ޔާމީން އިހަވަދޫންގައި: އެމަނިކުފާނަށް އެ ރަށުން ލިބުނީ ފިނި ތަރުހީބެއް ކަމަށް މެމްބަރު ޝިފާއު ވިދާޅުވޭ.
16 އޮކްޓޯބަރ 2022 - 12:32
ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޮޑުތިލަދުންމައްޗަށް ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ ރަށަކަށް ހއ. އިހަވަންދު އަށް އިއްޔެ ވަޑައިގަތުމުން މަރުހަބާ ކިޔަން ނުނިކުމެ ރައްޔިތުންގެ ފިނި ތަރުހީބުން އެ މަނިކުފާނަށް ދިނީ މެސެޖެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ، އާބާދީ ބޮޑު އަދި ދެ ފިކުރުގެ ސިޔާސީ ވާދަވެރިކަން ވެސް ބޮޑު އިހަވަންދޫން ޔާމީނަށް މަރުހަބާ ކިޔުމަށާއި ޖަލްސާގައި ބައިވެރިވީ މަދު ބައެއް ކަމަށެވެ. އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް ޔާމީން އިހަވަންދު އަށް ވަޑައިގަތުމުން ފިނި ތަރުހީބެއް ދިނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޮޑު ތިލަދުންމައްޗަށް ގެންނަވާ ބޮޑު ބަދަލު އެ ރަށުގެ މީހުން ވެސް ގަބޫލުކުރާތީ ކަަމަށް ޝިފާއު ވިދާޅުވި އެވެ.
"ސިޔާސީ ބޭފުޅަކު އިހަވަންދު އަށް ވަޑައިގަތުމުން ލިބޭ ތަރުހީބަށް ވުރެ ވެސް ފިނި ތަރުހީބެއް އިހަވަންދޫން އިއްޔެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓަށް އެ ލިބުނީ. އަޅުގަނޑަށް ގަބޫލުކުރެވުނު ގޮތުގައި އެއީ ރައްޔިތުން ދިން މެސެޖެއް. މި ސަރުކާރުން ގެންނަ ތަރައްގީ ބަލައިގަންނަ ކަން،" ޝިފާއު ވިދާޅުވި އެވެ.
ޔާމީން އިހަވަދޫންގައި:
އޭނާ ވިދާޅުވި ގޮތުގައި ބޮޑުތިލަދުންމަތީގައި ވެސް ވަކި ރަށެއް ތަފާތު ނުކޮށް، އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މި ސަރުކާރުން ކުރިއަށް އެބަގެންްދެ އެވެ. ފެނާއި ނަރުދަމާ އާއި ބިން ހިއްކުމާއި ސްކޫލް އިމާރާތްތައް ފަދަ ރައްޔިތުން ހުށަހެޅި ހުރިހާ ހިދުމަތްތަކަކާ އެކު ބޮޑުތިލަދުންމަތީގެ މީހުންނަށް ފަސޭހަކަން ގެނުވައިދިނީ އާރުޓީއެލް ފެރީގެ ނިޒާމުން ކަމަށް ވިދާޅުވި އެވެ.
"އިހަވަންދޫގެ ވެސް ވަރަށް ގިނަ ރައްޔިތުން ދިއްދު އާއި ކުޅުދުއްފުއްޓަށް ދަތުރުކުރޭ. ކުރީގެ އުނދަގޫތައް އާރުޓީއެލް ފެރީއާ އެކު ފަަސޭހަވެ ޖީބަށް ވަރަށް ބޮޑަށް ލުއިވެއްޖެ. މި ފަސޭހަތައް ވަމުން އަންނަކަން ރައްޔިތުންނަށް ބަލައިގަނޭ،" ޝިފާއު ވިދާޅުވި އެވެ.
ޖަލްސާގަ ބައިވެރިވި ގިނަމީހުމަކީ އެހެން ރައްރަށުން ޖަލްސާއަށް އިހަވަންދޫއަށް ގެނައި މީހުން. https://t.co/PhQmLOtNpq
— Mohamed Shifau (@mhshifau) October 15, 2022
އޭނާ ވިދާޅުވީ، ރައްޔިތުން ހުށަހަޅައިފި ކަމެއް މި ސަރުކާރުން ކޮށްދޭނެ ކަމުގެ ޔަގީންކަން އޮންނާނެ ކަމަށެވެ. އިހަވަންދޫގެ ހޮސްޕިޓަލްގެ މަސައްކަތް ވެސް ހިނގާނެ ކަމަށާއި ރަށްތަކުގައި ފަށާފައި ހުރި ކަންކަން ނިމުމުން ބޮޑުތިލަދުންމަތިން ފެންނާނީ މި ސަރުކާރުން ގެންނަން ބޭނުންވާ ބޮޑު ބަދަލު ކަމަށް ޝިފާއު ވިދާޅުވި އެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ވެރިކަމަށް ބޮޑުތިލަދުންމަތީގެ އިތުބާރު އެބައޮތް. އިތުރު އެހެން ސިޔާސީ ފިކުރެއް ހޯދައިގެން ދާން ނުޖެހޭ ކަން ރައްޔިތުން ގަބޫލުކުރޭ. އިދިކޮޅު ކެންޑިޑޭޓަށް ދިން ފިނި ތަރުހީބުން އެކަން ސާފުކޮށްދީފި،" ޝިފާއު ވިދާޅުވި އެވެ.
