ޔާމީންގެ ގެކޮޅުގައި ނެގި "އިންޑިއާ އައުޓް" ބެނާ ފުލުހަކު މިއަދު ނަގަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
21 އެޕްރީލް 2022 - 11:39
ޔާމީންގެ ގެކޮޅުގައި އިއްޔެ ހަވީރު ނެގި "އިންޑިއާ އައުޓް" ބެނާ ކޯޓް އަމުރެއްގެ ދަށުން އެ ގެކޮޅަށް ފުލުހުން ވަދެ ނަގައިފި. ދެ ގަޑިއެއްހާއިރުގެ މަސައްކަތުން ފުލުހުން އެ ބެނާ ނެގިއިރު، އެ ސަރަހައްދަށް އެއްވެ އިދިކޮޅު ސަޕޯޓަރުން ވަނީ އިންޑިއާއާ ދެކޮޅަށް މިއަދު ވެސް އަޑުއުފުލާފައި. އެ ގެކޮޅަށް ވަދެ ބެނާ ނެގުމަށް ކްރިމިނަލް ކޯޓުން ދިން އަމުރުގައިވާ ގޮތުން، ބަލަައި ފާސްކުރަން ބޭނުންވަނީ އިންޑިއާ އައުޓް ބެނާ ދެމުމުގެ ސަބަބުން ބައިނަލްއަގުވާމީ ގުޅުންތަކާއި އަވަށްޓެރި ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ހާރިޖީ އަދި ސަގާފީ ގުޅުންތަކަށް ނުރަނގަޅު އަސަރުކޮށް އަދި އެ ކަމުގެ ސަބަބުން އެ ގައުމަށް ޒިޔާރަތްކުރާ ދިވެހިންގެ މަސްލަހަތަށް ބުރޫއަރާގޮތަށް އެ ގައުމަށް ނިސްބަތްކޮށް ނަފްރަތާއި ފިތުނަ އުފައްދައި އެ ގައުމުގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭ ފަދަ އަމަލެއްގެ ގޮތުގައި ސިފަވާތީ.
އިދިކޮޅު ލީޑަރު ޔާމީންގެ ގެކޮޅުން "އިންޑިއާ އައުޓް" ބެނާ ފުލުހުން ނަގަމުން ގެންދާއިރު، ފުލުހުންގެ ވެހިކަލެއް އެ ގެކޮޅުގެ ކައިރީގައި ޕާކްކޮށްފައި.---ފޮޓޯ:ފަޔާޒު މޫސާ| މިހާރު
އިދިކޮޅު ލީޑަރު ޔާމީންގެ ގެކޮޅުން "އިންޑިއާ އައުޓް" ބެނާ ފުލުހުން ނަގަމުން ގެންދާއިރު، އިދިކޮޅުގެ ބައެއް މީހުން ބަލަހައްޓައިގެން.---ފޮޓޯ: މޫސާ ރަޝީދު| މިހާރު
ޔާމީން ގެކޮޅުން "އިންޑިއާ އައުޓް" ބެނާ ނެގުން ކުރިއަށް ގެންދާއިރު، އިދިކޮޅު މީހުން މިހާރު ގެންދަނީ އެ ގެކޮޅު ކައިރި އަށް އެއްވެ އިންޑިއާއާ ދެކޮޅަށް އަޑުއުފުލަމުން. އަދި އެ މީހުން ކޮންޓްރޯލް ކުރުމަށް އެސްއޯ ފުލުހުން ވެސް އެ ސަރަހައްދުގައި އެބަތިބި.
