02 އޯގަސްޓް

August 02, 2017 46
މަސީހެވެ، ހަގީގަތުގައި ވެސް އިތުބާރެއް ނެތެއް ނޫންތޯ!

ވެރިކަންކުރާ ޕީޕީއެމުން އޮގަސްޓް 26، 2016 ގެ ރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް، އިދިކޮޅު ސިޔާސީ ބޭފުޅުންނަށް އިޝާރާތް ކުރައްވައި ވިދާޅުވީ އިދިކޮޅު ބޭފުޅުންނަށް ބޯޅަ ނުލިބުމުން، މަސައްކަތް ކުރައްވަނީ ދަތިއަޅުވައި ވައްޓާލައިގެން ބޯޅަ ހޯދަން ކަމަށެވެ. އެ ގޮތަށް އިދިކޮޅު ފަރާތްތައް...

02 ޖޫން

June 02, 2017 14
ހުރިހާ ކަމެއް ސަރުކާރުގެ ބޮލަށް ޖަހާފައި ފުއްދާ ނުލާ!

މިއީ ވިޔަފާރިވެރިން ހައްސަ ބާނާ މޫސުމެވެ. އެހެން ގައުމުތަކުގައި ރޯދަ މަހަށް ބާޒާރުގެ އަގުތައް ކަކުލަށް ވުރެ ތިރިވެގެން ދިޔަސް، ރާއްޖޭގައި އަގުތައް ކަރުތާފެނަށް ވުރެ މައްޗަށް އުފުލުމަކީ ދިވެހިންގެ "ރީތި އަދި އޯގާތެރި" އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެ އުސޫލުން މި ރޯދަ މަހު ވެސް މިވަނީ ކާބޯތަކެތީގެ އަގުތައް އިންތިހާ އަށް...

03 މެއި

May 03, 2017 47
ޔާމީންގެ މަރު، ކުރިންނާއި ފަހުން ވެސް އިހުމާލު!

އަނިޔާވެރި ހަމަލާތަކެއްގައި މަރައިލި ޔާމީން ރަޝީދުގެ މަރުގެ ހާދިސާ އަށް ދެ ހަފުތާ ވެގެންދާ އިރު، އެކަމާ ގުޅުވައިގެން ދެކެވޭ ވާހަކަތައް ވަރަށް ތަފާތެވެ. ހަގީގީ ގާތިލުން ހޯދިފައި ނުވާއިރު، އެ މައްސަލައިގެ ތަހުގީގަށް ހުރަސް އެޅުމަށް ނުވަތަ އެ މަރުގެ ހަގީގަތް އޮޅުވައިލުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އެބަދެ އެވެ.

28 މާޗް

March 28, 2017 87
އެންމެންގެ ލޯމަތީ ނެގި ވޯޓަށް މި ހެދީ ކިހިނެއް؟

ރައްޔިތުންގެ މަޖިލީހުގައި މީގެ ކުރިން ވެސް ބޮޑެތި ކިތަންމެ މައްސަލައެއްގައި ވޯޓު ނަގައިފި އެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅި އެވެ. ދެ ނައިބު ރައީސެއްގެ މައްޗަށް އިތުބާރު ނެތް ކަމަށް ވޯޓު ނެގި އެވެ. އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު މަގާމުން ދުރު ވެސް ކުރި އެވެ. ސިވިލް ސާވިސް ކޮމިޝަންގެ ރައީސާ...

28 ފެބުރުއަރީ

February 28, 2017 22
ފަސް މިނެޓް: މިއަށް ވުރެ ޒިންމާދާރު ވާންވެއްޖެ!

ސަރުކާރަށް ފާޑު ކިޔާފައި ނުކިޔާނީ ކޮން ކަމަކަށް ހެއްޔެވެ؟ ސަރުކާރުން ކުރާ ރަނގަޅު އެއް ކަމެއް ވެސް އެބަ އޮތް ހެއްޔެވެ؟ މިއީ އަމިއްލަ ނަފްސާ ކޮށްލަން ހަމަ އެންމެ ރަނގަޅު ސުވާލުތަކެވެ. ފާޑުކިޔުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެކަމަކު ޒިންމާދާރު ވުމަކީ އެހާމެ އުނދަގޫ ކަމެކެވެ.

07 ފެބުރުއަރީ

February 07, 2017 15
ހިންމަފުށްޓަށް ވަޒަން، އެކަމަކު ވެސް ބިރެއް ނެތް!

