ހުޅުމާލެ ހޮސްޕިޓަލްގެ އެމްބިއުލެންސެއް: އަނިޔާވި ދެ މީހުންނަށް އަންނަނީ ފަރުވާދެމުން -- ފައިލް ފޮޓޯ | މިހާރު
09 އެޕްރީލް 2022 - 22:46
ހުޅުމާލޭ ގުދަނެއްގައި ހުރި މުދާ އުފުލާ ލިފްޓެއް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާގައި އަނިޔާވީ ދެ ބިދޭސީންނަށެވެ. ބެލެވޭ ގޮތުގައި އެއީ އެ ގުދަނުގައި މަސައްކަތް ކުރާ ދެ މީހުންނެވެ.
އެ ދެ މީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުން އަންނަނީ ފަރުވަދެމުންނެވެ. އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
މިއަދު ހަވީރު 5:00 ހާއިރު ހިނގި އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖުލިޔެ
10 April 2022
އަވަސް ޝިފާއަކަށް އެދެން
ރަދީފްއޮފިޝަލް
10 April 2022
ގެޓް ވެލް ސޫން ބަންގްލަދޭޝް ބްރަދާސް.
ދުމައިން
10 April 2022
މިއީ ކޮންގުދަނެއްބާ؟؟
ށަވިޔަނި
10 April 2022
ހާދަ ދެރަކަމެކޭ. މިފަދަ ހާފިސާތައް ހިނގާވަރު ގިނަވަމުންދަނީ ކީއްވެ؟ މީހުންގެ ފުރާނައާއި ހަށިތަކުގެ އަގުވަޒަން ނުކުރެވޭތީ. ޒަޚަމްވި މީހުނަށް އަވަސް ޝިފާއަކަށް އެދެން.
ޒމޒ
10 April 2022
ދިވެއްސަކަށް ނުވީމަތަ ކޮމެންޓެއް ނެތީ؟