ނަޝީދު: އެމަނިކުފާނުގެ ކޮއްކޮފުޅު ހައްޔަރުކުރުމާ ދެކޮޅަށް ވާހަކަ ދެއްކެވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި --- ފޮޓޯ/މިހާރު
28 ޖުލައި 2022 - 23:40
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރުކުރުމާ ދެކޮޅަށް އެ މަނިކުފާނު ކުރެއްވި ޓްވީޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ނާޒިމް މިރޭ ހައްޔަރުކުރުމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައިވަނީ ސަރުކާރުން ނާޒިމް ހައްޔަރުކުރީ ދީނީ ހަރުކަށި މީހުންގެ ރުހުން ހޯދަން ކަމަށެވެ. އަދި ނާޒިމް ހައްޔަރުކުރީ އިޖްރައާތުތަކާ ޚިލާފަށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެ ޓްވީޓާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ނަޝީދަށް ފާޑުކިޔައިފަ އެވެ. ސޯޝަލް މީޑިއާގައި ވީޑިއޯތައް އާންމުވެފައި ވާއިރު، މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ކޮއްކޯފުޅުގެ ދިފާއުގައި ނަޝީދު ވާހަކަފުޅު ދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ބުނެ އެއް ބަޔަކު ފާޑު ކިޔެވެ.
"ހުވައެއް ކޮށްގެން ހަވާލުވެހުރި މަގާމަށް ވެސް ކޮންމެވެސް އިހްތިރާމެއް ކުރަންޖެހޭ." އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން ކުރެއްވި ޓްވީޓެއްގައިވެ އެވެ.
Sir, fighting for your brother is okay, but you should do it after your resignation, since your brother is accused of a crime for which there is video evidence that unfortunately many Maldivians have seen. Have some respect for the office you have taken an oath to represent. https://t.co/rtx9vvzW4i
— Ali Ihusaan (@ali_ihusaan) July 28, 2022
އިހުސާންގެ ޓްވީޓް
ހަމަހަމަކަމާއި އަދުލު އިންސާފަށް ނަޝީދު ކުރިން ވަކާލާތު ކުރެއްވިއިރު، އެމަނިކުފާނުގެ ކޮއްކޯފުޅަށް ގާނޫނު ހިންގަން އުޅުމުން މައްސަލައަކަށް ވާންވީ ކީއްވެގެންތޯ އެއް ބަަޔަކު ސުވާލު އުފައްދާފައިވެ އެވެ. އަދި ނަޝީދާއި އެމަނިކުފާނުގެ އާއިލާއަށް ވީތީ ގާނޫނު ނުހިނގަނީތޯ އެއް ބަޔަކު ސުވާލު އުފައްދާފައިވެ އެވެ.
"ފެނިގެން މި ދަނީ އަހަރުން ދަންނަ ރައީސް ނަޝީދެއް ނޫން." މީހަކު ކުރި ޓްވީޓެއްގައިވެ އެވެ.
ފެނިގެން މިދަނީ އަހަރުން ދަންނަ ރައީސް ނަޝީދެއް ނޫން.
— 𝐀𝐥𝐢 𝐀𝐬𝐢𝐦 (@VindSim) July 28, 2022
އަހަރެން ދަންނަނީ ކޮންމެ ފަދަ ހާލަތެއްގައި ވެސް އިންސާފާ ހަމަހަމަ ކަމަށް ގޮވާލާ ރައީސް ނަޝީދެއް.
ލަދުން ބޯ ހަލާކު🤦 https://t.co/tlT8xaQPuk
މީހަކު ކުރި ޓްވީޓެއް
އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ދިފާއުގައި ނަޝީދު ވާހަކަ ދެއްކުވުމުން އެމަނިކުފާނު މަގާމުން ދުރުކުރަން އެއް ބަޔަކު ގޮވާލާފައިވެ އެވެ. އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އެމަނިކުފާނު އިންނަވާތީ ވެސް ބައެއް މީހުން ކަންބޮޑުވުމުން ފާޅުކޮށްފައިވެ އެވެ.
މީގެ އިތުރުން ވެސް އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުގައި ވެސް ކަނޑައެޅިގެން މަނާ ކޮށްފައިވާ ކަމެއް ކުރި މީހަކަށް ފިޔަވަޅު އެޅުމަކީ ދީނީ ހަރުކަށި އަމަލަކަށް ވަނީ ކިހިނެތްތޯ ވެސް ބުނެ ބައެއް މީހުން ޚިޔާލު ފާޅުކޮށްފައިވެ އެވެ.
