ހައި ކޯޓް: މަނީ ލޯންޑްރިންގެ ތުހުމަތުގައި ހިފެހެއްްޓި އެކައުންޓްތަކެއް ދޫކޮށްލަން ވަނީ އަންގާފައި -- ފޮޓޯ/މިހާރު
10 އެޕްރީލް 2022 - 12:25
ބްލެކް މާކެޓްގައި ބޭރު ފައިސާގެ ވިޔަފާރި ކުރުމާއި އަދި ރާއްޖެ އިން ބޭރަށް ގިނަ އަދަދެއްގެ ފައިސާ ފޮނުވައިގެން މަނީ ލޯންޑާކުރި ކަމަށް ތުހުމަތުކޮށް، ކުންފުންޏެއްގެ ބޭންކް އެކައުންޓްތަކެއް ހިފަހައްޓާފައި ވަނިކޮށް، އެ އެކައުންޓްތައް ދޫކޮށްލަން ހައި ކޯޓުން އަމުރުކޮށްފި އެވެ.
ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކެއް ބޭނުންކޮށްގެން ކަޅު ބާޒާރުގައި ބޭރު ފައިސާ އިން ވިޔަފާރިި ކުރުމާއި އަދި ވަކި ކުންފުންޏެއްގެ އެކައުންޓްތައް ބޭނުންކޮށްގެން ގިނަ އަދަދެއްގެ ފައިސާ ރާއްޖެ އިން ބޭރަށް ފޮނުވާ ކަމަށް ތުހުމަތުކޮށް، އެ ކުންފުނީގެ ފަސް އެކައުންޓެއް ތިން މަސް ދުވަހަށް ހިފަހައްޓަން މިދިޔަ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން އަމުރުކުރި އެވެ.
އެ ކުންފުނިން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުން ދަށު ކޯޓުގެ އަމުރު ގޯސް ކަމަށް ދައުލަތުން ވެސް ކޯޓުގައި އެއްބަސްވި އެވެ.
ހައި ކޯޓުން މިދިޔަ ހަފުތާގައި ކުރި ހުކުމުގައިވަނީ އެ ކުންފުނީގެ އެކައުންޓްތައް ހިފަހައްޓަން އެދުނީ މަނީ ލޯންޑާ ކުރުމުގެ ތުހުމަތުގައި ކަމަށް ވިޔަސް، އަމުރަށް އެދިފައި އޮތީ މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން ނޫން ކަމަށެވެ. އަދި އެ އަމުރު އޮތީ އެކައުންޓްތައް ހިފަހައްޓަން އަމުރު ނެރުމާ ބެހޭގޮތުން ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކާ ވެސް ޚިލާފަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
ކުންފުނީގެ ހުރިހާ އެކައުންޓްތަކެއް ހިފެހެއްޓިއިރު، އެ ހުރިހާ އެކައުންޓްތަކެއްގައި ހުރީ ކުށްކޮށްގެން ހޯދި ފައިސާ ކަމަށް ބުނެދެވިފައިނުވާ ކަމަށް ހުކުމުގައިވެ އެވެ. އަދި ކުށްކޮށްގެން ހޯދި ކަމަށް ލަފާކުރެވޭ ވަރަކީ ކޮބައިކަމެއް ނުވަތަ ހުރިހާ ފައިސާއަކީ ކޮށްގެން ހޯދި އެއްޗެއް ކަމަށް ތުހުމަތުކުރި ސަބަބެއް އަދި މަނީ ލޯންޑްރިންގެ ކުށާ އެކަމާ ގުޅޭ ގޮތެއް ވެސް ދެއްކިފައި ނުވާ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.
އެ އަމުރު ގޯސް ކަމަށް ދައުލަތުން އެއްބަސްވާތީ، އެ އަމުރު ބާތިލް ކުރަންޖެހޭ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
ފަނޑިޔާރު ހުސައިން ޝަފީއު ރިޔާސަތު ބެލެހެއްޓެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
10 April 2022
މިވަރުވާއިރުވެސް މިޤައުމުގެ ވެރިއަކަށްހުރިމީހާ ކަހާތާހިރުވާވެސް ނުލާ ހުރިގޮތަށް ހުންނަނީ ކީއްވެގެންތޯ މަޖިލީހުން ބަލާކަށް ނުވޭތަ. # ކިތަންމެ އަދުލުވެރި ތައުލީމީ އަބުރުވެރި އިޙްލާސްތެރި އިތުބާރުކުރެވޭ ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކާއި އިސް ފަނޑިޔާރެއް ސްޕްރީމްކޯޓްގައި ހުންނެވިކަމުގައިވިޔަސް، ތަޙްޤީގު މަރުޙަލާގައި ފުލުހުން އަދި ކޯޓް މަރުޙަލާގައި ޕީޖީ އޮފީހުން މިހެން ހައްދަވާނަމަ ކޮން އިންސާފެއްތޯ ލިބޭނީ؟!
