އިލެކްޝަންސް ކޮމިޝަނުން ހޯމަ ދުވަހު ބޭއްވި ގައުމީ ލަފާ ދޭ ކޮމެޓީގެ ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކާއި ދައުލަތުގެ މުއައްސަސާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވަނީ
22 ޑިސެމްބަރ 2016 - 13:10
ލޯކަލް ކައުންސިލް އިންތިހާބު ދެ މަަހަށް ފަސްކުރަން ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފްކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނަގަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.
ޖެނުއަރީ 14 ގައި ބާއްވަން ނިންމި އިންތިހާބު ދެ މަހަށް ފަސްކުރަން ސިވިލް ކޯޓުން ޑިސެމްބަރު 1 ގައި ހުކުމް ކުރިޔަސް އެ މައްސަލަ އިސްތިއުނާފްކުރީ މިދިޔަ އަންގާރަ ދުވަހެވެ. އޭރު އިސްތިއުނާފްކުރުން އޮތީ ބޭކާރު ކަމަކަށް ވެފަ އެވެ. ސަބަބަކީ ދަށު ކޯޓުގެ ހުކުމް ގޯސް ކަމަށް ހައި ކޯޓުން މިހާރު ނިންމިޔަސް، ޖެނުއަރީ 14 ގައި އިންތިހާބު ބޭއްވުމުގެ ފުރުސަތު، ގާނޫނީ ގޮތުން ނެތުމެވެ.
މައްސަލަ އިސްތިއުނާފްކުރިތާ ދެ ދުވަސް ފަހުން އަނބުރާ ނަގަން ނިންމީ، އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނިގޮތުގައި، އެ މައްސަލަ އަނބުރާ ނެގުމަށް ފަހު، އިންތިހާބު ބާއްވާނެ އާ ތާރީޚެއް އިއުލާންކުރަން، އިންތިހާބާ ބެހޭ ގައުމީ ލަފާ ދޭ ކޮމެޓީން މިދިއަ ހޯމަދުވަހު ލަފާ ދިނުމުންނެވެ. އެކަމަކު ހައި ކޯޓުގައި މައްސަލަ އިސްތިއުނާފްކުރީ ވެސް އެ ކޮމިޓީން އެގޮތަށް އެދިފައި އޮއްވަ އެވެ.
އެންމެން ވެސް ހީކޮށްގެން ތިބީ ސިވިލް ކޯޓުގެ ހުކުމް، ކޮމިޝަނުން ވަގުތުން އިސްތިއުނާފްކުރި ކަމަށެވެ. އެކަމަކު ހައި ކޯޓަށް މައްސަލަ ހުށަހެޅި އިރު ފުރިހަމަނުވާ ކަންކަން ހުރެގެން އިސްލާހުކުރަން ކޯޓުން އެދުމުން، ކޮމިޝަނުން އޮތީ އެކަން ނުކޮށެވެ. އަންގާރަދުވަހު މައްސަލަ އިސްތިއުނާފްކުރީ، ހައި ކޯޓަށް މައްސަލަ ހުށަނާޅާ ކަމަށް އެ ކޯޓުުން ބުނުމުން، ކޮމިޝަނަށް ފާޑުކިޔުން އަމާޒުވެފައި އޮއްވަ އެވެ.
ކޮމިޝަނުން ބުނީ މައްސަަ އަނބުރާ ނެގިއަސް ސިވިލް ކޯޓުގެ ހުކުމް ދެމިއޮންނާނެތީވެ، އެ ހުކުމާ އެއްގޮތަށް ކުރިއަށް ދާން، ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކުރަން ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
ޖެނުއަރީ 14 ގައި ބާއްވަން އުޅުނު އިންތިހާބު ދެ މަހަށް ސިވިލް ކޯޓުން ފަސްކުރީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ހުށަހަޅައިގެންނެވެ.
އެ ހުކުމުގައި ބުނެފައި ވަނީ ޕީޕީއެމަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަށް ވާއިރު، އެ ޕާޓީ އަށް ދިމާވި މައްސަލަތަކުގެ ސަބަބުން އިންތިހާބަށް ތައްޔާރުވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.
ޕީއެމަށް ބައިވެރި ނުވެވޭ ފަދަ ގޮތަކަށް އިންތިހާބު ބޭއްވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފް ކަމެއް ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ހުކުމުގައިވެ އެވެ. ޕީޕީއެމް ދެ ބައި ވީ، ރައީސް ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ބޮޑު ޚިޔާލު ތަފާތުވުމެއްގަ އެވެ.
