި ޕާޓީއަކަށް މުހިންމުވާ މީހެއްގެ ފައިގައި ޓެގެއް އަޅުވައި، އޭނާ އުޅޭނޫޅޭ ގޮތް ބަލަމުންދާ ނަމަ އެއީ އެ ޕާޓީ އަށް ބޮޑު ކަމަކަށް ވާނެތާ އެވެ. އަދި އަމުދުން އެއީ ސަރުކާރާ ގުޅިފައިވާ ޕާޓީއެއް ނަމަ މައްސަލަ ވަކިން ބޮޑުވާނެތާ އެވެ.

މޮނިކޮން އަމުރު ނެރުމުގައި ހޯމް މިނިސްޓަރަށް ލަފާ ދިނުމަށް އެކުލަވައިލި ކޮމިޓީގައި ހޯމް މިނިސްޓަރުގެ އިތުރުން ހިމެނޭ ބޭފުޅުން

މޮނިކޮން އަމުރުގެ ދަށުން ބައެއް މީހުންގެ ފައިގައި ޓެގް އެޅުވުމުން ސޯޝަލް މީޑިއާގަޔާއި ވައިބާ ގްރޫޕްތަކުގައި މިނިސްޓަރު އުމަރަށް ފުރައްސާރަކޮށް މަލާމާތް ރައްދުކުރަން ފެށި އެވެ. އޭގެ ތެރެއިން ވައިބާ ގުރޫޕެއްގައި އެކަކު ބުނެފައިވަނީ ޓެގް އަޅުވަންވީ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ފައިގައި ކަމަށެވެ.

އާޚިރުގައި ކަންތައް ވެގެން އެ ދަނީ ވެސް އެ ބުނި ގޮތަށެވެ. މޮނިކޮން އަމުރު ނެރުމުގައި ހޯމް މިނިސްޓަރަށް ލަފާ ދެއްވުމަށް ރައީސް އެކުލަވައިލެއްވި ކޮމިޓީ ވެގެން އެ ދިޔައީ، މިނިސްޓަރު އުމަރު ނަސީރުގެ ކަރުގައި އެޅުވި މޮނިކޮން ޓެގަކަށެވެ.

އުމަރުގެ އިތުރުން ދެ މިނިސްޓަރަކާއި ޕޮލިސް ކޮމިޝަނަރުގެ މައްޗަށް އެކުލެވޭ ކޮމިޓީއަކުން ނިންމައިގެން ނޫނީ މޮނިކޮން އަމުރަކަށް ނޭދެވޭ ގޮތަށް ހަމަޖެއްސުމުން، ގޭންގުތަކާއި ގުރޫޕްތަކުގެ މެމްބަރުންގެ ތެރެއިން، ހޯމް މިނިސްޓަރު ފަހައި ދުވަނީ ކޮންކޮން ބައެއްގެ ފަހަތުން ކަން ރައީސް ޔާމީނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ.

މި ކަމުގައި ކިތަންމެ ވަރަކަށް އުމަރަށް ފުރައްސާރަކޮށް ނުބައިމީސް ކުރި ކަމުގައި ވިޔަސް، އެ މީހުންގެ ފައިގައި ޓެގް އެޅުވުމަކީ މިނިސްޓަރު އުމަރު ކުރައްވާ ކަމެއް ނޫނެވެ. މިނިސްޓަރަކީ ރައީސްގެ މައްޗަށް ހުންނަވާ ބޭފުޅެއް ނޫނެވެ. މިނިސްޓަރަކީ ރައީސްގެ ސިޔާސަތުތައް ތަންފީޒުކުރައްވާ ބޭފުޅަކަށް ވާ އިރު، މޮނިކޮން އަމުރުގެ ދަށުން ބަޔަކު ފައިގައި ޓެގް އެޅުވިތާ ހަތަރު މަސް ވެގެން ދިޔައިރު، އެކަމާ ދެކޮޅަށް ރައީސް ފިޔަވަޅެއް ނޭޅުއްވުމުން އެނގެނީ، އެ މީހުންގެ ފައިގައި ޓެގް އަޅުވާފައިވަނީ ރައީސްގެ ސިޔާސަތާ އެއްގޮތަށް ކަމެވެ.

