ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި ޖަލު ހުކުމާ ދެކޮޅަށް ޕީޕީއެމުން މާލޭގައި ބޭއްވި މުޒާހަރާއެއް: މިރޭގެ މުޒާހަރާ ބާއްވަނީ އާޓިފިޝަލް ބީޗުގައި -- ފޮޓޯ: ޕީޕީއެމް
04 ޖެނުއަރީ 2023 - 14:23
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ފުރަތަމަ ޖަލްސާ މިރޭ އެމްޑީޕީގެ މައި ހަރުގޭގައި ބާއްވާއިރު އެތަނުގެ ކުރިމަތީގައި، އާޓިފިޝަލް ބީޗުގައި އިދިކޮޅުން މުޒާހަރާކުރަން ނިންމައިފި އެވެ.
ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު މީޑިއާތަކަށް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ވ. އާރަށުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި ހުކުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް މިރޭ 8:45 ގައި އާޓިފިޝަލް ބީޗުގައި އޮންނާނެ ކަމަށެވެ. އެ ހަރަކާތް ބޭއްވުމަށް އިއްޔެ ފުލުހުންގެ ހުއްދަ ހޯދަފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަދި މިރޭގެ އިވެންޓުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ވެސް ފުލުހުންނަށް އެދިފައިވާނެ،" އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި ޖަލު ހުކުމާ ދެކޮޅަށް ޕީޕީއެމުން މާލޭގައި ބޭއްވި މުޒާހަރާއެއް: މިރޭގެ މުޒާހަރާ ބާއްވަނީ އާޓިފިޝަލް ބީޗުގައި -- ފޮޓޯ: ޕީޕީއެމް
އާޓިފިޝަލް ބީޗުގައި މިރޭ މުޒާހަރާކުރަން ނިންމިއިރު، ސިލްސިލާކޮށް އިހްތިޖާޖު ފެށި ފަހުން އިދިކޮޅުން އަޑު އުފުލަނީ މަގުތަކުގަ އެވެ. އާޓިފިޝަލް ބީޗަށް އެއްވާން ސިޓީ ކައުންސިލްގެ ހުއްދަ ވެސް ހޯދައި، އިންތިޒާމްކުރީ މިރެއަށެވެ.
ރައީސްގެ ކެމްޕެއިން ޓީމުން މިއަދު ބުނީ ރައީސް ބައިވެރިވެވަޑައިގަންނަވާ ހާއްސަ ޖަލްސާ، އާޓީފިޝަލް ބީޗް ކުރިމަތީގައި ހުންނަ ޕާޓީގެ މައި ހަރުގޭގައި މިރޭ 9:00 ގައި އޮންނާނެ ކަމަށެވެ. މީގެ ކުރިން ރައީސްގެ ކެމްޕެއިން ޖަލްސާތައް އާންމުކޮށް ބާއްވަމުން އައީ އިސްކަންދަރު ސްކޫލު ކުރިމަތީގައި ހުންނަ ދަނޑިކޮށި ޖަގަހައިގަ އެވެ.
މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިންގައި ރައީސްގެ ޝިއާރަކީ އެމްޑީޕީ "ކުރިއަށް" އެވެ.
އެމަނިކުފާނާ ވާދަކުރައްވާ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ފޯރީގައި ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ. މާލޭގައި ޑޯޓުޑޯ ކެމްޕެއިންތަކާއި އެކި ސަރަހައްދުތަކުގައި ނަޝީދުގެ ކެމްޕެއިން ޖަލްސާތައް އަންނަނީ ބާއްވަމުންނެވެ. އަދި މިއަދު ހިޔާ ފްލެޓް ސަރަހައްދަށް ވަޑައިގެން، ހާއްސަ ސައެއް ބާއްވަން ވެސް ނިންމާފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޔަ
05 January 2023
ރޭޕީޕީއެމުން ކުރިމުޒާހަރާ ވަރައްކާމިޔާބެވެެ, އެމްޑީޕީ ގެ ޖަލްސާވެސްރޭނުބޭއްވިގެން ހުއްޓާލީތަ,ތަންތަނައް އެއްވަންޏާ ހައްޖައްދާންވީނުންހޭ ބުނިމީހާ މިކުރަނީ ކީއްބާ,
ހަމަޖެހޭ ބައެއްބާ
05 January 2023
ތިގޮތައް އެމްޑީޕީ އިން ވެސް ޕީޕީއެމް ގެ ޖަގަދަ ދޮށުގަ މުޒާހިރާ ތީގެ 100 ގުނަ އައް ޖެއްސިދާނެ. ނުލަފާކަން އިނގެނީ ހަމަ އެކަނި ތިމާމެނައް ކަމައް ވިސްނުމަކީ ސިކުޑިގޭ އުނިކަމެއް. ތިކަމުން ހާމަވަނީ ޕީޕީއެމް ގެ ކޮލިތީއެއް ނެތްކަން.
