އެމްޑީ އަލަމްގީރް
23 ޖުލައި 2022 - 07:57
އެއްޖިންސުން ގުޅުން ހިންގައި އެ މަންޒަރުތައް ވީޑިއޯކޮށް އަދި އޭގެ ބޭނުންކޮށްގެން މީހުން ބްލެކްމެއިލްކުރި މައްސަލައިގައި ހިމެނޭ އަލަމްގީރް ގާތަށް އެތައް ސަތޭކަ ބަޔަކު ގޮސްފައިވާ ކަމަށް ބެލެވޭ މައުލޫމާތުތަކެއް ލިބިއްޖެ އެވެ.
ގިނަ އަދަދެއްގެ މީހުން އަލަމްގީރާ އެކު ފާހިޝް އަމަލުތައް ހިންގާފައި ވާއިރު "މިހާރު" އަށް އެނގިފައިވާ ގޮތުގައި ގައިންގަޔަށް އަރާ ބަލި ހުރޭތޯ މިއިން ދުވަހަކު އޭނާ ޓެސްޓެއް ނުކުރެ އެވެ.
ރާއްޖޭގެ އެކި ފެންވަރުގެ މީހުން، ބަންގްލާދޭޝް ފިރިހެނެއް ކަމަށްވާ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގިކަން މިހާތަނަށް ވަނީ އާންމުވެފައިވާ ވީޑިއޯތަކުން އެނގިފަ އެވެ. އޭނާ ރެކޯޑްކޮށްފައިވާ ވީޑިއޯތަކުގައި ވެސް އެތައް ބައެއްގެ މަންޒަރުތައް އެބަހުރި ކަމާއި އެ މީހުން ދެނެގަތުމުގެ މަސައްކަތް ފުލުހުން ކުރަަމުން އަންނަކަން ވަނީ އެނގި އެވެ. ނަމަވެސް އެ ކަމާ ބެހޭ ގޮތުން ފުލުހުން އަދި ވާހަކައެއް ނުދައްކަ އެވެ.
އަލަމްގީރް ތަހުގީގަށް ހައްޔަރުކޮށްފައި ވާއިރު، އޭނާ ތަހުގީގަށް އެއްބާރުލުން ދީ، އޭނާއާ އެކު ގުޅުން ހިންގި މީހުންގެ ތެރެއިން އެނގޭ މީހުންގެ މައުލޫމާތު ދެމުން އަންނަ ކަމަށް ވަނީ އެނގިފަ އެވެ. އޭނާ އަށް ވެސް ސީދާ އަދަދެއް ބުނާކަށް ނޭނގެ އެވެ. އެކަމަކު އަލަމްގީރުގެ ވާހަކަތަކާއި މިހާތަނަށް އެއްކޮށްފައިވާ މައުލޫމާތުން، އޭނާގެ ގާތަށް ގޮސް ފާހިޝް އަމަލު ހިންގި މީހުންގެ އަދަދު އެތައް ސަތޭކައަކަށް އަރާނެ ކަމަށް އެނގިފައިވާ އެވެ.
ދިވެހިންގެ އިތުރުން ބިދޭސީން ވެސް އަލަމްގީރާ އެކު ގުޅުން ހިންގާފައިވެ އެވެ.
މައްސަލައާ ގުޅޭ މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި އަލަމްގީރް ފާހިޝް އަމަލުތައް ރާއްޖޭގައި ހިންގާތާ އެތައް ދުވަހެއް ވެފައި ވާއިރު އޭނާ ގާތަށް ދިޔަ މީހުންގެ ތެރޭގައި ކައިވެނިކޮށްގެން އުޅޭ އެތައް ބަޔަކު ވެސް ހިމެނޭތީ އެ ކަމާ ގުޅުން ނެތް ބަޔަކަށް ވެސް ނުރައްކާ އެބަ އޮތެވެ.
"މި ނުބައި އަމަލު ހިންގި މީހުންނަށް ބަލިތައް ޖެހުމުގެ ނުރައްކާ އޮތް އިރު، މިކަމާ ގުޅުމެއް ނެތް، ކުށެއް ނެތް އެތައް ބަޔަކަށް ސިއްހީ ނުރައްކާ އޮތްކަން މިހާރު އެބަ އެނގޭ. މިއީ ކަންބޮޑުވުން އޮތް ސީރިއަސް މައްސަލައެއް،" އޭނާ ކިޔައިދި އެވެ.
