ށ. ފުނަދޫ ސްކޫލްގެ ފާރުގައި "އިންޑިއާ އައުޓް" ޖަހައިފައި.
16 ޖެނުއަރީ 2022 - 14:50
ގޭގޭގެ ފާރުތަކުގައި ވެސް "އިންޑިއާ އައުޓް" ލިޔަން އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔަމީން ގޮވާލައްވާފައި ވަނިކޮށް ށ. ފުނަދޫ ސްކޫލްގެ ފާރުގައި މިއަދު އެހެން ލިޔެފި އެވެ. އަދި ސްކޫލުގެ ފާރުގައި "އިންޑިއާ އައުޓް" ލިޔުނު މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އިންޑިއާ ޓީޗަރުން ވެސް ކިޔަވައިދެމުން އަންނަ ފުނަދޫ ސްކޫލްގެ އުތުރު ފަރާތު ފާރުގައި އިނގިރޭސި ބަހުން "ސޭ ނޯ ޓު އިންޑިއަން" އާއި "އިންޑިއާ އައުޓް" ވަރަށް ބޮޑުކޮށް ލިޔެފައި ވެ އެވެ.
ފުނަދޫ ސްކޫލުގެ ފާރުގައި އެހެން ލިޔުނުއިރު، އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް، އިދިކޮޅުން އިސްވެ ހިންގަމުން ދާ "އިންޑިއާ އައުޓް" ކެމްޕެއިނަށް މިދިޔަ ހަފުތާގައި ޔަމީން އެ ރަށަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވަނީ ގޭގޭގެ ފާރުތަކުގައި "އިންޑިއާ އައުޓް" ޖަހަން ގޮވާލައްވައިފަ އެވެ.
"މި ރަށުގައި އަޅުގަނޑު ހަމަ ވަރަށް އުފާވާނެ މިއަދު ތި ދައްކުވައިދިން މަންޒަރު، ހަމަ ޓީޝާޓުގައި ޖަހާފައި ހުރި އެއްޗެހި ގޭގޭގެ ފާރުގައި ޖަހާލަންވީ ނޫންތޯ. އެއީ އަޅުގަނޑުމެންގެ ހިތުގެ އެތެރޭގެ ޝުއޫރު،"
"މި ރަށުގައި އަޅުގަނޑު ހަމަ ވަރަށް އުފާވާނެ މިއަދު ތި ދައްކުވައިދިން މަންޒަރު، ހަމަ ޓީޝާޓުގައި ޖަހާފައި ހުރި އެއްޗެހި ގޭގޭގެ ފާރުގައި ޖަހާލަންވީ ނޫންތޯ. އެއީ އަޅުގަނޑުމެންގެ ހިތުގެ އެތެރޭގެ ޝުއޫރު،" އިންޑިއާ އައުޓް ޖަހާފައިވާ ޓީޝާޓަށް އިޝާރަތްކުރައްވާ ޔާމީން ވިދާޅުވެފައިވެ އެވެ.
އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ސަޕޯޓަރުން ށ. ފުނަދޫގައި ބޭއްވި "އިންޑިއާ އައުޓް" ހަރަކާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ޕީޕީއެމް
މިކަމާ ގުޅޭ ގޮތުން، ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހިމްފުޅު "މިހާރު" އަށް ވިދާޅުވީ ސްކޫލް ފާރުގައި "އިންޑިއާ އައުޓް" ލިޔެފައިވާ ކަމަށް ބެލެވެނީ ރޭގެ ވަގުތެއްގައި ކަމަށާއި ކައުންސިލުން މި މައްސަލަ ފުލުހުންނަށް ވެސް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މިއީ އެ ރަށުގެ ބަޔަކު ކޮށްފާނެ ކަމެއް ކަމަށް އޭނާ ގަބޫލުނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ހަމަ ޔަގީން މިއީ މި ސަރުކާރުގެ ބަޔަކު އަޑީގައި ތިބެގެން ބަޔަކު ލައްވާ ކުރުވި ކަމެއް،" އޭނާ ތުހުމަތުކުރެއްވި އެވެ.
