29 ނޮވެމްބަރ 2022 - 14:27
ސީރިޔާ އާއި އިރާގު އަދި ތުރުކީ ގުޅޭ އިމުގެ ސަރަހައްދުގައި ވަކި ވެރިކަމެއް ގާއިމުކުރުމަށް މަސައްކަތްކުރާ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް، ތުރުކީ ވިލާތުން މިހާރު ފަށާފައިވާ އަސްކަރީ ހަރަކާތްތައް ހުއްޓައިލުމަށް ތުރުކީން ޝަރުތުތަކެއް އިއްޔެ ކަނޑައަޅައިފި އެވެ.
ސީރިޔާގެ އިރުމަތީ ސަރަހައްދުގައި ތުރުކީ ސިފައިން ހިންގަމުންދާ އަސްކަރީ ހަރަކާތްތައް ހުއްޓައިލުމަށް ތުރުކީ ސަރުކާރުން ކަނޑައެޅި ފުރަތަމަ ޝަރުތަކީ، އެ ސަރަހައްދުގެ އަމްނު ބެލެހެއްޓުމަށް ހަރަކާތްތެރިވާ ސީރިޔަން ޑިމޮކްރެޓިކް ފޯސްގެ ހަނގުރާމަވެރިން އެ ސަރަހައްދުން ފޭބުމެވެ. މި ލަޝްކަރަކީ ކުރުދީ ހަނގުރާމަވެރިންގެ މައްޗަށް އެކުލެވިފައިވާ ލަޝްކަރެކެވެ.
ތުރުކީން ބޭނުންވަނީ ތުރުކީ ވިލާތުގެ އިމާ ކައިރީގައި އޮންނަ އެ ސަރަހައްދުން ކުރުދީ ހަނގުރާމަވެރިން ފަހަތަށް ޖައްސައި، އޭގެ ބަދަލުގައި ސީރިޔާ ސަރުކާރުގެ ސަލާމަތީ ބާރުތައް އެ ސަރަހައްދުގެ އަމްނު ބެލެހެއްޓުމާ ހަވާލުވުމަށެވެ. އޭގެ ތެރޭގައި ސީރިޔާގެ ބޯޑަރު ބަލަހައްޓާ ސިފައިންނާއި އަސްކަރީ ފުލުހުން ހިމެނެ އެވެ.
އަސްކަރީ ހަރަކާތްތައް ނިމުމަކަށް ގެނައުމަށް ތުރުކީ ވިލާތުން މި ކަނޑައެޅި ޝަރުތުތައް ތަންފީޒު ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް ރަޝިޔާ އިން މިހާރު ވަނީ ފަށައިފަ އެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ތެރެއިން ސީރިޔާ ސަރުކާރާ އެންމެ ގާތް ގުޅުމެއް އޮންނަނީ ރަޝިޔާ އެވެ.
ތުރުކީ ވިލާތުން ބުނި ގޮތުގައި އެ ގައުމުން ކަނޑައެޅި ޝަރުތުތައް ތަންފީޒު ކުރުމަށް ސީރިޔާ ސަރުކާރަށް މިހާރުވާނީ މުހުލަތެއް ދީފަ އެވެ. އެ މުހުލަތުގެ ތެރޭގައި އެކަންކަން ފުރިހަމަނުކޮށްފި ނަމަ، އެ ސަރަހައްދުގައި ތުރުކީ ސިފައިންގެ އަސްކަރީ ހަރަކާތްތައް އަލުން ފަށާނެ ކަމަށް ތުރުކީ ސަރުކާރުން ބުނެ އެވެ.
