މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކޮމިޓީ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މިހާރު
24 މެއި 2022 - 13:16
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވޯޓުލާން އެ ޕާޓީން ގުޅިި ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ، ނޭނގި ޕާޓީތަކުން މީހުން ބަދަލުވާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހަށް ހުށަހެޅުއްވި މައްސަލަ އިއްޔެ ބަހުސް ވެސް ނުކޮށް ބޭރުކޮށްލުމާ ގުޅިގެންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާދަމް ޝަރީފް ވިދާޅުވީ އެއީ ވަރަށް ބޮޑުވެފައިވާ މައްސަލައެއްކަން ޕާޓީތަކުން ގަބޫލުކުރަން ޖެހޭ ކަމަށެވެ. މި މައްސަލަ ބޮޑުކަން އެނގެނީ އޭނާގެ ނަން އެމްޑީޕީގެ ވޯޓު ލެވޭ ލިސްޓުގައި ވެސް އޮތުމުން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
"އެންމެ ފަހުން ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އަޅުގަނޑަށް ވެސް ފައްޔާޒްގެ ކެމްޕެއިން އޮފީހުން ގުޅާފަ ބުނި އެބައޮތޭ ލިސްޓުގައި. އަޅުގަނޑު ވަރަށް އިހުތިރާމާއެކު ދެންނެވިން މިއީ އެހެން ޕާޓީއެއްގެ މަޖިލިސް މެމްބަރެކޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އާދަމް ޝަރީފްގެ ނަން އޮތް ކަމަށް އޭނާ ވިދާޅު ވާއިރު، އެމްޑީޕީގެ ދަފްތަރު އޮތީ އެތެރޭގެ އިންތިހާބުތަކަށް އިދިކޮޅު ޕީޕީއެމަށް ނުފޫޒު ފޯރުވޭ ގޮތަށް ކަމަށް އެ ޕާޓީގެ އާ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފަ އެވެ.
ފައްޔާޒް ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ކަނޑައަޅަން ޕީޕީއެމްގެ 20،000 މީހުންނަށް ވޯޓު ލެވެ އެވެ.
އެހެންވެ އެމްޑީޕީގެ ދަފްތަރު ސާފުކުރުމަކީ ފައްޔާޒުގެ އެއް ވައުދެވެ.
ޕާޓިތައް ބަދަލުކުރާ މައްސަލަ ހައްލު ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ ޕާޓީތަކާ އަލަށް ގުޅޭ މެމްބަރުންގެ ނަންތައް އެ ކޮމިޝަންގެ ވެބްސައިޓުގައި އާންމު ކުރުމަށެވެ. އަދި އިތުރަށް ކަށަވަރު ކުރުމަށް އެ މީހެއްގެ ފޯނަށް ޕާޓީއާ ގުޅުނު ކަމުގެ މެސެޖު ފޮނުވަން ވެސް ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޅޭޅޭ
25 May 2022
ތީ ކޮމިޝަނުން ޕާރޓީތަކާ ގުޅިގެން ހިންގާ ޖަރީމާއެއް، އޯކޭނު ބައި އަޅައޭ
އަންނައުނު
25 May 2022
ފައްޔާޒު އެއް ނޫންތަ ޕީޕީ ކުދިން ބޭބެ އަތޮޅު ރައީސް ކަމަށް ހޮވަން ވައްދައިގެން ޕީއެސް 5 އާ މިލިޔަނުން ލޯނު ބެހީ. ބްރޯ ބޯ އަނބުރާ ވާހަކ ނުދައްކާ.!
އަޝްރަފް
24 May 2022
އަހަންނަށް %100 އާދަމް ޝަރީފަކަށް ނުގުޅާނެކަން. އެނގޭކަހަލަ ދޮގު ތި ހަދަނީ. ތީ ފުކެއް ބޮޑުވަރު.
ޝަރީފާ
25 May 2022
ދޮގުހެދުމުގެ ކުރީގަ އުޅުއްވާ ބޭފުޅަކަށް ވެދާނެ.
ކުރާބެ
26 May 2022
ތިމާއަށް އެނގޭނީ ތިމާއަށް ފެނުނު ތަނެއް އަޑުއިވުނު އެއްޗެއް. ނޭނގޭ ކަންކަމަށް ދޮގެކޭ ބުނުމަކީ ހުތުރުކަމެއް
ކަޕްލީން
24 May 2022
އަސްލުތަ؟ ނަޝީދު ފެކްޝަން އިން ގަނެގައިވާ މުދަލެއް ތިޔަ މެންބަރަކީ! ނަޝީދު ބުނީމަ ބުނި ގޮތަކަށް ބަނޑިޔާ ނެށުން ނަޝަން ޖެހޭނީ!
އަންނައުނު
25 May 2022
ތި ބޭފުޅާވެސް ނައްޓަވާނީ ނަޝީދު ޖައްސަވާ ބެރަށް. އެނޫނީ ޖެހޭނީ ޔާމީނުގެ އަޅުވެތި ކަމަށް ރުޖޫއަވާން ?
ދަތްކޮށްޓޮ
24 May 2022
މީ އަބަދު ކޮށިއަރާފަ ހުންނަ ބޭފުޅެއް
ޗރގޗތ
24 May 2022
ކ ގުޅިތޯ؟
އެކޮއި
24 May 2022
ދޮގެއްހެދިއަސް އާންމު އުސޫލުން އިންސާނާގެ ސިކުނޑިޢަށް ގަބޫލުކުރެވޭގޮތަށް ވާހަކަދައްކާނަމަ ގަބޫލުކުރަން ފަސޭހަވީސް. އަޅުގަނޑުމެން ޕީޕީއެމްގެ އެންމެ ބޮނޑުމައްސަލަ އަކީ ހިކުމަތްތެރި ލީޑާރޝިޕްއެއްނެތުން.
މުހައްމަދު އަހްމަދު
24 May 2022
ޢެމްޑީ÷ޕީން އުޅެނީ އޮޅުވާލަިގެން ރާއްޖޭގެ ރައްޔިތުން އެ ޕާޓީއަށް ވައްދަން
މުލޭ
24 May 2022
މަށަށް މެސެޖުކުރި ފައްޔާޒާއި ރޮޒޭނާއަށް ވޯޓު ދޭށޭ ކިޔާފަަ. މަށަކީ ސިޔާސީ ޕާޓީދެކެ ރުޅިވެސް އަންނަ މީހެއް.
ފުންއަސަރު
24 May 2022
މަސައްވެސް
ލާހޫރޭ
24 May 2022
މާވަހަރު ނެގި މީހާ ފަޅާއެރީ ދޯ! އަމިއްލައަށް ފަހު ވަގުތު. ތިޔަ ތިބީ ރިޔާސީ އިންތިޚާބުގައި ނަތީޖާއަށް ބަދަލުގެނެވޭ މިންވަރަށް އަދަދު ކަނޑައަޅައި ކަޅު މާސްކުން މާސްކު އަޅައިގެން ނުގޮތަށް އަނެއް ޕާޓީތެރެއަށް ވަދެ. އެ ކަން މާކުރީން އޮތީ ދެނެގަނެވިފައި. އެނގިއްޖެތަ؟