ސިޔާސީ ގޮތުން ޖެހޭ މައްސަލަތައް ސްކޫލްތަކުގެ ތެރެއަށް ނުވެއްދުމަށް ގޮވާލާއި މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ވެސް ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. މި ސަރުކާރުގެ ބައެއް އިސްވެރިން ވެސް ވަނީ މިކަމަށް ފާޑުކިޔައިފަ އެވެ.
ރާއްޖޭގައި އިންޑިއާގެ އަސްކަރީ ސިފައިން ތިބުމާ ދެކޮޅަށް، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިންގާ ކެމްޕެއިނުގެ ތެރެއިން، އެކި ދުވަސް މަތިން މާލޭގައި މުޒާހަރާތައް ބާއްވަ އެވެ. އަދި މި ކެމްޕެއިން އިތުރަށް ފުޅާކޮށް، ޕާޓީގެ އިސް ލީޑަރުންނާ އެކު ރަށްރަށުގައި ވެސް މުޒާހަރާތައް ބާއްވާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިނބޫ
20 January 2022
ބަލާފަ ބަހައްޓާ! ބަލާފަ ބަހައްޓާ! ނޭވާހޮޅިއަށް އަޅުވާފަ އަބަދު ބައިތިއްބަންވީ.??? ހާދަ މަޖަލޭ. އިންޑިއާ އައުޓް! އިންޑިއާ އައުޓް! އިންޑިއާ އައުޓް!
ށ. ފުނަދޫ ކުޅަނދު މަދުމީހުން
18 January 2022
"އަޅުގަނޑަށް ހަމަ ޔަޤީން މިއީ މިސަރުކާރުގެ ބަޔަކު އަޑީގައި ތިބެގެން ބަޔަކު ލައްވާ ކުރުވި ކަމެއް" މިހެން ކައުންސިލްގެ ރައީސް ބުނި ހިސާބުން ސާފްވޭ ފިޠުނަވެރިކަން އޮތް މިންވަރު! އެރަށަށް ރ. ޔާމީން ވަޑައިގެން ފާރުތަކުގައި އިންޑިއާ އަުޓް ޖެހުމަށް އެދިވަޑައިގަތް ވާހަކަ އެ ޖާހިލު ނުބައި މީހާގެ ހަނދާނަކު ނެތެވެ.
ފފފފފ
17 January 2022
ތިކަންކުރި މިހެއްހޯދާ އެމީހާގެ ވަނަވަރާ ސިޔާސީ ފިކުރު ރައްޔިތުންނަށް ސަރުކާރުން ހާމަ ކޮށްދީފިނަމަ އަހަރެމެން ގަބޫލުކުރާނަން މިސަތުކާރުން ދައްކާވަހަކަ. މިހާނަށް މިސަރުކާރުން ފިތުނަ އުފެއްދުމަށް ދޮގުހެދުން ނޫން އެއްވެސް ކަމެއް ނުކުރޭ!
އަސްލު.
17 January 2022
ކުރީގެ ރައީސް ގެ އެދިލެއްވުމަކަށް ކުރެއްވި ކަމެއްހެން ހީވަނީ، ކުރީގެ ރައީސް އަށް ޕާޓީގެ ސައިޒު އަދި އަމިއްލަ ސައިޒު ވެސް އޮޅިވަޑައިގެން ހުންނަވާ ހެން ހީވަނީ، ޕާޓީ ދަފުތަރުގަ ތިބީ 35 ހާސް ނަން، ދުވާލުން ދުވާލަށް މަދުވަމުންދޭ، މިޕާޓީ ނޫނީ އައުޓު ގޮވާޕާޓީ އެއްނެތް. (އެމްޑީޕީ ގަ 50 ހާސް) ދައުލަތުގެ ފައިސާ ލިބުމުން އަމަލުކުރެއްވީ ވެރިއަކަށް ހުންނަވާ އަމަލު ނުކުރަން ޖެހޭ ގޮތަށް. ޙުކުމް ބާތިލް ކުރިއަސް ފައިސާގަ ނުޖެހޭޖަމަށް ނުވާނެ......
