އަލިފާނުގެ ހާދިސާ ހިނގި މ. ސެންޑްރޯސް ކައިރީގައި ގިނަ އަދަދެއްގެ ބިދޭސީން މަޑުކޮށްލައިގެން -- ފޮޓޯ: ނިޝާން އަލީ | މިހާރު
10 ނޮވެމްބަރ 2022 - 11:34
މާލޭ ސިޓީ ކައުންސިލުގެ މިދިޔަ ދައުރާއި މި ދައުރުގައި ވެސް ބިދޭސީން ދިރިއުޅޭ ތަންތަނުގެ ހާލަތު މޮނިޓަކޮށް، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް މައްސަލަތައް ހުށަހެޅިޔަސް ކަންކަން ހައްލުކުރަން އެއްބާރުލުން ލިބިފައި ނުވާ ކަމަށް އެ ކައުންސިލުން މިއަދު ބުނެފި އެވެ.
މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ އެހެން ވިދާޅުވީ މ. ސެންޑްރޯސްގެ ގަރާޖުގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގިނަ ބަޔަކު މަރުވުމާ ގުޅިގެން، ސިޓީ ކައުންސިލުގެ މީޑިއާ ވަޓްސްއެޕް ގްރޫޕުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ފޮނުއްވި ޖަވާބުގަ އެވެ. އެއީ ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅު ގެއެކެވެ. ނޫސްވެރިން ސުވާލުކުރީ ތޮއްޖެހިގެން ބިދޭސީން އުޅޭ އެފަދަ ތަންތަނުގެ ހާލަތު އެ ކައުންސިލުން މޮނިޓާކުރޭތޯ އެވެ.
ޝިއުނާ ވިދާޅުވީ މިހާރުގެ ކައުންސިލާއި ކުރީގެ ކައުންސިލުން ވެސް ބިދޭސީން ދިރިއުޅޭ ތަންތަނުގެ ހާލަތު މޮނީޓަކޮށް، އެ ތަންތަނާ ބެހޭ މައުލޫމާތު އެއްކޮށް ސާވޭއެއް ވެސް ކޮށްފައިވާ ކަމަށެވެ.
އަލިފާނުގެއަލިފާނުގެ ހާދިސާ ހިނގި މ. ސެންޑްރޯސްގެ ތެރެއިން ސިފައިން ބައެއް އެއްޗެހި ނެރެނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
"އެ ކަންބޮޑުވުންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާ ވެސް ވަނީ ހިއްސާ ކުރެވިފައި،" އޭނާ ވިދާޅުވި އެވެ.
ޝިއުނާ ވިދާޅުވި ގޮތުގައި، އެ މައްސަލަ ހައްލުކުރަން މި ކައުންސިލުން ގަރާޖު ފަދަ ތަންތަން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމުގެ މަސައްކަތް ފެށިޔަސް، ޕްލޭނިން މިނިސްޓްރީން މުޅި އެ ސަރަހައްދު އަތުލައި ބްރިޖުގެ މަސައްކަތަށް ދީފަ އެވެ.
"އޭގެ އިތުރުން ފަޅުމަތީ މަގުގައި ހުސްކޮށް ހުރި ބިންތަކާ ވިލާ ގޭސްގެ ބިއްދަށުން އޮންނަ އާރްޑީސީގެ ބިން ނަގައި އާރްޑީސީ އަށް އެހެން ބިމެއް ދިނުމަށް ފަހު، އެ ސަރަހައްދުގައި މާލޭގައި މިގޮތަށް ހުރި ގަރާޖު އަދި ވޯކްޝޮޕްތައް ބަދަލުކުރުމުގެ މަސައްކަތް ފެށުމުން، ޕްލޭނިން މިނިސްޓްރީން ވަނީ އެކަން ހުއްޓުވައިފައި،" އޭނާ ވިދާޅުވި އެވެ.
އަލިފާނުގެ ހާދިސާ: ކުދިކުދި ގޮޅިތަކުގައި 28 ގޭސްފުޅި ހުރި! https://t.co/oUvnGE3pja
— Mihaaru (@Mihaarunews) November 10, 2022
މިއީ މިހާތަނަށް މާލޭގައި ހިނގި އެންމެ ނުރައްކާތެރި އަދި ހިތާމަވެރި އަލިފާނުގެ ހާދިސާ އެވެ. އެ ހާދިސާގައި 10 މީހަކު މަރުވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މަރުވި މީހުންގެ އަދަދު އެއަށް ވުރެ ގިނަވުން ވެސް އެކަށީގެންވާ ކަމަށް ބުންޏެވެ. އަދި ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ބައެއް މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑޭ
10 November 2022
ދެންކޮބާ ކައުންސިލުގެ ޒިންމާ!