ހަސަންދީ
04 January 2023
ކޮންމެ ބަޔަކު ރައީސްގެ ޖަލްސާ އަށް ޓާގެޓްކޮށް މުޒާހަރާ ކުރުމަކީ ސިޔާސީ ގޮތުން ގޮތް ހުސްވެ ކޮޅުބެދުމުން ކުރާ ޒާތުގެ ކަންކަން
ހގގ
04 January 2023
ޕީޕީއެމްގެ ވެރިކަމުގައި އެމްޑީޕީ މުޒާހަރާބާއްވާތީވެ، މުޒާހަރާކުރެވޭނެ ތަންތަނާއި ގޮތްގޮތްހަދާފަ މިހާރުތިދައްކަނީ ކޮންނަމޫނާއެއް؟ ތިސާބިތުކޮށްދެވެނީ އަސްލު ޕީޕީއެމްގެ ޚުދުމުޚުތާރުކަމާއި ހަމަޔާއި އިންސާފުނެތްކަން ނޫންކަމެއްނޫން. ހަމަގައިމުވެސް ހަމަބުއްދިންވިސްނާ މެެންބަރަކު ތިޕާޓީގައިހުރިނަމަ، އެމީހަކުވެސް ތިކަމާއިމެދު ސުވާލުއުފައްދާނެ.
ޢެމެރިކާ
04 January 2023
މި ސަރުކާރު ކަޑައޭ އިންޑީޔާ މީހުން ރާއްޖޭގެ ވަޒީފާތަކަ ދިވެހިންނަ ވަޒީފާ ނުލިބޭ.
އަލީ އަސްފާގު
04 January 2023
ރައީސް ޔާމީނު ވިދާޅުވަނީ ކީއްކުރަންހޭ މުޒާހަރާ ކުރަން ތިޔަ އުޅެނީ. މުޒާހަރަން ކުރަން ނުވަތަ އެއްވާން އުޅެން ބޭނުންވާނަމަ ހައްޖައް ދިއުމަށް ޔާމީނުވަނީ އެދިފައެވެ. ހިތާމަ އަކީ ޔާމީނުގެ ސަޕޯޓަރުން ޔާމީނުގެ ބަސްނާހާތީއެވެ
ގދ.ތިނަދޫ މީހެއް
04 January 2023
އަހަރެންނަކީ އެމްޑީޕީ މީހެއް އެކަމަކު މިފަހަރު އެމްޑީޕީއަށް ވޯޓު ދެވޭކަށްނެތް ވަންނާނެ ބޯހިޔާވަހިކަމެއް ނެތް ބަޔަކަށް ޕާޓީއެއްވެސް ރައީސުލްޖުމްހޫރިއްޔާއެއްވެސް މުހިއަމެއްނުވާނެ. ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ވެދުމާއި ސަލާމެވެ
ހެޔޮއެދޭ
04 January 2023
ޖަލުން މިނިވަން ކުރުމަށް އެދި ރައީސަށް އާދޭސް ދަންނެވުމަކީ ރަގަޅުކަމެއް.
ވިސްނާލުމަށް އެދެމޭ
04 January 2023
ބަރާބަރު...ސަތޭކަ.....ރޔާމީން ޖަލަށް ލައިފަ މޑޕ ދެވެރިން ރިޔާސީރޭެހުގަ ފަތަނީ މަޖަލަކަށް..ވާދަކުރަނީއެއް ނޫން މަޖާ ނަގަނީ .މިސަރުކާރުން ރައްޔިތުންނަށާ ގައުމަށް ދިން ގެއްލުމާހެދި ރައްޔިތުން ފޫހިވެފަތިބީ މޑޕދެކެ...މިކަން އޮއްބާލާ އޮޅުވާލަން ދެވެރިން ޗަރުކޭސްކުޅެނީ..
ށަވިޔަނި
04 January 2023
ޕީޕީއެމް މުޒާހަރާ ކުރިއަސް އެހެންބަޔަކު ކުރިއަސް ﷲ ނިންމަވާފައިވާ ގޮތަށް ކަންތައްދާނީ. އެއީ ޔަގީން ކަށަވަރުކަމެއް. އަހަރުމެން ސިޔާސީ އެއްވެސް މީހަކަށް ތާއީދެއް ނުކުރަން. ހުސް ވިޔާނުދާ މީހުން.