ހުޅުމާލޭގެ ދެވަނަ ފިޔަވަހި. މާލޭ ސަރަހައްދުން މިމަހު 3،000 ގޯތި ދޭނެ--ފޮޓޯ:މިހާރު
08 ޖޫން 2022 - 21:06
ސަރުކާރުން ނިންމާފައިވާ ގޮތަށް މާލެ ސަރަހައްދުން ދޫކުރާ 5،000 ގޯތީގެ ތެރެއިން 3،000 ގޯއްޗަށް ކުރިމަތިލާން މި މަސް ނިމެންވާއިރަށް ހުޅުވައިލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މަނިކުފާނު ވިދާޅުވީ، މިދިޔަ ފެބްރުއަރީ މަހު އިއްވެވި ރިޔާސީ ބަޔާނުގައި 5،000 ގޯތި ދޫކުރުމަށް އިއުލާނުކުރެއްވި ގޮތަށް އޭގެ ތެރެއިން މި ފަހަރު އިއުލާނުކުރާނީ 3،000 ގޯތި ކަމަށެވެ. ނިންމާފައި ވަނީ ހުޅުމާލެ އާއި ގުޅިފަޅުން އަދި ގިރާވަރު ފަޅު ހިއްކައިގެން ގޯތި ދޫކުރުމަަށެވެ.
"މި މަސް ނިމުމުގެ ކުރިން ފުރަތަމަ 3،000 ގޯތި ދޫކުރުމަށް އިއުލާނު ކުރާނަން. އޭގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ނިމި އިއުލާނު ކުރާ ހިސާބުގައި އޮތީ. މިއީ މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަމާއި ގެދޮރުވެރިކަން، ބިންވެރިކަން ހޯދައިދޭން ހިންގާ މަޝްރޫއުއެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
މާލޭގެ މީހުންނަށް ގުޅިފަޅާއި ހުޅުމާލެ އިން ދޫކުރަނީ 1،250 އަކަފޫޓުގެ ގޯއްޗެވެ.
ގޯތި ދޫކުރުމުގެ އިތުރުން މާލޭގެ މީހުންނަށް ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅަމުން އެބަދެ އެވެ. އަދި އިތުރު 2،000 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ހުޅުމާލޭގައި ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ވިދާޅުވެފައި ވެ އެވެ.
މާލެ ހިމެނޭ ގޮތަށް، ބޯހިޔާވަހިކަން ބޭނުންވާ އެންމެންނަށް މި ވެރިކަމުގައި އެކަން ފަހިކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ.
ރައީސް ވިދާޅުވިގޮތުގައި އެ މަނިކުފާނުގެ ރިޔާސީ ދައުރު ނިންމަވާލައްވާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ މީހުންނަށް އިން ވަކިކޮށް، ރޯނުދަމައި، ގޯތީގެ ފަތް ދިނުމަށް ފަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުދައްކާވާަހަކަ
10 June 2022
އަންނިވެރިކަމުގަ މާލޭން 600އަކަފޫޓެއްވުރެ ކުދިބިންތައް ދޫކުރި މީހުންނަށް ހުޅުމާލޭން ގޯތިދިން. އެކަމުގެ މެދުތެރޭން ވެރިކަން ބަދަލުވެ. އެޕްލައިކުރި އެންމެންނަށްވެސް ހުޅުމާލޭން ގޯތި ލިބުނު އިރު މާލޭން ގޯތި ދޫކުރީ މަދު ބަޔަކު. ޔާމީނު ސަރުކާރުން އެކަމާ އަޅާނުލާ ހަނދާން ނެތުނީ. މިސަރުކާރުންވެސް ނުބަލާ. މިހާރު ތިއުޅެނީ އެމީހުންނަށްވެސް ގޯތިދޭން. މިހާރު ނޫހުން މިކަންތަހުގީގުކޮށް ބަލާދިނުން އެދެން.