"މީނާ އަކީ ރާއްޖެއަށް އައުމުގެ ކުރިން ވެސް އެއްޖިއްސުން ގުޅުން ހިންގުމުގެ އަމަލުތަކުގެ ތެރޭގައި އުޅެފައި ހުރި މީހެއް ކަމަށް ބެލެވޭ. އެހެންވެ މީނާ އަކީ ޖިންސީ ގުޅުމުން އަރާ ބަލިތައް ހުރި މީހަކަށް ވުމުގެ ފުރުސަތު ބޮޑު."
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ޖިނާއީ ތަހުގީގު ކުރިއަށް ގެންދިޔަ ނަމަވެސް އެ މައްސަލައާ ގުޅުން ހުރި ސިއްހީ ނުރައްކާ އަދި ސަމާލުކަމަށް ގެނެސްފައެއް ނުވެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އަލަމްގީރުގެ ފަރާތުން ބަލި ފެތުރިފައި ވެދާނެ ކަމުގެ ކަންބޮޑުވުން އޮތަސް ފުލުހުންގެ ތަހުގީގުގައި ވެސް އޭނާ މެޑިކަލް ޓެސްޓެއް އަދި ނުހައްދަ އެވެ.
އެ ކަމާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
ރާއްޖެ އަށް ވަޒީފާއަށް އަންނަ ބިދޭސީން މެޑިކަލް ޓެސްޓްތައް އޮޅުވާލައިގެން ހުށަހަޅާ މައްސަލަ ވަރަށް ބޮޑެވެ. އަދި އަލަމްގީރަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އައިސް، ސަރުކާރުން ހުޅުވާލި ފުރުސަތުގައި އަލުން ރަޖިސްޓްރީކޮށްގެން ރާއްޖޭގައި އުޅެމުން އަންނަ މީހެކެވެ. އެހެންވެ، އަލަމްގީރުގެ ސިއްހީ ހާލަތު އެނގޭނެ އެއްވެސް ގޮތެއް ވެސް ނެތެވެ.
އަލަމްގީރާ އެކު ގުޅުން ހިންގިކަން މިހާތަނަށް އެނގޭ މީހުންގެ ތަހުގީގު ފަށައި އެ މީހުންގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ. މިހާތަނަށް ފުލުހުންނަށް ލިބިފައިވާ ވީޑިއޯތަކުން ވެސް ގިނަ ބަޔަކު ފެންނާތީ އެ އެންމެން ދެނެގަތުމުގެ މަސައްކަތް ކުރިއަށް ދާތީ އެހެން މީހުންގެ ތަހުގީގު އަދި އުޅެނީ ވަރަށް ކުރީ މަރުހަލާއެއްގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިހާރު ކުރާ ވަރަށް ނުބައި ކަމެއް
25 July 2022
ބޭރުން މީހުން ގެ ވޯކް ވިސާ އާ ކުރާ އިރު މިހާރު މެޑިކަލް ރިޕޯޓް ހަދާކަށް ނުޖެހޭ. މިއީ ވަރަށް ނުބައި ކަމެއް. ސަބަބަކީ ބަންގްލަދޭޝް މީހުން ތެރޭގައި މަކުނު ބައްޔަކީ ވަރަށް ބޮޑު ކަމެއް އަބަދުވެސް. އަދި ޖިންސީ ގުޅުމުން އަރާބައްޔެއް ފެތުރެން ވަރަށް ގާތް. އެހެން ކަމުން މިހާރުވެސް މެޑިކަލް ރިޕޯޓް ހަދާ ގޮތަށް އެބަ ޖެހޭ ގަވާއިދު ބަދަލު ކުރަން.