ސިފައިންގެ އަސްކަރީ މަރުކަޒުތައް އާންމު ގޮތެއްގައި ހަދާފައި ހުންނަނީ، މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރުގަ އެވެ. އަދި އެއީ ހަތިޔާރުގެ ތަމްރީންތައް ހަދާ ތަނެއް ނަމަ، އާންމުން ދިރިއުޅޭ ސަރަހައްދުތަކާ ވަރަށް ދުރުވާނެ އެވެ. އެއީ އެ ތަނުގައި ބޭނުންކުރާ ހަތިޔާރެއްގެ ސަބަބުން، ނުވަތަ ހިނގާ އެކްސިޑެންޓެއްގެ ސަބަބުން އާންމުންގެ...

01 ފެބުރުއަރީ

February 01, 2017 44
ވެރިން ނަޝީދު ފަހަތުން، އާންމުންނަށް އެހެން މަންޒަރެއް

ސިޔާސީ ގޮތުން ވައި ހިނދިފައި އޮތް މި ދުވަސްވަރު ދެއްކެން އޮތް ހަމައެކަނި ވާހަކަ އަކީ، އެޕްރީލް 8ގައި އޮންނަ ލާމަރުކަޒީ އިންތިހާބުގެ ވާހަކަ އެވެ. ލާމަރުކަޒީ ނިޒާމަކީ ރަށާއި އަތޮޅުގެ ތަރައްގީގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ރައްޔިތުން ބާރުވެރިކުރުމުގެ ނިޒާމެއް ކަމަށް ވިޔަސް، މިހާރު އެއީ މުޅިން ސިޔާސީ ނިޒާމެކެވެ. ވަކި...

17 ޖެނުއަރީ

January 17, 2017 79
ފަސް މިނެޓް: ތިޔަ ހީފުޅު ކުރެއްވުނީ ރަނގަޅަކަށް ނޫން

ހިޔާ ބޮޑު ގަހެއްގެ ދަށަށް ވަދެވުމުން ކޮންމެ މީހަކަށް ވެސް ހީވަނީ ތިމަންނާ އަށް މި ހުރީ ނިކަން ބޮޑު ހިމާޔަތެއް ލިބިފައި ކަމަށެވެ. ނަމަވެސް ހަގީގަތަކީ އެއެއް ނޫނެވެ. ބޮޑެތި ނުފޫޒުތަކާ އެކު މަތީ މަގާމުތަކުގައި މަތިހަށި ނަގާފައި އުޅުނު ކިތަންމެ މީހަކު، ހިނދު ކޮޅެއްގެ ތެރޭގައި ބޮކި ޖަހާފައި އަޑި އަށް ދިޔަތަން ވެއަތުވެ ދިޔަ ދެ...

06 ޑިސެމްބަރ

December 06, 2016 9
ފަސް މިނެޓް: ގާނޫނުތަކުގެ ބޭނުމެއް އެބަ އޮތްތަ؟

ޑިމޮކްރެސީގެ އެންމެ އަސާސީ ރުކުނަކީ އެ ބައެއްގެ މެދުގައި ގާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) އޮތުމެވެ. "ޑިމޮކްރެސީ އަކީ ރައްޔިތުންގެ ވެރިކަން" ކަމުގައި ބުނެވެނީ، ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ދެމެހެއްޓުމަށް، ރައްޔިތުންގެ މަންދޫބުން ހަދާ ގާނޫނުތަކާ އެއް ގޮތަށް ދައުލަތުގެ ތިން ބާރުންމެ އަމަލު ކުރުމަށް އެކަށައެޅިފައި އޮންނަ...

28 ނޮވެމްބަރ

November 28, 2016 28
އެމްޑީއޭގެ މެމްބަރެކޭ ބުނުމަކީ އަބުރާ ބެހުންތަ؟

އަބުރުގެ ގާނޫނު ފާސް ކުރުމުގެ މަރުހަލާގައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް މީޑިއާތަކުގެ ވަރަށް ގިނަ މީހުން ގެންގޮސް ޚިޔާލާއި މަޝްވަރާ ހޯދި އެވެ. ނަމަވެސް މަޖިލީހުން އެ ގާނޫނު ފާސްކޮށް ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވީ ވެސް ނޫސްވެރިންގެ ކަންބޮޑުވުންތަކަށް އެދެވޭ ހައްލެއް ހޯދައި ނުދީ އެވެ.

08 ނޮވެމްބަރ

November 08, 2016 52
އަސްލު ސައިޒް ފެންނަން އަދި ގާތް ވެސް ނުވޭ!

