މޮނިކޮން ޓެގެއް ހަރުކޮށްފައި: ޓެގް ހޯދުމުގެ އެއްބަސްވުމުގެ މައްސަލާގައި ބަދަލު ހޯދުމުގެ މައްސަލަ ހައި ކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފައި
02 ޑިސެމްބަރ 2022 - 16:08
ކުށްވެރިންގެ ފައިގައި އަޅުވާ މޮނިކޮން ޓެގް ފޯރުކޮށްދޭން އަމިއްލަ ކުންފުންޏަކާ އެކު ސަރުކާރުން ހެދި އެއްބަސްވުމުގެ މައްސަލާގައި 56 މިލިއަންގެ ރުފިޔާގެ ބަދަލެއް ހޯދަން ކުރި ދައުވާ ނާކާމިޔާބުވި މައްސަލަ އެ ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ކުރީގެ ސަރުކާރުގައި ކުށްވެރިން ފައިގައި ހަރުކުރާ ޓެގް ސަޕްލައިކުރުމަށް ސްޓަލްވާޓް ކުންފުންޏާ އެކު ހެދި އެއްބަސްވުމާ ސަރުކާރުން ޚިލާފްވެ އަދި އެ ކުންފުންޏަށް މަސައްކަތް ހަވާލުކުރުން ސަރުކާރުން ހުއްޓާލި ކަމަށް ބުނެ 56 މިލިއަން ރުފިޔާގެ ބަދަލެއް ހޯދަން ކުރި ދައުވާ ސިވިލް ކޯޓުން ވަނީ ނާކާމިޔާބުވެފަ އެވެ.
އެ މައްސަލަ އެ ކުންފުނިން ހައި ކޯޓުގައި މިދިޔަ ހަފުތާގައި އިސްތިއުނާފް ކޮށްފައި ވިޔަސް، އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން ގޮތެއް އަދި ނުނިންމަ އެވެ.
ސްޓަލްވާޓް ކުންފުނިން ކޯޓުގައި ބުނެފައިވާ ގޮތުގައި އެއްބަސްވުން އުވާލަން ބޭނުންވާ ނަމަ އެ ކުންފުންޏަށް ދޭންޖެހޭ ބަދަލެއް ދިނުމަށްފަހު އެއްބަސްވުން ނިމުމަކަށް ގެންނަން އެ ކުންފުނިން އެދިފައި ވިޔަސް، ސަރުކާރުން 2020 ވަނަ އަހަރު އެއްބަސްވުން އުވާލީ ބަދަލު ދިނުމެއް ނެތި އެވެ.
ދައުލަތުން ބުނެފައިވާ ގޮތުގައި އެއްބަސްވުން ނިމުމަކަށް ގެނެސްފައިވަނީ ދެ ފަރާތުން އެއްބަސްވެގެން ކަމަށްވާތީ އެއްވެސް ބަދަލެއް ދޭކަށް ނުޖެހޭނެ އެވެ. އެކަމަކު ސްޓަލްވާޓުން ބުނެފައިވަނީ ބަދަލު ދޭން ނުޖެހޭ ގޮތަށް އެއްބަސްވުން އުވާލަން އެއްވެސް އިރަކު އެ ކުންފުނިން އެއްބަސްވެފައި ނޯންނާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެލޮކޮސް
04 December 2022
ތީ ދުރާލާ ރޭވިގެން ހިންގާ ބޯޑުޖަރީމާތައް...ސަރުކާރުގެ ޖީބު ހުސސްކުރުން ކޮންމެސަރުކާރެއް އަންނަންވާއިރަށް ދެބައިމީހުންވެގެން ކޯޓު އަޑީގައޮބެގެން ކުރާ ބޮޑެތި ޖަރީމާތައް
ކަނބިލި
03 December 2022
ޕާޓީތަކުގެ ވެރިކަން ރާއްޖެއަށް ތާރަފުކުރީ ރަނގަޅު ހެޔޮ ބަދަލެއް ސިޔާސީ ނިޒާމަށް އަންނާނެކަމަށް ހީކޮށް. ނަމަވެސް މިނިޒާމު ވެއްޖެ ބޮޑު އާފާތަކަށް. ރައްްޔިތުންގެ ޓެކްސްް ފައިސާއިން ލިބޭ ފައިސާ ހޭދަކުރަނީ މިވެރިންގެ ސިޔާސީ ހިސާބުތައް ނިންމަން. މިއީ ބަލައިގަނެވޭނެ ކަންކަމެއް ނޫން. ސީޔާސީން މިއަށްވުރެ ތަސައްރަފު ފުދި ތިމާމެންގެ ހަނި ސިޔާސީ މަސްލަހަތައްވުރެ ރައްޔިތުންގެ މަސްލަހަތު އިސްކުރަންއެބަޖެހޭ
އަދިކިރިޔާ
04 December 2022
ކަނބިއްޔާ އަދިކިރިޔާތަ ގެޓުވީ؟ ބްލެސް ޔޫ ޕީޕަލް. ސަހާދެފާތެދެއް. ބްލެސްޔޫ
ކުޗީ
03 December 2022
ތިބަދަލު ލިބޭނެ. ލިބޭނީ 2023 ގައި ޕޕ ވެރިކަން ބަދަލުވެ ކޯޓުން ބޭރުން. ތިއީ ކޮންމެ ސަރުކާރަކުންވެސް ކުރާކަމެއް. ތިމީސްމީހުންނަކީ އެބަޔަކު ނިސްބަތްވާ ޕާޓީތަކަށް ހަރަދުކުރާމީހުން.
