ޝައިހް ނިޝާން: އޭނާ ދޫކޮށްލި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ވަނީ ނިންމާފައި
16 އޯގަސްޓް 2022 - 15:44
ޔޯގާއާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ޝައިހް އާދަމް ނިޝާން ބަންދުން ދޫކޮށްލުމުން އެކަމާ ދެކޮޅަށް ދައުލަތުން ހުށަހެޅި އިސްތިއުނާފް ބަލައިނުގަންނަން ހައި ކޯޓުން މިއަދު ނިންމައިފި އެވެ.
މިދިޔަ ޖޫން މަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް ކުރިއަށް ގެންދަނިކޮށް އެތަނަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، ހައްޔަރުކުރި ނިޝާން މަހަކަށް ވުރެ ގިނަ ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު މިމަހު ކުރީކޮޅު އޭނާ ބަންދުން ދޫކޮށްލީ ކްރިމިނަލް ކޯޓުންނެވެ.
އެ ނިންމުން އިސްތިއުނާފް ކުރަން ދައުލަތުން ހުށަހެޅުމުން ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމުމުގައިވަނީ ނިޝާންގެ ބަންދު މުއްދަތު އިތުރުކުރަން ފުލުހުން އެދުނީ ގާނޫނުގެ ނުބައި މާއްދާއެއްގެ ދަށުން ކަމަށާއި އަދި އެ ނޫން މާއްދާއެއްގެ ދަށުން ނިޝާން ބަންދުކުރަން ކޯޓަށް ހުރަހެއް ނެތް ކަމަށް ބުނެ ކަމަށެވެ. ނަމަވެސް އެފަދަ ގާނޫނީ ނައްސެއް ދައުލަތަށް ނުދެއްކޭ ކަމަށާއި އަދި އެ މައްސަލާގައި ހުށަހެޅި ކަންކަމުގެ ބޭރުން ފަނޑިޔާރުން ގޮތް ނިންމާފައިނުވާ ކަމަށް އެ ނިންމުމުގައިވެ އެވެ.
އެހެންވެ، އެ މައްސަލަ ބަލައިނުގަތުމަށް ނިންމީ ކަމަށް އެ ނިންމުމުގައިވެ އެވެ.
ނިޝާންގެ އިތުރުން ޝައިހް ފަޒްލޫން މުހައްމަދު ވެސް އެ މައްސަލާގައި ހައްޔަރުކުރި އެވެ. އޭނާ ވެސް ކުރިން ވަނީ ބަންދުން ދޫކޮށްލައިފަ އެވެ. އެ ދެ ބޭފުޅުންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ މިހާރު އޮތީ ސަސްޕެންޑްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާލުދެރަ
16 August 2022
އަފްގާނިސްތާނަށްވެނިމިއްޖެ
ވިކިލީކްސް
16 August 2022
ޙައްގުގެ ބަސް ބުނާ މީހުންނަށް ރައްކާތެރިކަން ދިނުމަށްވުރެ ލާދީނީ ކަންތައް ފަތުރައި އެކަންތަކަށް ގޮވާލާ މީހުންނަށް ރައްކާތެރިކަން ދެމުންދާ މަންޒަރު މިފެންނަނީ. ހައިކޯޓުގެ ނިންމުމަށް ވ.ތާއީދު. އުއްމީދަކީ ނިގުޅައިގަތް ދީނުގެ ފަތުވާދިނުމުގެ ލައިސަންސު ނިޝާނާއި ފަޟްލޫނަށް އަނބުރާ ލިބުން. ނާޒިމްގެ ލައިސަންސު އަތުނުލުމަކީ ވަރަށް ބޮޑު ބޭއިންސާފެއް.
ޖުހާ.
16 August 2022
ކޮންމެ މީހަކުވެސް ބުނަނީ ތިމަންނަ މިއީ ހައްގުބަސް ބުނާ މީހެކޭ. ބައެއް މީހުން ހީކުރޭ ތިމަންނައޭ ހައްގުގައި ހުރީ. ބުޑިސްޓުންވެސް ނަސާރާއިންވެސް ހުރިހާ ދީނެއްގެ ވެސް މިއީ ކަން އޮންނަ ގޮތް. ހައްގު އެއީ މާތް ﷲ ރުހިވޮޑިގަތުން.