ޚަބަރު / ގޭންގް ހަމަނުޖެހުން

ދައުވާލިބޭ އެކަކު އަނަސް މަރާލި ރޭ އޮތީ ފިލްމު ބަލަން، ދެވަނަ މީހާ ރަށުގައި: ހެކިން

ދައުވާ ލިބޭ އެކަކު ހުރީ ލޮލުގެ ފަރުވާއަކަށް ބަންދުން ދޫކޮށްލާފައި

އަނަސް: އޭނާ މަރާލި ރޭ ދައުވާލިބޭ ދެ މީހަކު ތިބީ އެހެން ތަނެއްގައި ކަމަށް ދިފާއީ ހެކިން ވަނީ ބުނެފައި

މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މުހައްމަދު އަނަސް މަރާލި ރޭ، ދައުވާލިބޭ އެކަކު އޮތީ ގޭގައި ފިލްމު ބަލަން ކަމަށާއި ދައުވާ ލިބޭ އެހެން މީހަކު ހުރީ ލ. ގަމުގައި ކަމަށް ދިފާއީ ހެކިން ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސްދީފި އެވެ.

ޖުލައި، 2017 ގައި ލިޓަސް ސާވިސް ސެންޓަރުގެ ތެރެއަށް ގްރޫޕަކުން ވަދެ، ތޫނު އެއްޗެހިން ހަމަލާދީ އަނަސް މަރާލި މައްސާގައި ދައުލަތުން ހަތް މީހަކަށް ދައުވާކުރެ އެވެ. އެއީ ލ. ގަން ތުނޑީ، ނަންނާރިގޭ ޖުނައިހް އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746، ސިމާހް މޫސާގެ އިތުރުން ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާންގެ އިތުރުން މ. ދިމިޝްގު، އުސްމާން ޝަރީފާއި މ. ލޮނުމިދިލިގޭ އަފްރާހް އަބްދުއްރައްޒާގު އަދި ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.

މިއަދު ކުރިއަށް ގެންދިޔައީ އޭގެ ތެރެއިން ޖުނައިހާއި ސިމާހްގެ ޝަރީއަތެވެ. ސިމާހުގެ ފަރާތުން ހުށަހެޅި ދިފާއީ ހެއްކަކު ބުނި ގޮތުގައި އަނަސް މަރާލި ރޭ 7:30 އިން ފެށިގެން މެންދަމާ ހަމައަށް އެ މީހުން ތިބީ ސިމާހު އުޅޭ ގޭގައި ސިމާހާ އެކު ފިލްމު ބަލާށެވެ.

އެ ރޭ ދެތިން ފިލްމު ބެލި ކަމަށާއި އެކަމަކު އެއީ ކޮން ފިލްމުތަކެއް ކަން ހަނދާން ނެތް ކަމަށް އޭނާ ބުންޏެވެ. އަދި އެވަގުތުގެ ތެރޭގައި ސިމާހު ގެއިން ބޭރަށް ނުދާ ކަމަށް ވެސް އެ ހެކިވެރިޔާ ބުންޏެވެ.

އަނަސްގެ މަރުގެ ދައުވާލިބޭ ސިމާހް (ކ) ގައި އަދި ޖުނައިހް މިއަދުގެ އަޑުއެހުމުގައި: އެ ދެ މީހުން އެރޭ ހަމަލާދިން ތަނުގައި ނެތް ކަމަށް ބުނެ ދިފާއީ ހެކިން ވަނީ ހެކިބަސް ދީފައި

ޖުނައިހްގެ ދިފާއީ ހެކިންގެ ތެރެއިން ހާޒިރުކުރި ދެ މީހުން ބުނި ގޮތުގައި އެ ހާދިސާ ހިނގިއިރު ޖުނައިހް ހުރީ ލ. ގަމުގަ އެވެ. އަދި އެރޭ އެ ރަށުގައި ފުޓްބޯޅަ މެޗެއް ކުޅެ ނިންމާފައި ރެސްޓޯރެންޓަކަށް ކާން ދިޔަ ކަމަށް އެ ދެ ހެކިން ބުންޏެވެ. އެދުވަސްވަރު އޭނާ އުޅުނީ ގަމުގައި ކަމަށާއި އަދި އޭނާ މާލެ ދިޔައީ އެ ހާދިސާ ހިނގިތާ 10 ވަރަކަށް ދުވަސް ފަހުން ދޯންޏެއްގައި ކަމަށާއި އޭނާ މާލެ ދިޔައީ ވަޒީފާ ހޯދަން ކަމަށް ވެސް އެ މީހުން ބުންޏެވެ.

