ވެލިދޫ: އެ ރަށުގައި ހިންގި މާރާމާރީއާ ގުޅިގެން އެކަކުވަނީ ހައްޔަރުކޮށްފައި.
06 އޮކްޓޯބަރ 2022 - 11:29
ނ. ވެލިދޫގައި ދެ އެކުވެރިއެއްގެ ދެމެދު ހިނގި މާރާމާރީއެއްގައި ލިބުނު އަނިޔާތަކާ ހެދި އެކެއްގެ ފައި ޕެރެލައިޒްވެއްޖެ އެވެ.
އެ ރަށު ކައުންސިލުގެ ރައީސް އާތިފު ހުސެއިން މިއަދު "މިހާރު" އަށް ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ ދަންވަރު ހިންގި އެ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވި މީހަކު މާލެ ގެނެސް، އައިޖީއެމްއެޗުގައި މިހާރު ފަރުވާދެމުން އަންނަ ކަމަށެވެ.
އެ އަނިޔާގެ ސަބަބުން އެ މީހާގެ އެއް ފައި ޕެރެލައިޒްވެ، ނުހިނގޭ ކަމަށް ވެސް މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި އެ މާރާމާރި ހިންގީ ދެ އެކުވެރިންގެ މެދުގަ އެވެ. ނަމަވެސް، އެ މާރާމާރި ހިންގަން މެދުވެރި ސަބަބެއް ސާފުވާ ގޮތެެއް ނުވި އެވެ.
ފުލުހުން ބުނީ ވެލިދޫގައި ހިނގި މާރާމާރިއެއްގައި 19 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވުމުގެ ސަބަބުން އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށް ފަހު، އިތުރު ފަރުވާ އަށް މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
"މާރާމާރީއާ ގުޅިގެން 18 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ވަނީ ހައްޔަރުކޮށްފައި،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސެލަރުު
12 October 2022
ވެލިދޫ އުޅޭ ބައެއް ޒުވާން ކުދިން އުޅޭނީ ފާޑަކަށް.. އެވަރަށް ތިރަށުގައި ޑްރަގް ތިޔާގި.. އެހެން ރަށެއްގައި ދެ އެކުވެރިންގެ މެދުގައި ހިންގާ ޚިޔާލު ތަފާތުވުމަކާއި ތިރަށުގައި ހިނގާ ޚިޔާލު ތަފާތުވުން ވަރަށް ތަފާތުވާނެ.
ވަހީދު
08 October 2022
ދެމީހުން ވެސް މާރާމާރީ ހިންގި. ކަންދިމާ ކުރިގޮތުން އެކަކަށް މާ ބޮޑުކޮށް އަނިޔާވީ. އެކަމަކު ފުލުހުން މިހައްޔަރު ކުރީ އެތަނުން އެކަކުދޯ.
ގަޅިބޯ176
08 October 2022
އަނެކަކު ހޮސްޕިޓަލުގަ އޮއްވަ ހައްޔަރު ކުރަންވީ ދުތަ؟
އެމްސް
07 October 2022
ކަމެއްވާ އިރަށް މާލޭ އަންނަން ނުޖެހޭ ވަރަށް ރަށްރަށުގަވެސް ސިއްޣީ ޚިދުމަތްތެރިން ބައިތިއްބަން ވެއްޖެ! ހުސް ޢިމާރާތް އަޅައިގެން ކަންކަމެއް ތަރައްޤީއެއް ނުވާނެ!
ޕޮސެއިޑޮން
07 October 2022
އާ ގޮތަކަށް އެކުވެރި ކަން އާލާކޮށްލީ ކަމަށް ވަނީ.. ނުތޮޅި ހިމޭނުން ނުތިބެވޭ ދޯ!؟
ރަދީފްއޮފިޝަލް
06 October 2022
02 އެކުވެރިން ނަމަ ތަޅައި ނުފޮޅާނެ.ތިޔާއީ ފޭކް ފްރެންޑްސް.އަވަސް ޝިފާއަކަށް އެދެން.ވ.ވެދުން
އެކުވެރި
06 October 2022
އެކުވެރިކަމާއި ސުލްހަވެރިކަމާއި ލޯތްބާއި ކުލުނުވެރިކަމުގައި މިޒަމާނުގައި ކުރާ އެންމެ އިޚްލާޞްތެރި ކަމަކީ ތަންތަން ބިންދާލައި ނުކުޅެދޭ މީހަކަށް ހެދުން. ނޫނީ ވަޅިޖެހުން. ޑިމޮކްރަސީގެ ފޮނިމީރުކަމަކީ މިއީ. މިހާރު މިތިބަ ޒުވާނުންނަކީ ޑިމޮކްރަސީ މީގެ 14 އަހަރުކުރިން މިގައުމަށް ގެނައިއިރު ތިބި ކުޑަކުދިން. ޑިމޮކްރަސީގެ ފޮނިމީރުކަމުގައި އެކުވެރިކަމާއި އެއްބައިވަންތަކަށް ކުރިބޯއްޓަށް އަރަމުން ފުރެމުން މިދަނީ. މާތްކަލާނގެއާވަކީލު.
ލޮލްް
06 October 2022
ހޮލީވުޑާއި ބޮލީވުޑުގެ އެކްޝަން ފިލްމުތައް ބަލައިގެން ދަރިވަރުވަނީ.
ލޮލް2222
06 October 2022
އެކުވެރި ކަމަކީ ތީ ބާ! އަސްލު އެކުވެރި އކަށް ނުވިޔެއްނުން!
ތުނޑުހަސަނު
06 October 2022
ދެ އެކުވެރިންތަ! ބުނާނެ އެއްޗެއް ނެތް.
ދެރަ
06 October 2022
ޑްރަގް އެކުވެރިން....ޕީސްކޮޅު، ދަރަނި، ފައިސާ، ބޮސް، ރުފިޔާ އެންމެ ފަހުން ވާންވި ގޮތް