ކެބިނެޓްގެ މެމްބަރުންނާ އެކުގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ތުރުކީ ވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވީ، ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި އެއްވެސް ގައުމެއްގެ ހުއްދައެއް ތުރުކީ އަށް ބޭނުން ނުވާ ކަމަށެވެ. އަދި ތުރުކީ ވިލާތުގެ ގައުމީ ސަލާމަތްތެރިކަން ހިމާޔަތްކުރުމަށް ފިޔަވަޅެއް އަޅަންޖެހިއްޖެ ހިނދެއްގައި، އެ ފިޔަވަޅެއް އެޅުމަށްޓަކައި އެއްވެސް ފަރާތެއްގެ އިޒްނައެއް ތުރުކީ ވިލާތުން ނުހޯދާނެ ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ތުރުކީ ވިލާތުގެ ދެކުނު ސަރަހައްދުގެ ދިފާއީ ރޮނގު ވަރުގަދަ ކުރުމަށް ހިނގާ އަސްކަރީ ހަރަކާތްތަކާ މެދު އެއްވެސް ބަޔަކު ކަންބޮޑުވުމުގެ މާނައެއް ނެތެވެ. އެ ހަރަކާތްތަކަކީ ވަކި ބައެއްގެ ނަސްލީ ތަފާތަކަށް ނުވަތަ ދީނީ ތަފާތަކަށް ބަލައިގެން ހިންގާ ހަރަކާތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުރުދުޣާން ވިދާޅުވީ ތުރުކީ ވިލާތުގެ ގައުމީ ސަލާމަތަށް ނުރައްކާ ކުރަމުންދާ ޓެރަރިސްޓް ޖަމާއަތްތަކަށް ބޮޑެތި ބައެއް ގައުމުތަކުން ވާގިވެރިވަމުން ދިޔުމަކީ ހިތާމަ ހުރި ކަމެއް ކަމަށެވެ.
އަނެއްކޮޅުން ސީރިޔާގެ އުތުރުގައި ދިރިއުޅޭ ކުރުދީ ޖަމާއަތްތަކުން ބުނެފައިވަނީ، ތުރުކީ ވިލާތުގެ އަސްކަރީ ހަރަކާތްތައް ހުއްޓާނުލައި ކުރިއަށް ގެންދާ ނަމަ، ވަރުގަދަ ރައްދެއް ދޭންޖެހިދާނެ ކަމަށެވެ. އަދި ތުރުކީ ވިލާތުގެ ހަމަލާތައް ހުއްޓުވައި ދިނުމަށް އެދި އެމެރިކާ އާއި ރަޝިޔާ އަށް އެ ޖަމާއަތްތަކުން ވަނީ ގޮވާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިކިލީކްސް
30 November 2022
ބީރުބޮލު ވަޒީރު ރަނގަޅަށް އަދިބަލާލަބަލަ މުސްލިމުން ނިކަމެތިކުރީ ހުޅަނގުގެ ޕްރޮޕެގަންޑާއިން ނޫންތަ؟ ދުނިޔޭގަ އޮތް އެންމެ ވަރުގަދަ ވެރިކަން ކަމަށްވާ އޮޓޮމަން ދައުލަތް ފުނޑާލީ ކޮންބައެއް؟ ހުޅަނގުން..! ކުރިސްޓިއަނުން..! އޭގެފަހުން އަދާހަމަޔަށް ކެނޑިނޭޅި މިސްލިމުންނަށް ފާރަލަނީ ހުޅަނގުން. އިބްން ސައުދުގެ ތިކިޔާ ސައުދީ ކިންގޑަމް އައީވެސް ހުޅަނގުގެ އެހިއާއެކު 1932 ގަ. އެއީ 1902ކުން ފެށިގެން ސިއްރިޔާތުގަ ވަރަށް ބާރަށް ޖައްސައިގެން!
އަހަފު
03 December 2022
އިއްޔެވެސް ސުކޫލަަކަށް ހަމަލާ ދީ އެތައް ބަޔަކު.މަރާލި .ޕީސްފުލް ކުދިންކޮޅު.ފޮތް ބޮނޑި ގެއްލިގެން ހުޅަނގާ ހެދި ތަރައްގީ ނުވާ ގުރޫޕް
ކުޅަދުރު ހަތާ
29 November 2022
އުރުދްޣާން . ގެ ނިންމުން ރަނގަޅު ކަމަށް ފެންނަނޫ. ކޭކެ ތަ ބުނަނޫ....................
