ޚަބަރު / ރައީސް އަބްދުﷲ ޔާމީން

އާ ރަށުގެ މައްސަލައިގައި ޔާމީން ހެކިންނަށް ބިރުދައްކަން އުޅޭ ކަމަށް ތުހުމަތުކޮށްފި

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ޝަރީއަތް ކޯޓުގައި ހިނގި ދުވަސްވަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޯޓުން ނިކުމެވަޑައިގެން ފުލުހުންގެ ވެހިކަލަށް އަރާވަޑައިގަންނަވަނީ -- ފޮޓޯ: މިހާރު

ވ. އާ ރަށް ކުއްޔަށް ދިނުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނެންނެގި ކަމަށް ބުނެ ދައުލަތުން ކުރާ ދައުވާގެ މައްސަލައިގައި ހެކިބަސްދޭން ތިބި މީހުންނަށް ބިރުދައްކައި، ހެއްކަށް ނުފޫޒުފޯރުވުމަށް އެ މަނިކުފާނު މަސައްކަތްޕުޅު ކުރައްވާ ކަމުގެ ތުހުމަތުކޮށް، އެ މައްސަލަ ބަލައިދޭން އެދިއްޖެ އެވެ.

ލޯފާމެއް ކަމަށްވާ މޯލްޑިވްސް ލީގަލް ބިއުރޯ (އެމްއެލްބީ) އިން ޕީޖީ އޮފީހަށާއި ފުލުސް އޮފީހަށް އިއްޔެ ފޮނުވި ސިޓީއެއްގައި ތުހުމަތުކުރީ ހެކިބަސް ދޭން ތިބި މީހުންނަށް ބިރުދައްކައި، ހެއްކަށް ނުފޫޒުފޯރުވުމުގެ ގޮތުން ޔާމީން ތަފާތު ގޮތްގޮތުން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށެވެ.

ހެކިންގެ ގޮތުގައި ތިބި މީހުންގެ ތެރެއިން އިނގިރޭސި ވިލާތުގައި މިހާރު ދިރިއުޅޭ ބައެއް މީހުންނަށް ފިއްތުން ކުރިމަތިކޮށް، އެސައިލަމް ކެންސަލް ކުރުމުގެ ގޮތުން، ލޯފާމުތައް މެދުވެރިކޮށް ކަންކަން ކުރާ ކަމަށް ބުންޏެވެ.

"... މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ބިރުދެއްކުމުގެ އަމަލުތައް ދަނީ ސީދާ އަބްދުﷲ ޔާމީން ހިންގަމުންނެވެ،" އެމްއެލްބީގެ މެނޭޖިން ޕާޓްނަރު އަދި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ސޮއިކުރައްވާފައިވާ ސިޓީގައި ބުންޏެވެ.

ހެކިންނަށް ނުފޫޒުފޯރުވުމަކީ އެކަން ކުރާ މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ޖެހޭ ކަމެއް ކަމަށާއި އެހެންވެ، ޔާމީނާ މެދު އަވަސް ފިޔަވަޅު އަޅައިދިނުމަށް ސިޓީގައި އެދިފައިވެ އެވެ.

ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި މިހާރު އިނގިރޭސި ވިލާތުގައި ދިރިއުޅޭ މުހައްމަދު ހުސައިން (އޮއިއްޓެ) ވަނީ އާރަށުގެ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ޔާމީނާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހެކިބަސް ދީފަ އެވެ.

ހެކިބަސް ދެމުން އޮއިއްޓޭ ބުނިގޮތުގައި ޔާމީނާ ފައިސާތަކެއް ހަވާލުކުރަން 2013 ވަނަ އަހަރު އަދީބު އޭނާއަށް އެންގި އެވެ. އެގޮތުން ޔާމީން ދިރިއުޅުއްވާ ގެކޮޅަށް ގޮސް، ފުރަތަމަ ހަވާލުކުރީ އެއް ލައްކަ ރުފިޔާ ކަމަށް އޭނާ ބުންޏެވެ. އެކަމަކު އެއް ލައްކަ ރުފިޔާ ހަވާލު ކުރެއްވުމުން ޔާމީން މޫނުފުޅުން ނުތަނަވަސްކަން ފެނުމުން އެކަން އެކަން އަދީބާ ހިއްސާ ކުރުމުން އިތުރު ފައިސާތަކެއް ހަވާލުކުރަން ވެސް އެންގި ކަމަށް އޭނާ ބުންޏެވެ.