ބޭބެ.
03 December 2022
ސަރުކާރުން އެއްބަސްވުންތަކާއި ހިލާފުވެ ބޮޑެތި އަދަދުތަކުން ޕާޓީގެ ކުންފުނިތަކަށް ގެއްލުމުގެ ބަދަލުގެ ނަމުގައި ދޭލާރިޔަކީ ނަހަލާލު ވަގު ލާރިނޫން ކޮންއެއްޗެއް؟
ވާނުވާ ބަލާ
03 December 2022
ތިހާބައިވަރު ފައިސާ އެއްބަސްވުން އުވާލިޔަސް ތިކަމުގެ ބަދަލަށް ދޭކަށް ނުޖެހޭނެ. ސަބަބަކީ އެއީ އޭގެން އާމްދަނީއެއް ނުވަތަ ކުއްޔަށް ބަޔަކު އަތުންނަގާފަ އޮތް މުދަލަކަށް ނުވާތީ. ތީއަހަރުމެން ރައްޔިތުންގެ މަސްލަހަތިހިމެނޭ ރައްޔޮތުންގެ ފައިސާ ނުހަމަގޮތުގައި ދައުލަތުންް ނަގަން ކުރާމަސައްކަތް. މިފަދަމީހުނާމެދު ކޮންމެސް ގޮތަކުން ފިޔަވަޅު އެޅެންޖެހޭ.
ވިޔަފާތިތައް ފެލުން
02 December 2022
ހަގީގަތަކީ ހުރިހާ ސަރުކާރަކުންވެސް ބޭނުންވާ ތަކެތި ބިޑު ކޮށްގެން ނަގާއިރު ބަޖެޓުގައި ފައިސާ ހުއްޓަސް އެއެއްޗެއް މިގަނެދެނީ ގިނަފަހަރު %5 ފައިދާގަ ޕްރައިވެޓް ވިޔަފާރިތަކުގަ ހުންނަ ފައިސާ އަކުން. އެފައިސާ ލިބެން އެބަނގާ އެތައް މަހެއް. ބިޑު ކާމިޔާބު ކުރަން ސަރުކާރުގަ ތިބޭ ޕްރޮކިއޯމަންޓު އަދި ޓެކްނިކަލް މީހުންނަށް އެވަރަށް ކާންދީގެން. ބިލުކޮށްފަ ކްރެޑިޓަށް އެއްޗެއް ދިނަސް އެތަކެއް މަހެއް ނަގާ އެފައިސާ ލިބެން. ހުރިހާ ގޮތަކުން ގެއްލުންތަ ލިބެންވީ.
ހަނާމް
02 December 2022
މިސަރުކާރު ބޮޑު ބަޖެޓް ފާސްކުރީ ކަލޭމެންނަށް ބަދަލު ދޭން، ހާސްކަނޑާލަ، އިންޝާﷲ 56 މިލިޔަން ލިބޭނެ. މަންދު ކޮލެޖަށް ލިބެންޏާ ކަލޭމެންނަށްވެސް ލިބޭނެ.
ގުދުގުދުލީބެއްޔާގެ ތެދުބަސް
02 December 2022
މިހުންނަނީ އުމަރުމެން ގަންނަގަނޑު. އެކަމަކު ފަސްބައި ސާފުމީހެއްކަމަށް އޭނާ ވަނީ.
ޗަރުކޭސްބެ
03 December 2022
ކޮބާ އުމަރުގެ މައްސަލައަކީ؟ އުމަރު އެކަން ކުރިއަށް ގެންދަނިކޮށް އުމަރު އަތުން ހުރިހާ ބާރެއް އަތުލާފާ އެއްބަސްވުންވެސްއުވާލާފާ ޓެގް އެޅުވުންވެސް ހުއްޓާލި.
ކޮރަލް
02 December 2022
މޮނިކޮމް ޓެގް ފައިދާ ހުރި ގޮތުގަ ބޭނުމެއް ނުކުރާނެ އެވެ. ބޮޑެތި ކުއްވެރީންނާ ބޮޑެތި ސިޔާސީ މީޙުންނާ ގުޅިފަ އެވެ.
ގުތުބު
02 December 2022
އެކަކަށް އެއް ބަދަލެއްވެސް ދޭން ނުޖެހޭ ގޮތް ހަދަންވީ. ބަދަލޭ ކިޔައިގެން މާލިއްޔާ ލޫޓުވާ ގައުމެއްމީ އަބަދުވެސް
ޖައުހަރު
02 December 2022
އެ ވެސް ކަޑައޭ