ވިކިލީކްސް
29 November 2022
އިސްލާމީ ބައެއް ދައުލަތްތަކުގަ އާރެއް ބާރެއް ނެތް. ޔަމަން ތޫނިސް ސޯމާލިޔާ ސައުދިއަރަބިއާ ސީރިޔާ އަދި އަފްޤާނިސްތާނަކީ 1995ގަ ހުޅަނގުން ހެދި ދިރާސާއެއްގަ ދުނިޔޭގަ މުސްލިމުންގެ އާބާދީ އެންމެ ކުރިއަރާނެ ގައުމުތައް. އެހެންކަމުން މިގައުމުތައް ފުނޑާލުމަކީ ހުޅަނގުގެ ޕްލޭނެއް. ތުރުކީއަށް ކުރިއެރުން ލިބުމަށް އެދެން. އުރްދުޣާންގެ ވެރިކަން މިފަހަރު ދިފާއު ނުވެއްޖެނަމަ ތުރުކީވެސް ދާނީ ހުޅަނގުގެ ޕަޕެޓަކަށްވެ ފަހަތަށް! ޕީކޭކޭއަށް އެމެރިކާ ދަނީ އެހީވަމުން.
ވިކިލީކްސް ބްރޯ
29 November 2022
ތިބުނަނީ ރަގަޅައް. އެއީ ކިރިޔާ ބޮލުގެ ތެއްކަމެއް ހުންނަ މީހަކު ކަންކުރާނެ ގޮތްވެސްމެ. އެބައެއްގެ އަދުއްވުން މައިތިރި ކުރަން ހުރިހާ ވަސީލަތެއް އުކުޅެއް ބޭނުން ކުރާނެ. ކުރަންވާނެވެސް މެ. ކަނޑިން، ބަޑިން، ބޮމުން، ކަނޑުން، ވައިން، އެއްގަމުން، ދޮގު ފަތުރައިގެން، އޮޅުވާލައިގެން، ފައިސާދިގެން، ފަސާދަ އުފައްދައިގެން، ބޭނުންވާކަންކަން ހާސިލް ވުމައް ކުރާނެ. އެއީ ގޯހެއްނޫން. އާކަމެއްވެސް ނޫން. ކަލޭނަމަވެސް ކަންކުރާނެ އެހެން! އިންސާނުން ގެ ރޭވުން އެއީ!
އަހުމަދުވަގާރު
29 November 2022
އެހެންވެ ދޯ ސުންނީން ޝިޔައީން މަރަނީ.
ބުރައިދާ
30 November 2022
@އަހުމަދު ވަގާރު. ކަލޯމެން ސަޕޯޓުކުރާ މީހުން ދުވަހަކުވެސް މީހަކު ނުމަރާ. އަދި އެކަން ކުރަން ނުވެސް ދަންނާނެ. ގައުމުތަށް ހަލާކުކޮށް މީހުން މެރުމުގެ ރެކޯޑެއް އޮތަސް ތިޔަ އުޅެނީ އެވާހަކަ ދައްކަން ބިރުން.
ބީރުބޮލު ވަޒީރު.
30 November 2022
ވިކިލީކްސްގެ ސިކުނޑި ސުމެއް. ހިޖާޒުގެ ބިމުން ހާޝިމީ ދަރިކޮޅު ނެރެލީ އާލުސޫދުންނާއި ބުރިޓިޝް ސަރުކާރުގެ މާސްޓަރ ޕުލޭނެއްގެ ދަށުން. ދެން އެތަނުގައި ބުރިޓިޝް ސަރުކާރުގެ ބާރުގެ އުފެއްދީ ސަޢުދު ޢަރަބިއާ ކިއާ ދަޢުލަތެއް. ދެން މުޅި އިސްލާމީ ދުނިޔެއަށް ވައްހާބީންގެ ބުރެއިންވޮޝް ސަލަފީ ޢަގީދާ ފަތުރާލީ. އެއީ ސުންނީނާ ސުންނީން ޖެއްސުން. އަދި ސުންނީން ސޫފީންނާ ޝީޢާއިން ޖައްސާ އިސްލާމީ އުއްމަތުގެ އެކުވެރިކަމާއި ބާރު ނައްތާލީ. ދިސް އިޒް ޓުރޫ.