ރައީސްގެ ސިޔާސަތާ ދިމާ އިދިކޮޅަށް އަމަލުކުރައްވާ ވަޒީރަކު އެ މަގާމުގައި ބެހެއްޓެވުމަކީ، ރައީސަކު ކުރައްވާނެ ކަމެއް ނޫނެވެ. އަދި އަމުދުން މާޒީގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ރައީސް ޔާމީނާ އެކަށީގެންވާ ކަމެއް ވެސް ނޫނެވެ. އެކަމަކު ވެސް އާންމުން ހަމަ ގަބޫލުކުރަންވީ، ޓެގް އެޅުވުމަކީ ރައީސް ޔާމީންގެ ސިޔާސަތާ ދެކޮޅަށް މިނިސްޓަރު އުމަރު ކުރައްވާ ކަމެއް ކަމަށް ހެއްޔެވެ؟

29 ކޮމެންޓް, 186 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 6%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަހާރާޖާ

21 June 2016

އުމަރު އިސްތިއުފާދިނީ ރައީސް އެކަން އެގޮތައް ކުރަން އެންގެވުމުން، މި ހުރިހާ ކަމެއްގެ އަސްލަކީ ޔާމީން..... ރުޅިއަޔަސް، ބަޔަކު ދެރަވިޔަސް މީކަން ވެނިމުނުގޮތް.

The name is already taken The name is available. Register?

ސަލީމް

21 June 2016

ޢުމަރަކަށް ޔަމީނާ ބެހޭ ގޮތުން ކުރިން ދެއްކި ވާހަކަތައް ތަކުރާރު ކުރާކަށް ނުކެރޭ.އެއީ ފިނޑިއެއް.

The name is already taken The name is available. Register?

ރުމާލު2

21 June 2016

ކޮންމެހެން ފިތުނަ އުފައްދަން ރައީސް ޔާމީނު ކުރާކަމެކޭ ކިޔަނީ ކީއްކުރަން؟ ރައީސް ޔާމީން އުމަރާއި ހަވާލު ކޮށްފައި އޮތް ކަމަކީ އަމަން އަމާން ކަން ދެމެހެއްޓުން. ރައީސް ޔާމީނެއް ކޮންމެ ދުވަހަކު އުމަރު ކުރާ ކަންކަން ވަކި ވަކީންނެއް ނުބަލާނެ ދޯ ؟ މައިކްރޯ މެނޭޖެއް ނުވާނެ ދޯ ރައީސުލްޖުމުހޫރިއްޔާއަކަށް.

The name is already taken The name is available. Register?

ރުމާލުފޯއްވަޅި

22 June 2016

ހަމަ އެއްގޮތަކަށް ވެސް މައިކްރޯމެނޭޖެއް ނުކުރެއެވެ. ދެން މަ ހީ ހީ. ކަދުރު ޕެކެޓާ ހައްޖު ކޮޓާ އިން ފެށިގެން ގޮސް ބޮޑެތި ކުންފުނިތަކުގެ އެމްޑީން ތަކަށް ދަންދެއް ތިބެނީ މޮނިޓަރކޮށް ޓެގު އަޅުވާފައެވެ. ވާ ވާ މައިކްރޯ މެނޭޖެއް ނުކުރެއެވެ. ގުނބޯ ހެއްދޭ ވަރަށް ވުރެ ގިނަ މީހުން ތިބީ މާ ރޯފިލާފައެވެ. ޕްރޮޕެގެންޑާ ސެންޓަރުން ތިޔަކުރާ ކޮމެންޓަކު ފައިދާއެއް ނެތެވެ.

The name is already taken The name is available. Register?