އިދިކޮޅު ލީޑަރު ޔާމީންގެ ގެކޮޅުން "އިންޑިއާ އައުޓް" ބެނާ ފުލުހުން ނަގަމުން ގެންދާއިރު، އިދިކޮޅު މީހުން އިންޑިއާއާ ދެކޮޅަށް އަޑު އުފުލަނީ.---ފޮޓޯ: މޫސާ ރަޝީދު| މިހާރު
ޔާމީންގެ ގެކޮޅުން "އިންޑިއާ އައުޓް" ބެނާ ފުލުހުން ނަގަމުން ގެންދަނިކޮށް، އެ މަނިކުފާނު ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވާއިރު، މާލޭގެ ޑެޕިއުޓީ މޭޔަރު ނަރީޝް އަރިހުގައި.---ފޮޓޯ: މޫސާ ރަޝީދު| މިހާރު
ޔާމީންގެ ގެކޮޅުން "އިންޑިއާ އައުޓް" ބެނާ ފުލުހުން ނަގަމުން ގެންދަނިކޮށް، އެ މަނިކުފާނު ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނީ.---ފޮޓޯ: މޫސާ ރަޝީދު| މިހާރު
"އިންޑިއާ އައުޓް" ކެމްޕެއިނުގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ރޭ ވަނީ ކަނޑައަޅާފައި. އެހެންވެ، ގައުމުތަކާ ދެކޮޅު އެފަދަ ހަރަކާތްތައް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ހުއްޓުވުމުގެ ގަރާރެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ނެރުއްވާފައި.
ޔާމީންގެ ގެކޮޅުގައި އިއްޔެ ނަގާފައިވާ "އިންޑިއާ އައުޓް" ބެނާ ނެގުމުގެ ކަންކަން ފުލުހުން އަދިވެސް ދަނީ ކުރަމުން. އިމާރާތުގެ އެންމެ މަތީގައިވާ ބައިން މިހާރު ވަނީ ބެނާ ކަނޑާލާފައި. އޭގެ ކުރިން ފުލުހުން ވަނީ އިދިކޮޅު ޕާޓީ ޕީޕީއެމްގެ އޮފީހުގައި ނެގި "އިންޑިއާ އައުޓް" ބެނާ މިއަދު ނަގާފައި. މި ބެނާތައް ނަގަނީ ކޯޓް އަމުރު ހޯދައިގެން.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު، ހ. ދޫވެހީގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާ ނަގަން އެ ގެކޮޅަށް ދެންމެ ފުލުހުން ވަދެއްޖެ އެވެ.
ފުލުހުން ގެޔަށް ވަނީ ކޯޓް އަމުރާ އެކުގަ އެވެ. ފުލުހުން ވަނީ މާލޭގެ އެހެން ގެތަކުގައި ދަމާފައިވާ އިންޑިއާ އައުޓް ބެނާތައް ނަގަން ވެސް އަމުރު ހޯދައިފަ އެވެ.
ބެނާ ނަގަން ވަނުމުގެ ކުރިން ފުލުހުން ވަނީ އެ ފޮތިގަނޑު ނެގުމަށް އަންގައިފަ އެވެ.
ޔާމީންގެ ގެކޮޅު، ހ. ދޫވެހީގައި ދަމާފައިވާ އިންޑިއާ އައުޓް ބެނާ.-- ފޮޓޯ: މޫސާ ރަޝީދު/ މިހާރު
ގެޔަށް ވަދެ ބެނާ ނެގުމަށް ކްރިމިނަލް ކޯޓުން ދިން އަމުރުގައިވާ ގޮތުން، ބަލަައި ފާސްކުރަން ބޭނުންވަނީ އިންޑިއާ އައުޓް ބެނާ ދެމުމުގެ ސަބަބުން ބައިނަލްއަގުވާމީ ގުޅުންތަކާއި އަވަށްޓެރި ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ހާރިޖީ އަދި ސަގާފީ ގުޅުންތަކަށް ނުރަނގަޅު އަސަރުކޮށް އަދި އެ ކަމުގެ ސަބަބުން އެ ގައުމަށް ޒިޔާރަތްކުރާ ދިވެހިންގެ މަސްލަހަތަށް ބުރޫއަރާގޮތަށް އެ ގައުމަށް ނިސްބަތްކޮށް ނަފްރަތާއި ފިތުނަ އުފައްދައި އެ ގައުމުގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭ ފަދަ އަމަލެއްގެ ގޮތުގައި ސިފަވާތީ އެވެ.
ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ރާއްޖޭގެ ހިމާޔަތާއި ރައްކާތެރިކަމުގައި ތިބޭ ބިދޭސީ ޑިޕްލޮމެޓުންނާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ދައުލަތުގެ މަސްއޫލިއްޔަތަކަށްވާއިރު، އިންޑިއާ އައުޓް ބެނާ ދެމުން ފަދަ އަމަލުތަކުގެ ސަބަބުން އެ ފަރާތްތައް ވެސް ނުރައްކަލަށް ހުށަހެޅި ރާއްޖެއާ ދިވެހިންގެ މަސްލަހަތަށް ސީދާގޮތުންނާއި ނުސީދާގޮތުން އަސަރުކުރާނެ ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.
އިންޑިއާ އައުޓު ބެނާތައް ނެގުމަށް ޔާމީންގެ ގެކޮޅު ހުންނަ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ-- ފޮޓޯ: މޫސާ ރަޝީދު/ މިހާރު
ބެނާތައް ނަގަން ފުލުހުން ލިޔުމުން އެންގީ "އާންމު މަސްލަހަތު ރައްކާތިކުރުމާއި، އާންމު މަސްލަހަތު ގާއިމްކުރެވިގެންވާ ރައްކާތެރިކަން ދެމިއޮތް މުޖުތަމައެއްގެ އިހުސާސް ރައްޔިތުންނަށް ދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، ދާހިލީ ނުރައްކާތަކުން ރައްކާތެރިވެ އޮތް މާހައުލެއް ގާއިމުކޮށް، މުޖުތަމައުގެ ރައްކާތެރިކަމަށް ބުރޫއަރާފާނެ ކަންކަން ދުރާލާ ދެނެގަނެ އެކަންކަން ހުއްޓުވުމަށް" ފިޔަވަޅު އެޅުމަށް ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަށީދު
22 April 2022
"ގެ ކޮޅުން" ދެއްތޯ ...
ލުތުފީ
22 April 2022
ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ޤާނޫނުއަސާސީގަ ދީފައިވާ މިންވަރަށްވުރެ ހަނިކުރެވިގެންނުވާނެ. އެކަމަކުވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީވެސް ވަކި ހުދޫދެއްގެތެރޭގައި، މިހާރު ތިކުރާ އިންޑިއާ އައުޓް ކެމްޕޭނަކީ، ސިޔާސީ މަގުޞަދެއް ހާޞިލްކުރުމަށް ކުރާ ކެމްޕޭނެއް. ޕީޕީއެމް ކޯލިޝަން ގައި ތިބި މީހުންގެ ކޮރަޕްޝަނާއި އެހެންވެސް މައްސަލަތަކުގެ ފޯކަސް ގެއްލުވާލަން ކުރާ މުޑިދާރު ކެމްޕޭނެއް.
1828
22 April 2022
އެމްބަސީތެރެޔަށްވަދެއޮތީ ދިވެހިލޭ ހިގާތިއްޔޯ.
ގައުމީދޫ001
22 April 2022
ޢިންޑިއާގެ ޕަޕެޓް ސަރުކާރެއްވީމަ ރާްޖޭގެ ގާނޫނޫ އަސާސީން ލިބިދޭ ހައްގުތަކަށް އިޙްތިރާމްކުރެވޭނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ! މަތިފަޑީގައި ތިބެގެން ޣައްދާުރުވެވޭނީ އިންތިޚާބް ނިމެންދެން! ގާނޫނު އަރާ ހަމަކުރާނެ ކަމީ ޔަގީންކަމެއް! ޣައްދާރުން ނަށް ހައްގު އަދަބު ދޭނެ ސަރުކާރެއް ރައްޔިތުން އިންތިޚާބްކުރާނެ!
