ޑިފެންސް މިނިސްޓަރު މާރިޔާ އާއި ސިފައިންގެ އިސްވެރިން މަޖިލީހުގެ ކޮމެޓީގައި: ރާއްޖޭގެ ކަނޑުގެ ޗާޓު ވިއްކައިގެން އިންޑިއާ އާއި ރާއްޖެއަށް ފައިދާ ލިބޭނެ ކަމަށް އެމްއެންޑީއެފް އިން ބުނޭ --- ފޮޓޯ/މަޖިލިސް
13 ނޮވެމްބަރ 2021 - 15:37
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ޗާޓުތައް ކުރަހައި، ވިއްކުމާ ބެހޭގޮތުން ހެދި ހައިޑްރޯގްރަފީ އެއްބަސްވުން ހެދީ އިންޑިއާ އާއި ރާއްޖެއަށް ފައިދާ ލިބޭ ގޮތަށް ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
ހައިޑްރޯގްރަފީ ސާވޭ އެއްބަސްވުމާއި ޑޯނިއާ މަތިންދާބޯޓުގެ އެއްބަސްވުން އިންޑިއާއާ އެކު ހެދުމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީގައި ވާހަކަ ދައްކަވަމުން އެމްއެންޑީއެފްގެ ލެފްޓިނެންޓް ކާނަލް ހަސަން އާމިރު ވިދާޅުވީ އެއްބަސްވުން ގާއިމްކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުން ސޮއިކުރި ޑިފެންސް ކޯޕަރޭޝަން އެއްބަސްވުމުގެ ދަށުން ކަމަށެވެ. އަދި އޭރު ދެ ގައުމުން އެއްބަސްވީ ދެ ގައުމުން ހަމަހަމަ އުސޫލުން ފައިދާވާނެ ގޮތަށް އަދި ގާނޫނީ އިމުގެ ތެރެއިން ކަމަށާއި އެހެންވެ، ސާވޭއަށް ފަހު ރާއްޖޭގެ ޗާޓު ބޭރު ގައުމުތަކަށް ވިއްކުމުން ރާއްޖެއަށް އާމްދަނީ ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޭރު ފަރާތަކަށް ވިއްކާ ކަމަށް ވަންޏާ އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް އެބަ ޕޭ ކުރޭ ރޯޔަލްޓީގެ ގޮތުގައި 25 ޕަސެންޓް. ވެލުއޭޓެޑް ޓެކްސްއެއްގެ ތެރެއިން ވިއްކިޔަސް، 25 ޕަސެންޓް ރޯޔަލްޓީ އަޅުގަނޑުމެންނަށް އެބަ ލިބޭ. އަޅުގަނޑުމެންނާ ގުޅިގެން އެކަމަކު އިންޑިއާގެ ވަރަށް ބޮޑު އެހީތެރިކަމާ އެކު އެ މީހުން ޗާޓް ޕްރޮޑިއުސްކޮށް، ޗާޓު ވިއްކައިގެން އަނެއްކާވެސް އޭގެ ކެޓަލޮގް ޕްރައިސް އިން އަޅުގަނޑުމެންނަށް 35 ޕަސެންޓް އެބަ ލިބޭ." އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއްބަސްވުމުގައި ސޮއި ކުރިޔަސް، އެހެން ގައުމަކާ ގުޅިގެން ވެސް އެފަދަ ސާވޭއެއް ހެދުމަކަށް ހުރަހެއް ނެތެވެ. އަދި ސާވޭ ހެދޭނީ ވެސް ދިވެހި ސިފައިން ތިބެގެން ކަމަށާއި އެކަމަށް އިންޑިއާ މީހުން ރާއްޖެ އާދެވޭނީ ވެސް ސަރުކާރުގެ ހުއްދަ ލިބިިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މީހުން ތިބެގެން ސާވޭ ކުރިއަށް ގެންދެވޭނީ. އެއީ އަޅުގަނޑުމެންގެ މީހުން ޓްރެއިން ކުރުމާ ސާވޭ ކުރުން މި ޕްރޮވިޝަންގެ ތެރޭގައި ހިމެނިފައިވާތީ." އާމިރު ވިދާޅުވި އެވެ.