ލިޔާލާ
10 November 2022
އަނޯނާ ގޯޅި، ރަށްދެބައި މަގުގަ ވެސް ހުރޭ ތިކަހަލަ 2 ގަރާޖު... އެތަނުން އެއް ތަން ހިފައިގެން އެތަށް ބައިވަރު ބޭރު މީހުން ގަރާޖެއް ގަ ނިންދަވަނީ ކުރީގެ އެމްޕީ ރިޔާޒް ރަޝީދު.. ވަރަށް ހަނި ގޯޅި އެއް... ސައިކަލެއް ދިޔަޔަސް މަގު ބަންދު ވޭ... ޢެހާ ހަނި ގޯޅި އެއްގަ ކުރިން ފިހާރައެއް ހުރި ތަނެއްގަ އެހެރީ ވެލްޑިން ކުރާ ވޯކް ޝޮޕެއް... އަޅެ ކަމެއް ވުމުގެ ކުރިން އެތަން ބަންދު ކުރުވަބަލަ
ހުސްނުހީނާ
10 November 2022
ވަގުތުބަލާފަ ސިޔާސީކާޑު ކުޅެލީދޯ؟
ސަންޕުޓީ
10 November 2022
ކޮބާ މުއިޒު ހޭލާކަށް ނުވޭތަ؟ ޑެޕިއުޓީ މޭޔަރުގެ އިހްމާލުން ބޮޑު ހާދިސާއެއް ހިގީމަ ވެސް ހަނު ތިހުން ނެވީ
ބޮޑުމީހާ
10 November 2022
ރައްޔިތުންގެ ޓެކްސް ފައިސާގަ ބޮޑެތި މުސާރަތައް ނަގައިގެން އިހުމާލުވާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އެޅިގެން ތިކަންތައްތައް އިސްލާހުވާނީ. އެގޮތުން މާލޭގެ މޭޔަރާއި، ހައުސިންގ މިނިސްޓަރ އަދި އިމިގްރޭޝަން ކޮންޓްރޯލަރ ހައްޔަރުކޮށް ފިޔަވަޅު އަޅަންވީ
ސައުސަން
10 November 2022
ނަރީޝް އިސްތިއުފާ! ރަނިންމޭޓު ކެމްޕޭނުގައި ދާއިރާ މަތިން ހަދާންނެތް
އައްޔުބޭ
10 November 2022
ދާއިރާ ރައްޔިތުން ވަރަށް ގިނައިން ދާއިރާގެ ކައުންސިލަރު ނަރީޝްއަށް ތިގޭގެ ޝަކުވާ ހުށައެޅި ދިނީ ބީރު ކަންފަތެއް
އަފްދިން
10 November 2022
ބިދޭސީންނަކީ އެމީހުންގެ އަމިއްލަ ގައުމުގައި ދިވެހިންނަށްވުރެ މާ ހާލުގަ އުޅޭބައެއް. އެމީހުން މިތަނަށް އައިސް 6ފޫޓު ގޮޅިއެއްގަ އުޅެން ދިމާކުރިއަސް އެކަން ހުއްޓުވަންތިބި މީހުން އެކަންހުއްޓުވަންވާނެ. އެއީ އެމީހުން ކުއްޔަށް ހިފާ ގޭގެވެރިފަރާތުން ފެށިގެންގޮސް ސަރުކާރުގެ ކަމާބެހޭ ހުރިހާތަނަކުން ހުއްޓުވަންޖެހޭ ކަންކަން. އަދި އެކަން ދެނަހުރި އަވައްޓެރިންވެސް ރިޕޯޓްކޮށްގެން ހުއްޓުވަންޖެހޭ ކަންކަން. ވަކި ބައެއްގެ ބޮލަށް ކަނޑާލުމަކުން މައްސަލަ ހައްލެއްނުވާނެ
މާލެމީހާ
10 November 2022
އަދިވެސް ބަލާ މާލޭގަ ހުސް ބިންކޮޅެއް އޮވެއްޖެޔާ އެތަނެއްގަ ލަގްޒަރީ އެޕާރޓްމަންޓް ބިލްޑިންގްސް އެޅޭތޯ، އޭރުން މާލެގައި މިއޮތް ތޮންޖެހުން ކުޑަކުރެވޭނެ. ވެހިކަލް އަދި މީހުން މަދުކުރެވޭނެ.
އައްޓަމަސް
10 November 2022
ފޭކު ވާހަކައެއް ސިޓިކައުންސިލުގައި 22 އަހަރު ޚިދުމަތްކޮއްފައި ހުރި މުއައްޒިފަކު އޭނާގެ ގެވަށައިގެން ބަންގާޅީ އައްޑާތައް ގިނަވެގެން އެތަންތަން ބަންދުކުރެވޭތޯ މަސައްކަތް ކޮއްކޮއް ވަރުބަލިވެގެން ހުއްޓާލީ އެތަންތަން ހުންނަނީ ސިފައިންނާއި ފުލުހުންގެ ބޮޑުންގެ ނަމުގައި