ޕީޕީއެމުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިން.-- ފޮޓޯ: ޕީޕީއެމް
25 ޑިސެމްބަރ 2022 - 23:35
ވ. އާރަށް މައްސަލައިގައި 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން މިރޭ ކުރިއަށް ގެންދިޔަ މުޒާހަރާއިން 16 މީހަކު ހައްޔަރުކޮށްފި އެވެ.
އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް މަނީލޯންޑާ ކުރުމުގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ 11 އަަހަރަށް ޖަލަށް ލާން ހުކުމް ކުރީ މިއަދު އެވެ.
ޔާމީން މިރޭ ޖަލަށް ގެންދިއުމާއެކު އެ ޕާޓީގެ އިސް ވެރިންނާއެކު ޔާމީންގެ ސަޕޯޓަރުން މާލެ މަގުތައް މައްޗަށް ނުކުތެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މުޒާހަރާއާ ގުޅިގެން 16 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ޕީޕީއެމްގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ހައްޔަރުކުރި މީހުންގެ ތެރޭގައި އެ ޕާޓީގެ ސެނެޓާސް ދާއިރާގެ ރައީސުން ހިމެނޭ ކަމަށެވެ.
އެ މުޒާހަރާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް ގޮވާ، ޔާމީން މިނިވަން ކުރުމަށް ވަނީ ގޮވާލައިފަ އެވެ.
މުޒާހަރާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ގުރައިދޫ ދާއިރާ މެމްބަރު ޣައްސާން މައުމޫނާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ބައިވެރިވެ ވަޑައިގެންނެވި އެވެ. މީގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވެސް ބައިވެރިވި އެވެ.
ޔާމީނުގެ ލޯޔަރުން ބުނެފައި ވަނީ އެ މަނިކުފާނަށް ކުރި ހުކުމު ގަބޫލު ނުކުރާ ކަމަށާއި އިސްތިއުނާފަށް ލާނެ ކަމަށެވެ. އަދި އިސްތިއުނާފުން ކުރި ހޯދާ ޔާމީން މައުސޫމުކަން ސާބިތުކޮށްދޭނެ ކަމަށް ވެސް ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފުޅު3
26 December 2022
މީނާގެ އެކައުނަޓަށް ޖަމާވި 1 މިލިއަނަކީ ރިޝްވަތުގެ ކަޅުފައިސާ ކަން ޝައްކެއްނެތް މިންވަރަށް މަށަށް ޔަގީނެވެ. މީނާ ސަލާމަތްވާން ހެކި އުފެއްދޭތޯވެސް ބެލީއެވެ. އަދި ސިޓިންގްރޫމް ތެރޭ 15 މިލިއަން ރުފިޔާ ގުނި ވާހަކަވެސް ދެއްކީއެވެ. ސިޔާސީ މީހުން މިކަމުން ފިލާވަޅެއް ދަސްކުރާށެވެ. ތާއަބަދު އެމީހަކު ބޭނުންވާ ގޮތަކަށް ދުނިޔެ ނުހިނގާނެއެވެ. ވައްކަންކޮށްފިނަމަ ގިނަފަހަރު ފަޅާއަރާނެއެވެ. ބައެއްފަހަރު ރަނަގަޅަށް ބެދޭނެއެވެ. އަދި ޖަލުގަ އުޅެން ވެސް ޖެހި ދެއެވެ.
ށަވިޔަނި
26 December 2022
ޔާމީން މައުސޫމުކަން ސާބިތުކޮށްދޭނެ ކަމަށް ޔާމީނުގެ ލޯޔަރުން ބުނުމުން އަޖައިބުވެ ހައިރާންވެއްޖެ. ޔާމީނުވެސް އަދި އެއްވެސް އިންސާނަކު މަޢުޞޫމެއް ނުވާނެ. ކުށުން ބަރީއަކަން ސާބިތުކޮށްދޭނެކަމަށް ބުނިނަމަ ގަބޫލުރެވިދާނެ. އަދި ބޮޑަށް ބެލެވެނީވެސް އެގޮތް. މުޒާހަރާތަކުން މީހުން ހައްޔަރުކުރުމާ ދޫކުރުމަކީ މާބޮޑުކަމެއް ނޫން. އެއީ އާންމުކަމެއް. މުޒާހަރާ ފުޅާވެ އަމަންއަމާންކަން ގެއްލިދާނެކަމަށް ފެނުމުން ފުލުން ކުރާކަމެއް.