ލާމަސީލު
17 January 2022
އިންޑިއާގަ ތިބި ޕީޕީކުދިން އައުޓް. ތިބުނާ ގަޓެއް ހުރިއްޔާ ކިޔެވުން ދޫކޮށްފަ ބޭސްފަރުވާ ދޫކޮށްފަ ޕީޕީ ކުދިން ރާއްހެ އަންނަންވީނު.
ބޮޑުމީހާ
16 January 2022
ޓާޓާއާއިއެކު ހެދި އެއްބަސްވުމާއި، ނަޝީދު އިންޑިއާ އެމްބަސީއަށް ފިލަން ވަނުމާއި، މިސަރުކާރުން އިންޑިއާ ރުއްސަން ކުރާ ކަންތައްތަކާއި އަޅާބަލާއިރު ތިވަރު ކުޑަ. ބަޔަކު ވެރިކަމުގަ ތިބެން ގައުމު ވިއްކިޔަސް އޯކޭ، ފާރުގަ އެއްޗެއް ލިޔުނީމަ އެއީ ބޮޑު މައްސަލައަކަށް މިވީ
ހަސޭ
17 January 2022
ވަގުކަލޭގެ އިންޑިއަން އެމްބަސީއަށް ފިލަން ވަންދުވަހުގެ ވާހަކަ ލިޔެލިނަމަ!
ހާމިދު ޝާހިދު
16 January 2022
ތިހިސާބުގައި އެބަ ހުރިތަ، ސިީސީޓީވީ. އޭރުން އިނގޭނީ ކޮން ބައެއްކަން ތިކަން ކުރީ. ހަމަ ގައިމުވެސް ތިއީ، އިންޑީއާ އައުޓާ ދެކޮޅު ބަޔަކު ކުރި ކަމެއް. އެހެންނީ އެކަމާ އެއްކޮޅު މީހުން އިހްތިޖާޖު ކުރަނީ، މަގުމަތީގައި އިންޑީއާ އައުޓް ޓީޝާޓް ލައިގެން ކަމަށްވާތީ.
ގެރެެންޓީދޭށޭ
16 January 2022
ރާއްޖޭގެ ސްކޫލް ތަކުގެ ޓީޗަރުންނަކީ އެއީ %100 ދިވެހި ޓީޗަރުންނަށް ހަދަން އެބަޖެހޭ ދިވެހި ޓީޗަރުންގެ މުސާރަ ބޮޑުކުރާށޭ އަދި ސިޔާސީ މަގާމް ތައް މަދުކުރާށޭ މިސަރުކާރުގައި ސިޔާސީ މަގާމް ތަކުގައި 15 ހާސް މީހުން ތިބެެން ޖެހޭނެ އެއްގޮތެއް ވެސް ނޯންނާނެއޭ އެމެން ބޭރުކޮށް އެމުސާރަ ދިވެހި ޓީޗަރުންނަށް މީހަކަށް މަހަކު 50 ހާސް ރުފިޔާ މުސާރަ ދޭށޭ އަދި މާލެ ސަރަހައްދުން ދިވެހި ޓީޗަރުންނަށް ހިލޭ ހުޅުމާލޭން ބިން ދީ އަދި ބީއެމްއެލް އިން ލޯން ދީ ސަރުކާރުން
ރަށްއިތުމީހާ
16 January 2022
ޔާމީނު ފާޅުކަން ބޮނޑް ގޮތެއްގަ ގޭގޭ ފާރުގަ އިންޑިޔާއައުޓް ލިޔާށޭ ކިޔާފަ އެ ކަން އެ އޮތީ ކޮންފަ. ޔާމީނު މަންސަލަ ތަހުގީގުކޮށް ހުކުމެއް އިންވަންޖޭ ވަރުކަމެއްތީ.
ގުއިއްޒު
16 January 2022
ފާރުގަ ހަމައެކަނި ލިޔަންވީއެއްނޫން. ކޮންމެ މީހެއްގެ ނިއްކުރީގަ ކަނޑާނަގަންވީ.