މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މިއަދު ބައްދަލުވުން: އެ ކޮމެޓީގެ ރައީސްކަން އެމްޑީޕީއަށް ވަނީ ގެއްލިފައި -- ފޮޓޯ/ސިޓީ ކައުންސިލް
05 އެޕްރީލް 2022 - 21:15
މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސްކަން އެމްޑީޕީއަށް ގެއްލި، އެ މަގާމަށް އަދާލަތު ޕާޓީގެ މެމްބަރު މަރިޔަމް ޝިމާޒާ މިއަދު އިންތިޚާބުކޮށްފި އެވެ.
އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ އެ ކޮމެޓީގެ ރައީސަކަށް ކުރިން ހުރި ފާތިމަތު ޝިފާ މިދިޔަ މަހު އިސްތިއުފާ ދެއްވުމުން އެ މަގާމަށް އާ ބޭފުޅަކު އިންތިޚާބުކުރަން މިއަދު ނެގި ވޯޓުގައި އަދާލަތު ޕާޓީގެ މެމްބަރު ޝިމާޒާގެ އިތުރުން އެމްޑީޕީގެ މެމްބަރު ރަޝީދާ ރަޝާދު ވާދަކުރި އެވެ.
އެ ކޮމެޓީގައި ތިބޭ އެމްޑީޕީގެ 12 މެމްބަރުން ރަޝީދާއަށް ވޯޓު ދިނުމަށް އެ ޕާޓީން ތްރީލައިން ވިޕެއް ނެރެފައި އޮތަސް، އޭނާއަށް ވޯޓު ދިނީ ހަ މެމްބަރުންނެވެ. ޝިމާޒާ ރައީސް ކަމަށް ހޮވުނީ ނުވަ މެމްބަރުންގެ ވޯޓުންނެވެ. އަދި އެއް ވޯޓު ބާތިލްވި އެވެ.
ޖުމްލަ 17 މެމްބަރުން ތިބޭ އެ ކޮމެޓީއަކީ ލާ މަރުކަޒީ ގާނޫނުގެ ދަށުން ކޮންމެ ކައުންސިލެއްގެ ދަށުގައި އުފެދިފައި އޮންނަ ކޮމެޓީއެކެވެ. މާލޭ ސިޓީގެ އެ ކޮމެޓީގައި ދެން ތިބެނީ ޕީޕީއެމްގެ މެމްބަރަކާއި އެމްއާރުއެމްގެ މެމްބަރެއްގެ އިތުރުން މިނިވަން ދެ މެމްބަރެކެވެ.
މިދިޔަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް، މާލޭ ސިޓީ ކައުންސިލްގެ މޭޔަރުު ކަމާއި އެ ކައުންސިލްގެ އަޣުލަބިއްޔަތު ވެސް އެމްޑީޕީއަށް ވަނީ ގެއްލިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
06 April 2022
އެމްޑީޕީއަށް ރަނގަޅުވާނީ މަގުމަތި، އެވެސް މުޒާހަރާ ކުރަން.
ކުޗީ
06 April 2022
ގެއްލޭނެތާ ވަގު ހިފަން އައި މީހުން ވައްކަން ކުރަން ފެށީމަ ... ލަދު ކުޑަކަމުން އަދި ސްޓޭޖްތަކަށް އަރާ ޒީރޯޓޮލަރެންސޭ އެބަ ގޮވައެންނު.
ހިލޭއެހީ
06 April 2022
އެމްޑީޕީ ރައްޔިތުންގެ ހިތްތަކުގައި ވެއްޓެމުން ދަނީ އެތެރޭގެ ކޯޅުމާ ހިޔާފްލެޓަށް އަމިއްލަ ޖީބުން ކުރި ޚަރަދަށް ނުބަލާ ނިންމި ދޯހޮޅި ނިންމުމަށް
ޢަހު
06 April 2022
ކޮމިޓީން ކުރަންޖެހޭނީ ކޮމިޓީން ކުރަން ކަނޑައަޅަފަ ހުންނަ ކަންކަން ކޮންމެ ކަމެއް ކޮމިޓީން ކުރާކަށް ނުޖެހޭނެ ކޮމިޓީއަކީ ޑިމޮކްރަސީ ކޮނޑައްލައި ތިލަފަތް އަތަށްލައި ކޮރަޕްޝަނާއި ފަސާދަ ޖީބަށް ލާ ބައެއްނޫން
އަހުމަދުބޭ
06 April 2022
ތިޔަކޮމެޓީން މިހައިތަނަށް މާލޭގެ އަންހެނުންގެ ތަރައްގީއަށް ކުރި މަސައްކަތެއް އަޅެބުނެދީބަލަ، އެއްކަމެއް ޔަގީން ތިޔަކޮމެޓީއަށްވެސް ކަނޑައަޅައިފައިވާ ފައިސާކޮޅު އެކައުންޓަށް ޖަމާވޭތޯބަލައިނެ އަދި ފެންފޮދަކައިނުލައި ކާލައިގެން ތިބޭނީ މިފަދަ ބޭކާރު އެތަށް އެތަށް ކޮމެޓީ ތަކެވެ، ދައުލަތަށް އަދި ރައްޔިތުންނަށް މަންފާއެއް ކުރާތާ ދަނީ ބޮޑެތި ޚަރަދުތަކެވެ.
ނަޖްވާ
06 April 2022
މި އެމްޑީޕީގެ އެތެރޭގެ ކޯޅުންގަނޑު ބޮޑުވެގެން ގޮސް، އެންމެ ފަހުން ސަރުކާރުވެސް ގެއްލިގެން ހިނގައިދާނެ! އޭރުން މާކަ ރީއްޗެއް ނުވާނެހެން ހީވަނީ! ބެލެވެނީ އަންނި ފެކްޝަނުން މި ސަރުކާރު ވައްޓާލަން އުޅޭހެން! އަމިއްލަ އެދުމާހެދި ގައުމު ގުރުބާން ކުރެވިގެންވާނެ ކަމަކަށް ނުދެކެން!
ށަވިޔަނި
06 April 2022
ކޮމެޓީތަކާ މިނިސްޓްރީތަކާ ޑިޕާޓްމަންޓްތަކާ ސެކްޝަންތައް އަހަރުމެންގެ ތެރޭ ގިނަވަނީ ކަމެއްކުރާކަށް ނޫނެވެ. ބަޔަކަށް މަގާމުތަކެއް ދޭށެވެ. ގާނޫތައްވެސް ހަދަނީ ކަމެއްކުރާކަށް ނޫނެވެ. ކަމެއްކުރަން އުޅޭބަޔަކަށް މިރާއްޖޭގައި ތިހުރިހާ ބަޔަކު ބޭނުމެއް ނުވާނެއެވެ.
އަޙުމަދު.
06 April 2022
ތީ ކީއްކުރާ ކޮމެޓީއެއް. ޢެއްވެސް ކަމެއް ކުރެވޭނެ އަދި ކުރާ ބައެއްވެސް ނޫ. ޅާރިއެއް ލިބެންޏާ ހަވާލުވެގެން ތިބޭ. މީޑިޔާގަ ފޮޓޯ ދެއްކުން.
މުލޭ
06 April 2022
އަންހެނުން ތަރައްގީކުުރަން ހުސް އަންހެނުން ހޮވީމަ ކަމަކުނުދޭ. ފިރިހެނުންނަށް ގޮނޑިކޮޅެއް ރިޒާވް ކުރަންފެނޭ.
Happy 123456
05 April 2022
މޑޕ 2 ފެކްޝަނުގެ ވާދަވެރިކަން??