ޖުނައިހްގެ ފަރާތުން އިތުރު ދެ ހެކިން ހުށަހަޅާފައި އޮތަސް، މިހާރު އެ މީހުންގެ ހެކިބަސް ނަގަން ބޭނުންނުވާ ކަމަށް އޭނާގެ ވަކީލުން މިއަދު ބުންޏެވެ.

ޖުނައިހްގެ ލޮލުގެ ފަރުވާއަކަށްޓަކައި އޭނާ ވަގުތީ ގޮތުން ބަންދުން ދޫކޮޮށްފައިވާތީ އެ މުއްދަތު އިތުރުކޮށްދޭން އޭނާގެ ފަރާތުން މިއަދު އެދުނެވެ. އެއީ ލޮލުގެ އިންފެކްޝަނެއް ހެދިފައިވާތީ އާއި ލޮލުގެ ފަރުވާއަށްޓަކައި އިންޑިއާއަށް އަނެއްކާ ވެސް ދާން ޖެހިފައިވާތީ ކަމަށް އޭނާގެ ވަކީލުން ބުންޏެވެ.

ދައުލަތުން އެކަމަށް ދެކޮޅު ހެދި އެވެ. ދައުލަތުން ބުނީ ފަރުވާއަށްޓަކައި ކުރިން ވެސް ފުރުސަތު ދީފައިވާ ކަމަށާއި އަދި ބަންދުގައި ހުއްޓަސް، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ ނަމަ، ކަރެކްޝަން މެދުވެރިކޮށް ދެވޭނެ ކަމަށެވެ.

ނަމަވެސް އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ޖުނައިހް ވަގުތީ ގޮތުން ދޫކޮށްލީ އޭނާގެ ލޮލުގެ ފަރުވާއަށް އިހުމާލުވަމުން ދިއުމުން ކަމަށެވެ. އެހެންވެ، އޭނާ ބަންދުން ދޫކޮށްފައިވާ މުއްދަތު އަނެއްކާވެސް 30 ދުވަހަށް އިތުރުކުރަން ނިންމެވީ ކަމަށް ގާޒީ ވިދާޅުވި އެވެ.

19 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 8%
icon angry icon angry 88%
icon wow icon wow 4%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ެރފރެފ

13 April 2022

ކޮންތާކު ދައުވާ ލިބޭ އެކަކު ވެސް އޭރު އުފަންވެސް ނުވާނެ... 100% ގެރެންޓީ

The name is already taken The name is available. Register?

ކުޗީ

13 April 2022

މަރުގެ މައްސަލަ އެއްގައި ދޮގު ހެކި ދިނުމަކީ ދުވަހަކުވެސް ސަލާމަތްވެވޭނެ ކަމެއް ނޫން. އެހެންވަނީ އެހެން މީހެއްގެ ހައްޤެއް ހިމެނޭތީއާއި އެމީހާގެ ކިބައިން މާފް ލިބޭނެ އެއްވެސް ގޮތެއްނެތީމަ. އެދުވަހުން ތިމާގެ ޖާހިލު ކަމުން ނޭނގުނީޔޭއެކޭ ނުބުނެވޭނެ. މުޅިއުމުރު މިސްކިތުގައި އިނަސް ދެން ސަލާމަތެއް ނުވެވޭނެ.

The name is already taken The name is available. Register?

ކުޗީ

13 April 2022

ޝިރުކް ކުރުމުގައި މަރުވެދާ މީހުން ފިޔަވައި އެހެން ހުރިހާ ކަމަކަށް ތައުބާވެ ، މިންޖުވޭވޭނެ ކަމުގައި އެބައޮތް. ކުރިން ބުނެވުނު ބަސް އަނބުރާ ގެނެސް ކިޔުންތެރިންގެ ކިބައިން މައާފަށް އެދެން.

The name is already taken The name is available. Register?

ޙަސަން އަޙްމަދު

13 April 2022

ކުޗީ ފުރަތަމަ ބުނި ބަސް މުޅިއަކުން ގޯހެއް ނޫން. އަޅުތަކުންގެ ހައްގު އެކުލެވޭކަމެއްގައި އަނިޔާ ލިބުނު މީހާގެ މާފު ބޭނުންވާނެ. ގިޔާމަތް ދުވަހުން ﷲ ގެ ދަރުބާރުގައި ހުރިހާ އެންމެންނަށް އިންސާފު ލިބޭނެ.