ރަށުމީހާ1
10 June 2022
ދެން ރައްރަށު މީހުންނަށް ކޮންިރަކުންތައް ރަށްރަށުން ގޯތި ދޫކުރަނީ
މެޑަމް ފާތު އޮފީސް
09 June 2022
އަހަރެމެން މުއްސަނދިން އެއްގޮތަކަށްވެސް ޤަބޫލު ކަމެއްނޫން އާދައިގެ ރައްޔިތުންނަށް ތިގޮތަށް ހިލޭ ބިން ދިނުން. ރައީސް ޔާމީނުގެ ވެރިކަމުގަ ކަންކަން ކޮށްފަ ހުންނާނީ ވިޔަފާރީގަ އެންމެ ބޮޑު ނަފާލިބޭގޮތަށް. ވަގުތުން ވަގުތަށް ތިކަން ހުއްޓާލާ
އައް
11 June 2022
ކޮން ސަރުކާރުގަތޯ އެޗްޑިސީން ހިޔާގެ ސޯޝިއަލް ހައުސިންގެ ކުލި ރިއަލް އެސްޓޭޓޫ ވިޔަފާރި ވެރިން ނަގާވަރަށް ނަގާގެން ބޮޑު ފައިދާ ހޯދަން، މީހުންނަށް ނޯޓިސް ފޮނުވަނީ. އެކަމަކު 15 މިލިއަން ރުފިޔާގެ އަގުހުރި ބިން ހިލޭ ވަކި ބަޔަކަށް. ރިޒޯޓުގެ ބިމު ކުލި ކުޑަކުރަން ބިލުތައް ހުށަހަޅަނީ.
ޯލކކޖޖ
09 June 2022
މާލެ މީހުނަށް ލައްކައިން ގޯތި ދިނަސް ގޯތި ދިންކަމަކަށް ނުވާނެ. ގޯތިތަކުން މާލެ ފުރިފަ. އެކަު މިކިޔަނި ގޯތި ފޮތި ފޮތިކޮށްފަ ލިބެނީ ކުޑަތަންކޮޅެކޭ. އެބުނާ ފޮތިފޮތި ކޮއްފަލިބޭ ތަންކޮޅުވެސް ދިހަބުރިއަށް ހިއްލާފަ އެތަންކޮޅުގަވެސް ދެ ނޭފަތު ހޮރުވަރުގެ ދެ އެޕާޓުމަންޓް ހަދަންޖެހޭ. މާލެ މީހުން ނިކަމެތިވަނީ އަމިއްލައަށް. އުޅެންނޭނގޭ ކިބުރުވެރި ބޮޑާބައެއް !!!!
އެކުއްޖާ
09 June 2022
އަހަރަކު އެއްފަހަރު ފޯމޭ ކިޔައިގެން ކޮން މުސީބާތެއްތަ. ސަރުކާރަށް ރައްޔިތުންގެ ހާލު އެނގޭނެ ކިތަމެ ގޮތެއް ހުންނާނެ. ބޯހިމަނާށޭ ކިޔާފަ ލާ ޖަންގިޔަލުގެ އަދަދުވެސް ބަލާފަ ދަނީ
ރަޝީދުއް
09 June 2022
ހަމައެކަނި ލާމު އަތޮޅަށް އެކަނި ބަލާލިޔަސް އިނގޭނެ މަޖްލިސްމެންބަރުންނާއި މާލޭ މީހުންގެ ބިންތައް. ! ހެޔޮނުވާނެ ! ﷲ އަށް ބިރުވެތިވޭ . ކިތަންމެ ތަނަސްވަސްކޮށް ނަހަމަގޮތުގައި އުޅޭމީހަކަށް ދުނިޔެއަޅާދިޔުމުގެ ކުރިން އެމަންޒަރު ފެންނާނެ
މޮޔަ ސޮރު ގެ މާމަ
09 June 2022
އަސްލު މާލޭ މީހުންގެ ގޯތި ނެތް މީހުންގެ އަދަދު ކިހާވަރެއް؟ މިމާލޭގަ މިއޮތްހާ ގޯތި މީ ކޮން ރަށެއްގެ މީހުންގެ ގޯތި ތަކެއް؟ މަރުވެފަ ތިބި މާލޭ މީހުންގެ ގޯތި ދޯ! އެހެންވީމާ މާލޭ ގޯތިތައް ސަރުކާރަށް ނަގާ، މިހާރު ދިރިތިބި މާލޭ އެންމެނަށް ހުޅުމާލޭން ގޯތި ކަނޑާފަ ދީ. މާލޭ ގޯތިތައް ސަރުކާރުން ވިއްކާލާ އިންޓަރނޭޝަނަލް ހޮޓާތައް އަޅާ މާލެ ރީސްޓަކްޗަރ ކުރަން. މާލެ އަކީ އޭގެ ފަހުން ފައިމަގުގަ އުޅޭ ކޮމާޝަލް ހަބެއް. އޮބި ނޯންނަވަރަށް ދައުލަތައް ފައިސާ އޮހޭނެ.
