ކޯސްޓްގާޑްގެ އުޅަނދުތަކެއް: ލޯންޗެއް ހައިޖެކްކުރި ދެ މީހަކު ޖޫރިމަނާކުރަން ވަނީ ހުކުމްކޮށްފައި
13 ސެޕްޓެމްބަރ 2022 - 11:48
މީގެ 12 އަހަރު ކުރިން ހދ. ކުޅުދުއްފުށްޓަށް ދިޔަ ލޯންޗެއް ހައިޖެކްކުރި ދެ މީހަކު ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ހދ. މަކުނުދޫ ދެ މީހަކު ނޮވެމްބަރު 2010 ގައި ކުޅުދުއްފުށްޓަށް ދިޔަ ލޯންޗެއްގެ ކެޕްޓަނާއި ފަޅުވެރިންނަށް ބިރު ދައްކައިގެން އެ ލޯންޗު ހައިޖެކްކޮށްގެން ގެންދިޔައީ ހދ. ވައިކަރަމުރައިދު އަށެވެ. އެ މީހުން ކޯޓުގައި އެކަމަށް އެއްބަސްވި އެވެ.
އެ މީހުންގެ މައްޗަށް ދައުލަތުން ކުރީ ޓެރަރިޒަމްގެ ދައުވާ ކަމަށް ވިޔަސް އެ ގާނޫނު މިހާރު އުވާލާފައިވާތީ، އެ މީހުންގެ މައްޗަށް މިދިޔަ ހަފުތާގައި އަދަބު ކަނޑައެޅީ ގާނޫނުލްއުގޫބާތުގެ 140 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގަ އެވެ.
އެ ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. އެކަމަކު އެ މީހުން ކުށަށް އިއުތިރާފްވުމާއި ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އެ މީހުން ތަންފީޒު ކުރަންޖެހޭ އަދަބު އެ އަށް ވުރެ ވެސް ކުޑަވެ އެވެ. އަދި ލުއި އަދަބަކަށް އެ މީހުން އެދިފައިވާތީ ކޯޓުން ނިންމީ ޖޫރިމަނާއަކަށް ބަދަލު ކުރުމަށެވެ.
ޖޫރިމަނާގެ ގޮތުގައި އެކަކު ދައްކަން ޖެހުނީ 12،600ރ. އެވެ. ދެވަނަ މީހާއަށް ޖެހުނީ 9،600ރ. އެވެ.
އެ ދެ މީހުންގެ މައްޗަށް ޖޫރިމަނާގެ އަދަބެއް އަޔަސް، އެ މައްސަލައިގައި ބައިވެރިވި ކުޑަކުއްޖާގެ މައްޗަށް 2017 ވަނަ އަހަރު ޖުވެނައިލް ކޯޓުން އިއްވީ ޓެރަރިޒަމްގެ ގާނޫނުގެ ހަ އަހަރުގެ ޖަލު ހުކުމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
13 September 2022
ރާޅާ ދެކޮޅަށް ފެތި މީހާއަށް ޓެރެރިޒަމުގެ ދައުވާކުރި. އަދިވެސް މައްސަލައޮތީ ކޯޓުގަ.
ޖޯޖް
13 September 2022
ތީ ކަނޑުފޭރުމުގެ އަމަލއެއް ބައިނަލްއަގުވާމީ މިންގަނޑުތަކުން ބެލިއަސް ބޯޓެއްގެ ކައްޕިއަށް ބިރުދައްކައި ބޯޓު ވަކި ދިމާލަކަށް ގެންދަން މަސައްކަތް ކުރުމަކީ ކަނޑުފޭރުމުގެ އަމަލެއް އެންޓި ޕައިރެސީގެ ގާނޫނުގެ ދަށުން ތިމީހުންނަށް ދައުވާ ކުރެވެން ޖެހޭ....
ކަތްދައްތަ
13 September 2022
ފަހެ ކޮންތާކުން ކިޔަވާވިދާޅުވެގެން އުޅޭ ބައެއްތަ ގާޒީންނާ ޕްރޮސިކިއުޓަރުންނަށް މިއުޅެނީ. ޓެރަރިޒަމްގެ ގާނޫނު އުވާލާފަ ހަމަ ޓެރަރިޒަމްގެ ގާނޫނެއް ވުޖޫދުވިއޭ. ދެން ބަލަންޖެހޭނީ އެދެގާނޫން އަދަބު ކުޑައީ ކުށް ކުރިއިރު އޮތް ގާނޫނުތޯ ނޫނީ ފަހުން އަމަލު ކުރަން ފެށި ގާނޫނުތޯ؟ ގާނޫނު އުގޫބާތަކަށް ދާކަށް ނުޖެހޭ. ކުށުގެ އަމަލު ހިންގިއިރު އޮތް ގާނޫނުން އަދަބު ކަނޑައެޅޭނެ ފަހުގެ ގާނޫނަށްވުރެ އަދަބު ލުއިނަމަ.
ކޮރަލް
13 September 2022
އެ އަމަލު ޓެރަރިޒަމް ގެ އަމަލަކަށް ނުވަނީ ކީއްވެ ތޯ އެވެ؟ ޓެރަރިޒަމް ގެ އަމަލެއް ކަމަށް ނޫސްތަކުގަ ވެސް ޖަހާފަ އެއް ނެތެވެ.
ޙިނި
13 September 2022
ކޯޓުތައް އެއީ ޖޯކެއް ނޫން.
ހިޔާލީ އަލީ
13 September 2022
ކުރިމިނަލް ކޯޓުގެ ސްޕީޑް، އަދިވެސް ފަނޑިޔާރުންގެ އިނާޔަތާއި ފްލެޓާއި މުސާރަތައް ގިނަ ކުރަންވީ
ައަހުމަދުު
13 September 2022
ތިއީ މުއްސަނދިންނަށް ކުރާ ހުކުމެއްނު؟ ޓެރަރިޒަމްގެ އަމަލެއް ހިންގީމަ ޖޫރިމަނާ، ރޯޔަލް ރޭޕް، ޖޫރިމަނާ، ރޯޔަލް ވަޅިހެރީމަ ޖޫރިމަނާ، އޯއޯ ސޮރީ، ތިޤާޒީންނަކީ އިހްތިރާމް ނުލިބިގެން ހަމަނިދި ނުލިބޭ ބައެއް، ދުވާއަކީ ގިޔާމަތް ދުވަހުން އެމީހަކު ކުރިކަމެއްގެ ހައްޤު ޖަޒާދިނުން، އެދުވަހު ސުވާލުކުރީމަ ކިތައް ގާޒީންބާ ބުނާނީ، ހެއްދެވި ރަސްކަލާކޯ، ގާނޫނު އަސާސީ ގައި އޮތީމިހެންނޭ، އަޅުގަނޑު ކީއްތޯ ކުރާނީ. ސަދޫމް ޖަސްޓިސް
ޕޯސަން
13 September 2022
ޕައިރޭޓްސް ޕެރަޑައިސް.
ސީޒަން ޖެކުހަން
13 September 2022
ތިއަކަށްނުކިޔާނެ ހައިޖެކުކުރުމެކޭ. ތިކަމަށް ކިޔާނީ ކަނޑުފޭރުން.
ހަސަނު
13 September 2022
މީ ހަމަ ކަނޑަ އެޅިގެން ޓެރެރިޒަމް.. އެހާ ކުޑަ ގޮތަކަށް އެކަން ނިމިގެން ދިޔަ ގޮތް ތަހުގީގު ކުރާންޖެހޭ...