ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު
07 ޑިސެމްބަރ 2021 - 12:23
ކޮވިޑް-19ގެ އާ ވޭރިއަންޓް އޮމިކްރޮން ގެ ސަބަބުން، އިންޑިއާގެ ޓޫރިސްޓުން ރާއްޖެ އަށް ކުރާ ދަތުރުތައް ފަސްކުރަން ފަށައިފި އެވެ.
އެ ގައުމުގެ ޓްރެވެލް އެޖެންސީތަކާއި އެއާލައިންތަކާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި، މިއީ ދެ ގައުމުން ވެސް އާ ވޭރިއަންޓް ފެނިފައިވާތީ އައި ބަދަލެކެވެ. އެގޮތުން، މި މަހުގެ ފަހުކޮޅާއި އަންނަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އަންނަން ބުކިން ހައްދާފައިވާ ޓޫރިސްޓުންގެ ދަތުރުތައް އަންނަ އަހަރުގެ މާޗު މަހަށް ފަސްކޮށްފައިވާ ކަމަށް އިންޑިއާގެ މީޑިއާ އިން ރިޕޯޓް ކޮށްފައި ވެ އެވެ.
އެ ގައުމުގެ ޓްރެވެލް އެޖެންޓް ފެޑަރޭޝަންގެ ޖޮއިންޓް ސެކްރެޓަރީއާ ހަވާލާދީ ބުނިގޮތުގައި، ފިނި މޫސުމާ ދިމާކޮށް ގިނަ ބަޔަކު ރާއްޖެ އަންނަން ބުކިން ހެއްދި ނަމަވެސް ކެންސަލް ކުރުމުން ރިފަންޑް ނުލިބޭތީ ދަތުރުތައް ފަސް ކުރަނީ އެވެ. ނަމަވެސް ދަތުރު ކުރާ މީހުންގެ އަދަދަށް އަދި މާބޮޑު ބަދަލެއް ނާންނަ ކަމަށް އޭނާ ބުންޏެވެ.
އިންޑިއާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެ ގައުމުން ރާއްޖެ އަށް ދަތުރު ކުރަމުން އަންނަނީ ދެ ގައުމުގެ ދެމެދުގައި ހަދާފައިވާ "ޓްރެވެލް ބަބުލް"ގެ ދަށުންނެވެ. މި އަހަރުގެ މިހާތަނަށް 261،164 ޓޫރިސްޓުން އިންޑިއާ އިން ވަނީ ރާއްޖެ އައިސްފަ އެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 79 ޕަސެންޓުގެ އިތުރުވުމެކެވެ.
ރާއްޖެ އިން މިހާތަނަށް ފެނުނީ ކޮވިޑްގެ އާ ވޭރިއަންޓުގެ އެންމެ ކޭހެކެވެ. މި ވޭރިއަންޓަށް ޕޮޒިޓިވް ވީ ސައުތު އެފްރިކާ އިން މިދިޔަ މަހުގެ 21 ވަނަ ދުވަހު ރާއްޖެ އައި ޓޫރިސްޓެކެވެ. އެ މައުލޫމާތު ލިބިފައިވަނީ ޖީނޯމިކް ސީކުއެންސިން ހެދުމަށް މިދިޔަ އަންގާރަ ދުވަހު ރާއްޖެ އިން ބޭރަށް ފޮނުވި ސާމްޕަލްތައް ޓެސްޓުކުރުމުންނެވެ.
ރާއްޖެ އިން އޮމިކްރޮން ވޭރިއަންޓު ފެނުމުން ހޮންކޮންގުން ވަނީ ރާއްޖެ އަށް ދަތުރުކުރުން މަނާ ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސެލަރު
07 December 2021
"އިންޑިޔާވޭރިއަންޓް" ފެނިގެން އުޅުނުއިރު މެދުއިރުމައްޗަށް ދާ އިންޑިޔާމީހުން ކަރަންޓީނުކުރީ ރާއްޖޭގަ. އޭރު ހީވަނީ ގޮށްފުޅަނގި ރާއްޖެއަށް އަރަނީއޭ. ހޯބޯލަވާފަ އޮތީ އެއާޕޯރޓަށް ދަންދެން. އެކަމް މިހާރު ރާއްޖެއިން މީތިފެނުނީމާ މިމީހުން ބިރުގަންނަނީ؟ އޭރު އުޅުނީ ރާއްޖެއަށް އޭތި ފަތުރަންތަ؟ ލަދުކޮބާ؟ އިންޑިޔާ އައުޓް
ޚަލީމް
07 December 2021
ޢަހަރުމެންނަށް ރަނގަޅީ ތިގޮތް
ޙުސެންބެ
07 December 2021
ޢިންޑިއާ އައުޓު ގޮވާތީ. ޠާމީނޫ އަހަރުމެންގެ ގެސްޓްހައުސް އަށް ގެއްލުންދޭން ނޫޅުއްވާތި. ތީތި ކަޑަ.
އަސްތާ
07 December 2021
ދިވެހިންގެ ޖީބަށް ޕައުންޑްވަނުން ލަސްވާނެ ގޮތް ތިޔަވީ.
ށަވިޔަނި
07 December 2021
ރަނގަޅު ނިންމުމެއް. ރާއްޖެއިންވެސް އެގައުމަށް ދިއުން މަދުކުރަންވީ.
މުރޭ
07 December 2021
ކޭ ހާދަ މޮޅޭ. މަށަށް ކުރިން ނުވިސްނުނީއޭ
ނުގޮސް
09 December 2021
ދާންބޭނުންވެގެން ނޫން އިންޑިއާއަށް ދަނީ. ރާއްޖޭން ބުނާނެ ޓެސްޓުހަދާފަ އެއްވެސް މައްސަލައެއް ނެތޭ. ދެން ބަލިމީހާއަށްއަޅާ ވޭން ބޮޑުކަމުން ދާއިރު މިއޮންނަނީ ބޮޑުގެއްލުމެއް ވެފަ. ލިވަރ އިންފެކްޝަން، މައިބަދައިގެ އޮޕަރޭޝަން ނޫނީ ބައިޕާސް ހަދަންޖެހިފަ. އައިޖީއެމްެޗް އަށް ނުއެއް ދެއްކޭ. އޭޑީކޭ އިން ބުނީ ގެޔަށްދާށޭ، އެކަމު މިއޮންނަނީ އިންޓާނަލް ޑެމޭޖުވެފަ. އެހެންވީމާ އިންޑިއާއަށް ނުދާށޭ ބުނަން ފަސޭހަ. ނުގޮސް ނުވާތި ދަނީ.