ހެއްކަށް ނުފޫޒުފޯރުވާކަމުގެ ތުހުމަތު ޔާމީނަށް ކުރިއިރު، މި ވެރިކަމުގައި އިއްވި ފަސް އަހަރުގެ ޖަލު ހުކުމުން މިނިވަންވުމަށް ފަހު، ފުރަތަމަ ފަހަރަށް އެ މަނިކުފާނު ބާއްވާ ޕްރެސް ކޮންފަރެންސްއެއް މިރޭ އޮންނާނެ އެވެ. އެއީ ވެސް ޝަރީއަތަށް ގޮންޖަހައި ހެއްކަށް ނުފޫޒުފޯރުވުމުގެ ގޮތުން ޔާމީން ބާއްވާ ބައްދަލުވުމެއް ކަމަށް އެ ލޯފާމުން ތުހުމަތުކުރި އެވެ.

އެ މަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވަން ތާވަލުކޮށްފައި އޮތީ މިރޭ 8:30 ގަ އެވެ. މިއީ، ޔާމީނަށް ޕީޕީއެމާއި ޕީއެންސީގެ 2023ގެ ރިޔާސީ ޓިކެޓް ދޭން ނިންމި ފަހުން ވެސް ބާއްވަވާ ފުރަތަމަ ޕްރެސް ކޮންފަރެންސެވެ.

ހުކުމް ތަންފީޒުކުރައްވަން މާފުށީ ޖަލާއި ގޭބަންދުގައި ދެ އަހަރެއްހާ ދުވަސް ހޭދަކުރެއްވި ފަހުން، ސުޕްރީމް ކޯޓާ ހިސާބުން އެ މަނިކުފާނު މިނިވަންވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. މަނީ ލޯންޑްރިންގެ ހުކުމުން ސަލާމަތްވެފައި ވަނިކޮށް، ވ. އާ ރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވި ކަމަށް އެ މަނިކުފާނުގެ މައްޗަށް ތުހުމަތުކޮށް، އިތުރު ދެ ދައުވާއެއް އުފުލައި ޝަރީއަތް ކޯޓުގައި ހިނގަމުން އެބަދެ އެވެ.

19 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލައިއްޓޭ

12 August 2022

އޯ.. އެހެންވެދޯ ޔާނުގެ ވަކީލުން އަހާލީ ކޮންކަހަލަ ވިސާއެއްގައިތޯ އޮއިއްޓޭ އުޅެނީ ޔޫކޭގައި.

The name is already taken The name is available. Register?

މުލޭ

11 August 2022

މި ލޯފާމާ މި މައްސަލަޔާ ކޮންގުޅުމެއް އޮތީ.

The name is already taken The name is available. Register?

އެގުޅި

11 August 2022

ޔާމީނު ކޮށްފަ ނުކުރާނެ ކަމެއް ނޯން. ހެއްދެވިހާ ޖަރީމާއެއް ހިންގާނެ.

The name is already taken The name is available. Register?

2023

11 August 2022

ދެހާސް 23 އިނީ ރިޒާރވްކޮށްފަ. ސޮރީ ޔާމީން.

The name is already taken The name is available. Register?

ނަރަކަ ކޮ އި

11 August 2022

މިހަލީމަކީ ޖަޖަކަށް ހުރި އިރު ރިޝްވަތުގެ ކަންތަކުގަ އި ވަރަށް މަޝްހޫރުމީހެ އް މީހުން ކިޔާ އުޅެނީ ހަލީމްބާ އި އޭ

The name is already taken The name is available. Register?

ވިސްނާލުމަށް އެދެމޭ

11 August 2022

ދައުލަތުގެ ހެކިންނަ ރޔާމީނަށް ކޮންބިރެދެއްކޭނީ އެއްމެ ބޮޑު ދެހެކި އޮތީނިދާ މެޝިނުގަ ދެންތިބި ހެކިންތިބީ ޔޫކޭގަ ދެންހުރި މީހާ އިހައްދުވަހު ހެކިބަސްދީފި ކޯޓުގަ ތިފަދަބިރެއް އޮތްކަމެނުބުނޭ..ރޔާމީން މިނިވަންކަމާއެކު ހަމަނޭވާ ނެވުނަ ނުދޭން ސަރުކާރު ކޯލިޝަނުގެ ބައިވެރިން ތެޅިފޮޅެނީ. ޑިމޮކްރަސީގެ ސާފު އިންތިޙާބަކާ މުރިމަތިލާހާ ހިއްވަރުނެތް ބައެއް ވެރިކަމަށް ކުރިމަތިލާންމިއުޅެނީ.އަދުލުވެރި އިންސާފު ޝަރީއަތެއްކޮށް ކޯޓުގެނިޔާ ގަބޫލުކުރުމުގެ ހިއްވަރެނެތް.