ޙިނި
24 July 2022
ތަހުގީގައް ވުރެ ތިޔަ ގުޅުން ހިންގި މީހުންގެ ނަންތައް ފޮރުވާ މައްސަލައައް އޮއްބާލުން ގާތީ
އަހައްމަދޫ
24 July 2022
ޕިސް ޕިސް . ހީވަނީ އެހެން ކިޔާލަކިޔާކަ ތިބީމަ މަސްއަލަ ހައްލުވީކަމަށް. ތިބައިގަނޑު ހައްޔަރުކޮށް ޓެސްޓް ކޮށްބަލަ. ކިހާދެރަކަމެއް
ބަބޫ
24 July 2022
ޖުލައި މަހުގެ 26 ވަނަ ދުވަހު ލައުކަތުގެ އެއްމެ މަތީފެންވަރުގެ ލަގަބެއް މީނަޔަށް އަރުވަން ފެނޭ. ސަބަބަކީ ދައުކަތުގެ މަތީފަންތީގެ އިސް ބޭފުޅުންތަކަކަށް މީނަ ކޮށްދީފައިވާ ހިދުމަތުގެ އަވަޒަންކުރުމަށް. މީނާކުރިނކަމަކީ ކުށަކަށް ނުވަންޏާ ދެން ވާންޖެހޭނީ ރަނގަޅު ކަމަކަށްތާދޯ. މީނާ ހައްޔަރު ކުރީ ބްލެކްމެއިލްގެ މައްސަލައިގަޔޯ.
އުދުހޭ
24 July 2022
މަކުނުކުޅިއާއި މަކުނުވިދުރި ފެތުރީމާވެސް މީނާ ނުވޭ ޓެރެރިސްޓަކަށް. ޓެރެރިސްޓުންނާވާނީ އެއްޗެއް ގޮއްވީމާ؟! މުޅި ގައުމަށް ބަލިފަތުރާ އެންމެ މެރިޔަސް އެއީ ޓެރެރިޒަމެއްނޫން؟
އަހުމަދު މުހައްމަދު
24 July 2022
ހައްހައްހާ މިސްކިތް ގޮއްވުމާ އެއްވަރު ތި ކުރިީ
ހައްވައްތަ
24 July 2022
ތީގެން އެއްވެސް ކަމަކާ ފުލުހުންނޫޅޭ! އުޅެނީ ހަމައެކަނި ތިޔަކަން އޮއްބާލެވޭތޯއެވެ. ހެކި ނައްތާލެވޭތޯއެވެ.
ޖެނެޓިކް އުނިސިފަ ތަކަކީ ކާކުގެ މައްސަލަ ޢެއްބާ؟
24 July 2022
ކިތަންމެ ކުޑައެއްކަމަކު ދިވެހި ގައުމަކީ ހަމަ އިންސާނުން އުޅޭ ގައުމެއް. މުޅި ދުނިޔޭގެތަފާސް ހިސާބް ތަކުން ދައްކާ މިންގަޑައް އެކިއެކި ބަލިތަކާ، މޮޅު ހުނަރުތަކާ، އުނި ސިފަތަކާ، ތޫނުފިލި އަދި ގަމާރުންވެސް އެކުލެވޭނެ. ކެންސަރު، އަދި ކޯވިޑް، އަދި އަނެއްކޮޅުން ދުނިޔޭގެ އެއްވަނަ ހޯދާ ސްޓާރ ލިބޭ ކުދިންވެސް. ވިސްނާލާފަ، ކުރަންޖެހޭނެ ސުވާލަކީ ސުނާމީ އެރުމުގެ ކުރިންހޭ މީނަ ރާއްޖެއައީ؟ ފެންބޮޑު ވުމާ، ބިންހެލުމާ، ސުނާމީއާ، އަލިފާންރޯވުމާ މިކަމާ ގުޅުމެއްވޭހޭ؟
ލިލީ ޚާން
24 July 2022
މިވެސް މާލެއަށް ދިރިއުޅުން ބަދަލު ނުކުރާން ޖެހޭ ސަބަބެއް... ކުރީ ޒަމާނުއްސުރެ އަޑު އިވޭ މިކުޅިވަރަކީ މާލޭގެ ބޭފުޅުންގެ މެދުގަ ވަރަށް މަޝްހޫރު ކުޅިވަރެކޭ،،،، އަލަމްގީރު ނަންވާނީ،،،،
ފޭރުއިބޫ
23 July 2022
ފަހުޒަމާނުގެ ޢަލާމާތެވެ. ޤިޔާމަތް ކައިރި ވެއްޖެއެވެ. ޤުރުއާން ދޮގު ނުކުރެވޭ ހުއްޓެވެ. އެ ފޮތުގައިވާ ގޮތަށް ހުރިހާ ކަމެއްވެ ނިމޭނެއެވެ.
މޯދީ
23 July 2022
މަގޭ ނިޝާން އިއްޒުއްލާދީނުގެ ލަޤަބު މީނަޔަށް ދީ. މަށައްވެސް ދިނީނުން