ރޮޒައިނާ: އޭނާގެ ޓްވިޓާ އެކައުންޓް ވަނީ ހެކްކޮށްފައި --- ފޮޓޯ/މިހާރު
30 ޖުލައި 2022 - 19:59
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފާޑު ވިދާޅުވެ، ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް އޭނާގެ ޓްވިޓާ އެކައުންޓް ހެކްކޮށްފި އެވެ.
ނަޝީދަށް ރޮޒައިނާ ފާޑު ވިދާޅުވަމުން ގެންދެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ޒިނޭގެ ތުހުމަތުތަކެއް ނަޝީދު ކުރެއްވުމުންނެވެ. ނަޝީދު އެ ތުހުމަތުތައް ރައީސަށް ކުރެއްވީ އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރު ކުރުމުންނެވެ.
ރޮޒައިނާ ޕޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރޭ މެންދަމު 2 އިން ފެށިގެން އޭނާގެ ޓްވިޓާ އެކައުންޓް ހެކް ކޮށްފައިވާ ކަމަށެވެ. އެކަމަކު އެކައުންޓް ހެކްކުރި ފަހުން އެއްވެސް ޓްވީޓެއް އެ އެކައުންޓުން ކޮށްފައި ނެތް ކަމަށް އޭނާގެ ޕޯސްޓްގައިވެ އެވެ.
"އެކައުންޓް ހެކް ކުރިޔަސް، ބުނަން ބޭނުން އެއްޗެއް ނުބުނެ ހުންނާނެ ކަމަށް ހީނުކުރައްވައްޗޭ،" ރޮޒައިނާ ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ.
ރައީސްގެ މައްޗަށް ނަޝީދު ކުރެއްވި ތުހުމަތު އެމަނިކުފާނު ދޮގު ކުރައްވަ އެވެ. ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއެއް އާންމުވުމުން އޭނާ ހައްޔަރު ކުރުމުން ނަޝީދު ވިދާޅުވީ ސަރުކާރުން އޭނާ ހައްޔަރުކުރީ ދީނީ ހަރުކަށި މީހުން ރުއްސަން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުތުފީ
31 July 2022
ނަޝީދު ދެއްކިވާހަކަ ކަމުނުދޭ. އެކަމަކު ރޮޒޭނާ ވެސް ތިއީކީ މާހަރަގަޅުމީހެއް ނޫން. އަބަދުވެސް ދޭތެރެޖެއްސުމުގަ.
އިމަނާ
31 July 2022
ޕާޓީގެ މީހުން އަދިވެސް އަތްޖަހާ، ނަޝީދު މޮޅުއެއްޗެއްބުނެފިޔޭކިޔާ! އެއީ ގަދަ ގޮލައެކޭކިޔާ؟ އޭނާއަކަށް ނޭގޭ ގަޒުފުގެ ހައްދު ޖަހާވަރުގެ ވާހަކައެއްބުނެވޭއިރުގަވެސް. ދެން އޮތީ ތަހްގީގު. އެވަރުގެ ވާހަކައެއްބުނީމާވެސް އެހެރީ ދޫކޮށްލާފަ. ވައްލިއްޔުލްއަމްރުގެ ބޮލުގައި އެކަހަލަ ތުހުމަތެއް އެޅުވީމަ ޖެހޭނެދޯ ރަގަޅަށް ތަހްގީގުކުރެވެން. އަހަރެންގެ ޚިޔާލަކީ ރައީސްވެސް ޖެހޭނެޔޭ، ނައިބުރައީސާ ވަގުތީގޮތުން ބާރުތައްހަވާލުކޮށް މައްސަލަ ތަހްގީގުކުރަން ފުރުޞަތުދޭން.
ބަރުބާދު
31 July 2022
ތިޔަވާނީ ކޮންމެސް ނުބައި ޓްވީޓެއް ތިމާއައްވުރެ ނުބައި މީހަކާދިމާލައް ފޮނުވާލެވުނީކަމައް، އެހިސާބުން ދެން ޖެހޭނީ އައްދިއްޔޯތް އަލިފާނޯތް ގޮވާފަ ޓްވިޓަރ ހެކްވާން.
ޑޮކްޓާރ. ބަނާނާ
31 July 2022
ބާކީ ހުރި އާލާތް ތައްވެސް (އީމެއިލް... ) ހެކް ކޮށްފަ ވޭތޯ ބައްލަވާފަ ޢަވަހަށް "ޓްވިޓަރާއް" ސަޕޯޓް ރިކްއެސް ޓެއް ފޮނުވާ! ޢެހެންވޭނެއި ނުނީ ޓްވިޓަރާ ނަސް ތެކެރާ ކަމަކީ ހޮޅި ހޮއްލުން! ކޮބާ ރަދީފު ކަޅޮ ސައިތާށަކަސް ނެތީ؟
މަނިއްޕުޅު
31 July 2022
ޑޯކްޓަރ ދޮންކެޔޮވަކާ . ތިލިޔާއެއްޗެއް ރޮޒޭ އަށް ކިޔަން އެގޭ ބަހުރުވަޔަކުން ލިޔުނީމަތާ އިގޭނީ
ރަދީފްއޮފިޝަލް
31 July 2022
ހެލޯ ބަނާނާ.ޔޫ ކޮބާ؟؟ މަ މިއިނީ ބައްޗު ހޮޓެލްގަ.ތޯ އާއްސެލެ.
