ފޭދޫފިނޮޅު: އެ ރަށް ޗައިނާގެ ކުންފުންޏަކަށް ދިނީ ހަތަރު މިލިއަން ޑޮލަރަަށް.
02 ޖެނުއަރީ 2017 - 12:28
ކ. ފޭދޫފިނޮޅު ޗައިނާގެ ކުންފުންޏަކަށް ވިއްކާލުމުން އިންޑިއާ އިން ކަންބޮޑުވެއްޖެ އެވެ.
ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވާ އިންޑިއާގެ ބައެއް ބޭފުޅުންނާ ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުން މިއަދު ބުނީ ރާއްޖޭގެ ވެރިރަށް މާާލެ އާއި މައި އެއާޕޯޓާ އެންމެ ކައިރީގައި އޮތް ފަޅުރަށް ޗައިނާގެ ކުންފުންޏަކަށް ވިއްކާލުމުން އިންޑިއާގެ ސްޓްރެޓީޖިކް މަސްލަހަތުތަކަށް އަސަރުކޮށްފާނެ ކަމަށެވެ.
"ރާއްޖޭގެ ފޮރިން މިނިސްޓަރު މުހައްމަދު އާސިމް އަންނަ މަހު އިންޑިއާ އަށް ކުރައްވާ ދަތުރުގައި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ރަށްތައް ވިއްކާލުމާ ގުޅޭ ގޮތުން އިންޑިއާ ސަރުކާރުން މަޝްވަރާ ކުރާނެ ކަމަށް ބެެލެވެ އެވެ،" އިންޑިއާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އިކޮނޮމިކް ޓައިމްސްގައި ބުނެފައިވެ އެވެ.
ފުލުހުންގެ ބޭނުންތަކަށް ދީފައި އޮތް ފޭދޫފިނޮޅު، ގާތްގަނޑަކަށް ހަތަރު މިލިއަން ޑޮލަރު (61 މިލިއަން ރުފިޔާ) އަށް ޗައިނާގެ ކުންފުންޏަކަށް 50 އަހަރަށް ވަނީ ކުއްޔަށް ދީފަ އެވެ. އެކަމަކު، އެ ކުންފުނީގެ ނަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.
ފޭދޫފިނޮޅު ދެނީ ޓޫރިޒަމްގެ މަސައްކަތަށެވެ. އެހެންކަމުން އިންޑިއާގެ ސްޓްރެޓީޖިކް މަސްލަހަތަށް އެކަމުން ބުރޫއަރަން ޖެހެނީ ކީއްވެގެން ކަމެއް، އޮފިޝަލުން ވިދާޅުވެފައެއް ނުވެ އެވެ. އިންޑިއާގެ ބައެއް ކުންފުނިތަކުން ވެސް ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާ އަށާއި އެހެން ކަންކަމަށް ގެންދަނީ އިންވެސްޓްކުރަމުންނެވެ.
ފޭދޫފިނޮޅުގެ އިތުރުން 10 ރަށަކާއި ހުވަފެންފުށި ރިސޯޓް ކައިރީގައި އޮންނަ ބޮޑު ފަޅެއް ބިޑަށް ނުލައި ވިއްކަން ޓޫރިޒަމް މިނިސްޓްރީން ވަނީ މިދިޔަ ނޮވެމްބަރު މަހު ހުޅުވާލައިފަ އެވެ. ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ޓޫރިޒަމް ގާނޫނަށް ރައްޔިތުންގެ މަޖިލިހުން މިދިޔަ ޖުލައި މަހު ގެނައި އިސްލާހުގެ ދަށުން ފުރަތަމަ ފަހަރަށް ވިއްކާލަން އިއުލާނު ކުރި 11 ރަށުގެ ތެރޭގައި ހިމެނޭ 4.1 ހެކްޓަރުގެ ފޭދޫފިނޮޅު ވިއްކާލަަން އޭރު އިއުލާނު ކުރީ ގާތްގަނޑަކަށް ތިން މިލިއަން ޑޮލަރު (47.1 މިލިއަން ރުފިޔާ) އަށެވެ.
ފޭދޫފިނޮޅު ވިއްކާލީ ނުއަގުގައި ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެ ގޮތުން، ބޮޑަށް ހުޅުވާލި ނަމަ، އެ ރަށް އެންމެ ކުޑަކޮށް ވެސް 10 މިލިއަން ޑޮލަރު (153 މިލިއަން ރުފިޔާ) އަށް ވިއްކާލެވޭނެ ކަމަށް ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ވެސް ވަނީ ބުނެފަ އެވެ.