The name is already taken The name is available. Register?

އާހިރަތް

13 April 2022

އެދުވަހުން ދިފާއީ ވަކީލުންނާ ދިފާއީ ގާޒީންނާ ދިފާއީ ފަނޑިޔާރުންނާއި ދިފާއީ ހެކިންނާ މިހުރިހާ އެއްޗެއް ހަމަ ތިގޮތަށް ހެކިބަސް ދެވޭނެތޯއެވެ! އެދުވަހުން އިންސާފް ލިބޭނެކަމާމެދު އަޅުގަނޑުމެން އެއްވެސްވަރަކަށް ޝައްކެއްނުކުރަން އެގޭތޯ! ވީމާ މިދުނިޔެމަތީގައި ތިޔަކަމަށް އިންސާފް ނުލިބޭނެކަމަށް ހަމަޔަގީން ވެއްޖެއެވެ!

The name is already taken The name is available. Register?

ޤައުމު007

13 April 2022

އޯކޭ ބޯއީސް… މަ ބުނާ ގޮތަށް އެންމެންވެސް ޓޯކް ޖައްސާ އިނގޭ.. އޭރުން ބުރޯ ސަލާމަތް ކުރެވޭނެ މި މައްސަލައިން. މީ މިހާރުގެ ގަޓު ވކލން.’’ ކަންކުރީ މަކަން އެނގުނަސް އޭނަގެ ޖީބު ފުރޭވަރަށް މަށަށް ފައިސާ ދެވޭކަމަށް ވަނީނަމަ މަ ސަލާމަތް ކުރަން ކުރެވުނު ހުރިހާ ކަމެއް ކުރާނެ. ދިމަ ދިމާލުން އުފެދިގެން ހެކިންވެސް އަންނާނެ، މައްސަލަ ދިގު ދައްމާ ދައްމާލަ ބާއްވާނެ .. ?

The name is already taken The name is available. Register?

އިއްލި

13 April 2022

ވަކީލުންނަކީ ހަމަ ލާރިޔަށް ކޮންމެފަދަ ދޮގެއް ހެދިޔަސް ފާފަވެރި ނުވާ ބައެއް ތަ؟ ރޯދަމަހެއް އެހެނމަހެއްނޯވެ.

The name is already taken The name is available. Register?

އިސްމާލު

12 April 2022

ސުޕާރީދިނީމަ ކަންތައްދާގޮތަށް މިދަނީ ރޯމާދުވާލު ވަޅިހިފައިގެން މަގުމަތީދުވެ މަރައިލީމަވެސް ޝާރީޢަތަށް ދިހައަހަރު ކުށްކުރިމީހަކު ނެތް ހަރުކަޝިފިކުރޭކިޔައިފައި ޔަހުޔާއާއި އެއްމަގަކުން ހިގިމީހާ އުމުރަށްޖަލަށް

The name is already taken The name is available. Register?

ބުނާނީ

12 April 2022

ފޮތުގައޮންނަގޮތަށް ހެކިހޯދީމަ، ނުވަތަ ބޯކޮށް ރަޖިސްޓްރީފީދިނީމަ ކަންތައްހިނގާނީ ތިގޮތަށް.

The name is already taken The name is available. Register?

ކެނެޑީ

12 April 2022

ނޫނޭ ނޫނޭ އެކަކުހުރީ ހަތިމުކުރަން އަނެކަކު ހުރީ ދަމުނަމާދުކުރަން

The name is already taken The name is available. Register?

ޢެޑްމުންޑޯ

12 April 2022

އެހެނޭވާނީ ، މީހަކު މަރާލިތާ އެތެއްއަހަރުތަކެއް ފަހުން ކޮންމައްސަލައެއް ބެލޭނީ ، ވާނުވާއެއް އެގޭނެތަ ،

The name is already taken The name is available. Register?

ޢަނަސް އައް ހެޔޮއެދޭ ފަރާތެއް

12 April 2022

މޮޔަ ވާހަކަ ނުދައްކާ.....ނެތެއްނު އެތަނައް ދިޔަމީހެއްވެސް.....އަމިއްލަޔައްބާ ވަޅިހެރީ؟އާން އެހެންޔާ އެ ރޭ އެތާ ހުރިމީހެއްވެސް ނެއްވިއްޔާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454