ނައިންޓީ

21 June 2016

މޮނިކޮމްޓެގް ގެ ސްމޯލް ވައްތަރު އަޅުވަންވީ މަޖިލިސް މެންބަރުންގެ ބަޓަނަށް ފިއްތާލާ އިނގިލީގަ.. ނޫނީ ހަދިޔާ ބަދިޔާގަ ހިފާ އަތުގަ.. ސަޓޯގެ ފައިގަ ޓެގް އެޅުވުން މާ ބޮޑަށްވެސް ލަސްވެއްޖެ ކަމަށް މިހާރު އެބަ ހީވޭ.. ސަބަބަކީ އެ ސަޓޯ ފައިގަ ޓެގް އަޅުގާއިރަށް ރައީސް އާ ހައިކޯޓު އެއޮތީ ގާނޫނާ ޚިލާފްވެފަ. އެހެންވީމާ ވަރަށް ރީތިކޮށް އެބައެނގޭ ސަޓޯއަކީ އަފްރާޝީމް މެރުމުގައި އެއް ޕާޓްކަން. އެކަމުގަ ބައިވެރިވާ އެންމެން ހީކުރަނީތޯ ސަޓޯ މިވަގުތަށް ސަލާމަތްވީމަ ތިމަންނަމެން ސަލާމަތް ވިއްޔޭ.. ނޫން.. އިންސާނަކު ނުހައްގުން މަރައިފިނަމަ އެކަމުގެ ހިތި އެމީހަކަށް ނުވަތަ އެބަޔަކަށް ދުނިޔޭގަ ފެންނާނެ ކަމީ ދުނިޔެ ދައްކާ ހަގީގަތެއް. އެއީ ﷲ ގެ ކުޅަދުންވަންތަކަން. ކިހިނެއްތޯ އެފަރާތަށް ފިލައިން އުޅެނީ.. އުމަރު ނަސީރު ހަތަރެސްފައި ބަނދެފަ ބެހެއްޓިޔަސް އޭނަ އެ ހާމަކުރަނީ ކަމުގެ ހަގީގަތްތައް. މި ރާއްޖެ އިސްލާހްވުން އޮތީ ގޭންގްތައް އުމަރު އެބުނާ ގޮތަށް ސައިޒް ކޮށްގެން.. ގޭންގްތަކާ ގުޅުން ބާއްވާ އަޑީގަ ފިލާތިބި ބޮޑުން އިސްލާޙްވެގެން. މަޖިލިސް މެންބަރުން ހަމަ ބިމަށް ފައިބައިގެން.

The name is already taken The name is available. Register?

ހަސަން.

21 June 2016

ރައީސް ޔާމީނަށް ނުކެރިގެން އުޅެނީ އުމަރު ކަޑާލަން. އުމަރު މިސަރުކާރުން ވަކިވާދުވަހަކީ މިވެރިކަން ވެއްޓޭދުވަސް.

The name is already taken The name is available. Register?

އަލީ

21 June 2016

ކީއްކުރަން އުމަރު އެވަރަކުން ކަނޑާލަނީ އުމަރުއެހެރީ ހެދިގޮތެއް ހެއްދިގެން ހުންނަން، މިއަދު އެކޮޅުކޮޅުން އޮންނާށޭ ވިދާޅުވެއްޖިއްޔާ އެހެންވެސް އޭނާއޮންނާނެ. އެކަމަކު ދިދަޖެހި ކާރުގެއްލޭދުވަހަކުން ސަރުކާރައް އޭނާގެ ނޮހޮރުއްޕާންޖެހިދާނެ ކަމެއްނުކުރެވުނަސް އެއީވެސް އަޑުގަދަމީހެއްވިއްޔަ.

The name is already taken The name is available. Register?

އިބޫ

21 June 2016

މީ ހަމަ އުަމރުވެސް ގުޅިގެން ހިންގާ ގޭސް ގަނދެއް ރައްޔިތުން ލޮލުގައި އަނދުނ އެޅުވުން މިއީ ދޯ....

The name is already taken The name is available. Register?