މާލެ އަދި އެއާޕޯޓާ ވެސް އެންމެ ކައިރީގައި އޮތް ފަޅުރަށް ޗައިނާގެ ބަޔަކަށް ދިނުމުން އިންޑިއާ އިން ކަންބޮޑުވެފައިވާ އިރު، ވާދަވެރި ޗައިނާގެ ނުފޫޒު ރާއްޖޭގައި ގަދަކުރަމުން ދާ މައްސަލަ އިންޑިއާގެ އެކި ފަރާތްތަކުން ވަނީ ކުރިން ވެސް ޖައްސައިފަ އެވެ. ހާއްސަކޮށް، ޗައިނާ އިން ލޯނު ނަގައިގެން ބޮޑެތި ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނާތީ އެވެ.
އެކަމަކު އިންޑިއާގެ އަނެއް ބަޔަކު ބުނާ ގޮތުގައި ރާއްޖެ ކަހަލަ ގައުމުތަކަށް ތަރައްގީގެ މަޝްރޫއުތައް ނުހިންގާ ވެސް ނޯވެވޭނެ އެވެ. އަދި އިންޑިއާ އިން އެހީ ދޭނެ އިރަކަށް ކުރާ އިންތިޒާރު ދިގުނުކުރެވޭނެ ކަމަށް ވެސް، ބައިނަލްއަގުވާމީ ދާއިރާާގެ މައްސަލަތަކާ ބެހޭ ބައެއް ތަޖުރިބާކާރުުން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްލާ އަލީ
04 January 2017
މައިއެއާޕޯޓް ކައިރީގަ އޮތް ފަޅުރަށެއްގަ ރެސޯޓް ހަދަން ޗައިނާ ކުންފުންޏަކަށް ދިނުން މައްސަލަޔަކަށް ވާހަކަދައްކައިރު ތާޖް ގްރޫޕުން ކިތައް ރެސޯޓް އެބަހިނަގާބާ؟ ރާއްޖޭ ގެ މައި އެއާޕޯޓް އިންޑިޔާ ގެ ޖީއެމްއާރަށް ދިނީމަ ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ތިބީ އަކީ ހިތް ހަމަޖެހިފައެއް ނޫން. އެއާޕޯޓާ ވަރަށް ކައިރީގަ އިޓަލީގެ ވެކަންޡާ ގްރޫޕް އިންވެސް ރެސޯޓް އެބަހިންގާ ކޮބާމައްސަލަ އެއް ، އިންޑީޔާ ކަން ބޮޑު ކުރަނީދިވެހިންގެ ތެރެއިން ބަޔަކު ދޮގު ވާހަކަތަކެއް ފަތުރާތީ ، މިހުންނަނީ އަކީ އެއްވެސް މައްސަލަ އެއް ނޫން މިތާކު ޗައިނާގެ މިލިޜްރީ އެއްޕޯޓެއް ނުހަދާ.
އިބިރިހިންބެއްޔާ
04 January 2017
ހަޑިގިއްލާ ހޮއްކޮއަށް ހަނދާންކޮއްލަދެން. ބިޑަށް ނުލަނީ ޤާނޫނީ އިމުގެ ތެރެއިން. ޤާނޫނު އެގޮތަށް ބަދަލުކުރީ އަޅުގަޑުމެން ދިވެހިރައްޔިތުން ހޮވާފައި އެކަމަށް އިސްކުރި ރައްޔިތުންގެ މަންދޫބުން. ހުރިހާ ކަމެއްގެ ޒިންމާ ރައްޔިތުންގެ ބޮލަށް. ސަޅިއެއްނޫންތޯ؟
ގިޔާސް
04 January 2017
25 އަހަރު ކަމުނުގޮސްގެން މުޒާހިރާ ކުރި ބައިގަޑު ، ވެރިކަމަށް އަރާ ރައްޔިތުން އަނގަ ބަންދުކޮށް ހިޔާލުފާޅުކުރުމުގެ ފުރުޞަތު ބަންދުކޮށް ރައްތަކާއި ފަޅުތައް ވިއްކާ މުޅިގައުމު ފަނާކޮށް ހަނާކޮށްފި! ރައްޔިތުން ނުކުމެ މިވެރިކަން ނިންމަންޖެހޭ އެހެން ނޫނީ ގެދޮރުވެސް ވިއްކާނެ!