ރަތްލިބާސއ
30 July 2022
ކާކުތަ ޓުވިޓާ އެކައުންޓު ހެކު ކުރަނީ. ޓުވިޓާއަކީ ބަކަރި ކޮށިތަ. ހަމަ ކަމެއްވާ އިރަށް ހެކުކޮށްފިޔޯ. ދަސްކޮށްބަލަ އެއީ ފަސޭހަކަމެއްނޫންކަން. އެއީ ޤާނޫނާއި ޚިލާފުކަމެއްކަން. އެންމެނަށް އެނގޭ ޕާސްވޯޑު ޖަހައިފަ ހެކޭ ކިޔުމަކީ ލަދުކަމެއް. ތަންކޮޅެއް ހަރުދަނާވެބަލަ.
ކުރުނބާ
30 July 2022
އެހާ ފަސޭހަ ޕާސްވޯޑް ޖަހައިގެން އުޅެންޏާ ހެކްކުރާނެ.
އެމްސް
31 July 2022
އެހެން ބުނީމަ އެހެންވޭތޯ؟ ސިޔާސީ މީހުން ދައްކާ ވާހަކަ ޤަބޫލުކުރަން ވެދާނެތޯ؟ މެމްބަރެއްގެ ދައުރަކީ ކޮބައިކަން ރޮޒޭނާއަށް އޮޅުނީ މާބޮޑަށް އެއް މިނިސްޓަރަކާއި އެކު އުޅެންފެށި ފަހުން!
ކައުންޓު
30 July 2022
އަމިއްލަ އެކައުންޓު ހެކް ކުރެވޭނީ ވަރަށް ތަންދޮރު ނުދަންނާތީ. މިފެންވަރުގެ މީހުންގެ އެކައުންޓު ކޮންމެ ކޮންމެ މީހަކަށް ހެކް ނުކުރެވޭ ވަރަށް ބެލެހެއްޓެން ޖެހޭނެ.
ހަލާބައި
31 July 2022
ހެކްކޮށްފާނެ ހަމަ ކޮންމެ އެކައުންޓެއްވެސް ،
ގޯރުނުދޯރު
30 July 2022
ނަޝީދު އެކުރީ ޖިނާއީ ކުށެއް. މީހެއްގެ މައްޗަށް ގަޒުފު ކުރުމަކީ އަދަބު ކަނޑައެޅިފައިވާ ކުށެއް. މިމައްސަލަ ނުބަލައިފިއްޔާ މިކަން ނަމޫނާއަކަށް ބަލައިގެން ދެންތިބި އެންމެން އެކަކު އަނެކަކުގެ ބޮލުގަ ގަޒުފުގެ ތުހުމަތު އަޅުވާނެ.
ޔޫއްޓޭ
31 July 2022
ނަޝީދު އެޖެހުނީ ގުއިރޯނުގަ - ދެން ނަޝީދު އެނބުރި ހުރި ތަނަށް އައުންވާނީ ނާދިރު ކަމަކަށް
އެމްސް
31 July 2022
އެމްއެމްޕީއާރުސީގެ ވައްކަން ފަޅާއަރުވާލި މީހާވެސް ލީ ޖަލަށް، އެކަމަކު ތަނުން ވަނީ ބިލިޔަނުން ފައިސާ ގެއްލި، ނެގި މީހަކު އަދި އަދަށްވެސް ނުހޯދި!
ކެމްސް
31 July 2022
އެމްސް މިގައުމުގަ އުޅޭނަމަ ކީއްވެތަ ނޭނގެނީ އަދީބު އޮތީ އެއްބަސްވެފަ ކަން ފައިސާތައް ނެގި ކަމަށް. އޭނައާއެކު އެއްބަސްވުމެއް ހެދުމުގެ މާނައެއް ނޫން އޭނަ އިއުތިރާފްވި ކަންކަން ހަނދާންނައްތާލުމަކީ. އޭނަ އަމިއްލައަށް ވައްކަން ކުރި ވާހަކަ ނުބުނާނެ އެކަން ނުކުރާނަމަ. މޮޅުކަމަކީ އޭނަ ނެގީމޭ ބުނީމަވެސް އޭނަ އަތުން ފައިސާ ހޯދަން ނުއުޅުން. ފައިސާތައް ހޯދުމަށްވުރެ ބަދަލުގަ ޔާމީން ޖަލަށްލާން އުޅުމުގެ ފުރުސަތު ލިބުން މާ އަގުބޮޑު ކަމަށްވަނީ.
ބަލަމާ
30 July 2022
އިބޫއަށް މާބޮޑަށް ތާއީދުކޮށްގެން ވާހަކަ ދައްކާ މީހުން އަނގަހުތްވާން ދިމާވެދާނެ. އަންނިމެންނާ އެކީ އެހާ ގިނަ އަހަރުތައް ސަހަލު މީހަކު ވޭތުކުރާނެ ކަމަކަށް ނުބެލެވޭ އެމީހާ ހަމަ އެއްވެސް ނުބައި ކަމެއް ނުކޮށް. ނުބައިކަމެއް ނުކުރިނަމަވެސް އެމީހުން ކުރިހާ ނުބައި ކަމަކަށް ހެކިވާ ހިސާބުގަ ހުރެ އެފަދަ ބަޔަކު ގައުމުގެ އެންމެ މަތީ މަގާމުތަކަށް އަޔަ ދިނުމަކީ އެއްވެސް ވަރަކަށް ސޯލިހު މީހަކު ކުރާނެ ކަމެއްނޫން.
ުއުދުހޭ
30 July 2022
އެއީ ޕާސްވާރޑް ނުޖަހާ ހުންނަ އެކައުންޓަކީބާ އެހާފަސޭހައިން ހެކްވަނީ.