މާރާމާރީއެއް ހިންގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ: ކުޑަކުއްޖަކު މަރަން ކުރި ހުކުމް ސުޕްރީމް ކޯޓުގައިވަނީ އިސްތިއުނާފް ކޮށްފައި --- ފޮޓޯ/މިހާރު
02 އޮކްޓޯބަރ 2022 - 11:45
މީގެ ނުވަ އަހަރު ކުރިން މާލޭގައި މީހަކު މަރާލި މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ "ކުޑަކުއްޖެއްގެ" މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ޑިސެމްބަރު، 2013 ގައި މއ. އައިޝާ ހުސައިން ވަހީދަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ޖުވެނައިލް ކޯޓުން 2015 ވަނަ އަހަރު މަރުގެ ހުކުމް އިއްވީ އުމުރުން 17 އަހަރުގައި އެކަމުގައި ބައިވެރިވި މީހެއްގެ މައްޗަށެވެ. އޭނާގެ މަރުގެ ހުކުމް 2019 ވަނަ އަހަރު ހައިކޯޓުން ވެސް އޮތީ ދަމަހައްޓައިފަ އެވެ.
އޭނާއަށް މިހާރު 18 އަހަރު ފުރިފައި ވިޔަސް، ކުޑަކުދިންގެ ގޮތުގައި ތިބެ ކުށްކުރާ މީހުންގެ މައުލޫމާތު އާންމު ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.
މަރުގެ ހުކުމް ހައިކޯޓުން ދެމެހެއްޓި މައްސަލަ އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފަށް ހުށަހެޅީ ހައި ކޯޓުން މައްސަލަ ނިންމިތާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ފަހުން މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
މަރުގެ އަދަބެއް ތަންފީޒު ކުރެވެން އޮންނަނީ ސުޕްރީމް ކޯޓުން މައްސަލަ ނިމިގެންނެވެ. އެކަމަކު 2019 ވަނަ އަހަރު ފަހުކޮޅު އަމަލުކުރަން ފެށި ކުޑަކުދިންގެ އަދުލުގެ ގާނޫނު އޮންނަ ގޮތުން ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ކުރާ އެއްވެސް ކުށަކަށް މަރުގެ އަދަބެއް ނުދެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަލާއެއްނު
09 October 2022
ބާލިއު ވީމަ ދެން އެ ކުޑަކުއްޖެއްނޫން
އިބުރާ
02 October 2022
ކީއްވެތަ ގާނޫނު ހަދާމީހުންނަށް ނޭނގެނީ ކުޑަކުއްޖެއްގެ ގޮތުގައި ހުރެ މީހަކު މަރާނުލެވޭނެޔޭ ލިޔަން. މަރާލެވެންޏާ ހުކުމްވެސް ތަންފީޒު ކުރެވެންވާނެ.
މީމުޏް
02 October 2022
އޭނާއަށް ހުކުމް ކޮށްފައިވަނީ 2015 ގައިވާ ގާނޫނާ އެއްގޮތަށް. އެހެންކަމުން އެ މުޖުރިމަށް މަރުގެ ހުކުމް އިއްވާ މުޖުތަމައު ރައްކާތެރިކަން ކަށަވަރު ކުރަންވާނެ.
އުސްމާނުބެ
02 October 2022
ދެން ކީކޭ ބުނާނީ ، ދެން ދޫކޮއްލާފަ ބަހައްޓާ އަނެއްކާ އެހެން މީހަކު މަރަންދެން.....