ތަކުރުބެއްޔާ
26 December 2022
މުއިއްޒު ނުފެނޭ މުޒާހަރާއިން
ލަލަލަ
26 December 2022
މިިސަރުކާރުން މީހުންނެއް ހައެޔަރެއް ނުކުރާނެ އެއީ ޑިމުކޮރަސީގެ ކާފަ
ށަވިޔަނި
26 December 2022
ޑިމޮކްރަސީގެ ކާފަ އަދި ބައްޕަ ކަމަށް ސިފަކުރެވޭ ގައުމުތަކު ގައިވެސް މުޒާހަރާ ހުއްޓުވަން ބައެއް މީހުން ހައްޔަރުކޮށް ހޫނުފެންޖަހާ ކަރުނަގޭސް ބޭނުންކޮށް ރަބަރު ވަޒަންވެސް ބޭނުންކުރޭ. އެހެންވީމަ ރާއްޖޭގެ ޑިމޮކްރެސީގެ ކާފަ އެކަންކުރުމަކުން އެކަމަށް އުނިކަމެއް ނައާދޭ. ބައެއް މީހުން އެކި ނަންނަމުގަ މުޖްތަމައު ބައިބައިކުރާއިރު އެކަން ނުހުއްޓުވަނީ އެއީ ޑިމޮކްރެސީގެ ކާފަވީމަކަމަށް ބެލެވޭ.
އޮނަރަބްލް އަފީފު ދީދީ
26 December 2022
މިހާރު ކަންހިގާގޮތަށް ބަލާއިރު ޕީޕީއެމްގެ ކެންޑިޑޭޓަކު ނެރުމަށްވުރެން ބޮޑަށް ޕާޓީ ސަޕޯޓް ދޭނީ ނަޝީދު ޑރ މުނައްވަރު ފަދަ ބޭފުޅަކަށް ކަމަށް ދެކެން. # މިނޫންހާލަތެއް މެދުވެރިވެ ޕާޓީން ކެންޑިޑޭޓަކާއި އޭނާގެ ނައިބެއް ނެރެންނިންމައިފިނަމަ އެންމެފަސޭހައިން ރައްޔިތުނަށް ވިއްކާލެވޭނެޖޯޑަކީ ޑރ މުޙައްމަދު ވަޙީދު ހަސަން މަނިކު (ރައީސް ކަމަށް) އާއި ޑރ މުޙައްމަދު ޖަމީލް އަޙްމަދު (ނައިބް ރައީސް) ކަމަށް ދެކެން. މިއީ ދެންތިބި މީހުނަށްވުރެން ވޯޓްހޯދަން ފަސޭހަގޮތް.
ހަހަހަހަހަ
26 December 2022
އިސްލީޑަރުން ބަޗައިފި ސަމިންޔާމެން ގުއިރޯނުގަ ޖަންސާފަ. މިހާރު ހިސާބު ސޯ ވެސް ޓިކެޓާ އޯ ހިފަނި..
މޯޑް
26 December 2022
ޔާމިންބުނި ތަންތަނަށް އެއްވަށްޏާ ހައްޖަށް ދާށޭ. ފާޓީ ކުދިން ކޮޅު މިރޭ ތި އެއްވީ ކޮންތާކަށްތޯ ފަހެ
ޖަމީލުބެ
25 December 2022
އަޅުގަނޑަކަށް ނުވިސްނުނު: ކްރިމިނަލް ކޯޓުން އިއްވީ ސިޔާސީ ހުކުމެއް ކަމަށް އެމީހުން ބުނެއެވެ. އިސްތިއުނާފު މަރުހަލާގައި ކުރިހޯދާނެކަމަށް ބުނެއެވެ. އިސްތިއުނާފު މަރުހަލާގަ އެބުނާ "ސިޔާސީ ހުކުމަށް" ޖާގައެއް ނޯވޭތޯ؟