The name is already taken The name is available. Register?

ނޭވާ

12 August 2022

ސީދާ ގޮޅިއަށް ނޭވާލާން ޖެހޭ މީހެއް؟ އޭނާގެ ވެރިކަމުގައި ހިންގި އަނިޔާވެރިކަން އެބަ ހިންގާތަ؟އިދިކޮޅު މެންބަރުން ވަކިކޮށް ޖަލަށްލާތާ؟ ދައުލަތުގެ ފައިސާ ފައިސާ ދެކެ މޮޔަވެގެން އުޅޭތަ؟ އިދިކޮޅޭމެން ޖަލަށް ލާތަ؟ ދެކޮޅުވެރިން ވަޒީފާއިން ވަކިކުރޭތަ؟

The name is already taken The name is available. Register?

ބޫޓް ފޯސް

11 August 2022

ގައުމުގައި ނުރައްކާ އޮތްކަމަށް ބުނެ، އަދި ގައުމަށްގޮއްސިނަމަ ފުރާނަޔަށް ގެއްލުންވެދާނެ އޭ ބުނުން ފަދަ ކަންކަން ހުށައަޅައިގެން އެސައިލަމް ހޯދައިގެން ހުރެ ގައުމުގެ އެންބަސީއަށް ގޮސް، ސަރުކާރުގެ ހެކިވެރިއަކަށް ވެ ހެކިބަސް ދިނުމަކީ ވަގުތުން އެސައިލަމް ވޮއިޑް ވާނެކަން، ލޯޔަރަކަށް ނުވިޔަސް ދުނިޔޭގެ އާޖުފާޖު އެނގޭ ކޮންމެ މީހަކަށް އެނގޭނެ ދޯއެވެ؟ އަނެއްކާ ޕީޖީގެ އަނެއް ގޮވުން އަތަށް ގޮވީދޯ؟

The name is already taken The name is available. Register?

ދވހ ސރކރ

11 August 2022

ޔާމީން މީހުން ޖަލައްލީ ހަމަ ލާންޖެހޭ ބައެއް އެއީ ހުސް ގައުމަށް ގައްދާރު ވެފައި ބައެެއް އެހެންވެ

The name is already taken The name is available. Register?

އަފްރާސިޔާބު

11 August 2022

ޔާމީނަކީ އެއް އިރެއްގައިވެސް މީހަކަށް ބިރުދައްކައި ހެއްކަށް ނުފޫޒު ފޯރުވަން އުޅުއްވި ބޭފުޅެއްނޫން. އެއްވެސް ހައްގުން ކަމަކާނުލައި އަދީބު މެދުވެރިކޮށް މިހާރު ވެރިކަމުގައި ތިބިމީހުން ހިންގި މަނީލޯންޑަރިންގ މައްސަލާގައި އެމަނިކުފާނު ތާށިކޮށްފައިވާތީ ސްޕްރީމް ފަނޑިޔާރުން އެމަނިކުފާނު ދޫކޮށްލެއްވީމާ އަނެއްކާވެސް ކޮންމެވެސް ބަހަނާއެއް ދެއްކައިގެން ހައްޔަރުކުރެވޭތޯ ތިއުޅެނީ 2023 ގައި ކުޅިވަރު ދައްކާލާނެ މިތިބަ މީހުންނަށް.

The name is already taken The name is available. Register?

ްައަސް

12 August 2022

ޔާމީނު އެއީ ބޯކިރު ކޮޅެއް.

The name is already taken The name is available. Register?

ތޔކހ

11 August 2022

ތިއުޅެނީ ބިރުދެއްކުމުގެ މައްސަލައެއް ނޫން ތިއުޅެނީ ވެރިކަމަށް ކުރިމަތިލާފާނެތީވެ ބިރުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454