ކޯސްޓްގާޑްގެ އުޅަނދެއް ދަތުރުކުރަނީ: އީދު ބަންދާ ދިމާކޮށް، ކަނޑު އުޅަނދު ފާސްކުރުމުގެ އޮޕަރޭޝަނެއް ވަނީ ފަށާފައި -- ފޮޓޯ/މިހާރު
29 އެޕްރީލް 2022 - 17:04
އީދު ބަންދާ ދިމާކޮށް، ކަނޑު އުޅަނދުތައް ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ އިއްޔެއިން ފެށިގެން މާދަމާގެ ނިޔަލަށް އަދި އަންނަ މަހުގެ ހަ ވަނަ ދުވަހާއި ހަތް ވަނަ ދުވަހު ކުރިއަށް ގެންދާ އެ އޮޕަރޭޝަންގައި އުޅަނދުތަކުގެ ސަލާމަތީ ކަންކަން ހުރީ ރަނގަޅަށްތޯ ބަލާނެ ކަމަށެވެ.
އެ އޮޕަރޭޝަންގައި މާލެއިން ފުރާ އުޅަނދުތަކާއި މާލެއަށް އަންނަ އުޅަނދުތައް ވެސް ޗެކް ކުރާނެ އެވެ. އެއީ އީދާ ގުޅިގެން ގިނަ ބަޔަކު ކަނޑުމަގުން ދަތުރު ކުރާތީ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އީދާ ގުޅިގެން ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރެ އެވެ. އަދި މިއަހަރުގެ ފިތުރު އީދާ ގުޅިގެން ގިނަ ދުވަސްތަކެއް ސަރުކާރު ބަންދު ކުރާތީ އެހެން ފަހަރުތަކަށް ވުރެ ގިނައިން މީހުން ރަށްރަށަށް ދާނެ ކަމަށް ބެލެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy