ކުޑަކުއްޖަކު މަގެއްގެ މަތިން ދުވެފައި ދަނީ: ތިން އަހަރުގެ ކުއްޖަކާ ބެހުނު މީހެއްގެ ޖަލު ހުކުމް ހައި ކޯޓުން ވަނީ ދަމަހައްޓާފައި --- ފޮޓޯ/މިހާރު
18 ނޮވެމްބަރ 2022 - 06:09
ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 10 އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
ތ. އަތޮޅުގެ ރަށެއްގައި 2018 ވަނަ އަހަރު ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި 2019 ވަނަ އަހަރު މެޖިސްޓްރޭޓް ކޯޓަކުން 10 އަހަރުގެ ޖަލު ހުކުމެއް އިއްވީ ތ. މަޑިފުށީ މީހެއްގެ މައްޗަށެވެ.
އެ މައްސަލަ އެ މީހާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރީ ކުށްކުރި މީހަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއް ކަމަށް ބުނެ އެވެ. އެކަމަކު ހައި ކޯޓުގެ ހުކުމުގައިވަނީ އެކަން ކަށަވަރު ކުރުމަށްޓަކައި އޭނާގެ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓެއް ހަދަން އެކިފަހަރު މަތިން އަމުރު ނެރެގެން ފުރުސަތު ދިނުމުން ވެސް އެ ރިޕޯޓް ހުށަހަޅާފައި ނުވާ ކަމަށާއި އެހެންވެ، އެ ދިފާއު ބަލައިނުގަނެވޭނެ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
އެ މައްސަލާގައި އަނިޔާލިބުނު ކުއްޖާ ކިޔައިދީފައިވާ ވާހަކަތަކަށް ބަލާއިރު އެ ކުއްޖާ ކިޔައިދީފައިވާ ވާހަކަތަކަކީ ތެދެއް ކަމަށް ގަބޫލުކުރެވޭ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ދަށު ކޯޓުން ހެކި ވަޒަން ކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ހުކުމުގައިވެ އެވެ.
ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ދަށު ކޯޓުގެ ހުކުމަކަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރުގެ ހުކުމް ތަންފީޒް ކުރަން އެދެން
20 November 2022
ވާނެތަ؟
ޢަރުތަ
18 November 2022
"މައްސަލަ އެ މީހާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރީ ކުށްކުރި މީހަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއް ކަމަށް ބުނެ އެވެ". އެކަމަކުވެސް އޭނާއަކީ ސިކުނޑީގެ އުނިކަމެއް ހުންނަ (މޮޔައެއް) މީހެއްގެ ގޮތުގަ އާންމުންގެ ތެރެއަށް ނުކުންނަން ބޭނުން ނުވަންޏާ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓެއް ހުށަނާޅާނެތާ، އަނެއްކާ ސިކުނޑި ހަމަނުޖެހުނީމަ މިކަހަލަ ކަންތައް ކުރަން ހާދަ ފޯރިއެއް ހުރެއޭ އުތަ!
ކެނެޑީ
18 November 2022
ރަނގަޅު މިރާއްޖޭގަ ކުޑަކުދިންނާ ބެހެނީ މޮޔަމީހުން، ޑްރަގް ވިޔަފާރި ކުރަނީ ބަލިމީހުން، ވަޅިޖަހަނީ ކުޑަކުދިން