އިހަވަންދޫގެ އިތުރުން ތުރާކުނާއި ބާރަށް އަދި ދިއްދު އަށް ޔާމީން ވަޑައިގަންނަވާނެ އެވެ. އެ މަނިކުފާނުގެ މި ދަތުރުފުޅަކީ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރައްޔިތުންގެ ޝަކުވާތައް އަޑު އައްސަވައި، ދެން އޮންނަ ދައުރުގެ މެނިފެސްޓޯގައި އެކަން ކަމަށް ހައްލު ހޯއްދެވުމަށާއި ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް ވަރުގަދަކުރަން ކުރާ ދަތުރުތަކެއް ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުރަބޯ
18 October 2022
ވައްކަމުގެ ވާހަކަ ރީނދޫ ފިކުރުގެ މީހުން ދެއްކުން މާ ރީއްޗެއްނޫން.
ކަތިބުރުމާ
18 October 2022
ސިފާއު އަށް ބުނެލަން އޮތީ، އިހަވަންދޫން ދިން މެސެޖެޖޫން ދޭހަވަނީ، އެމީހުން ނަކީ އެއްވެސް ވަރަކަށް މިގައުމު ދެކެ ލޯބިނުވާ، ފަސާދަ އާއި ވައްކަމަށް ހިތްވަރުދޭ ބަޔެއް ކަން...
ހާމިދު ޝާހިދު
17 October 2022
ބޮޑު ތިލަދުން މައްޗަށް އެމްޑީޕީ އިން ގެނައީ ކޮން ތަރައްގީއެއް. އެމްޑީޕީ ގެ ސަރުކާރުގެ ޖީއެމްއާރަށް އެއަރޕޯޓް މަދު ލާރިކޮޅަކަށް ވިއްކާލައިގެން 3 އަހަރު ވީއިރުވެސް ފެންސް ޖަހާލަ ޖަހާލާ ތިބީ. އިހަވަންދޫ މީހުން ނުނުކުތިއްޔާ ނުނުކުތީ، އިންޑިއާ ސިފައިން އެކިރަށްރަށުގައި ކޮޓަރި ހިފާފައިބައިތިއްބައިގެން ލިބޭ ލާރިކޮޅުގެ ދަހިވެރިކަމުގައި. މާދަމާ ނޫންކަންނޭންގެ އިހަވަންދޫއަށް އިންޑިއާ ސަރުކާރުން ވިޔަޒޯރެއް ކަނޑައަޅާނީ. އަދިވެސް ބަލަންތިބޭނީތަ.
ހަސަންކާރި
17 October 2022
ބައްލަވާ މެމްބަރު ޝިފާއު މެޑަލް ޖަހާނެ ކަމެއް ނެތް!! ރައްޔިތުން ނުނިކުތީ ކޮށްފައި އޮތް ބޮޑު ވައްކަމާއި ހެދި އެފަދަ މީހެއްގެ އިސްތިގުލާލުގައި ނިކުންނަން ޒަމީރު ތަންނުދޭތީ. ކޮންމެހެން އެމްޑީޕީއަށް އޮތް ސަޕޯޓެއްގެ ބޮޑުކަމަކުންވެސް ނޫން.
މުސީބާތުލް ހިމާރު
17 October 2022
މާތް ކަލާކޯ!! ވަރައް އަވަހައް އަހަރުމެންގެ ކޯޓުތައް އުރުތި އަރައިގަނެ ރޔ ޖަލައް ލާނެ ދުވަސް އިއުލާނު ކުރާނެ! 2023ގެ ވޯޓު ނިމެންދެން ޖަލުގަ!
ރޯޒަސް
17 October 2022
ކޮބާ ބޭނުމަކީ؟ ޕީޕީއެމުން އޭނަ ނެރުނީމައި އެމްޑީޕީ މޮޅުވާނީ. އޭނަގެ ބޮލުގައި އެޅިފައިއޮތް ވަގު ތާކިހަލަކީ ފަސޭހައިން ނެގޭނެ އެއްޗެއް ނޫން. ޕީޕީއެމަށް މަރުދޭ މީހަކު ނޫނުއްޔާ ޔާމީނަށް ވޯޓު ދިނުމާ މެދު ދެފަހަރު ވިސްނާލާނެ.
ހުސެންކަތީބު
16 October 2022
އެއްވެސް އިރަކު ޔާމީނަށް ތާއީދުކުރާ ލައްކަ މީހުންނެއް ނޫޅޭ އަދި.
ފަޒޫ ފަޒޫ
16 October 2022
ކޮމެންޓް ތަކުގެ ރިއެކްޓް ބަލާލީމަވެސް ފެނޭ ސޯލިހު ސަރުކާރަށް ތާއީދެއްނެތްކަން
އައްޔަ ބޮޑޭ
16 October 2022
ޔާމީނުުބެ ވެރިކަމަކީ މާޒީ ދެންއެދުވަސް ﷲ އިރާދަ ކުރެއްވިއްޔާ ނުދައްކަވާށި އާމީން,
ެަޓިނު އަދުރޭ
16 October 2022
ވަރަށް ފިނި ދުވަސްކޮޅެއްމީ.. އެހެންވީމަ އެހެންވެދާނެ..
އަންނަނީ ބަދަލު ހިފަން
16 October 2022
ޔާމީން އަންނަނީ ވެރިކަން ކުރާކަށް ނޫން. ބަދަލު ހިފުމާއި ނުކެވި ހުރި ބަިއ ކާލަން
ގެންނަނީ
18 October 2022
އެ ނޫން މީހެއް ވެރިކަމަށް އައިސްފިބާ؟