"މިހާރު މިކަމާ ދެކޮޅުވުމަކީ ވެސް ހަރުކަށިވުން؟." "މިހާރު" ގެ ކިޔުންތެރިއަކު ފޮނުވި ކޮމެންޓެއްގައިވެ އެވެ.
އެހެން ބައެއް މީހުން ސޯޝަލް މީޑިއާގައި ފާޅުކުރި ޚިޔާލުތަކުގައިވަނީ ނަޝީދުގެ ބޭނުމަކީ އެއް ޖިންސުން ގުޅުން ހިންގަން ތާއީދުކުރާ މީހުންގެ ރުހުން ހޯދުމާއި ދީނީ އިލްމުވެރިންނަކީ ހަރުކަށި ބައެއް ކަމަށް ދެއްކުން ކަމަށެވެ. އަދި ސަރުކާރުން އެޅި ފިޔަވަޅަށް ބައެއް މީހުން ތައުރީފް ވެސް ކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހަންމާކަލޯ
30 July 2022
ލިވާތުކުރާ ބަޔަކު ސަލާމަތްކުރަން އުޅޭ އެއްވެސް މީހަކަށް މިގައުމަކުން ތާއީދެއް ނުކުރާނެ. އަދި މިގައުމަކުން ހުއްދައެއްވެސް ނުކުރެވޭނެ.
އިންގިރޭސި
30 July 2022
އިންގިރޭސި ކިޔަން އެގޭތަ. "ސެލެކްޓިވް" ކޮބާ ކަލޭމެން ކޮށްފައި އޮތް ތަރްޖަމާގައި. ސެލެކްޓިވް ގެ މާނައަކީ އިންސާފްގެ ބޭރުން ވަކި މީހަކަށް ވަކި ގޮތެއް. އެމަނިކުފާނު ވިދާޅުވީ "ސެލެކްޓިވް އުސޫލުން".
ޗަމްކީޗަމްޗަމް
30 July 2022
ވަކި މީހަކަށް ވަކި ގޮތެއް ނުހަދާ. އަހަރުމެނަށް ފެނުނީ އެންމެންވެސް މުއްދަތު ޖަހަން ގެންދިޔަތަން. ފިލަން އުޅުނީވެސް އެކަކު ވަކި ގޮތެއް ހަދާދޭތޯވެސް އުޅެނީ އެކަކު އެންމެ ކުރު މުއްދަތެއް ޖަހާދިނީވެސް އެކަކަށް. އެކަންކަން މާ ސިލެކްޓިވް. ދެން ދުއިސައްތަ އެތައް މީހެކޭ ކިޔަނީވެސް ނަށީދު. އެ މައުލޫމާލު އައީ ޖިންނިޔެއްގެ ގާނުން ނޫންކަމެއްވެސް ނޭނގެ. އެހެން ކިޔާފަ ސިލެކްޓިވޭ އިނގިރޭސިޔޭ. ކުޅިކުޅޭ މީހުންގެ ދިފާއުގަ އުޅޭ ބައްރަކަށް ގޮސް އެހުރީ ރާއްޖެވިއްކަން
ބޮވޭގޮތްވަނިއްޔޭ
30 July 2022
ތިޔަވަރަށް ޔޫކޭއަށް ވަޑައިނުގަންނަވާ ބައްލަވާ. ޒަމްޒަމް ހުސްވީ؟ އެނޫނަސް ޢަލީ ވަހީދުއާ ގުޅިގެން މިރާއްޖޭއަށް ކޮންކަހަލަ ކަމެއްތޯ ގެންނަވަން ތިޔަ އުޅުއްވަނީ.
8272929
30 July 2022
ޑިމޮކުރަސީގެ ބަލަދުވެރިޔާއަށް ނުބަވަބަލަ ދޯ؟
އަބްޑޫޅް
30 July 2022
ކަލޭމެން އެންމެން ތިޔައުޅެނީ، ތިންވަނަ ދުނިޔޭގެ، ޓިނު ތެލި، ދޮންކެޔޮ ޖުމްހޫރިއްޔަތެއްގަ.
ގައުމުގެ
30 July 2022
މިހެންވެ މަބުނީ މި ގައުމުގެ ވެރިން ބަދަލު ކުރަން. މާ އެމެރިކާ ވަނީ.
މުހައްމަދު.
