އައްޒާމް: އާސަންދައިގެ މެނޭޖިން ޑިރެކްޓަރު ކަމަށް އޭނާ ވަނީ އައްޔަންކޮށްފައި
22 ސެޕްޓެމްބަރ 2022 - 18:49
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އިސްމާއިލް އައްޒާމް ވަޖީހު މިއަދު އައްޔަންކޮށްފި އެވެ.
އައްޒާމަކީ ކުރިން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ސީއީއޯކަން ވެސް ކުރެއްވި ބޭފުޅެކެވެ.
އެންސްޕާގެ ސީއީއޯކަން ކުރީގެ ސަރުކާރުގައި ވެސް އޭނާ އަދާކުރެއްވި އެވެ.
އާސަންދައިގެ މެނޭޖިން ޑިރެކްޓަރަކަށް ކުރިން ހުންނެވީ މަރިޔަމް ޝަފީގު މިއަދު ވަނީ އެންސްޕާގެ ސީއީއޯއަކަށް ބަދަލުކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
22 September 2022
މައުމޫން ކަން ކުރި ގޮތެވެ. އާ މީހަކަށް ވަޒީފާ ނުދީ އެއްބަޔަލު އެއްތަނުން އަނެއް ތަނައް ބަދަލު ކުރުމެވެ.
އަފްރާސިޔާބު
22 September 2022
އަސްލު މަރިޔަމް ޝަފީގު ހުންނަންޖެހޭނީ އެންސްޕާގައި. އެއީ ވަރަށްބޮޑަށް ބަލާނެ ގަވާޢިދުތަކުގައި ހިފަހައްޓަން. އައްޒާމަކީވެސް ގޯސް މީހެއްނޫން. އެކަމަކު ވަރަށް ފަސޭހައިން ދީލައިލާނެ ބޮޑަކު ދެތިން ފަހަރަކަށް މިވެނިގޮތަކަށް ކަންކުރާށޭ ބުނެފިނަމަ. ފަހަރުގައި އެއީ ޑިޕްލޮމަސީގެ ބޭނުން ކުރައްވަނީ ކަމަށް ވެދާނެ.
އޮނަރަބްލް އަފީފު ދީދީ
22 September 2022
އަލީ ވަކިކޮށްފަ އެމްއެމްއޭ ޤަވަރުނަރުކަމަށް އަޒީމާ އާދަމް އަދި އޭނާގެ ފިރިކަލުންނަށް ފޮރިން މިނިސްޓްރީގެ އިސްމަޤާމެއް ދެއްވާ. # އާޒިމާ ޝަކޫރުގެމައްޗަށާއި އާތިފް ޝަކޫރުގެމައްޗަށް އުފުލާފައިވާ ދައުވާ އަބުރާގެނެސް ބަންޑާރަނައިބްކަން އާޒިމާއަށްވެސް ދޭންވީ. އާޒިމާ ފަދައިން ކުރީގެ ޗީފް އޮފް ސްޓާރފާއި ޕޮލިސް ކޮމިޝަނަރ އަދި ވަގުތީގޮތުން އެކްޓިންގ ކޮމިޝަނަރކަންކުރެއްވެވި ބޭފުޅާއަކީވެސް ޤާނޫނަށްބެލުމެއްނެތި ވަފާތެރިވިމީހުން އެމީހުނަށްވެސް ބަލަންވާނެނޫންތޯ.
ޕޮލި
22 September 2022
އަބްދުالله ޝަހުދުގެ ބާރު ތިޔަފެނިގެންދަނީ