ބަޑިތަކުރު
09 June 2022
ބޮޑު ހޭދަކޮށްގެން ހިއްކާ ބިންތަކުން ގޯތި ދިނުމުގެ ބަދަލުގައި ވީހާބޮޑަށް ބިމުގެ ބޭނުން ހިފޭހެން ވީހާގިނަ ބަޔަކަށް ފައިދާކުރާނޭހެން ފްލެޓް އަޅާފައި ދޭންވީއެވެ. ގޯތި ދޭނަމަ އެލިބޭނީ އަނެއްކާވެސް މާލޭގައި މައިންބަފައިންގެ ގޯތީގައި ދިރިއުޅޭ މީހުންނަށެވެ. އަނެއްކާވެސް ކުއްޔަށްދޭން އިތުރު ބިލްޑިންގެއް ހަދާނެ ބިމެއް ލިބެނީއެވެ. މާލޭން ލިބޭ ތަންކޮޅު ދޫކޮށްލުމުގެ ނަމުގައި ހުޅުމާލެއިން އެތައްސަތޭކަ ގޯތި ދޫކޮށްފައިވާއިރު މާލެއިން ދައުލަށް ބިމެއް ލިބުނުބާ؟
ޕިކްސް
09 June 2022
ގޯތި މިދެނީ ދިރިއުޅެން. އެހެންކަމުން ވިޔަފާރި ބޭނުންތަކަށް ގޯތިތަށް ބޭނުންނުކުރެވޭނެ ގޮތެއްހެދުން މުހިއްމު.
މިރަށުމީހާ
09 June 2022
އަހަރުން ރަށުން އަހަރުމެން ގޭގެ ކޮންމެ ކުއްޖަކަަށް ލިބުނު 3000، 2000 އަކަފޫޓުގެ ގެވަޅު، މުޅިން ހިލޭ ހަމަ. އަދި ކޮބާ، އާއިލީ ގޯތި ވެސް އޮވޭ، އެތަން ވެސް ބަހައިގެން ލިބޭ ބައި ވެސް ލިބޭނެ. ލޯކަލް ޓުއަރިޒަމް އަދި އެއަރޕޯޓުގެ ސަބަބުން ވަޒީފާ އެބައޮތް، ފައިސާ ލިބޭ. ދިރި އުޅެފަ ބިން ގިނަވެގެން ގެސްޓު ހައުސް ހަދަން ބިން ކުއްޔަށް ދިނުމުގެ އަދި ވިއްކުމުގެ ފުރުޞަތު އެބައޮތް. މާލެ ނުދާނަށް އަހަރުންނެއް.
ސަންދޯކުފިލާ
09 June 2022
މާލޭ މީހާ ގޯއްޗެއް ހޯދަންޏާ އާއިލީ ގޯތިން ލިބިފައިއޮންނަ ސަންދޯއްކެއް ވަރުގެ ތަންކޮޅުވެސް ދޫކޮށްލަންޖެހޭ. ރަށުމީހާވީމަ މީތި އަނެއްކޮޅަށްބަދަލުވޭ. 3000އަކަފޫޓު ގޯތިގެސްޓްހައުސްހަދާފަ އާއިލީގޯތި ބަހައިގެން ލިބޭބައިގައި ދިރިއުޅެވޭ.
ކޮލަމާ
09 June 2022
މާލެ ނުގޮހެއް ނުވާނެ ކޮއްކޯ! ސަބަބަކީ ރަށުގަ ތިބެގެން ކަންކަން ވާންނެތުން. ވަޒީފާނެތުން. މާލޭގެ ޑިމާންޑުކުޑަވާގޮތަކަށް މާލެ ސަރުކާރަކުން ކަމެއް ނުކުރާނެ.