ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަނީ. އެމްޑީޕީގެ އެތެރޭގެ އިންތިހާބަކަށް ދައުލަތުގެ ފައިސާ ހަރަދުކުރާ ކަމަށް އޭނާ ތުހުމަތުކުރެއްވި. ފޮޓޯ؛ ރައްޔިތުންގެ މަޖިލީހުގެ އިދާރާ.
03 ފެބުރުއަރީ 2022 - 14:51
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއްވެވީ، ގާނޫނުގައި ބުނާ ޝަރުތުތައް ފުރިހަމަނުވާ ސިޔާސީ ބަޔާނެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.
ގާތްގަނޑަކަށް އެއް ގަޑިއިރުގެ ރިޔާސީ ބަޔާނުގައި ރައީސް ވަނީ ސިއްހީ އަދި ތައުލީމީ ދާއިރާގެ އިތުރުން ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްގީގެ މަސައްކަތްތަކާ ގުޅޭގޮތުން މި އަހަރު ސަރުކާރުން ކުރަން ނިންމާފައިވާ ކަންތައްތައް އިއުލާން ކުރައްވައިފަ އެވެ.
އޭގެ ތެރޭގައި، ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ އަންނަ މޭ މަހުން ފެށިގެން 56 ޕަސެންޓަށް ބޮޑުކުރަން ނިންމުމާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް މި އަހަރު ފަހުކޮޅު ބޮޑުކުރަން ވަނީ ނިންމައިފަ އެވެ. އަދިވެސް ބައެއް އެހެނިހެން ކަންކަން ރައީސް އިއުލާން ކުރެއްވި އެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، ގާނޫނުއަސާސީގައި ވާ ގޮތުން ރިޔާސީ ބަޔާނުގައި ގައުމުގެ ހާލަތު ބަޔާންކޮށްދޭން ޖެހޭ ކަމަށެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްވެވި ބަޔާނުން އެއިން އެއްވެސް ކަމެއް ސާފުނުވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"ހައްތަހާ ވެސް ސިޔާސީ ގޮތުން ކުރަން ބޭނުންވާ ކަންތައްތައް، ވޯޓު ހޯދުން ނޫނީ އިންތިހާބެއް ކާމިޔާބު ކުރުމަށްޓަކައި ވައުދުތަކެއް އަނެއްކާ ވެސް އެވީ. ކުރިން ދެއްކެވިފައި ހުރި ވާހަކަތަކަށް އެއްވެސް ވަރަކަށް ރިއާޔަތް ކުރުމެއް ނެތި، ކާމިޔާބު ކުރެވިފައި ހުރި މިންވަރެއް ބުނެ ދެވުނީކީ ނޫން. ޖުމްލަކޮށް ގައުމުގެ ހާލަތަށް އެއްވެސް ވަރަކަށް ރިއާޔަތް ނުކޮށް އިއްވި ބަޔާނެއް،" އޭނާ ވިދާޅުވި އެވެ.
ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، އަންނަ ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުން ސަރުކާރުން ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފަށައިފަ އެވެ. އިންތިހާބަށް ފަހު، ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބާއްވަން މަސައްކަތްކުރި ނަމަވެސް އެކަން ކުރަން ސަރުކާރުން ބޭނުން ނުވީ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"ހައްތަހާ ވެސް ސިޔާސީ ގޮތުން ކުރަން ބޭނުންވާ ކަންތައްތައް، ވޯޓު ހޯދުން ނޫނީ އިންތިހާބެއް ކާމިޔާބުކުރުމަށްޓަކައި ވައުދުތަކެއް އަނެއްކާ ވެސް އެވީ. ކުރިން ދެކެވިފައި ހުރި ވާހަކަތަކަށް އެއްވެސް ވަރަކަށް ރިއާޔަތްކުރުމެއް ނެތި، ކާމިޔާބު ކުރެވިފައި ހުރި މިންވަރެއް ބުނެ ދެވުނީކީ ނޫން. ޖުމްލަކޮށް ގައުމުގެ ހާލަތަށް އެއްވެސް ވަރަކަށް ރިއާޔަތް ނުކޮށް އިއްވި ބަޔާނެއް،" އޭނާ ވިދާޅުވި އެވެ.
"އިންތިހާބުގެ ކުރިއަށް ކޮންމެހެން ވެސް ތި ބަޔާން އިއްވަންޖެހޭ. އެހެންވީމާ ބަޔާނުގައި ތި ހުރީ ކޮންމެހެން ފުއްދާނެ ވައުދުތަކެއް ނޫން. މީގެ ކުރިން ވެސް ވަރަށް ބައިވަރު ވައުދުވެފައި ހުރީ. އެކަމަކު އެ ވައުދުތަކެއް ނުފުއްދޭ،" އޭނާ ވިދާޅުވި އެވެ.