ދޮންޑު
22 April 2022
ގެކޮޅު ގަންނަން އަދި 25 ބުރިޔައް ހިއްލާލަން ފައިސާ ހޯދީ ޕާޓްޓައިންކޮއް ކިއްލި ތަޅައިގެން ދޯ
1828
22 April 2022
ތިއީ ބޭކާރު ސުވާލެއް. ވެރިކަމުގައި ތިބީ އެމްޑީޕީ. ހިތްވަރެއް ހުރިއްޔަ އެކަން ބަލަންވީ. ނުހައްޤުން ހޯދާފައިވާ ފައިސާއިން އަޅާފައިވާ ގެއެއްކަން ސާބިތުކޮށް ދެވޭކަމަށްވަނީ ނަމަ ކޯޓަށް ދާންވީ. ކޯޓްއަމުރުކޮށްފިނަމަ އެގެ ދައުލަތަށް ނަގަންވީ.
ޙަބީބު
21 April 2022
ހާދަބިރެކޭ މިގަންނަނި އިންޑިޔާ ސިފައިން ފައިބަންޖެހެނީ
ނަންނުޖަހާ
21 April 2022
ތިޔަ އުޅެއްވާ ގޭގެ ަަަަަަަަަަަަމައްސަލަ ބަލަންވޫއ
ޏާމީ
21 April 2022
ޙައިރާނެއްނުވޭ. ތިކަހަލަ އެތައް ހަޑި ކަމެއް އަދި މިސަރުކާރުން ކުރާނެ. ސަރުކާރަށް އޮތް ތާއީދު ދަނީ ދައްވަމުން ވީމާ މިސްޓޭކްތައް ގިނަވާނެ ތެޅިފޮޅޭނެ. ޙުޅުނބު ދިޔުން ނޫން ކަމެއް ނުވާނެ. މިފަހަރު މި ސަރުކާރު ބަލިކުރާނީ 2023 ގައި ހިޔާ ޓަވަރުތަކުގައި އުޅޭ 20 ހާސް ކެރޭ ދިވެހިން. ބަލަން ތިބޭތި.
އޭޑީ
21 April 2022
މަ ނަމަވެސް ހާދަ ދެރަވާނެއެވެ. ހިތުން ބޮޑު ބެނާއެއް ދަމައިގެން 1 ބިލިއަންގެ އާބާދީއަކަށް ބިރުދައްކަން ތުންދަމާފައި ހުރި މީހަކު ކުރި ފޮނި އުއްމީދު ފެނަށް މިދިޔައީ. މިހާރު އެސޮރުމެންނަށް އިނގޭނެ 2023 ގައި ވެރިކަމަށް ކުރިމަތި ނުލެވި، ޖަލުގައި ތާށިވެފައި، މީދަލެއް ދަތީގައި ޖެހިފައި އޮންނަގޮތަށް އޮންނާނެކަން. ހެހެހެ. އިންޑިޔާ ވަރަށް އައުޓުވެއްޖެދޯ؟ މަ ނަމަވެސް ދެން ހުތްވާނެ މިހާވަރަކަށް. އިންޑިޔާ ޒިންދާބާދު. އިންޑިޔާ ޒިންދާބާދު.
1828
22 April 2022
އިންޑިއާ އައުޓްވާނެ އިންޝާﷲ. އެކަން އަހަރެމެން ކުރާނީ 2023ގެ ރިޔާސީ އިންތިހާބުގެ ވޯޓް ކަރުދާހުން
މުޙުއްމާ
21 April 2022
ފޮރިން މިލިޓަރީ އައުޓް. ފޮރިން މިލިޓަރީ އައަުޓް. ފިރިން މިލިޓަރީ އައުޓް.