ގޫބައްޑާ
10 April 2022
ތުހުމަތުގަ ކީއްވެ އެހެން މީހުން ބޭރައް ފުރުވާލަނީ. އެންމެން ތުހުމަތު ކޮއް ކޮއް އޮއްވާ. ހަމަ ހިފަހައްޓަން ވީނު. މީ އަންދާ ގާނޫނު. ރެގިއުލޭޓިން ބޮޑީތައް ލަދުކުޑައީ
އަސްލުގ
10 April 2022
ޑޮލަރު އޭޓީއެމް ކައިރީގަ ސައިޑް ބޭގެއް އަޅުވާފަ ކޮންމެދުވަހަކު ހުންނަ ދިވެހިމީހާ ނުފެންނަނީ ކީއްވެތޯ؟
ކޮރަލް
10 April 2022
250 ޑޮލަރަށް ލޭބަރުންގެ ގޮތުގަ ގެންނަ ބިދޭސީން ދެތިން އަހަރު ދުވަސް ތެރޭ މިލިއަނަރުންނަށް ވަނި ދިވެހީން ކަންކެތް ވީމަ އެއް ނޫނެވެ. އެމީހުންގެ ބެލުމުގެ ދަށުގަ ހުރިހާ ވަތް ގަނޑު ތަކެއް ހުންނާތީ އެވެ. ކޭޝިއަރުންނަށް ކޯޓާ ދުލެއް ނުކުރެއެވެ. ބިދޭސީން ކޭޝިއަރުންނަށް ހުންނަ ނަމަ ވިޔަފާރި ނުކޮށް މައްސަލަ ޖައްސަން ވީ އެވެ. ވަތް ގަނޑި ދިވެއްސަކު ބިދޭސީ މީހާ ބަހައްޓަނީ އޭކިޔާފަ އެކަން ދޫކޮށްލައިގެން ނުވާނެ އެވެ. އެއީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.
އޮނަރަބްލް އަފީފު ދީދީ
10 April 2022
ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލް އަދި ބަންޑާރަނައިބަކީ ޤާނޫނު ރަނގަޅަށް ދެނެވަޑައިގަންނަވާ ޤާނޫނަށް ފަރިތަ ބޭފުޅަކު. # ދައުލަތުގެފަރާތުން ދައުވާކުރަން ހުށަހެޅި އެތައްމައްސަލައެއް "ރަބަރެއްހެން އެބުރިއައިސް މައްސަލަހުށަހެޅިފަރާތުގެ އަނގައަށް ވަންނަތަންފެނުން" އާދައަކަށް ވެއްޖެ. ދައުލަތުގެ ސްޕްރީމް ކޯޓްގެ ފަނޑިޔާރުންނަށްވެސް މިކަން ފާހަނގަކުރެވި ޕީޖީގެ ސަމާލުކަމަށް ގެނެސްފައިވޭ. ކީއްވެ ރައީސް މިކަމާއި ކަންބޮޑުވެ ޕީޖީ އާއި ސުވާލު ނުކުރައްވަނީ؟!
ސޯލިބ
10 April 2022
ސަރުކާރުން ބޭނުންވާމީހާ ތަޅުއަޅުވާ، ކޮންމެފަދަ ކުށެއްކުރިއަސް ބޭނުންނުވާމީހާ ދޫކޮށްލުމަށް ސަރުކާރުން ރާވާގެން ހިންގާކަމެއް.
ގެރިކުޑޭ
10 April 2022
އެހެންވީމަ ދަށުކޯޓްތަކުގަ ތިބެނީ ތަންދޮރު ނުދަންނަ “ގާޒީން” ނޫނީ އެމީހުން ގެންގުޅެނީ އެހެން ގާނޫނު އަސާސީ އެއްތަ؟؟ވަރަށްސާފް!!