"ޝަރުތު ހަމަނުވާ ބަޔާނެއް ތިއީ ގާނޫނުގައި ބުނާ،"
ޓީޗަރުންގެ މުސާރަ އާއި އުމުރުން ދުވަސްވީ މީހުންގެ އިނާޔަތް މި އަހަރު ބޮޑުކުރަން ނިންމި ނަމަވެސް ދައުލަތަށް އާމްދަނީ ހޯދާނެ ގޮތުގެ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އޭގެ އިތުރުން، ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ވެސް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ވައުދުވި ނަމަވެސް އެ މައްސަލަތައް ނިންމުމުގެ މުއްދަތު ދިގު ދަންމަމުން ދަނީ ކަން ޝިޔާމް ފާހަގަކުރެއްވި އެވެ.
އިދިކޮޅު ކޯލިޝަނުން ވަނީ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ ބޮއިކޮޓްކޮށްފަ އެވެ.
އެ ކޯލިޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ޝަރުއީ ދާއިރާ އަށް ސަރުކާރުގެ ނުފޫޒާއި ބާރު ބޭނުން ކޮށްގެން އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ސަރުކާރުން ބޭނުންވާ ގޮތަކަށް ގެންދިއުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވެލެންޓީނޯ މައްކު
04 February 2022
ވައިކަޓާފަ ހުރި ގޮލައެއް! ހަހަހަހަހަހަ
ބަރުތީލަ
04 February 2022
ދޫވެއްސަށް ވެއްދި ފައިސާ އަދި އެމްއެމްޕީއަރުސީ ދަވާލުން ސަރުތުހަމަވޭ
ށަވިޔަނި
04 February 2022
ރައީސުލްޖުމުހޫރިއްޔާ އިއްވާ ރިއާސީ ބަޔާން ސިޔާސީ ބަޔާނަކަށް ނުވެވާނެގޮތެއް ބުނެދީބަލަ. މިދެބަހުގެ މެދުގައިވަނީ ކޮންގުޅުމެއް؟ ކޮންމެ ރިއާސީކަމަކީ ސިޔާސީކަމެއް. އެކަމަކު ކޮންމެ ސިޔާސީކަމަކީ ރިއާސީކަމެއްނޫން.
މޯޑް
03 February 2022
މިހާތަނަށް ދިވެހިރާއްޖޭގެ ރައީސަކުދިން އެއްމެ ފުރިހަމަ އެއްމެ އުއްމީދީ ރިޔާސީބަޔާން. ޖާބިރުމެން އަތްޖަހާ ޖަހާ ޑޮކުޓަރަށް ދަށްކާނި ކިހާވަރެއް ވީމަ. ސިޔާމް ތިބޭފުޅޭ ހަޖަމްކުރޭ. ނައިފަރު ގަ ސޯލިހު ރައީސް އެޅި ފުލެޓްތައްވެސް ނިންމާ ރަށްއިތުންނަށް ހަވާލު ކުރަށް ފަށަށް އެ އުޅެނި. ސިޔާމް ގޭ ކުއްޖަކަށް ފުލެޓްއެއް ލިބުނި ތަ. އުފަލެއް ނުވޭތަ.
ހަޖަމް ކުރޭ
03 February 2022
އިދިކޮޅެކޭ ކިޔާވަރަށް ވުރެ މާ ފިޑި ފާޓީއެއް ތި ސިޔާމް އަވަހަށް ތިފާޓީ ދޫކޮށް އެފްޑީފީއާއި ގުޅޭ
ރަށްއިތުމީހާ
03 February 2022
ޔާމީން 5 އަހަރު ދައުރުގަ ކޮންމެ ރިޔާސީބަޔާނެއްގަ އާދޭ އައިހެވަން އަކާ ސެޒް ގެ ވާހަކައެއް. ބަޖެޓްގަ ރުފިޔާވެސް ޖަހާ އައިހެވަން އިން މިވެނި ވަރެއް ލިބޭނޭ ކިޔާ. ސިޔާމް ދަށްކާލަ ބަލަ އެބުނާ އައިހެވަން އޮތް ތަނެއް.
އުންސުރު
03 February 2022
ހަމަ އަސަރެއް ކުރާނީ ސިޔާމޫ
ތެދު
03 February 2022
އަސްލުވެސް ޙަޤީޤަތް
ޖުލައި
03 February 2022
ސިޔާމް މީކާކުތަ
ޗަބޭ
03 February 2022
ސަރުތު ހަމަވެގެންތޯ ތިތިބީގޭގަ ޗަކޮއި ކޮސްނުގޮވައި ޗަހެރީ މޮޔަވެފައި