އާމިރު ރާއްޖޭގައި ހައިޑްރޯގްރަފީ ސާވޭއެއް މުހިންމު ކަމަށާއި އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުތަކުގެ ރައްކާތެރިކަމާއި ކަނޑުގެ މުއްސަނދިކަން ލިބިގަތުމަށްޓަކައި އެފަދަ ސާވޭއެއް އޮންނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކަނޑުމަތީގެ ހާދިސާއެއް ދިމާވިޔަސް، ވަގުތުން އެހީ ފޯރުކޮށް ދިނުމަށާއި އަދި ބޭރުގެ ބޮޑެތި ބޯޓުތައް ރާއްޖޭގެ ސަރަހައްދަށް ވަދެ ނިކުތުން ފަދަ ކަންކަމަށް ވެސް އެފަދަ ސާވޭއެއް މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ބޭނުންކުރާ ކަނޑުގެ ޗާޓުތަކަކީ 19 ވަނަ ގަރުނުގައި އިނގިރޭސިން ތައްޔާރުކުރި ޗާޓުތަކެއް ކަމަށާއި އެކަމަކު ކަނޑުގެ ސަރަހައްދަށް އައިސްފައިވާ ބަދަލުތަކާ ހެދި، މިހާރު އެ ޗާޓުތަކަކީ އެންމެ ފުރިހަމަ ޗާޓުތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖެ ސަރަހައްދުން ދަތުރުކުރާ ބޭރުގެ ކަނޑު އުޅަނދުތަކަށް ރައްކާތެރިކަމާ އެކު ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަކީ ބައިނަލްއަގްވާމީ މުއާހަދާތަކުގެ ދަށުން ކުރަންޖެހޭ ކަމަކަށް ވާތީ އެއީ މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ސުވާލު ކުރެއްވީ ޗާޓުތަކުގެ މިލްކުވެރިކަން އިންޑިއާއިން ލިބޭ ގޮތަށް ހެދީ ކީއްވެގެންތޯ ވިދާޅުވެ އެވެ. އަދި ރާއްޖޭގެ ކަނޑުގެ މުއްސަނދިކަމާ ބެހޭ މައުލޫމާތު ބޭރުގެ ފަރާތްތަކަށް ނުލިބޭނެ ކަން ކަށަވަރު ކުރާނީ ކިހިނެތްތޯ އާއި އެންމެ 25 ޕަސެންޓްގެ ރޯޔަލްޓީއަކަށް އެއްބަސްވީ ކީއްވެގެންތޯ ވެެސް އޭނާ ސުވާލު ކުރެއްވި އެވެ.
ކޯސްޓްގާޑްގެ ކޮމަޑާންޓް މުހައްމަދު ސަލީމް ވިދާޅުވީ ހައިޑްރޯގްރަފީ ސާވޭގެ ބޭނުމަކީ ނެވިގޭޝަނަށް ބޭނުންވާ ޗާޓުތައް ކުރެހުން ކަމަށާއި އެކަން ކުރެވެނީ ބައިނަލްއަގްވާމީ މިންގަނޑުތަކެއްގެ ތެރެއިން ކަމަށެވެ. އަދި މީގެކުރިން ވެސް އެފަދަ ސާވޭތަކެއް އިިނގިރޭސިވިލާތާ ގުޅިގެން ހެދި ކަމަށާއި އޭގެ ޗާޓުތައް މިހާރު ވެސް ވިއްކަމުން ދިޔަޔަސް، އެ ތަކެތިން ރާއްޖެއަށް އާމްދަނީ ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސާވޭ ހެދޭނެ ސަރަހައްދުތައް ކަނޑައެޅުމުގެ ބާރު ދިވެހި ސަރުކާރަށް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޕްރިއޮރިޓީ ދޭ ތަންތަނަށް ޗާޓުތައް އުފައްދަމުން މި އަންނަނީ. އަޅުގަނޑުމެން ބޭނުން ގޮތަކަށް އެކަން ލިމިޓް ކުރެވޭނެ. އަޅުގަނޑުމެންގެ ކޮމިޝަނެއްގެ ތެރެއިން ސަރުކާރުގެ ވަރަށް ގިނަ އިދާރާތަކާ ގުޅިގެން ކަނޑައަޅާ ތަންތަނެއް ސާވޭ ކުރުމުގެ މަސައްކަތް ކުރިއަށް މި ގެންދަނީ." އޭނާ ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވިދާޅުވީ އެ އެއްބަސްވުމުގައި ސޮއިކުރިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު މިހާތަނަށް ސާވޭކުރީ ދެ ސަރަހައްދެއް ކަމަށެވެ. އަދި އެއީ ކަނޑުދަތުރުފަތުރާއި ސަލާމަތާ ގުޅޭ ކަންކަމަށް މުހިިންމު ސާވޭއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހުތާން
14 November 2021
ހުރިހާ އެެއްޗެއް ވިއްކާ ކުއްޔަށްދީ އަދި ނުވިތާކަށް އާދައިގެ ރައްޔިތުންގެ އަތުން ނަގާ ޓެކުސްތަކުން ހުރިހާ މަންފާއަކާއި ފައިދާއެއް ތި ނަގަނީ އެއިރަކު ވެރިކަން ހިންގާ މަދުބަޔަކާއި 500 އެއްހާ މީހުންނަށް. ނޫންތޯ؟؟؟
ހާމަ333
14 November 2021
ކޮންމެ އެއްޗެެއއ ވިއްކިޔަސް ތި ވިއްކައިގެން ލިބޭ އާމްދަނީ ވަންނަނީ ކޮންތާކަށްހޭ...ގައުމުގެ ދާހިލީ ސިއްރުތައް ބޭރުގައުމުތަކަށް ވިއްކުމަކީ އަމިއްލަށް ބަރަހަނާ ވުންނޫން ދެން ކޮންކަމެއްތޯ...ތީ ހަމަ އެކަހަލަ ފޮޓޯ ވިއްކުން ފަދަ ކަމެއް...