މިދިޔަ ހުކުރު ދުވަހުގެ ރޭ ރައީސް ޔާމީންގެ ޕީޕީއެމް ފެކްޝަނުން، ބޭއްވި ޖަލްސާ އަށް އެތައް ފާޑުކިޔުމެއް އަމާޒުވި އެވެ. އެންމެ ފުރަތަމަ، ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން އެ ޖަލްސާ އަށް ދާން އެންގުމުންނެވެ. އަދި ދެ ވަނަ ކަމެއްގެ ގޮތުން އެ ޖަލްސާ އަށް އެކި ރަށްރަށުން ގެނައި މީހުންނަށް...

01 ނޮވެމްބަރ

November 01, 2016 26
ކޮލަމް ފަސް މިނެޓް: ރައްޔިތުން އަދިވެސް ބަލަނީ ފޮޓޯ

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕޭންގެ ތެރޭގައި، ޕީޕީއެމާއި އެމްޑީއޭ ގުޅިގެން، އޮގަސްޓް 20، 2013ގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވި އެވެ؛ "މި ރިޔާސީ އިންތިހާބު މި އެނބުރެނީ އިތުބާރުގެ މައްޗަށް. ރައްޔިތުން އިތުބާރު ކުރަންވީ ކޮން ސިޔާސީ ލީޑަރަކަށްތޯ؟ ރައްޔިތުން އިތުބާރު...

18 އޮކްޓޯބަރ

October 18, 2016 7
ކޮލަމް، ފަސް މިނެޓް: މިހާރު ތިހެން ވިދާޅުނުވޭ!

ރާއްޖޭގައި މިހާރު މި ހިނގާ ފަދަ ކަންކަން ހިނގަނީ ދުނިޔޭގެ އެހެން ކޮން ގައުމެއްގައިތޯ ބައެއް މީހުން ސުވާލުކުރެ އެވެ. މިއީ ގައުމެއް ހިނގާ ގޮތްތޯ ވެސް ބައެއް މީހުން ސުވާލު ކުރެ އެވެ. މި ފަދަ ސުވާލުތައް އަޑު އިވުމުން ހަނދާނަށް އަންނަނީ ރައްޓެއްސަކު ރާއްޖޭގެ ހަގީގަތް ސިފަކޮށްދިން ގޮތެވެ. އޭނާ ބުނި ގޮތުގައި މިއީ އިންސާނުން ދިރިއުޅެން...

16 އޯގަސްޓް

August 16, 2016 8
ދުސްތޫރުން މަނާ، ގާނޫނުން ހުއްދަ

ދިވެހިރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީގައި، ހަމަ އެންމެ މީހަކަށް ނިސްބަތްކޮށް ހަދާފައިވާ މާއްދާއެއް އެބަ އޮތޭ ބުނެފިއްޔާ ގަބޫލުކުރާނީ ކިތައް މީހުން ހެއްޔެވެ؟ އެ މާއްދާ، ރާއްޖޭގެ އާބާދީގައި މިހާރު ތިބި 350،000 މީހުންގެ ތެރެއިން އެހެން އެއްވެސް މީހަކަށް ނިސްބަތެއް ނުވާނެ އެވެ. އަދި ދުނިޔޭގެ އެހެން ގައުމެއްގައި...

08 އޯގަސްޓް

August 08, 2016 32
ފާޑު ކިޔުމާއި އަބުރާ ބެހުން، މުޅިން ތަފާތު ދެ ކަމެއް

އިސްލާމް ދީނަކީ ބުއްދީގެ ދީނެވެ. ﷲގެ އެއްކައުވަންތަކަމަށް ވާސިލުވުމަށް ވެސް އިސްލާމް ދީނުގައި ދައްކަވާފައިވާ މަގަކީ ބުއްދީގެ ބޭނުން ހިފައި ވިސްނައި ފިކުރު ކުރުމެވެ. ކުރީގެ އެއްވެސް ޝަރީއަތެއްގައި އަދި އެއްވެސް ދީނެއްގައި ބުއްދި އަށް ދީފައި ނުވާ ފަދަ މަތިވެރި މަގާމެއް އިސްލާމް ދީނުގައި ދެއްވާފައިވެ އެވެ. އަދި ﷲ ވޮޑިގެންވާ ކަމުގެ...

