ކަލާފާނު ސްކޫލުގެ ދަރިވަރުންތަކެއް-- ފޮޓޯ: ނިޝާން އަލީ /މިހާރު
30 ޑިސެމްބަރ 2022 - 13:49
ކަލާފާނު ސްކޫލުގެ ފޭސްބުކް އެކައުންޓު ބަޔަކު ހެކްކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ، އެ ސްކޫލުގެ ފޭސްބުކް އެކައުންޓް ހެކްކޮށް، އޭގެ ކޮންޓްރޯލް ގޮތް ނޭނގޭ ފަރާތަކުން ނަގާފައިވާ ކަމުގެ މައުލޫމާތު އެ މިނިސްޓްރީ އަށް ލިބިފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ މިހާރު ފުލުސް އޮފީހަށް ރިޕޯޓްކޮށް، އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކަލާފާނު ސްކޫލުގެ ނަމުގައި ހިންގާ އެ އެކައުންޓް މެދުވެރިކޮށް މިހާރު ލިޔާ ޕޯސްޓްތަކާއި ކުރާ ކޮމެންޓްތަކަކީ އެ ސްކޫލުން ކުރާ ކަމެއް ނޫން ކަމަށް ބުނެ، އެކަން ސަމާލުކަމަށް ގެނެސްފަ އެވެ.
މިހާތަނަށް އެ ސްކޫލުގެ ޕޭޖުގައި ސްކޫލާ ނުގުޅޭ ޕޯސްޓެއް އާންމުކޮށްފައެއް ނެތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުއާކުރޭ އެންމެން!
31 December 2022
ތިކަން ރަގަޅުވޭތޯ ހިންގާ ހުރިހާ އެންމެންވެގެން އެންޓިވައިރަސް 2 ރަކުއަތް ނަމާދެއް ކުރަމާ؟ ފަތިސް ނަމާދައް ފަހު އިރު އަރަން 6 މިނަޓައް ވީމަ ވަރައް ރަގަޅު ވަގުތެއް އެއީ މިކަމައް!
ގުލްޒާރު
30 December 2022
ކަލާފާނު ސްކޫލު ހެކުކޮށްގެން ކާކަށް ކޮންފައިދާއެއްބާ ލިބެނީ؟
ސިޔާދު
30 December 2022
ހެކް ކުރީތަ ނޫނީ ފަރުވާ ކުޑަކަމުން ޕާސްވޯޑް ލީކްވީތަ ނޫނީ ފަސޭހަ ޕާސްވޯރޑެއް ލައިގެން އުޅުނީތަ ?އާންމުކޮށް މިކަހަލަ ކަންކަންވަނީ އެ ގެންގުޅޭ މީހުން ގަމާރުކަމުން.