މަހޭ
14 November 2021
ނުވިއްކާ އެއްޗެއް ބާކީ އެބައޮތްތޯ
ބޮޑުވަރީޒު
14 November 2021
ހަމަ އެމްއޯޔޫގައި އެއްބަސްވެފައިވާ ހުރިހާ ކަމެއް މިދަނީ ކުރަމުން!! ވަރަށް ދެރަ! - ހައިޑްރޮގްރަފީ ޗާޓްވެސް ހެދުމާއި ވިއްކުމާއި ހުރިިހާ ކަމެއްވެސް ހަމަ ތި ދިނީ! މިކަމުގައި މިސަރުކާރުން މިކުރަމުން ގެންދާ ކަންކަމަށް ފުރިހަމަ ޒިންމާ ނަގަންޖެހޭނެ - ދިވެހި ރައްޔިތުން ގެ ނުވަތަ ރައްޔިތުން ތަމްސީލު ކުރާ މަޖިިލީހުގެ ރައުުޔު ނެތި، ދޭދޭ ޤައުތަކާއި އެކު ހައިސިއްޔަތު ލިބުުމުގެ ކުރިން ކަންކަން ނިންމާ އެކަން ކުރަން ތަންފީޒުކުރުމަކީ ހާއިނުނުންގެ ސިފަ!
ރެނދަން
14 November 2021
މާރިޔާމެންނަށް ހާވާނެ ހަޑިއެއް ނޭގިގެންތަ މިއުޅެނީ.
ރަދީފްއޮފިޝިއަލް
14 November 2021
ޗާޓް ވިއްކީމަ ކޮންމެވެސް ބަޔަކަށް ދަށުން ދަމާ ކުޅެ ސުޕާރީ ލިބޭނެ.
އުދުހޭ
14 November 2021
މެރިން ޖީޕީއެސް ފަދަ ވަސީލަތްތަށް އުފައްދާ ކުންފުނިތަކަށް އެތައް މިލިޔަން ޑޮލަރަކަށް ތިޔަ ޗާޓު ވިއްކުމުގެ ފުރުސަތު އެބައޮތް.
މަޒް
14 November 2021
ޗާޓު ވިއްކައިގެން ބިލިއަނުން ލިބެނީތަ އަނެއްކާ؟ ރިސޯޓުތައް ހުއްޓާލާފައި ރިސޯޓު އޯނަރުންވެސް ޗާޓު ކުރަން އުޅެމާ ބަހީ.. ބޭރު ފައިސާ ރާއްޖެއަށް ވަންނާނެެ އެންމެ ބޮޑު އިންޑަސްޓްރީއަށް ވާނެ
ވގުމޯދ
13 November 2021
ކުރި ފަހރު ދިވެހިންނަށް ކޮޕީ ދޭނެ ކަމަށް ވަޢުދުވެ ނެގި މިރާއްޖޭގެ އޭރިއަލް ފޮޓޯތައްވެސް މި ރާއްޖެއަށް ނުދިން ބއެއްތީސ
ޖަހަންގީރު
13 November 2021
ބޮޑެތި ނޭވީތަކުން ރާއްޖެކަހަލަ ގައުމުތަކުގަ ހައިޑްރީގްރެފިކް ސާވޭހަދަނީ ޗާޓުކުރަހައިގެން ވިއްކާފަ ދޮޅަހަކަށް ޑޮލަރު ހޯދާކަށްނޫން، ކަނޑުއަޑީގަ ސަބްމެރިން ގެންގުޅޭތީ ކޮންމެހެން ހޯދަންޖެހޭ މައުލޫމާތު އެއްކުރަން.