30 July 2022
މީނާގެ އުދަގޫ ވަރަށް ބޮޑުވެއްޖެ. މީނާގެ ދޮގުމަޅީގައި ޖެހިގެން އުޅޭ ބަޔަކުވެސް އެބައުޅޭ. ރައްޔިތުން ކަޑުކޮހަކަށް ވެރިކަންކުރުމުގެ ފުރުސަތު ދިނީމަ ނިކުންނަ ހިތި ނަތީޖާ ފެނިގެން މިދަނީ. ރައްޔިތުން މިހާރު އެއްމެ ގާބިލު މުވައްޒަފު ހޮވަން ދަސްކުރަންވެއްޖެ.
ކިހާދެރަ
29 July 2022
މީނަޔާ ހެދި މުޅި ޕާޓީގެ އަގުވެސް ވެއްޓުނީ
އެމްސް
30 July 2022
ޕާޓީ ތެރޭގަ، "މަނީ މަނީ، ޔޭސް ސަރ" ވީމަ އަގެއް، ހަމައެއް ނޯންނާނެ!
ކުޗީ
29 July 2022
ސިލެކްޓިވްލީ ޔޯ ... ޕޮލިޓިކަލީ މޯޓިވޭޓެޑް ޔޯ ... އަދި އަގެއިންސްޓް ދަލޯ ޔޯ ... ތިބޭފުޅާ މިފެންވަރަށް ވެއްޓޭނެ ކަމަށް ގިނަ މީޙުން ހިޔެއްނުކުރެ. މިހާރު ތިހުރީ ސިޔާސީ ގޮތުން " އޮރިޔާން " ވެފަ. ދިިވެހިންނަށް ޓަކާ ގުރުބާނީ ތަކެއްވެ ، އަގުނުކުރެވޭ ވަރުގެ ކަންކަން ކޮށްދިން މީހެއް ، އެހެނަސް ތިފެންވަރަށް ވެއްޓުނީމެ ދެން ތާއީދު ކުރެވޭކަށް ނެތް.
އެމްސް
30 July 2022
އިބޫގެ އެއްވެސް ގޯސްވާހަކައެއް ދައްކައިގެން ނުވާނެ؟
މޮޔަހެއްދި އެކަކު
30 July 2022
އޭނަ ގުރުބާންވީ މަތިވެރި އިއްޒަތާއި ޝަރަފާއި ޖާހާއި މުއްސަނދިކަމަށް. ކަނޑުކޮސް ރައްޔަތުން ޅޮސްގަހަށް އަރުވާފައި އޭނަ އެތަކެތި ހޯދައިފި. ފައިވާންކިބަ އަތަށް ލައިގެން ގޭގޭގެ ފުޅައްބުޑުން ދުވެހަދައި އުޅުނުމީހާ މިއަދު އެހެރީ ވަށައިގެން ބޮޑީގާޑުންގެ ތެރޭގައި ނަމުގެ ކުރިޔަށް ރައީސްލައިގެން. ސާވޭޔަރުކޯހެއްގައި މައުމޫނު ސަރުކާރުން އޭނަ ލީޑްސްއަށް ފޮނުވޫމަވެސް އުޅުނީ ޖަމްއިއްޔާ ހަދައިގެން މައުމޫނަށް ފަތިވަރުގޮވަން. ކިޔަވައިގެން ހުރި މީހެއްވެސްނޫން ތިއީ.
ގެރިބޯ
30 July 2022
ކޮނކަމެއް އަންނި ކޮށްދިނީ؟ އަންނިއަކީ ކަމެއް ކޮށްދެވޭ ވަރުގެ ވިސްނުމެއް އުރައްޕެއް ހުރި މީހެއްނޫން. މިޤައުމަށް އޭނަކޮށްދިނިއްޔާ ދީފައޮތީ ގެއްލުމެއް. މި ކަލޭގެ 2005 ގަ މިޤައުމަށް ފާވިފަހުން މިޤައުމު ހަމަ ނޭވާ ލިޔަނުދޭ.
އޮނަރަބަލް އަފީފް ދީދީ
29 July 2022
ވަރަށް ވެދުން މަށެއް މަގޭ މައެއް ބަފައެއް ދެން އެމްޑީޕީ އަށް ވޯޓުލާކަށް ނުދާނަން.
ފިލިވަގު
30 July 2022
އޮނަރަބަލް އެއްކަމުގައި ވިޔަސް މައިން ބަފައިންގެ ވޯޓާ ކުޅުއްވާކަށް ނުވާނެ.