އަލީ
04 January 2017
މިހާރު ބޭނުން ވަނީ ޑޮލަރ ކޮޅެކޭ. އަދި މިއަންނަ 2 އަހަރު، (ވޯޓު ގަނެ ވިއްކާ 2 އަހަރު) މިއައްވުރެ މާބޮޑައް ބޭނުން ވޭ. ދެން ނެތްތަ ވިއަކާލެވޭނެ ތަރިކައެއް؟ އަދި ބުނަންތަ، ބައެއް ރައްރަށަކީ،އޮޅުވާލުމެއްގަ ތެރޭގަ ހައެއްކަ ފަރާތައް އެއްފަހަރާ ވިއްކާލެވޭނެ ތަންތަން....ހެހެހެ...
ހަނު
04 January 2017
އިންޑިޔާ އިން ކުރިންކުރަވުނު ޖެއްސުން ކުޑައީތަ ލޯނުދީފާ އެއްފަހާރާ ލޯނުދައްކަން ޖެއްސުވީ މަމެން މިހާރު ބޭނުމެއްނޫން ތިޔަކަހަލަ ބަޔަކު އިރާދަކުރާވިޔާ ކައިރި މުސތަގުބަލެއް ގާ ބޭސްފަރުވާ އަށްވެސް ތިޔަ އިންޑިޔާ އެއް ދިޔުން ހުއްޓޭނެ ބަލަން ތިބޭ ކަންބޮޑުވާ ވަރު
އެކެޑެމީ
03 January 2017
މިވެނި ރަށެއް ވިއްކާލައިފި. މިއީ ކިހިނެއް އުފަންވި ލަފުޒެއްބާވައެވެ. ފޭދޫ ފޮނޮޅުވެސް ވިއްކާލީ އެވެ. 50 އަހަރަށެވެ. ވަކި މުއްދަތަކަށް ވިއްކުމަށް ބޭނުންކުރާ ލަފުޒެއް އެކަޑަމީން ހަދައިދީބަލާށެވެ.
ގެދާނޯމޮސް
03 January 2017
ތިވީގޮތުން ތި އިންޑިޔާ މަލިކުން ފޯއްމުލަކަށް އަތްފުނާއަޅާނެ ޒަމާން އަދި މިޤައުމު ދެކޭނެ އެވެ.
ގަޅިބެ
03 January 2017
ތި ވާނީ އިންޑިޔާއިންވެސް ރާއްޖޭގެ ސަރަހައްދެއް ބޭނުންވީކަމަށް. އާޚިރު ނިމޭނީވެސް އެހެން. ރާއްޖޭގެ އެކި ސަރަހައްދު އެކި ގައުމުތަކަށް ވިއްކާލާފަނޫނީ ހުއްޓައެއްނުލާނެ.
ބިގް ބޮސް
03 January 2017
ކުދިންނޭވެ. ބަލަ! އަޅެ ފަހެ މަޑުންތިބެބަލަ. ތިޔަވާން އުޅޭ އެއްޗެއް އެނގެންދެން.
އެދުރުބެ
03 January 2017
ދެން މިއީ ވެސް އަޖައިބެއް. ހުޅުލޭ އއެއަރޕޯރޓަށް ތިރިކުރާ ހުރިޙާ ބޯޓެއް ތިރިކުރަނީ ޖެހިގެން އޮންނަ ތާޖް ރިސޯޓް މަތިން ލާފައި. މިހާކައިރީގައި މި ރިސޯޓް ހިންގާތާ ކިތައް އަހަރު.؟ ޗައިނާ ސަރުކާރުން ބަޔާނެއް ނުނެރޭ ތިމަންނަމެން ކަންބޮޑުވާ ކަމެކޭ ކިޔާފައި. މިއީ ތަފާތަކީ. މޮނަލާލްސް އިން މާލޭ މެދުގައި ވިޔަފާރި ކުރާނތާ ކިތައް އަހަރު. ސްޓޭޓް ބެންކުން މާލޭގައި އުޅޭތާ ކިތައް އަހަރު؟ ޗައިނާ ކުންފުންޏަކުން ފޭދޫ ފިނޮޅު ތަރައްޖީ ކުރަން ލިބުމުން އިންޑިޔާ ހާސްވާންޖެހޭ ކަމެއް ނޯންނާނެ. މިއީ ދިވެހިރާއްޖެ. އިންޑިޔާގެ ދަށުގައި އޮންނަ ޖަޒީޜަތަކެއް ނޫން.