01 އޯގަސްޓް

August 01, 2016 11
ފަސް މިނެޓް: މަތީ މަގާމުތަކަކީ ބޮޑު ބާރުތަކެއް ނޫން

އާއިލާތަކާއި މުޖްތަމައުތަކާއި ގައުމުތައް އުފެދިފައި އޮންނަ އިރު، އެކި ފެންވަރުގައި ވެރިން ތިބެ އެވެ. އާއިލާއެއްގައި ވެސް ވެރިއަކު ހުރެ އެވެ. ކޮންމެ މުޖްތަމައެއްގައި ވެރިން ތިބެ އެވެ. އިހުގައި އެމީހުންނަށް ކިޔައި އުޅެނީ ކަމުވޮށިގެންވާ މީހުންނެވެ. ގައުމާއި ދައުލަތުގައި ވެސް ވެރިން ތިބެ އެވެ. އިންސާނީ އާންމު އުސޫލަކީ ވެސް...

25 ޖުލައި

July 25, 2016 8
އަބުރުގެ ބިލް، ކުރިއަށް ވުރެ ވެސް ގޯސް

މި އަހަރުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، "އަބުރު ރައްކާތެރި ކޮށްދިނުމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ބިލް" ނޫސްވެރިންނަށް ކަމުނުދިޔައީ، އެއީ ނޫސްވެރިކަމާ ދެކޮޅަށް އެކުލަވާލާފައި އޮތް ބިލަކަށް ވާތީ އެވެ. އެކަމަކު އެ ބިލުން ހުރަސްއެޅެނީ ހަމައެކަނި ނޫސްވެރިކަމަކަށް ނޫނެވެ. އާންމު ރައްޔިތުންނަށް ލިބިގެންވާ...

17 ޖުލައި

July 17, 2016 29
ފަސް މިނެޓް: ދިވެހި ގައުމު 4 އަބްދުﷲގެ އަތްމަތީގައި

ދިވެހި ދައުލަތުގެ ތިން ބާރަކީ ތަންފީޒީ ބާރާއި ގާނޫނު ހެދުމުގެ ބާރާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރެވެ. އެއީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ކޯޓުތަކެވެ. މި ތިން ބާރުގެ އެންމެ އިސް ވެރިންނަކީ ގައުމުގެ އެންމެ އިސް ވެރިންނެވެ. އޭގެ ތެރެއިން ސަރުކާރުގެ އެންމެ މަތީ ވެރިންނަކީ ރައީސާއި ނާއިބު ރައީސެވެ. ރައްޔިތުންގެ...

11 ޖުލައި

July 11, 2016 12
ފަސް މިނެޓް: އާރާއި ބާރުގައި ހިތް ތިރި ކުރުމަކީ މިއީ

ޝާމްކަރަ ފަތަހަ ކުރުމަށް ޢުމަރުގެފާނު ފޮނުއްވި ލަޝްކަރު ދިމިޝްގު ފަތަހަކޮށް ނިމުމާ އެކު، މުސްލިމުންގެ ކޮމާންޑަރު އަބޫ ޢުބައިދާ، ޤުދުސްގެ އަހުލުވެރިންނަށް ސިޓީއެއް ފޮނުއްވި އެވެ. އިސްލާމް ވުމަށެވެ. އިސްލާމް ނުވި ނަމަ މުސްލިމުންނަށް ޖިޒީ ދީގެން ތިބުމެވެ. ޖިޒީ ދިނުމަށް ވެސް ނުރުހޭ ނަމަ، ހަނގުރާމަ ކުރުމެވެ. އެއީ ހިޖްރަ އިން 15 ވަނަ...

04 ޖުލައި

July 04, 2016 37
ބޮޑީ ތިން މީހުންގެ ހައްގުތަ؟ 70 މީހުންގެ ހައްގުތަ؟

ސިވިލް ކޯޓުގެ އަނިޔާވެރި އަމުރަކުން، ހަވީރު ނޫސް ހުއްޓުވި އިރު، އެ ނޫހުގައި އެެއްވެސް ހައިސިއްޔަތަކުން މަސައްކަތް ކުރި އެއްވެސް މީހަކަށް އިއްޔެ އިން ފެށިގެން ދެ އަހަރު ދުވަހުގެ ތެރޭގައި، މީޑިއާގެ އެއްވެސް ވަސީލަތެއްގައި މަސައްކަތް ކުރުން މަނާ ކޮށް ކޯޓުން ކުރި ހުކުމަކީ، އަނިޔާވެރިކަން އޭގެ އިންތިހާގައިވާ ހުކުމެކެވެ. އިސްލާމީ...