ރައީސް ޔާމީން ފެކްޝަނުން ބޭނުންވެގެން އިންތިހާބު ފަސްކޮށް، އެތައް ބައެއްގެ ހައްގު ގެއްލިގެންދާ މައްސަލާގައި ސިޔާސީ ޕާޓީތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔާހުންބަރާސް
23 December 2016
ކުޅޭށެ ކުރިކެޓު ކުޅޭށެ ކުރިކެޓު ބަހާއި ޢަމަލުން ކުޅޭށެ ކުރިކެޓު ކުޅޭށެ އަންގާގޮތަށް ކުރިކެޓު
ވޯލް
23 December 2016
ހަރާމެއް ހަލާލެެއ ނޯވޭ. ތިޔަ މިނިވަން ކޮމިޝަންތަކުގައި ތިބި މެމްބަރުންގެ ވާޖިބުތައް އަދާނުކޮށް ރައްޔިތުންގެ ހައްޤުތަކަށް އަރާގަތުމަށް އެހެން ފަރާަތްތަކަށް ފުރުސަތުދޭކަން ނޫން ތިޔަ ބޮޑު މުސާރަ ލިބޭ މަޤާމުތައް ޤާނޫނުގެ ދަށުން އުފައްދާފަ ހުރީކީ. ތިގޮތައް މަސައްކަތް ކޮށްގެން ލިބޭ މުސާރަވެސް ހަލާލް ނުވާނެ.
އަލީ
22 December 2016
ދެން މިހާ ވަރަށް ދޮގުވެރި ވީމަ ރައްޔިތުން ނުކުމެ މިމީހުންނަށް ގޮތެއް ހަދަންވެއްޖެ ދޯ.
އޯކޭ
22 December 2016
މިހުރިހާކަމެއް މިކުރަނީގާނޫނުއަސާސީ ދަމަހައްޓަންވެގެން
ކަމަނަ
24 December 2016
ޤާނޫންއަސާސީ ގިރައިގެން ބޯކަށް ނޫންބާ
ފިޑި ޕާޓީ
22 December 2016
ކަލޭމެން ގަސްތުގައި ބިރުންކުރިކަމެއް. ވޯޓުން ކުރިމަތިލާން ނުކެރޭނީ ވަރަށް ފިޑިވީމަ
މޫސާ އަބުދުﷲ
22 December 2016
މިހުރިހާކަމެއް މިހެން ވާއިރު ހިތައްއަރަނީ ރައްރަށުގެ ރަށުކައުންސިލް ތެރެއށް ސިޔާސީ ޕާޓީތަކުން މިވަންނަނީ ކީއްކުރަން ބާވައޭ ނުވަތަ އޭގެ ފައިދާއަކީ ކޮބައިބާވައޭ ހަމަގައިމުވެސް ޕާޓީތަކުން ކައުންސިލްތެެރެއަށް އަތްބޭނުމުން ލިބޭ ގެއްލުންތަކެއްހުރިކަ ޔަގީން ކަޑަވަރު.. 1 ރަށުގެ ތަރައްގީއަށް އަށް މަސައްކަތް ކުރާބައެއްގެ ތެޭގައި ދެފިކުރެއް އޮތުމުން އެއް ބަޔަކު ތިބެނީ ކަންކަން ވިޔަނުދޭން. 2 ރަށުތެރޭ ބައިބައިބައިވުން އުފެދި މަސްލަހަތު ގެއްލުން. 3 ކަމަށް އކަށީގެންނުވާ ނަގާބިލު މީހުން މަގާމުތަކަށް އައުން. މިސާލަކަށް ބައެއް ރަށްރަށުގަ ކައުންސިލަރުން ދައުރު ނިމުނު އިރު އެމީހުން ކުރީ ކީއްކަން އެމީހުނަށްވެސް ނޭގޭ..
ގާގެ ޒަކީ
22 December 2016
ކުރިމަތިލާ އެންމެންގެ މައުލޫމާތު ސިވިލް ކޯޓައް ހުށަހަޅާ. ދެން ފަނޑިޔާރައް ފެންނަ ބަޔަކު ނަގާނީ ކައުންސިލަރުންނަށް.ނިމުނީ ޚަރަދު ކުޑަވެފަ , ސަރުކާރުން ބޭނުން ބަޔަކު ހޮވުނީ .
ހަސަން
22 December 2016
ދެން ލަލަލާ
ގޯލްޑް
22 December 2016
ތި ހުރިހާ ސަކަރާތެއް ނުޖަހާ އެންމެ ފުރަތަމައިނުން ވެސް "މީ މިހާރުގެ ސަރުކާރުން ބޭނުންވާ ގޮތޭ" ބުނެފަ ނިންމާލި ނަމަ އަހަރެމެންގެ ބޮލައް ވެސް ތަންކޮޅެށް ފަސޭހަ ވީސް! ހުސް ޑްރާމާ!!
ޢުޅޭ
22 December 2016
ކޮމެންޓަކަށް ލިޔާނެ އެއްޗަކާމެދު ވިސްނަވިސްނަ ހުއްޓާ އެވިސްނުން އަނބުރާ ގެނެސްފިން. މިގައުމުގެ ރައްޔިތުންނަށް ހެޔޮކޮށް ހިތުން ހުއްޓާލުމަށް ނިންމައިފިން