ޒަމް

21 June 2016

ސަޓޯ އަކީ އަފްރާޝީމް މަރާލި ކަމަށް ދައުވާ ލިބުނު މީހެއް. އެދައުވާއިން އޭނަ ސަލާމަތްވީ "މަރާލުމުގައި ބައިވެރިވި" މިގޮތަށް ދައުވާ ނެތުމުންކަން ވަކީލުން ބުނި ހަނދާންވޭ. އަދިއަދަށް ދާންދެންވެސް އެ ދައުވާއެއް އޭނާގެ މައްޗައް ނުކުރޭ. އުމަރު ސަޓޯގެ ފައިގަ ޓެގް އެޅުވީމަ އުމަރު ގޯސްވީ.

The name is already taken The name is available. Register?

ރޯނުއެދުރު

21 June 2016

ހަމަ ރަގަލަށްވެސް މިހާރު ގަބޫލުކުރން އުމަރަށް ހުރިހާ ބާރު ލިބިއްޖެނަމަ ލަސްވެގެން 24 ގަޑިއިރު ތެރޭ ގޭންގުތަށް ފުނޑާލާނެކަން...ސަރުކާރުން އުމަރުގެ ބާރު މިކަމުގަ ދަށްކުރުމުން ހަމަ ގެއްލުންވާނީ ވެރިކަން ކުރާ ޕީޕީއެމްއަށްކަން ހަނދާން ކުރަންޖެހޭ...ރައީސް ޔާމިން ގެ އިހުލާސްތެރިކަން ނެތްކަން މިއަދު އެބަހާމަވޭ ގޭންގުތަށް ހިމާޔާތް ކުރަން ވީ ކީއްވެ؟؟؟ ޒުވާނުންގެ ރައީސަށް ހީވަނީ ޒުވާނުން ޑިފައިން ކުރަން ނޭގޭހެން ދަންނަވަންތޯ ނާޗާރު ބިޝާރަށް ބޯދިގުކޮށް ލެއްވިހާކުށްކުށަށް އަރާގަންނަށް ޒުވާނުންނަކަށް ނުކިޔާނެ ޒުވާނުންނެކޭ އެއީ ހަމަ ގުންޑޭ ނުވަތަ އައުޓް ލޯސް...ހަގީގީ ޒުވާނުން ފެންނާނެ މިގައުމަށް އެކިއެކި ރޮގުން ކިޔެވުން ކުޅިވަރު މިހެންގޮސް ރީތިނަން ގެންނަ ...ތި އެޅީ ވަރަށް ޅަ އެއްޗއް ކަން ހަނދާން ކުރާތީި ގެއްލޭނ/ީ ހަމަ ވޯޓް ކަން ހަނދާން ކުރާށެވެ

The name is already taken The name is available. Register?

ތުއްތޮންބެ

21 June 2016

ސިޔާސީ ގޮތުން "ޅަކުއްޖެއްހެން" ބައެއްފަހަރު ގާސިމް އުޅުނަސް އެހެން ހުރެފައި ސިޔާސީގޮތުން ފިސާރި "އާރުލާ" ކަންކަންވެސް "މީހުން ލައްވާ" ގާސިމް ކުރުވާކަމަށްވެއެވެ. 2013 ގެ ޕީޕީއެމް ގެ ރިޔާސީ ޕްރައިމަރީ ގަ ޢުމަރު ދެއްކި ވާހަކަތަކުގެ މަތިންނާއި އެ ޕްރައިމަރީގަ ހުރިހާ ބާރެއް ލިބުނީ ގާސިމް އަށް ކަމުގައި މިހާރުގެ ޓޫރިޒަމް މިނިސްޓަރ ވިދާޅުވި ވާހަކަ ހަނދުމަފުޅު އެބަހުރި ދެއްތޯއެވެ؟

The name is already taken The name is available. Register?

މުހައްމަދު

21 June 2016

މި މަސަލާގަ ކުށްވެރިވަނީ ޔާމިން އެންޑު ކޯޓް. ކޯޓުން އަމުރު ނުނެރެ ދިނުމުން ޔާމިން އެކަށްޗެއްވެސް ނުބުނޭ. "ބިގް މޯލްޑިވުސް" ނަމަ ތިހެން ނުވީސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454